"މިއަދު ރޯދަ ފެށޭތީ އިއްޔެ ބައެއް އެއްޗެހި ގަނެފައި ނިންމީ އިތުރަށް ބޭނުންވާ އެއްޗެހި ރޭ ގަންނަން. އެކަމަކު ކާފިއު އިއުލާނުކޮށްފި. ހުރިހާ ކަމެއް ކުރަން ލިބުނީ ދޮޅު ގަޑިއިރު. ގިނަ ސުޕަމާކެޓުތައް ވެސް ބަންދު."
ސްރީ ލަންކާގެ ވެރިރަށް ކޮލަމްބޯގެ އައިއޯސީ ފިއުލް ސްޓޭޝަނުގެ ބޭރުގައި ވެހިކަލްތަކަށް ތެޔޮ އަޅަން ކިޔޫ ހަދާފައި: ލަންކާގައި ކައްކާ ގޭސް ނުލިބޭތީ ގިނަ މީހުން ކައްކަން މިހާރު ބޭނުން ކުރަނީ ކަރާސީން. --ފޮޓޯ:އޭއެފްޕީ
03 އެޕްރީލް 2022 - 14:22
ގާނޫނީ ދާއިރާއިން ކިޔެވުމަށް މިދިޔަ މަހުގެ ތެރޭގައި އައިޝާ ސްރީލަންކާ އަށް ދިޔައިރު ވެސް އެ ގައުމު އޮތީ އިގުތިސޯދީ ގޮތުން ދަތި ހާލަތެއްގަ އެވެ. އެކަމަކު، ގޭހާއި ތެޔޮ ނުލިބި ކަރަންޓު ކެނޑުމާއި ކަރުދާސް ގަންނާނެ ފައިސާ ނެތިގެން ސްކޫލު އިމްތިހާނު ކެންސަލް ކުރަން ޖެހިދާނެ ކަމަކަށް 25 އަހަރުގެ އެ ޒުވާނާ އެއްގޮތަކަށް ވެސް ހިއެއް ނުކުރެ އެވެ.
ރައީސް މައިތުރިޕާލާ ސިރިސޭނާގެ ވެރިކަމުގައި ސިޔާސީ ހާލަތު ގޯސްވެ 2018 ވަނަ އަހަރު ތިން ފަހަރަށް ސޯޝަލް މީޑިއާ ޑައުންކުރިއިރު، އަދި އޭގެ ފަހުން 2019 ވަނަ އަހަރު އީސްޓަ ބޮމުގެ ހަމަލާއާ ގުޅިގެން ލަންކާގައި ވަރުގަދަ ފިޔަވަޅުތައް އެޅިއިރު ވެސް އައިޝާ ހުރީ ލަންކާގަ އެވެ.
"އޭރު ވެސް ލަންކާ ވަރަށް ހަލަބޮލިވެގެން ދިޔައީ. އެކަމަކު މި ހާލަތަކަށް ނުދޭ،" އޭނާ ބުންޏެވެ.
މީގެ 74 އަހަރު ކުރިން ލަންކާ މިނިވަންވީ ފަހުން މި ވަރުގެ އިގްތިސާދީ ތަދެއް އެ ގައުމު ތަޖުރިބާ ކޮށްފައި ނުވެ އެވެ. ކޮންމެ ދުވަހަކު 13 ގަޑިއިރަށް މުޅި ލަންކާއިން ކަރަންޓު ކަނޑައި އޮޕަރޭޝަންތައް މަޑުޖެހުމާ އެކު ރައްޔިތުންގެ ކެތްތެރިކަން ކޮޅުންލައިފި އެވެ. ސަރުކާރާ ދެކޮޅަށް މުޒާހަރާތައް ކުރަން ފެށުމާއެކު ވަނީ 36 ގަޑިއިރުގެ ކާފިއުއެއް އިއުލާންކޮށްފަ އެވެ.
އެ ހުރިހާ ފިޔަވަޅަކާ އެކު، ލަންކާގައި ރޯދަ މަހުގެ ފުރަތަމަ ދުވަހަށް މިއަދު މަރުހަބާ ކިޔައިފި އެވެ. އެތައް ހާސް ދިވެހިންނެއް ދިރިއުޅޭ އެ ގައުމުގައި ދިވެހިން ވެސް ތަހައްމަލްކުރަނީ ދަތި، އުނދަގޫ ދުވަސްވަރެކެވެ.
