އައްޑޫ މޭޔަރު ނިޒާރުގެ ކާރަށް ސްޕްރޭ ޖަހާފައި---ފޮޓޯ: ސޯޝަލް މީޑިއާ
26 މާޗް 2022 - 12:42
އައްޑޫގެ މޭޔަރު އަލީ ނިޒާރުގެ ކާރުގައި "އިންޑިއާ އައުޓް" ސްޕްރޭ ކޮށްފި އެވެ.
"މިހާރު" އާ ވާހަކަ ދައްކަވަމުން ނިޒާރު މިއަދު ވިދާޅުވީ އޭނާގެ ކާރުގެ ބޮނެޓް މަތީގައި "އިންޑިއާ އައުޓް" ލިޔެ ސްޕްރޭކުރި މައްސަލަ މިއަދު ފުލުހުންގެ އިދާރާ އަށް ހުށަހަޅާފައިވާ ކަމަށެވެ.
އެއީ ވަރަށް ނާތަހުޒީބު އަމަލެއް ކަމަށާއި އެކަމުގެ ޒިންމާ އިދިކޮޅު ފަރާތްތަކުން ނަގަން ޖެހޭނެ ކަމަށް ވެސް ނިޒާރު ވިދާޅުވި އެވެ.
"އިދިކޮޅު މީހުން އެކްޓިވްކޮށް ބައިތިއްބަން ބޭނުންކުރާ ސިޔާސީ ސްލޯގަންއެއް އެއީ. ވަރަށް ފިތުނަވެރި ވިސްނުމެއްގައި ހިންގާ ކަމެއް،" ނިޒާރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރޭ މެންދަމު 2:00 ހާއިރު ގެއަށް ވަޑައިގެންނެވިއިރު ވެސް ކާރަށް ސްޕްރޭ ޖަހައިފައެއް ނެތެވެ. އެކަން ކޮށްފައި ވަނީ އޭގެ ވެސް ފަހުން ކަމަށް ބެލެވޭ ކަމަށް ނިޒާރު ވިދާޅުވި އެވ.ެ
އެ މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރެއް ނުކުރެ އެވެ.
އައްޑޫ މޭޔަރުގެ ކާރަށް ގެއްލުންދިން އިރު އިއްޔެ މާލޭގައި އިދިކޮޅު ފަރާތްތަކުން ވަނީ އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް ބޮޑު މުޒާހަރާއެއް ކޮށްފަ އެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް މިއަދު އައްޑު އަށް ވަޑައިގެން، އިންޑިއާގެ ސަރުކާރުގެ ހިލޭ އެހީގައި ހިތަދޫގައި އިމާރާތްކުރި ފުލުހުންގެ ތަމްރީނު މަރުކަޒު ހުޅުއްވައި ދެއްވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހިބަރު
27 March 2022
މޑޕ އިން އަނބުރާ ގޭސް ގަނޑެއް....ތިއީ އަމިއްލަ ބޮޓުން ލައްވާ ކުރުވި ކަމެއް...
ދޮން އައްޔާބެ
26 March 2022
އައްޑޫ މީހުން ތަރައްގީވާނީ ކޮން ދުވަހަކުންބާ. ތިޔަފަދަ އަމަލުތަކަކީ އައްޑޫގެ ރައްޔިތުންގެ އަގު ވައްޓާލަން ބަޔަކު ކުރާ ކަމެއް، އައްޑޫމީހުން ތިޔަފަދަ ނާތަހުޒީބު އަމަލު ހިންގީމަ ބަލައެއް ނުގަނެވޭ. މިހާރަށްވުރެ ބޮޑަށް އައްޑޫމީހުން ތަރައްގީވާން އެބަ ޖެހޭ. މާކުރީގެ ތަރައްގީއަށް ބަލައިގެން މޮޅުވާހަކަ ދައްކައިގެން މިއަދު ފައިދާ އެއްނެތް. ތިޔަ އުޅެނީ މިހާރު ދެން މާ ފަތުގަ.
ކެޔޮޅުގެ
27 March 2022
ކަލެއަށް ބޮޑަށް އެނގޭނީ. ތިއީ ހަސަދަވެރިވާތީ ކިޔާއެއްޗެހި
ގިރުވާނު
26 March 2022
މޭޔަރުވެސް ކުރާކަންތައްދޯ.
ސަސް
26 March 2022
ތިގޮތަށް ތިކަންކުރާނީ ނުއަތު ބަޔަކު! ރީކޯ މޫސަވެސް އޭނާގެ ޖަގަހައިގެ ބިއްލޫރިގަނޑު ބައަކުލައްވާ ތަޅާލިއެއްނު!
