ވިޔަފާރި / ރޯދަ މަސް

ރޯދަމަސް ފެށޭއިރު ލުނބޯ ކިލޯއެއް 100ރ. އިން މަތީގައި

ލޯކަލް މާރުކޭޓުގައި ވިއްކަން ބަހައްޓާފައި ހުރި ލުނބޯތަކެއް: ލުނބޯ ކިލޯއެއްގެ އަގު އުޅެނީ 100ރ. އިން މަތީގައި ފައިލް ފޮޓޯ: ނިޝާން އަލީ /މިހާރު

ބާޒާރުގައި ލުނބޯ ކިލޯއެއްގެ އަގު 100ރ. އަށް ވުރެ ބޮޑުވެއްޖެ އެވެ.

މިއަދު ބާޒާރުގެ ފިހާރަތަކާއި މަރުކޭޓުގެ ގޮޅިތަކުގައި ވެސް 100 އިން ދަށުން ލުނބޯ ކިލޯއެއް ލިބޭކަށް ނެތެވެ. ބައެއް ތަންތަނުގައި ކިލޯއެއް 100ރ. އަށް ހުރި އިރު ބައެއް ފިހާރަތަކުގައި 110ރ. އަށް އަދި 120ރ. އަށް ވެސް ހުއްޓެވެ.

ބާޒާރުގައި ލުނބޯގެ އަގު އުފުލެމުން އަންނަތާ މިހާރު މަހެއްހާ ދުވަސް ވެއްޖެ އެވެ. އާންމު ގޮތެއްގައި 30ރ. އިން ދަށުގައި ލުނބޯ ކިލޯއެއްގެ އަގު އުޅުނަސް މިދިޔަ ހަފުތާގައި ލުނބޯ ކިލޯއެއްގެ އަގު 75ރ. ގަ އެވެ. މިހާރު 100 އިން މަތީގައި އަގު ހުރި އިރު ގިނަ ފިހާރަތަކުގައި ލުނބޯ ނުވެސް ނެތެވެ.

"މިހާރު" އާ ވާހަކަދެއްކި ވިޔަފާރިވެރިއަކު ތުހުމަތުކުރި ގޮތުގައި ލުނބޯގެ އަގު ބޮޑުވީ ރޯދަމަހާ ދިމާކޮށް ބައެއް ވިޔަފާރިވެރިން ސްޓޮކް ހިފަހައްޓައިގެން އުޅޭތީ އެވެ. އޭނާ ބުނީ ކޮންމެ ރޯދަ މަހަކާ ދިމާކޮށް ވެސް އެފަދަ ކަންކަން ވިޔަފާރިވެރިން ކުރާ ކަމަށާއި މިދިޔަ އަހަރު ވެސް އެގޮތަށް ލުނބޯގެ އަގު އަރުވަން ބަޔަކު ގަސްތުގައި ސަޕްލައި ތާށިކޮށްލި ކަމަށެވެ.

"ކުޑަ ފައިދާއެއް ލާފައި ވިއްކުން މައްސަލައެއް ނޫން. އެކަމަކު މިހާރު މާ އަގުބޮޑުކޮށް އެ ވިއްކަނީ. ބައެއް މީހުން ގަސްތުގައި ރޯދަ މަސް އަންނަތީ މިވަގުތު ގިނަ މީހުން ލުނބޯ ގަންނާނެތީ އެ ހިފަހައްޓައިގެން ތިބޭ އަގުބޮޑުކުރަން ވެގެން،" އެ ވިޔަފާރިވެރިޔާ ކިޔައިދިނެވެ.

އޭނާ ބުނީ މިރޭ ލުނބޯގެ އާ ޝިޕްމަންޓްތައް ލިބޭނެ ކަމަށް ބެލެވޭ ކަމަށާއި އޭގެ ފަހުން އަގު ދަށަށް ދާނެ ކަމަށް ބެލެވޭ ކަމަށެވެ.

ކުރިއަށް އޮތް ރޯދަ މަހު ބާޒާރުގައި ތަކެތީގެ އަގު އުފުލޭނެ ކަމަށް ވިޔަފާރިވެރިން ވަނީ ލަފާކޮށްފަ އެވެ. ގިނަ ވިޔަފާރިވެރިން ބުނާ ގޮތުގައި ތަކެތީގެ އަގު ބޮޑުވާނީ ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލިފައިވާތީ އެވެ. އަދި ރާއްޖެއަށް މުދާ ގެންނަން ކުރާ ހަރަދު ވެސް ބޮޑު ކަމަށް ވިޔަފާރިވެރިން ބުނެ އެވެ.

28 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 11%
icon sad icon sad 11%
icon angry icon angry 67%
icon wow icon wow 0%
icon inlove icon inlove 11%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބޮޑޭ އަހައްމަދު

25 March 2022

އޭ މުދާ އިޙްތިޔާރު ކުރާ ވިޔަފާރިވެރިންނޭވޭ އާޚިރަތް ވިއްކާލާފަ ދުނިޔެ ގަންނަން ނޫޅޭށޭ! މާދަމާ ތިބާމަރުވިއަސް ތިޔަ އެއްކުރާ ފައިސާ އިން އެންމެ ލޯލާރިއެއް ވެސް ނުގެންދެވޭނެ. " ހެދިއަކަސް ބޮޑެތިވިހާ ޢިމާރަތާއި ގުއްބުތައް އެކަނި ތިންފިލާގައޭ ދަނީ ތިމާ އެމަރުވެގެން "

The name is already taken The name is available. Register?

ޑަބަލް ރަޝީދު

26 March 2022

އިހްތިކާރު ނޮޓް އިހްތިޔާރު

The name is already taken The name is available. Register?