"މިއަދު ރޯދަ ފެށޭތީ އިއްޔެ ބައެއް އެއްޗެހި ގަނެފައި ނިންމީ އިތުރަށް ބޭނުންވާ އެއްޗެހި ރޭ ގަންނަން. އެކަމަކު އެހެން ހުއްޓައި ކާފިއު އިއުލާނުކޮށްފި. ހުރިހާ ކަމެއް ކުރަން ލިބުނީ ދޮޅު ގަޑިއިރު. ގިނަ ސުޕަމާކެޓުތައް ވެސް ހުރީ ބަންދުކޮށްފައި ކާފިއުގެ ކުރިން މުވައްޒަފުން ގެއަށް ފޮނުވާލަން. ހުރިހާ މަގެއް ބަންދުވެފައި ހުރީ،" ކޮލޮމްބޯގައި ދިރިއުޅޭ އައިޝާ ބުންޏެވެ.
ލަންކާގެ ޕެޓްރޯލް ސްޓޭޝަނެއްގައި ސިފައިންގެ މީހަކު މިއަދު ފޯރިމަރަނީ. --ފޮޓޯ:އޭއެފްޕީ
"އޭޓީއެމްއަށް ދިޔައިރު ވެސް ދިގު ކިއުއެއް އޮތް. އެ ހިސާބާ ހަމައަށް ދާން ވަގުތުކޮޅެއް ނެގި. މީހުން ވެސް މަގުމަތީގައި އެކި ކޮޅުކޮޅަށް ދިޔައީ ދުވަމުން. ކުދިން އަތުގައި ހިފަހައްޓައި މައިން ދިޔައީ ރޮމުން."
"އޭޓީއެމްއަށް ދިޔައިރު ވެސް ދިގު ކިއުއެއް އޮތް. އެ ހިސާބާ ހަމައަށް ދާން ވަގުތުކޮޅެއް ނެގި. މީހުން ވެސް މަގުމަތީގައި އެކި ކޮޅުކޮޅަށް ދިޔައީ ދުވަމުން. ކުދިން އަތުގައި ހިފަހައްޓައި މައިން ދިޔައީ ރޮމުން."
އައިޝާ ބުނީ ކީލްސްގެ ސުޕަމާކެޓެއް ހޯދަން އެކި ތަންތަނަށް ދުއްވުމަށް ފަހު، ފެނުނު ތަން ވެސް އޮތީ މީހުންނައިގެން ފުރިފަ އެވެ. އެކަމަކު، އިތުރު ގޮތެއް ނެތުމުން އެ ސުޕަމާކެޓުގައި ވިޔަފާރިކުރަން ގާތްގަނޑަކަށް ގަޑިއިރެއް ވަންދެން ކިއުގައި އޭނާ މަޑުކުރި އެވެ.
"އޭރު 5:15 ވެއްޖެ. މީހުން ދިޔައީ ސުޕަމާކެޓު ތެރޭގައި ދުވަމުން. ހީވީ އެ މީހުންގެ ދިރިއުޅުން ބަރޯސާވެފައި އޮތީ އެ ތަނަށް ހެން. ކިއުގައި މަޑުކޮށް ސުޕަމާކެޓު ތެރެއަށް ވަދެވެނުއިރު ފިޔާ، މިރުސް އަދި ލުނބޯ ހުރީ ހުސްވެފައި. ތަޅުންގަނޑު މައްޗަށް ހުރީ ހަނޑޫ ކަހަލަ އެއްޗެހި އެޅިފައި،" އިންޓަނެޓު ޑައުންކުރުމުން، ވީޕީއެން މެދުވެރިކޮށް ސޯޝަލް މީޑިއާއިން ވާހަކަދައްކަމުން އައިޝާ ބުންޏެވެ.
ފާތުން [އަސްލު ނަމެއް ނޫން] އަކީ ޕައިލެޓް ޓްރެއިނިން ހަދަން މީގެ ދެ ހަފުތާ ކުރިން ދެހިވަލާ އަށް ދިޔަ ޒުވާނެކެވެ. އޭރު މުޅި ލަންކާ އިން ވެސް ދިޔައީ އެކި ވަގުތުތަކުގައި ކަރަންޓް ކަނޑަމުންނެވެ.
"އިއްޔެ ހަވީރު ހަތަރެއްގައި ކަރަންޓު ދިޔައީ. އޭގެ ކުރިން ބަދިގޭގެ މަސައްކަތް ނިންމައިފިން، އެހެން ނޫނީ ނުއެއް ކެއްކޭނެ. އިއްޔެ ޝޮޕިންނަށް ދިޔައީމަ މި ސަލާމަތްވީ ވެސް."
