ލައިފްސްޓައިލް / ރަންމުތް

މިސްކިތްތަކުގައި އަދަބުތަކެއްވޭ: އެ އަށް ރައްކާތެރިވޭ!

މާލޭގައި އެންމެ ފަހުން ހުޅުވި ކިންގް ސަލްމާން މިސްކިތުގެ ގޯތި ތެރޭގައި ރޯދަވީއްލުމަށް ކާއެއްޗެހި އަތުރާލާފައި.---ފޮޓޯ: ނިޝާން އަލީ| މިހާރު

މިސްކިތްތަކަކީ ބިންމަތީގައިވާ މާތްﷲ ގެ ގެތަކެވެ. އަޅުކަން ކުރުމަށްޓަކައި އެއް ހިސާބުގަނޑެއްގައި އުޅޭ މީހުން އެއްވާ ތަނެވެ. އިސްލާމްދީނުގެ މުހިންމު ޝިއާރެކެވެ. އެހެންކަމުން އެ ތަނަށް އިހުތިރާމްކޮށް، އެ ތަނުގެ ގަދަރު ދަމަހައްޓަން ޖެހެ އެވެ. އެ ތަނުގެ ސާފުތާހިރުކަން ދަމަހައްޓަން ޖެހެ އެވެ. އަދި މި ނޫނަސް މިސްކިތުގެ އެހެން އަދަބުތަކަށް ރައްކާތެރިވާން ޖެހެ އެވެ.

މިސްކިތުގެ އަދަބުތަކަށް ރައްކާތެރިވުމުގެ މުހިންމުކަން:

މިސްކިތްތައް ސާފުތާހިރުކޮށް ބެލެހެއްޓުމާއި މިސްކިތަށް އަރާ މީހުން ސާފުތާހިރުކޮށް ތިބުމާއި މިސްކިތުގެ އެހެނިހެން އަދަބުތަކަށް ރައްކާތެރިވުމަކީ ނަބިއްޔާ ﷺ ގެ ސުންނަތް ދެމެހެއްޓުމުގެ ތެރެއިން ހިމެނޭ ކަމެކެވެ. މަތިވެރި ސަވާބާއި ދަރުމަ ލިބިގެންދާ ކަމެކެވެ. މިސްކިތަށް އަންނަ މީހުންނަށް ހިތްހަމަޖެހުން ލިބި އަޅުކަމަށް ޝައުގުވެރިކަން އުފެދޭނެ ކަމެކެވެ. ހަމައެއާ އެކު އެއީ މާތް ﷲ ގެ ޝިއާރެއް މަތިވެރި ކުރެވިގެން ދާ ކަމެކެވެ. ﷲ ގެ ޝިއާރުތައް މަތިވެރި ކުރުމަކީ ހިތުގެ ތަގުވާގެ ތެރެއިން ހިމެނޭ ކަމެކެވެ. (އަލްހައްޖު 32).

މިސްކިތުގެ ސާފުތާހިރުކަމަށް ރައްކާތެރިވުން:

• މިސްކިތް ސާފުކުރުމާއި ހަޑިނުކުރުން.

މިސްކިތް ސާފުކުރުމަށް މީހުން ބައިތިއްބަން ޖެހެ އެވެ. އެ މީހުންގެ އެ މަސައްކަތަކީ ﷲ ގެ ޝިއާރެއް ދެމެހެއްޓުމަށްޓަކައި ފަރުވާތެރިކަމާއެކު ކުރާ މަސައްކަތަކަށް ހަދަން ޖެހެ އެވެ. މިސްކިތް ސާފުކުރަން ބަޔަކު ތިއްބަސް އަދި ނެތަސް ފަރުދީ ގޮތުން ކޮންމެ މީހަކު ވެސް އަދާކުރަންޖެހޭ ޒިންމާތަކެއް ވެސް ވެ އެވެ. މިސްކިތަށް ނުވަތަ މިސްކިތުގެ ހަރިންމަ ތެރެއަށް ވިއަސް ކުޅުނުޖެހުމާއި ކާބޯތަކެއްޗާއި އެއްވެސް ބާވަތެއްގެ ކުންޏެއް ނޭޅުން ހިމެނެ އެވެ.