ބޮޑުމީހާ

24 March 2022

ޓެކްސީ 5ރ ބޮޑުވީމަ ބޮޑު މައްސަލައެއް. ދެން ހުންނަ އެއްޗެއް 200 އިންސައްތަ ބޮޑުވިޔަސް ސަރުކާރުން އަޅާވެސް ނުލާ

The name is already taken The name is available. Register?

ބޭކާރު ވާހަކަ ނުދައްކާ

24 March 2022

ޓެކްސީ 5ރ އަށްތަ ބޮޑުވީ؟؟މާލެ ހުޅުމާލެ ދަތުރު 75ރ އިން 100ރ އަށް..މީ 5ރ؟؟ބަލަ ކަލޭމެންނަކީ އަގެއް ކަނޑައަޅާފަ އޮތްއިރުވެސް ބޭނުން އަގެއް ނަގައިގެން ދަތުރުތައް ކުރާ ދަހިވެތި ބައެކޭ..ތީ ގައުމުގެ އެންމެ ފަގީރު މީހުން..ތެޔޮ އަގު ހެޔޮއިރު ނޭނގުނު 5ރ ކީއްކުރަން 1ރވެސް ހެޔޮކޮށް ދަތުރު ކޮށްދެން..

The name is already taken The name is available. Register?

ހޭލާ

24 March 2022

ކޮބާ ފިޝަރީޒް މިނިސްޓަރީ؟ ކޮބާ އިކޮނޮމިކް މިނިސްޓަރީ؟ މިއޮތްގެން ހިތަށް އެރި ވަރަކަށް އަގުބޮޑު ކުރަނީ. މިކަމާ ބަހެއް ނުބުނެ ޓެކްސީތަކުގެ އަގުބޮޑުވީމަ އިންޒާރު ދިނަސް އަދި ކަމަކުނުދޭ.

The name is already taken The name is available. Register?

2022

24 March 2022

ރާއްޖޭގާ ބައިވަރު ފަޅުރަށްތައް އެބައޮތް ނިކަން ހައްދަބަލަ ފިޔާ. ލުބޯ ކުކުޅުބިސަވެސް ކުކުޅުވެސް އޭރުނަ ތި އިންޑިޔާ ނުވަތަ އެހެންމީހުނަށް ސަޖިދަ ޖަހާކަށް ނުޖެހޭނެދޯ؟

The name is already taken The name is available. Register?

މުލޭ

24 March 2022

އެއްޗެހި އަަގުބޮޑުނުކުރާ ދޯދަމަހެއް ދިޔަތަ؟ އާދަޔާޚިލާފަށް އަގު ބޮޑުކޮށް މުދާ ވިއްކާ ފަރާތްތަކަށް މި ދުނިޔޭގައި ލިބޭ އެތި ބޮޑުވެދާނެ.

The name is already taken The name is available. Register?

ދައިތާ

24 March 2022

ލުނބޯ ގަންނާނެކަމެއްނެތް. ހިކިހުތް ޕެކެޓަކުން ރޯދަމަސް ނިމެންދެންވާނެ.

The name is already taken The name is available. Register?

ކުޗީ

24 March 2022

އޭރުން ރޯދަ މަސް ނިމޭއިރު ހުރިހާ އެންމެންގެ ގޮހޮރު ހުންނާނީ ފޫގޮސްފަ ދޯ ...

The name is already taken The name is available. Register?

ފަނި

24 March 2022

ހުންނާނެ ލުނބޯގެ ބަދަލުގަ ބޭނުންކުރެވޭނެ ފުޅީގަ ހުންނަ ވައްތަރު ރަނގަޅުވާނެ މިވަގުތައް.

The name is already taken The name is available. Register?

2025

24 March 2022

ކެޕޭސިޓީ ހުރި ވިޔަފާރިވެރިން… ބާޒާރުގަ އޮތްހާ ލުނބޮޔެއް ގަނެ ބައްކޮއްގެން.. ބޮޑު އަގުގަ ވިއްކުން ހުއްޓުވެން ޖެހޭ…

The name is already taken The name is available. Register?

ލުނބޯސޭޓު

24 March 2022

ބާޒާރުގަ ލުނބޯއަކީ ވަރަށް ޓްރިކީ އެއްޗެއް. ޓަށްކިޔާފަ އަގު ދެގުނަ ތިންގުނަ ހަތަރުގުނަވާ އެއްޗެއް. ވީމާ ބުއްދިވެރީ ލުނބޯ ތިޔާގިވާ ދަނޑިވަޅު ބަލްކްކޮށް ގަނެލާފަ ފްރިޖަށްލުން. އެކަމަކު މިހާވަރު ބުއްދިކުރާވަރަށްވުރެ ގިނަދިވެހިން ބިޒީވާނެ.

The name is already taken The name is available. Register?

ބޭފުޅަކު

24 March 2022

ކޮންތާކު ހުރި ފުރިޖަކަށް ސްޓޮކް ކުރަނީ؟ ފަޓުލޫނު ޖީބައްތަ؟

The name is already taken The name is available. Register?

ލުންބޯ، ފިޔާ، މިރުސް، ވެލިގާ، ބޭސް!!!

24 March 2022

އިންޑިޔާ، އިންޑިޔާ، އިންޑިޔާ، IGMH، އިންޑިޔާ، އިންޑިޔާ، އައުޓް ނުކިޔާށޭ!

The name is already taken The name is available. Register?

ކެމްބޯޑިޔާ

26 March 2022

ބަލަ އަހަރެމެން މިހާރު ލުނބޯ ގެންނަނީ ވިއެޓްނާމުންނޭ، މާ ފުރެޝް މާއަނގުހެޔޮ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454