ރައީސް ކަމަށް އިންތިހާބުވި ޓްރަމްޕް: ކެމްޕޭން ކުރެއްވީ އިލެކްޓޯރަލް ވޯޓަށް އަމާޒުކޮށް ކަމަށް ވިދާޅުވި.
22 ޑިސެމްބަރ 2016 - 15:52
ފްލޮރިޑާ (ޑިސެމްބަރު 22) - ދުނިޔޭގެ ބިމުން ޓެރަރިސްޓުން ފުހެލާނެ ކަމަށް އެމެރިކާގެ ރައީސް ކަމަށް އިންތިޚާބުކޮށްފައިވާ ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ތުރުކީގައި ރަޝިޔާ ސަފީރު ހަވަހާރަކޮށްލި ހާދިސާ އާއި ޖަރުމަނުގައި ކްރިސްމަސް މާރުކޭޓަކަށް ދިން ހަމަލާ އަށް ފަހު ޓްރަމްޕް ވިދާޅުވީ ޓެރަރިސްޓް ނެޓްވޯކްތައް ނައްތާލުމަކީ އެންމެ އިސްކަން ދޭނެ ތަންތައް ކަމަށެވެ.
މާރުކޭޓުގައި ލޮރީއަކުން ޖައްސާ 12 މީހުން މަރާލި ހާދިސާއަކީ ޓެރަރިސްޓް ހަމަލާއެއް ކަމަށް ބެލެވޭ ކަމަށް ޖަރުމަން ފުލުހުން ވަނީ ބުނެފަ އެވެ. މި ބާވަތުގެ ހަމަލާއެއް ޖުލައި މަހު ވަނީ ފްރާންސްގެ ނީސްގައި ދީ 86 މީހުން މަރާލައިފަ އެވެ.
އަންކާރާގައި ރަޝިޔާ ސަފީރުގެ ގަޔަށް ބަޑިޖަހާ މަރާލި ފުލުހުންގެ މީހަކީ ވެސް ހަރުކަށި ހިޔާލުގެ މީހެއް ކަމަށްވެ އެވެ. ސަފީރަށް އޭނާ ހަމަލާ ދިނީ ސީރިއާގެ ހަމަލާތަކުގައި ރަޝިޔާ ބައިވެރިވަމުންދާތީ ކަމަށް ބެލެވެ އެވެ. ހަމަ އެ ދުވަހު ވަނީ ސްވިޒަލެންޑުގެ މިސްކިތަކަށް ބަޑިން ހަމަލާދީ ތިން މީހުން ޒަހަމްކޮށްލައިފަ އެވެ.
"އައިއެސް ފަދަ ޖަމާއަތްތަކުން ތަކުރާރުކޮށް ދަނީ ކްރިސްޓިއަނުން މަރާ އެ މީހުން އަޅުކަންކުރާ ތަންތަނަށް ހަމަލާ ދެމުން. ޓެރަރިސްޓުންގެ މި ނެޓްވޯކްތައް މިނިވަންކަމަށް ލޯބިކުރާ މީހުންގެ އެއްބާރުލުމާ އެކު ދުނިޔެ މަތިން ފުހެލާނަން،" ފްލޮރިޑާގައި މިހާރު ޗުއްޓީ ހޭދަކުރައްވަމުން ގެންދާ ޓްރަމްޕް ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.
"މިއަދު އެވަނީ ތުރުކީ، ޖަރުމަން އަދި ސްވިޒަލެންޑުގައި ޓެރަރިސްޓް ހަމަލާދީފައި. އެކަން މިދަނީ ހައްތަހާ ގޯސްވަމުން. މިއީ ތަހުޒީބު މުޖަމައުން ފިޔަވަޅު އަޅަން ޖެހޭ ކަމެއް،" ޓްރަމްޕް ޓްވީޓް ކުރައްވާފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަޑިގިއްލާ
25 December 2016
ޓުރަމްޕް އެބުނާއެއްޗެތް ނޭގި ކޮމެންޓްކުރުމުގެ ބޭނުމެއްނެތް! އެކި ގައުމުތަކުގަ 'ޓެރަރިސްޓުން' ކިޔަނީ އެކި އެއްޗެއްސަށް. މި ރާއްޖޭ ޓެރަރިސްޓުންނަކީ އިންތިހާބުގަ ވާދަކޮށް ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް އާދެވިދާނެ ޤާބިލް ލީޑަރުންނަށް ކިޔާ އެއްޗެތް! ޓްރަމްޕު މާނަކުރާގޮތްވެސް އެނގިގެން ވާނީ! ވެދާނު ފަހަރުގަ މިފަހުން ރާއްޖެއިން ފެނުނު 'ޒިކާ' އަށްވެސް........