ބަސް
27 March 2022
ބޯދަމައިގަންނަން ވަރަށް މޮޅުވާނެ. ލީޑަރުވެސް ދެމިގަތީ ޗެކު ނަމްބަރާއި ހެދި ވިއްޔާ.
ޙެހެހެހެ
26 March 2022
ޑްރަގް ބަސްޓްވާ ވަރަކަށް އިންޑިއާ އައުޓް ގަދަވާނެ.
ބޮޑުހުޅު
26 March 2022
8 ފެބުރުވަރީ 2012 ގައި އެމްޑީޕީ މެމްބަރަކު މާލެއިން މަރާލައިފިއޭ މެރި ފުލުހުންނޭ ކިޔަިއގެން އައްޑު ރައްޔިތުން ކައްކުވައިގެން ޕޮލިސް ސްޓޭޝަންތަކާއި ކޯޓުތަކުގައި ހުޅުޖެހުމަކީވެސް ވަރަށް ނާތަހުޒީބު ކަމެއް. އެކަމުގެ ތެރޭ ދޮގު އެސްއެމްއެސް ފަތުރައި ފިތުނަ އުފެއްދީ ކޮންބައެއްކަން އެންމެ ބޮޑަށް އެނގޭނީ ހަމަ ނިޒާރުމެންނަށް
އަލީ އަލީ
26 March 2022
ވަރަށް ސަޅި! ނާތަހުޒީބު ވަނީ ވަކި ބަޔަކު ކުރީމަ ދެއްތޯ! އިންޑީއާގެ އަޅުވެތި ކަމަށް ގައުމު ދޫކޮއްލުން ނާތަހުޒީބު ނޫންތޯ! އިންޑިޔާ އައުޓް ހުރިހާ ތަނެއްގަ ލިޔެ މިވެރިންނަށް ދުއްތުރާކޮށް މަދަނީ ބަސްނޭހުމަށް ދާންވީ! ހުރިހާ ވެރިންގެ ކާރުގަ ލިޔަންވީ!
ބަލީ
27 March 2022
އޭރުން ބޭލޭނީ ކަލޯމެންގެ ސޯޓު. މަދަނީ ބަސް ނޭގުމޯ. އެއީ އަނެއްކާ ތެލުލި އެއްޗެއްތަ؟ ނިމިދިޔަ ފަސްއަހަރު ތިބީ ފައިސާގެ އަވާގައިޖެހި ހޭބުއްދި ފިލާފަތަ
ކޮތަރު
26 March 2022
ބޯގަންވިލާގައި ކުރިން ހުރި އެމްޑީޕީ އޮފީހަށް ކަޅުޔެޔޮޖެހި! ސޯސަން މަގުގައި ހުންނަ އެމްޑީޕީ އޮފީސް ބިއްލޫރިގަންޑު ތަޅާލި! އެއިން އެއްވެސް ކަމެއްކުރީ އެމްޑީޕީ މީހުން ނޫންކަމެއް ވެސް ނޭގޭ! އެކަމަކު އެމްޑީޕީ އަދި އެމްޑީޕީއަށް ތާއީދުކުރާ މީހުން ވިލާ ޓީވީ ފުނޑާލީ އަދި އައްޑޫ ހުވަދޫ އެތަށް ތަނަކާ މުދަލުގައި ހުޅުޖެހީ މީހުންގެ ލޯ ކުރިމަތީގައި އެމީހުން! މި އެނަލޮޖީއަށް ބަލާއިރު މޭޔަރ ކާރަށް ސްޕްރޭ ކުރީ، އަދިކޮޅު މީހުންގެ ބޮލުގައި އަޅުވަން އެމްޑީޕީ މީހެކޭ ބުނުމުގެ ޖާގަ އެބައޮތް! އަދި މި ފަހުން އިންޑިޔާ އެންބަސީ ގޮއްވާލަމޭ ބުނީވެސް އެމްޑީޕީގެ އެކްޓިވިސްޓެއް!
ޑޮލަރުގޯނި
27 March 2022
ޑުރަގު ބަސްތާވެސް ގެނައީ އެމީހުންދޯ
ރަދީފްއޮފިޝަލް
26 March 2022
މީތި ކަޑަ.އެއްވެސް މީހެއްގެ މުދަލަށް ގެއްލުން ދިނުން އެއީ ރަނގަޅު ކަމެއް ނޫން.
އިންޑިޔާ އައް މި ގައުމަކީ އެއްޗެއްނޫން! ރަޝިޔާ އައް ޔޫކްރެއިން އަކީ ވެސް ފޫހިވެގެން ކުރާ ކަމެއް!
26 March 2022
ވަރައް މޮލު ކަމެއްކަމައް ދެކޭ ބަޔަކުވެސް ތިބޭނެ. ގަމާރުން % ވެއް މިގައުމުގަ ވަރައް މަތި ވިއްޔަ!