"އިއްޔެ ހަވީރު ހަތަރެއްގައި ކަރަންޓު ދިޔައީ. އޭގެ ކުރިން ބަދިގޭގެ މަސައްކަތް ނިންމައިފިން، އެހެން ނޫނީ ނުއެއް ކެއްކޭނެ. އިއްޔެ ޝޮޕިންނަށް ދިޔައީމަ މި ސަލާމަތްވީ ވެސް. ވަރަށް ވަރަށް ގިނަ މީހުން އުޅުނު ކާފިއުއަށް ތައްޔާރުވާން. މިއަދު އެންމެން ވެސް ތިބީ ގޭގައި. ނުފެނޭ އެއްވެސް ވެހިކަލެއް،" ފާތުން ބުންޏެވެ.
އޭނާ ބުނިގޮތުގައި ރޭ 12 ޖެހިއިރު ސޯޝަލް މީޑިއާ ޑައުންވުމުން އެންމެން ވެސް ފުރަތަމަ ހީކުރީ ނެޓްވޯކް މައްސަލައެއް އުޅެނީ ކަމަށެވެ.
"މިހާރު ވެސް ވީޕީއެން ބޭނުންކޮށްގެން މި އުޅެނީ. ކިޔަވާ ކުދިން ވަރަށް ގިނަ. އެ މީހުން ބުނީ އަބަދު ވެސް މި ކަހަލަ ކޮންމެ ވެސް ކަމެއްގައޭ އުޅެން ޖެހެނީ،" ފާތުން ބުންޏެވެ.
ހާލަތު ބޮއްސުންލައިގެން ދިއުމުން ކްލާސްތައް ވެސް ވަނީ ކެންސަލް ކޮށްފަ އެވެ. ލަންކާގެ މަސްރަހު ގޯސްވާން ފެށުމާ އެކު ވަރަށް ގިނަ ދިވެހިން ވަނީ އެނބުރި އައިސްފަ އެވެ. އެކަމަކު ހާލަތު ހަމަ ކުއްލިއަކަށް ވެސް ބަދަލުވެދާނެ ކަމަށް ގަބޫލުކޮށް، އައިޝާ އާއި ފާތުންނެކޭ އެއްގޮތަށް އެތައް ބަޔަކު ތިބީ އެ ގައުމުގައި މަޑުކޮށްގެންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޭނަޒީރު ބެ
05 April 2022
ލަންކާގަ ދިވެހިން އުޅޭ ދަތިހާލުގަ ، ސުޕުން ރާއްޖޭގަ އަރާމުގަ އެއްވެސް ކަމެއް ނުކޮއް ލޮލް
ހަމް67
04 April 2022
ރަމްޒީ ސިފައިންގެ ބަޖެޓު ބޮޑުކޮއް އާސަންދަ ހިފިނުހިއްޓި ބަޔަކު ކާނެ ވަރަކައް ކާން ދޫކޮއްލާ، ރިކަރަންޓް ހަރަދު ކުޑަ ނުކޮއް ބޭރުން ބޮޑެެތި ލޯނުތައްނަގާ ނަމަ ދިވެހިންނައް ވެސް މިދުވަސް އަންނާނެ.
ގައިސް
04 April 2022
ރަނގަޅުވާނެ. ލައްކަދުހު ފުއްޕާފަ އުޅެފީމެއްނު
ޥަޅޯމަސް
04 April 2022
ތިކަހަލަ ރަހުމް ކުޑަ މީހުންނާ ހެދިއޭ ގިނަ މީހުން ލަންކާއަށް ބަދަލުވީވެސް
މިވަރެއްނެތް
04 April 2022
މިއަދު ލަންކާއިން މިފެންނަނީ މާދަން ރާއްޖެއިން ފެންނާނެ މަންޒަރުކަން ޔަގީން. ރާއްޖޭގެ ވެރިންނަކީ ވިސްނޭ ބަޔަކުނަމަ އިބްރަތް ހާސިލުކޮށް މިސްރާބު ބަދަލުކުރާނެ. ލަންކާއެކޭ އެއްގޮތަށް ރާއްޖޭގައިވެސް ކޮރަޕްޝަން އިންތިހާއަށް. އުފެއްދުންތެރިކަން ދަނީ ދަށަށް. ސަލާމަތީ ބާރުތަކަށްކުރާ ހޭދަ ދަނީ މައްޗަށް. ވޭތުވެދިޔަ 14 އަހަރުގައި ހުށަހެޅީ ޑެފިސިޓް ބަޖެޓް. ބޭރުގެ ދަރަނި ދަނީ މައްޗަށް. ހިލޭ ކިޔެވުމާއި ބޭސްފަރުވާ - ލިސްޓް ވަރަށްވެސް ދިގު! އެދުވަސް ކަޑަވާނެ!