މިސްކިތް ސާފުކުރުމަކީ މަތިވެރި ދަރުމަ ލިބިގެންދާ ކަމެކެވެ. ކީރިތި ރަސޫލާ ﷺ ހަދީސް ކުރައްވާ ގޮތުގައި އެކަލޭގެފާނުގެ އުންމަތުގެ މީހުންނަށް ލިބޭ ދަރުމަ އެކަލޭގެފާނަށް ހުށަހެޅިގެންދިޔައިރު އޭގެ ތެރޭގައި މިސްކިތުން ނަގައި އެއްލައިލާ ކުދިކުދި އެތިކޮޅުތަކަށް ލިބޭ ދަރުމަ ވެސް ހިމެނިގެން ދިޔަ އެވެ.(އައްތިރުމިޛީ). މިއާ ހިލާފަށް މިސްކިތްތެރެ ހަޑިވާ ޒާތުގެ ކަންކަން ކުރުމަކީ ކުށެކެވެ. ނަބިއްޔާ ﷺ ހަދީސް ކުރައްވަނީ މިސްކިތަށް ކުޅު ޖެހުމަކީ ކުށެއް ކަމަށެވެ. އަދި އެކަމުގެ ކައްފާރާ އަކީ އެ ކުޅަށް ފަސްއަޅައި ފޮރުވުން ކަމަށެވެ. (މުސްލިމް). މުރާދަކީ އެތަން ސާފު ކުރުމެވެ.

• ޒީނަތްތެރިވެގެން މިސްކިތަށް ދިއުން.

މީގެ ތެރޭގައި ސާފުތާހިރުކަން މަތީ ހުރުމާއި ސާފުތާހިރު ހެދުމެއް ލުމާއި ދަތްއުނގުޅުމާއި ހުވަނދުލުން ފަދަ ކަންކަން ހިމެނެ އެވެ. މިސްކިތަށް ދާއިރު ޒީނަތްތެރިވުމަށް ﷲ އަންގަވާފައި ވެ އެވެ. (އަލްއައުރާފް 31). ހާއްސަކޮށް ހުކުރު ދުވަހު ހިނައިގަތުމާއި ހުވަނދުލުން އެއީ ސުންނަތެކެވެ. އަދި މި ކަމަކީ އެއް ހުކުރާއި އަނެއް ހުކުރާ ދެމެދުގައި ވެވޭ ކައްފާރާއެއް ކަމުގައި ވެސް ރަސޫލާ ﷺ ބަޔާން ކުރައްވާފައި ވެ އެވެ.

• މިސްކިތަށް އަރާއިރު ނުބައިވަސްދުވާ ކަންކަމުން ދުރުހެލިވުން.

މާތް ﷲ ރުއްސުންލެއްވި ޖާބިރުގެފާނު އަރިހުން ރިވާވެގެންވާ ހަދީސަކުން އެނގޭ ގޮތުގައި ފިޔަ އާއި ލޮނުމެދާއި ލީކްސް ކައިގެން (އޭގެ ވަސް އަނގައިގައިވާ ހާލު) މިސްކިތްތަކާ ކައިރި ނުވާން ނަބިއްޔާ އިންޒާރު ދެއްވާފައި ވެ އެވެ. އެހެންކަމުން ތިމާގެ ގައިން ނުވަތަ ލާހެދުމުން ނުވަތަ އަރާ އިސްޓާކީނުން ނުބައި ވަސް ދުވާ ހާލު ނުވަތަ ސިނގިރޭޓް ބޮއެގެން އަނގަސާފުނުކޮށް މިސްކިތަށް އަރައިގެން ނުވާނެ އެވެ.

މިސްކިތަށް އަރާ މީހުންނަށް އުނދަގޫވާ ޒާތުގެ ކަންކަމުން ދުރުހެލިވުން:

• އިސްތިސްނާ ހާލަތެއް ފިޔަވައި މީސްތަކުންގެ ކޮނޑުތައް ކަޑައްތު ކުރަމުން ކުރިއަށް ނޭރުން ހިމެނެ އެވެ. ނަބިއްޔާ ﷺ ސިފަ ކުރައްވާފައިވާ ގޮތުގައި ކޮނޑުތައް ކަޑައްތު ކުރުމަކީ ނަރަކައަށް ދާން ފާލަމެއް އެޅުން ފަދަ ކަމެކެވެ. (އައްތިރުމިޒީ). މިސްކިތުގައި ހަމަ ކޮންމެހެން ދައްކަން ޖެހޭ ވާހަކައެއް ފިޔަވައި ވާހަކަ ނުދެއްކުން ހިމެނެ އެވެ.

