ކިއޫއެއްގައި ތިބި ބަޔަކު ގަދަ ހޫނުން ސަލާމަތްވާން ކުޑަ ނަގައިގެން. -- ފައިލް ފޮޓޯ: މިހާރު
08 އެޕްރީލް 2022 - 11:43
މިދިޔަ 29 އަހަރުގެ ހިސާބުތަކަށް ބަލާއިރު ވެސް ރާއްޖެއަށް އެންމެ ހޫނީ ކޮންމެ އަހަރަކު ވެސް އޭޕްރީލް މަހު ކަމަށާއި ކޮންމެ ދުވަސްވަރެއްގައި ވެސް އެންމެ ހޫނު ގަދަވަނީ މެންދުރު ފަހު 2 ޖަހާ އެހާއިރު ކަމަށް މެޓް އޮފީހުން ބުނެފި އެވެ.
އޭޕްރީލް މަހަކީ އެންމެ ހޫނު ގަދަ މަސް ކަމަށް މެޓް އޮފީހުން ކުރިން ވެސް ބުނެ އެވެ. އެކަމަކު މިދިޔަ 29 އަހަރުގެ ހިސާބުތަކާ އެކު މެޓް އޮފީހުން ވަނީ ރާއްޖޭގެ ތިން ސަރަހައްދުގެ ފިނިހޫނުމިން އަހަރުގެ އެކި ދުވަސްވަރު ހުންނަ ގޮތް ވެސް ކިޔައިދީފަ އެވެ.
ހިސާބުތައް ދައްކާ ގޮތުން ރާއްޖޭގައި އެންމެ ހޫނު ގަދައީ އުތުރުގަ އެވެ. އުތުރުން ހދ. ހަނިމާދޫގެ މިދިޔަ 29 އަހަރު އޭޕްރީލް މަހުގެ އެވްރެޖް ފިނިހޫނުމިނަކީ 29.7 ޑިގްރީސެލްސިއަސް އެވެ. ދެން އެންމެ ހޫނީ ރާއްޖޭގެ މެދުތެރެއަށެވެ. ހުޅުލޭގެ 29 އަހަރުގެ ހިސާބުތަކުން ދައްކަނީ އޭޕްރީލް މަހުގެ އެވްރެޖް ފިނިހޫނުމިނަކީ 29.6 ޑިގްރީސެލްސިއަސް ކަމަށެވެ. ދެކުނުން ސ. ގަމަށް ބަލާއިރު މިދިޔަ 29 އަހަރު އޭޕްރީލް މަހުގެ އެވްރެޖް ހޫނުމިނަކީ 28.9 ޑިގްރީސެލްސިއަސް އެވެ.
މެޓް އޮފީހުން ކޮންމެ ދުވަހަކު ވެސް ރާއްޖޭގެ ފަސް ސަރަހައްދެއްގެ ފިނިހޫނުމިން އާންމުކުރެ އެވެ.
މިދިޔަ 29 އަހަރަށް ބަލާއިރު ކޮންމެ މަހަކު ރާއްޖޭގެ ފިނިހޫނުމިން ހުރި ގޮތް
މެޓުން ބުނީ މި ދުވަސްވަރު ވައި މަޑުކަމުން ވައިގެ ތެއްކަން މަތިކޮށް ހިފެހެއްޓިފައި ހުންނާނެ ކަމަށާއި ވައިގެ ހޫނުމިނަށް ވުރެ އިހްސާސްކުރެވޭ ހޫނުމިން އެތައް ގުނައެއް މަތިވާނެ ކަމަށެވެ. އަދި މި ދުވަސްވަރު އެހާ ހޫނުގަދަވަނީ މިއީ އިރުވައި މޫސުމުން ހުޅަނގު މޫސުމަށް ބަދަލުވާ ދުވަސްވަރަށް ވާތީ ކަމަށް ވެސް މެޓުން ބުންޏެވެ.
އެވްރެޖްކޮށް މުޅި މަހުގެ ތެރޭގައި އެންމެ ހޫނުގަދަ މަހަށް އޭޕްރީލް ވިޔަސް ވަކިވަކި ދުވަސްތަކުގައި މީގެ ކުރިން ވެސް 29 ޑިގްރީ ސެލްސިއަސް އަށް ވުރެ މައްޗަށް ހޫނު މިން ޖެހިފައިވެ އެވެ.
ރާއްޖެ އަށް މިހާތަނަށް އެންމެ ހޫނުގަދަވީ ސެޕްޓެމްބަރު 12، 1991 ގަ އެވެ. އެ ދުވަހު ލ. ކައްދު އަށް 36 ޑިގްރީ ސެލްސިއަސްއަށް ހޫނު ގަދަވި އެވެ.
ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖެއަށް އެންމެ ހޫނު މަޑީ ޖެނުއަރި-ޑިސެމްބަރުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުރެފިހަން
09 April 2022
އަހަރެން މިއޮއްހުރިހާދުވަހު ހީކޮށްގެންހުރީ ދަންވަރު 12 ޖަހާއިރުކަމަށް އެންމެ ހޫނުގަދަވަނީ އަޖައިބުވެދާނެ
އެކަމު
08 April 2022
ތިކަމެއް ނޭނގެ. ދަންވަރުވެސް އެހާ ހޫނުވޭ.
އުދުހޭ
08 April 2022
ދެން ސްނޯ ފައިބަނީ ކޮން ގަޑިއަކުތަ؟
ވޯނިންގް
08 April 2022
މިމަހު ކަރަންަޓު ބިލް ބޮޑު ކޮށްލާނަމޭ ކިޔަންދޯ ތިއުޅެނީ
ރަދީފު ބިން ރަފައިދާ
08 April 2022
އިރާދަކުރެއްވިޔާ ދެން ކުރިޔަށްއޮތީ ހޫނު މަޑު ދުވަސްތަކެއް.
ސަސި
08 April 2022
ދެން މެޓުން ބުނީމަ ޖެހޭނީ ޤަބޫލުކުރަންތާ. މެންދުރު 12 އަށްވުރެ މެންދުރު ފަހު 2 ޖަހާއިރު ހޫނު ގަދަވާނެކަމަށް ވީއްޔަ ތި ވިދާޅުވަނީ
ހުދގދ
08 April 2022
އެމީހުން އެހެންއެބުނަނީ ހޫނުމިން ބަލާފާ. އެހެންވީމާ ގަބޫލުކުރުންނޫންގޮތެއް ނޯންނާނެ. ކޮންމެހެންނުޖެހޭ 12 ޖަހާއިރު ހޫނުވާކަށް.
ޑއޮޜީ
08 April 2022
12 ފެސިގެން 2 ޖަހަންދެން ހޫނު ވަތީ. 2 ގަޑިއިރު ވަންދެކަ އިރުން ހޫނުވާތީ.