ޖޮންއިން އެލް
03 April 2022
އެމްޕީޖާބިރު ތިގައުމުގެ އިކޮނަމިކް މިނިސްޓަރކަން ދިނީމަ ހުރިހާކަމެއް ރަންގަޅުވާނެ އެއީ މަސްހޫރު ކޭބަލްކާރު
ދިރާސ
03 April 2022
ރާއްޖެ މި ހިފަހައްޓަނީ އިންޑިޔާ އާއި ރާއްޖޭގެ އެއިރެއްގެ އޮންނަ ސަރުކާރަކާއި ޑީލް ހަދައިގެން ބަޖެޓް ސަޕޯރޓް ފޯރުކޮށްދޭ ވިޔަފާރިވެރިން .. މި ގައުމުގައި ދައުލަތަށް ކިރިޔާ އޮބި އޮންނަނީ އިންޑިޔާ ހޮސްޕިޓަލްތަކަށް ދައްކާ އާސަންދައިގެ ބިލްތައް ދައްކަނީ އިންޑިޔާ ސަރުކާރުން.. ދައުލަތުގެ މުއައްޒަފުންނަށް މުސާރަ ދެނީ ގައުމުތަކުންދޭ ހިލޭ އެހީން. ޢަބްދުﷲ ޝާހިދު ޔޫއެންގެ އާންމު މަޖިލިހުގެ މިއަހަރުގެ ރިޔާސަތުގައި ހުންނަން ލިބުން އެއީ ރާއްޖޭގެ ނަސީބު.
ޓައިމުބޮން
03 April 2022
ލަންކާއޭ ކިޔާނެ ކަމެއް ނެތް، ރާއްޖެ ހަމަ ކިރިޔަކިރިޔާ މިއޮތީ އިނގޭ...
މަޑުމައިތިރި ސާލިމް
03 April 2022
އެއް އާއިލާއަކުން ހުރިހާ މަގާމެއްގަ. ރާއްޖޭގަވެސް މަޖިލިސް ރައީސާއި ނައިބު ރައީސް އެއް އާއިލާއެއް. އައިޖީއެމްއެޗު ހިންގުން ރޯޔަލް ފެމިލީގެ ސްޓޭޓް މިނިސްޓަރަކާ ހަވާލުކޮށްފަ. އައިޖީއެމްއެޗު ސީއީއޯ ކުޑަ ބަންދޭއަކީ ތިމާގެ މީހެއް. އެޗްޑީސީ އެމްޑީ ސުހޭލަކީ ތިމާގެ މީހެއް. އެމްއެމްޕީއާރުސީ އެމްޑީއަކީ ތިމާގެ މީހެއް. މައިގަނޑު ދެތިން އާއިލާއަކުން ރާއްޖެވެސް ހިންގަނީ https://endhimariyambu.wordpress.com/2012/02/05/maldivian-government-its-a-family-affair
ބޮޑުމީހާ
03 April 2022
ކުރީ ސަރުކާރުން ލޯނު ނެގީ އިގްތިސާދީ ކަންކަމަށް. މިސަރުކާރުން ލޯނު ނަގަނީ މުސާރަދޭން ސިޔާސީ މީހުން ދަތުރުކުރަން ބަދަލުދޭން.
ރާޖާ ޕަކްސާ
03 April 2022
ބައެއް ކޮމެންޓްތަކައް ބަލާލީމަ އެގެނީ ދިވެހިންގެ ހުރި ނަސްލީ އިމްތިޔާޒު މިންވަރު!!! ވަކި ބަޔަކައް ކަންކަން ހައްލު ކުރައްވާތޯ ދުއާ ކުރުން. ވަކި ގުރޫޕް އަކައް ނަސްރު ދެއްވާތޯ!!! ހުރިހާ އެންމެންނަކީ ވެސް އިންސާނުން. ޢެއް އިހްސާސް ތަކެއް ވާނީ! ކީއްތަ ވާނީ ހާލުގަ ޖެހިފާއެންމެންނައް ރަގަޅުގޮތެއް މެދުވެރި ކުރައްވާތޯ ދުއާ ކުރިއްޔާ؟!!