މިސްކިތުން ފައިބާއިރު އެއްވެސް މީހަކަށް އުނދަގުލެއް ނުވާނެހެން ކެތްތެރިކަމާއި މަޑުމައިތިރި ކަމާ އެކު ފޭބުން ހިމެނެ އެވެ. އަންހެނުން މިސްކިތަށް ދާ ނަމަ ފިތުނައަކަށް ވެދާނެ ފަދަ އެންމެހާ ކަންކަމުން ދުރުހެލިވުން ހިމެނެ އެވެ.

ވީމާ މިސްކިތް ސާފުތާހިރުކޮށް ބޭއްވުމަށް މަސައްކަތް ކުރަން ޖެހޭނެ އެވެ. ވަކިން ހާއްސަކޮށް ރޯދަމަހުގައި ރޯދަވީއްލުމަށް މިސްކިތަށް ގެންދާ ކާބޯތަކެތި މިސްކިތުގެ އެކި ތަންތަނަށް އަޅައި މިސްކިތް ހަޑިކޮށްގެން ނުވާނެ އެވެ. އަދި މިސްކިތަށް އަރާމީހުންނަށް އުނދަގޫވާނެ އެންމެހާ ކަންކަމުން ދުރުހެލިވާން ޖެހޭނެ އެވެ.

5 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބުނެލީހަމަ

18 April 2022

ކޮންމެ މިސްކިތެއްގެ އާންމު ސާފު ތާހިރު ކަމައް ސަމާލު ވުމައް ބޯޑު ތަކެއް ހަރު ކުރަންފެނޭ... ބަގުލަދޭޝް ބަހުން ލިޔެފަ ހުރުން ވަރަށް މުހިންމު

The name is already taken The name is available. Register?

ސިމްޕަލް

18 April 2022

ދިވެހިންވެސް، ބަނގްލާދޭޝް މީހުންވެސް މިހާރަކަށް އައިސް ވަރަށް ގިނައިން ކުރާކަމެއް، ޖަމާއަތުގެ ފަހު ރަކުއަތުގައި އައިސް މިސްކިތުގެ ތެރެއަށް ވަދި ނިކުންނަށް ހުންނަ ދޮރުމަތީ ނަމާދުކުރުން. އެހެން މީހުން ތިބެންޖެހެނީ އެމީހުން ނިމެންދެން ދޮރުކައިރީ މަޑުކޮށްގެން.

The name is already taken The name is available. Register?

ބޮޑުރިޔާ

18 April 2022

މަށައްމިމިސްކިތަށް ބަލާލީމަ މިސްކިތްތަކުގައި ހުންނަޖެހޭ މިސްކިތްވަން ހައިބަތު ނުހުންނަކަންވާހަގަކުރެވޭ ހީވަނީ މޮނިއުމަންޓެއްހެން ކޮންމެސް ސޫރައެއްސިފަވަންއުޅޭހެންނީވަނީ މިސްކިއްތަށް ބިނާކުރާއިރުވެސް ތަންކޮޅެއް އިސްލާމީވަންތަ ޑިޒައިނަކަށް އިމާރާތްކުރާނަމަދޯ މިހާރުދެން ލިބަޓި ބޮލުގަ އިންނަ ތޮފި ހެންންވެސް މިސްކިތްޑިޒައިން ކޮށްފާނެ

The name is already taken The name is available. Register?

ލަދު ގަނޭ

18 April 2022

ބަންގާޅީންނެއް ދިވެހިންނެއް ކިޔާނެ ކަމެއް ނެތް. މިސްކިތްތަކަށް ރޯދަ ވީއްލަން ދާ ގިނަ މީހުން ހީވަނީ ދުވަހަކު ކާއެއްޗެއް ލޮލަށް ނުފެންނަ ބައެެއް ހެން. ބޮޑު ސުފުރާއެއް ކައިރީ ފަތުރައިގެން ސާޅިސް ބާވަތުން އަޅައިގެން އެއަށް އަތް ބާނައިގެން. ނަމާދު މެދަކަށް ދާއިރުވެސް ކެއުމުގަ. ލަދުން ބޯ ހަލާކު

The name is already taken The name is available. Register?

ލޭމް

18 April 2022

މި އުޅޭ ބަންގާޅި ކުދިން ވަރިހަމަދޯ ފެންވަރައިގެން ލައިގެން ހުންނަ މުންޑުން ފެން ފޮހެގެން އެލައިގެން ނަމާދަށް އެރިޔަސް؟؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454