ހުޅުދޫގެ މަންޒަރެއް.
24 މާޗް 2022 - 20:46
ޑިޒައިން އެންޑް ބިލްޑް އުސޫލުން ސ. ހިތަދޫ އާއި ފުވައްމުކަލުގައި 400 ފްލެޓް އަޅައިދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން މިއަދު އިއުލާންކޮށްފި އެވެ.
މިކަން އިއުލާންކޮށްފައި މި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެކުނުގެ ދެ އަތޮޅަށް ވަޑައިގަތުމަށް ހަމަޖެހިފައި ވަނިކޮށެވެ.
މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ވެސް ފިނޭންސް މިނިސްޓްރީން ވަނީ އެކި އަތޮޅުތައް ހިމެނޭ ގޮތަށް ހަތް ރަށެއްގައި 720 ފްލެޓް އަޅާނެ ބަޔަކު ހޯދަން އިއުލާންކޮށްފަ އެވެ. އެކަމަކު އެފަހަރު އިއުލާންކުރި ރަށްތަކުގެ ތެރޭގައި އައްޑޫ އާއި ފުވައްމުލަކެއް ނުހިމެނެ އެވެ.
ފިނޭންސް މިނިސްޓްރީން ކުރި އިއުލާނުގައި ވަނީ ފުވައްމުލަކުގައި 200 އަދި އައްޑޫ ހިތަދޫގައި ވެސް 200 ހައުސިން ޔުނިޓް އަޅަން ބޭނުންވާ ކަމަށާއި އެކަމަށް ޝައުގުވެރިވާ ނަމަ، ބިޑް ހުށަހެޅުމަށް ހުޅުވާލާފައިވާ ކަމަށެވެ.
އެ ބީލަމުގައި ބައިވެރިވެވޭނީ ޕްލޭނިން މިނިސްޓްރީގެ "އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު" ގައިވާ ގޮތުގެ މަތިން ރަޖިސްޓަރީ ކޮށްފައިވާ މީހުންނަށް އެކަންޏެވެ. ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި އެ ކަމަށް ޝަރުތުހަމާ ފަރާތެއް ހޯދާނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން އުސޫލުގެ ދަށުންނެވެ.
އެ ދެ ބީލަމުގައި ބައިވެރިވާން ވެސް 500ރ. ގެ ނޮން ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހެ އެވެ. އެކަމަކު ފުވައްމުލަކުގައި އަޅައި 200 ހައުސިން ޔުނިޓްގެ ބީލަމުގެ ނޮން ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީ ބަލައިގަންނާނީ މިމަހުގެ 27 އިން އަންނަ މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި އައްޑޫ ހައުސިން ޔުނިޓް މަޝްރޫއުގެ ފައިސާ ބަލައިގަންނާނީ މިމަހުގެ 27 އިން އަންނަ މަހުގެ 19 އަށެވެ. އެ ފައިސާ ބަލައިގަންނާނީ ސަރުކާރު އޮފީސްތައް ހުޅުވާފައި ހުންނަ ގަޑިތަކުގައި މިނިސްޓްރީގެ ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ކަމަށް މިނިސްޓްރީން ބުންޏެވެ.
އެ ދެ މަޝްރޫއުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 1،020،000ރ. ކަނޑައަޅާފައިވާއިރު ބިޑް ސެކިއުރިޓީގެ މުއްދަތަކީ ހުޅުވާ ތާރީހުން ފެށިގެން 148 ދުވަހެވެ.
ފުވައްމުލަކުގައި މަޝްރޫއު ހިންގަން ޝައުގުވެރިވާ ފަރާތްތަކުގެ ބިޑް ހުޅުވުން އޮންނާނީ 17 އޭޕްރީލްވާ އާދިއްތަ ދުވަހުގެ 11:00 ގަ އެވެ. އަދި އައްޑޫ މަޝްރޫއުގެ ބިޑް ހުޅުވުން އޮތީ އަންނަ މަހުގެ 24 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 1:00 ގަ އެވެ.
އެ ޕްރޮޖެކްޓާ ގުޅޭ އެއްވެސް ސުވާލެއް އޮތް ނަމަ، އަންނަ މަހުގެ ތިން ވަނަ ދުވަހުގެ މެންދުރު 1:30 ގެ ކުރިން މިނިސްޓްރީގެ އީމެއިލް މެދުވެރިކޮށް އެކަން ސާފުކުރުމަށް އިއުލާނުގައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފެއިލްބެ
25 March 2022
މިސަރުކާރު ކަމަކީ ފުލެޓު އަޅާނެ ބަޔަކު ހޯދުން. ހެހެހެ. ދެން އަސްލަމް 6 މަސްފަހުން ބުނާނެ ދެން އޮތީ ފަންޑު ހޯދުމޭ.ގުބޯ ހައްދަންވެސް މި ސަރުކާރު ވަރެއް ހަމަ ނެއް
ާއުނިމާ
25 March 2022
ފުލެޓު އަޅާން ހާދަ ފަރިތަ ބައެކޭދޯމީ، އެޅި ފުލެޓުތައް ގިނަކަމުން ހަފާނެގޮތެއްނެތިފައި ރައްޔިތުން ތިބީ
ވާނުވާ.