މޫސާ އަބުދުﷲ
23 December 2016
އެހެން ވެއްޖިޔާމު އެމެރިކާ މިދުނިޔޭން ފޮހެލާ ޓެރޮރިސްޓުން އުފައްދަނީ އެމެރިކާއިން..
މަޒް
23 December 2016
ޓްރަންޕަށް ނޭނގޭދޯ މުޅި ދުނިޔޭގައި މުސްލިމުން އަދި ވެރިކަން ކުރާނެކަން.. އަދި ތިކަހަލަ ބައިވަރު ކަންތައް ފެންނާނެ.. ޔޫ އާރ ނޮޓް ސޭފް
އަޑަފި
23 December 2016
ނުވާނެ ދަރިއާ ވާނެކަންތަކާއި ނުވާނެ ކަންތައް ހުންނާނެ ކަލެއަކީވެސް ނިކަމެތި އިންސާނެއް
އަހުމަދު
22 December 2016
އެބުނަނީ މުސްލިމުން ނައްތާ ލަން މަސައްކަތް ކުރާނެ ވާހަކަ އެވެ. ކުރީގެ ރައީސުން ވަނީ ލީބިޔާ އާއި އިރާގާއި އަފގާނިސްތާން ފަދަ ތަންތަން ސުންނާ ފަތި ކޮށްލާފައެވެ.
މެންޓަލިސްޓް
22 December 2016
ފުރަތަމަ ބަލަންވީ ޓެރެރިސްޓުންނަކީ ކޮބާޢިތޯ ؟ ބޮންގޮއްވާމީހުންތޯ ކަމަކާޢި ނުލައި ކުށެއްނެތް މީހުންމަރާމީހުންތޯ ؟ އެގޮތަށް ބަލާޢިރު އިރާގްގެ އެތަށް ހާސް ބައެއް އެމެރިކާމީހުން މަރާފައިވޭ ،، ވީމާ އެމެރިކާއަކީވެސް ޓެރެރިސްޓް އޯގަނައިޒާޝަންއަކަށް ބެލެވެންއޮތީ ،،، ވަރަށްވެދުން
ކާފަ
22 December 2016
ހޫން ދެން ހުރިހާ ޓެރަރިސްޓުންނަށް ހައްދުފަހަނަ އަޅާފައިވާ މުސްލިމުންނޭ ކިޔާނީ އޭރުން ހުރިހާ ހަމަނުޖެހުމެއް ހިންގާ މީހުންނަކީ މުސްލިމުނުންކަމަށް ބުނީމައި އެނިމުނީ އޭރުން ޓެރަރިސްޓުންނެއް ނޫޅޭނެ އޭރުން އުޅޭނީ ހައްދުފަހަނައެޅި މުސްލިމުން.
ޢަލީ
22 December 2016
މަށައްހީވަނީ އެންމެފުރަތަމަ ފޮހެވިގެންދާނީ ތިޔަ ޖައްބާރުހެން ފަލަސްތީނާ ނުކުޅޭތި މޮޅެއްވާނެކަމައް
މުހައްމަދު
22 December 2016
ނުވާނެ ކަންކަމާއި ނުވާނެ ކަންތަކުގެ ވާހަކަ ދުނިޔޭގެ ވެރިން ހާދަ ވަރަކަށް ދައްކަވައެވެ.
ގެދާނޯމޮސް
22 December 2016
ޔަޢުނީ ދުނިޔޭގެ ބިމުން މުސްލިމުން ފުހެލުން ހެއްޔެވެ. މުސްލިމުން ޓެރަރިސްޓުން ނަށް ހަދަނީ ޔަޙުދީންނެވެ.
އަދުލު އިންސާފު
22 December 2016
ދުނިޔޭ ގަ ޓެރަރިޒަމެއްނެތް އޮތި އެކިމިހުންނަށް ކުރަ ދުއަތުރާތަކުން ސަލާމަތް ވުމަޢް އެކިފެނަވަރު ގަ ކުރާ ކަންކަން. ދުއްތުރާނުކޮށް އެބަޔެއްގެ ސަރަހައްދުގަ ތިބެވޭނަމަ ތިބުނާނަން ކިޔަކަށް ނުޖެހޭން.