ގަރާޖުގައި ރޯވި އަލިފާންގަނޑު ނިއްވަން ސިފައިންގެ ފަޔާމަނުން މަސައްކަތްކުރަނީ.
21 އެޕްރީލް 2022 - 16:46
މާލޭގައި ގަރާޖެއްގައި މިއަދު ހަވީރު ރޯވެއްޖެ އެވެ.
އެމްއެންޑީއެފުން ބުނީ، ރޯވީ ރަށްދެބައިމަގުން ގ. ނިއު ކޮލަމްބިއާއާ އިންވެގެން ހުރި ގަރާޖެއްގައި ކަމަށެވެ. ނަމަވެސް މި އަލިފާނުގެ ހާދިސާގައި މީހަކަށް ކަމެއް ނުވެ އެވެ.
އެމްއެންޑީއެފުން ބުނިގޮތުގައި، އަލިފާނުގެ ރިޕޯޓް ލިބުނީ 4:26 ގަ އެވެ. އަދި 4:53 ގައި އަލިފާން ނިއްވާލާފައިވާއިރު، ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމަށް ސިފައިން ބުނެ އެވެ.
މަންޒަރު ދުށް މީހުން ބުނާގޮޮތުގައި އަލިފާންގަނޑު ރޯވީ ގަދައަޑަކާއެކު އެވެ.
އެ ގަރާޖަށް މަރާމާތުކުރަން ގެންގޮސްފައި ހުރި އެކި މީސްމީހުންގެ ސައިކަލްތައް ވެސް ވަނީ އަނދައި ހުލިވެފަ އެވެ.
ރަށްދެބައިމަގުގައި ހުންނަ ގަރާޖަށް މަރާމާތު ކުރަން ގެންދިޔަ ސައިކަލްތަކެއް ވެސް ވަނީ އަނދާފައި.
ގަރާޖުގެ ވެރިމީހާ ބުނީ، އޭނާ އާދައިގެ މަތިން އަސުރު ނަމާދުން ފައިބައިގެން އެ ތަނަށް ދިޔައިރު، ސައިކަލެއްގައި ރޯވެގެން ނެރޭ މަންޒަރު ފެނުނު ކަމަށެވެ.
"ހަމަ ކުޑަވަގުތުކޮޅެއްގެ ތެރޭގައި އަލިފާންގަނޑު ހިފައިފި. ނަމަވެސް ތަން ހުންނާނީ އިންޝުއާ ކޮށްފައި،" ހިންގާތާ ތިން އަހަރު ވެފައިވާ ގަރާޖުގެ ވެރިމީހާ ބުންޏެވެ.
އާންމުވެފައިވާ ވީޑިޯއަކުން ފެންނަ ގޮތުގައި އަލިފާންގަނޑު ގަރާޖުން ބޭރަށް ވަރަށް ބޮޑަށް ފެތުރި، ކައިރީގައި ހުރި އެހެން ސައިކަލްތަކުގައި ވެސް ރޯވި އެވެ.
ގަރާޖުގައި ރޯވި އަލިފާންގަނޑު ނިއްވުމަށް ފަޔާމަނުން ހަރަކާތެރިވަނީ.---ފޮޓޯ: އެމްއެންޑީއެފް
ގަރާޖު ހިންގާ ގޭގެ ވެރިފަރާތް މުހައްމަދު އަނިލް ބުނީ، ރޯވީ 1،300 އަކަފޫޓުގެ ބިންކޮޅެއް އޮންނަ ބައިގައި ކަމަށާއި އެއީ ޕްލައިވުޑް ފިލާ ބޭނުންކޮށްގެން ހަދާފައިވާ ތަނެއް ކަމަށެވެ.
"މަތީގައި އުޅޭނީ ގަރާޖުގައި މަސައްކަތްކުރާ މީހުން،" އޭނާ ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަޖްވާ
23 April 2022
މީ ކުރިން ފުޓުބޯޅަ ކުޅުނު އަނިލު ހިންގާ ގަރާޖެއް ކަމަށް ބެލެވެނީ! މީހުން އުޅޭ ސަރަހައްދުތަކުގައި މި ޒާތުގެ މަސައްކަތްކުރުން ހުއްޓުވަންޖެހޭ ކަމަށް ދެކެނީ އެނގިއްޖެ!
އިހްސާސް
22 April 2022
އަލިފާން ނިވި ހަރުކޮށްފަތަ ތިތާ ހުރީ؟
ށަވިޔަނި
22 April 2022
މިކަހަލަ ކަންކަން ރަނގަޅުކުރެވޭނީ ހަރުކަށި ވެރިއަކަށް.
ފަހުދު
21 April 2022
ހޫން. މަ ހީކުރީ ގަރާރެއްގަ ރޯވީކަމައް
ލަތީ
21 April 2022
ތީބަންގާޅީން ހިންގާ ކުޑަކުޑަ ވޯކުސޮޕެއް
ޣޮނީ
21 April 2022
ޢިންސުއާ ޢޭބުނީމަ މަހާދާންވަނީ ޖާބިރު މަތިން.
ޙަބީބު
21 April 2022
އިންޑިޔާ ސިފައިން އަންނަންދެން ބެހެއްޓިނަމަ ކީއްކުރަން ދިވެހި ސިފައިން މިކަހަލަ ކަންތައްކުރަނީ ތިޔައީ ނަމެއް ގަ ތިބެންޖެހޭބައެއް މިހާރު ބޮޑައްރަނ ގަޅުވާނީ ވެމްކޯޔާގުޅިގެން ދެވަނަފޭސް ގެ ކުނިނައްތާލަން އުޅުން
މުހައްމަދު.
21 April 2022
ހުއްދަ ނުހޯދާ ހިންގިޔަސް މަނާކުރާނެ ފަރާތެއްނެތް. އިންސޫރަންސް ވެސް ކުރެވޭ! ދައުލަތުގެ ހިންގުމުގެ ނިޒާމު ކިހާ ފައްކާ.
ރެއްކާގެ އިބުރާ
21 April 2022
ޔޫކުރެއިންނާއި ވަރަށް އެއްގޮތް ދޯ
ށަވިޔަނި
22 April 2022
މިއީ މަޖާވެ ޖޯކްޖަހަންޖެހޭކަހަލަ ކަމެއްނޫން. ހިތާމަ ފާޅުކުރަން ޖެހޭކަމެއް.
ދެރއ
21 April 2022
ތި ހިސާބުގަ ތިކަހަލަ ގަރާޖުތަށް ވަރަށް ގިނަ. އަނޯނާ ގޯޅި ތެރޭގަ ވެސް ތިކަހަލަ ދެ ގަރާޖު ހުރޭ. ވަރަށް ނުރައްކާތެރި ކަމެއް. ދެގަރާޖުގަ މަސެއްކަތް ކުރާތަން ފެންނަނީ އެއްވެސް ރައްކާތެރި ކަމުގެ ފިޔަވަޅެއް ނެތި. މި ކަންތަށް ބަލަން ޖެހޭ މާލޭ މުނިސިޕަލްޓީއިން. ގުދަނެއް ގޮތަށް ހުންނަ ތަނެއްގަ ދުވަސް ކޮޅަކުން ގަދަޔަށް ވެލްޑިންކޮށް ވޯކްޝޮޕް ހިންގާތަން މި ފެންނަނީ. މިކަން ހުއްޓުވަން ޖެހޭ. އެހާ ހަނި މަގެއް.