25 March 2022
ޢިންތިޚާބުތައް ނިމުނީމާ ޚަބަރެއް ނުވާނެ.
ފުލެޓް ދޮންބެ
25 March 2022
މިއޮތީ ރިޔަލްސުޓޭޓް ވިޔަފާރި މެކުހައް 400 ހައުސިން ޔުނިޓް ގުނަކުރަން 5000ރުފިޔާ =2000000 ރުފިޔާ ގާއްގަޑަކައް 5000ރުފިޔާގެ ރޭޓުންބަލާނަމަ 400 އާއިލާއިންސަރުކާރައް މަހަކު 2މިލިޔަން ރުފިޔާ މީނުކޮއް ދޫކޮއްލާވަރުގެ ވިޔަފާރިއެއްނޫންތޯ ރައްޔތުންގެ ބޯހިޔާވަހިކަމުގެނަމުގައި ދެން ރައްޔިތުން އައްޖައްސަވާ ބާރައް އޭސަހަރޯ މިޔޮއްގައުމެއް
ތިނަދޫސިޓީގެއުރަ
25 March 2022
ކޮބާހޭ ތިނަދޫގަ އަޅަން ހުރި ފުލެޓުތަކާއި ރޯހައުސްތަކާއި ގޯތިތައް؟ އެތައްބަޔަކު ގޯތިބޭނުންވެގެން ތިބީތީ ލަސްކުރީމަ ދެންވެސްބޭނުން ވާ މީހުންވާނީ ގިނަ. 10 ގޯތިނަމަވެސް ދީބަލަ. އެ10 އާއިލާއަށް އުޅެވިދާނެތާ
އަސްލު
25 March 2022
މާލޭ މީހުންނަށް ގޯތި ދީފިތޯ?
މުސަންމާ
24 March 2022
މާލޭމީހުނަށް ގޯތި، ރާއްޖޭގެ އެންމެ ބިންބޮޑު އައްޑޫ ފޯއްމުލަކު މީހުނަށް ފުލެޓު ގޮޅި. މިކަހަލަ ތާކުންތާކުނުޖެހޭ ސިޔާސަތުތައް ވިއްކަންދާއިރުވެސް އިސްތިގުބާލުގައި ތަލަފިއްސައިގެން އަތޮޅު އެންމެން ނިކުމެތިބޭކަން ދެރައީ.
ޙަބީބު
25 March 2022
ދަނޑިފަނުންވެސް ގޯތި ހުރިމީ ހުންނައްވެސް ނޭޅެންޏާ ފުލެޓު އަޅާފަ ދިނީމަ ނޫންތަ މާލެ ދޫކޮއްފަ ގޮސް ރަށުގަ ތިބެނީ
އޮނަރަބްލް އަފީފު ދީދީ
24 March 2022
ސާފުބޯފެނާއި ނަރުދަމާގެ ހިދުމަތްނެތް ނަމުގެ ކުރިއަށް "ޓާޝަރީ" ލާފައި އޮތްކަމުގައިވިޔަސް ޑޮކްޓަރުންނެތް ހޮސްޕިޓަލެއްގެ ތޮށިގަނޑު ހުރި ތަނެއްގައި ފުލެޓްއަޅާފައި ބައެއްގެ ބޮލުގައި ތިތަން އެޅުވުމަކީ މޮޅުކަމެއްނޫން. # މުަލަކާއި އައްޑޫސިޓީގައި އިޤްތިސޯދީ ޙަރަކާތެއްހިންގައި އެތަނުގައި މިހާރުދިރިއުޅޭ މީހުނަށްވެސް އާމްދަނީއެއްލިބޭނެމަގު ތަނަވަސްކޮށްދިނުމުގެބަދަލުގައި މާލޭސަރުކާރު ހިންގާންތިބި މާލޭމީހުން ކަންކުރަމުން މިދަނީ އެރަށު މީހުނަށް ފެންނަ ގޮތަކަށް.
އޮނަރަބްލް އަފީފު ދީދީ
24 March 2022
މިއީ އިންތިޙާބަކާއި ދިމާކޮށް އަޅާފައިވާ "ތަރައްޤީގެ ސުރުޙީއެއް" ކަން ޔަޤީން. ސުރުޙީޣައި "ފުލެޓް އަޅާނެ ބަޔަކު ހޯދަން" ޖަހާފައި އޮތުމުން އެއީ އިންވެސްޓަރ ފައިނޭންސް އުސޫލުން އަމިއްލަ ޙަރަދުގައި ފުލެޓް އަޅާގޮތަށްކަމެއް ނުވަތަ ސަރުކާރުންބުނާފެންވަރަކަށް ބުނާގޮތަކަށް ފުލެޓްއަޅާދިނުމުން ސަރުކާރުން ވަގުތުން މަސައްކަތުގެ އަގު ޙަލާސްކޮށް ދޭގޮތަށް ކަމެއް އިގޭކަށްނެތް. މިފަދަ މަކަރުވެރި ހީލަތްތެރި ކަންކަން ސަރުކާރުން ކުރުމަކީ ވަރަށް ދަށުދަރަޖައިގެ ކަމެއް.