އުރީދޫގެ އީކޮމާސް ޕްލްޓްފޯމް މޫލީ މެދުވެރިކޮށް އީދު ހަދިޔާ ފޮނުވޭނެ އޮފާއެއް
28 އެޕްރީލް 2022 - 08:13
އުރީދޫގެ އީކޮމާސް ޕްލްޓްފޯމް މޫލީ މެދުވެރިކޮށް އީދު ހަދިޔާ ފޮނުވޭ އޮފާއެއް އެ ކުންފުނިން ފަށައިފި އެވެ.
"އީދު ހަދިޔާ"ގެ ނަމުގައި ފެށި މި އޮފާއާ އެކު މާލެ އާއި ހުޅުމާލޭގައި ދިރިއުޅޭ އާއިލާ އާއި ރަހްމަތްތެރިންނަށް އީދު ހަދިޔާ ފޮނުވައިލެވޭނެ އެވެ. ހަދިޔާތަކުގެ ތެރޭގައި ''ފައިވް ޕީސް ބްރައުނީޒް ބޮކްސް'', ''10 ޕީސް ބްރައުނީޒް ބޮކްސް'' ހިމެނެ އެވެ.
މޫލީ މެދުވެރިކޮށް އީދު ހަދިޔާ ފޮނުވޭނީ އުރީދޫގެ އެޕް މެދުވެރިކޮށް މޫލީ އަށް ވަދެގެންނެވެ. އީދު ހަދިޔާ އަށް އޯޑަރުކުރާތާ ދެ ދުވަސް ތެރޭގައި އެ ހަދިޔާ ލިބެންޖެހޭ ފަރާތަކަށް ފޯރުކޮށްދޭނެ ކަމަށް އުރީދޫން ބުންޏެވެ.
މޫލީ މެދުވެރިކޮށް އީދު ހަދިޔާ ފޮނުވޭނީ އުރީދޫގެ އެޕް މެދުވެރިކޮށް މޫލީއަށް ވަދެގެންނެވެ. އީދު ހަދިޔާ އަށް އޯޑަރުކުރާތާ ދެ ދުވަސް ތެރޭގައި އެ ހަދިޔާ ލިބެންޖެހޭ ފަރާތަކަށް ފޯރުކޮށްދޭނެކަމަށް އުރީދޫން ބުންޏެވެ.
އީދު ހަދިޔާ ފޮނުއްވުމަށް:
އުރީދޫ އެޕް މެދުވެރިކޮށް ޝޮޕަށް ޒިޔާރަތް ކުރައްވާ http://ore.do/app
ކެޓެގަރީއިން އީދު ހަދިޔާ ހިޔާރު ކުރައްވާ
ބޭނުންވާ ހަދިޔާ ހިޔާރު ކުރެއްވުމަށްފަހު ކާޓް އަށް ގޮސް ޗެކްއައުޓް ކުރައްވާ
ހަދިޔާ ފޮނުވަން ބޭނުންވާ އެޑްރެސް, ޑެލިވަރީ އެޑްރެސްގައި ޖައްސަވާ
އޯޑަރު ކަށަވަރު ކުރެއްވުމަށް ޕޭމަންޓް ކޮންފާމް ކުރައްވާ
އޮގަސްޓު, 07, 2019 ގައި ތައާރަފުކުރި އުރީދޫގެ މޫލީއަކީ މުޅި ރާއްޖެ އަށް ޑެލިވަރީކޮށްދޭ ޕްލެޓްފޯމެކެވެ. ގޭގައި ތިބެގެން ވިޔަފާރިކޮށްލުމުގެ ފުރުސަތު ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުންނަ މީހަކަށް ލިބޭއިިރު ވިޔަފާރިވެރިންނަށް އެ މީހުން ވިއްކާ މުދާ މޫލީ މެދުވެރިކޮށް ވިއްކުމުގެ ފުރުސަތު ލިބޭނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބާބޫ
28 April 2022
މޫލީ މާ އަގުބޮޑީ. މެދުފަންތީގެ މީހުންނަށް ވެސް ގަނެވޭ ފަދަ އަގުތަކެއްގައި ތަކެތި ވިއްކުން ރަގަޅު............