ނޫސްވެރިން ލިޔާ ޚަބަރުތައް ނުވަތަ ރިޕޯޓުތަކުގެ މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވޭ ގޮތަށް ހެއްކާ ބެހޭ ބިލް މި ސަރުކާރުން ތައްޔާރު ކުރުމަކީ އިންޑެކްސްގައި ރާއްޖެ ފަހަތަށް ވެއްޓުނު މައިގަނޑު ސަބަބު.
ނޫސްވެރިކަމުގެ މިނިވަންކަން ދިނުމަށް ގޮވާލައި 2016 ވަނަ އަހަރު މާލޭގައި ބޭއްވި އެއްވުމެއްގައި ނޫސްވެރިޔަކު ބޯޑެއް ހިފައިގެން -- ފޮޓޯ: މިހާރު
03 މެއި 2022 - 18:30
ގައުމުތަކުގައި ނޫސްވެރިކަމުގެ މިނިވަންކަން އޮންނަ ވަރު ބަލާ ޖަމިއްޔާ "ރިޕޯޓާސް ވިތައުޓް ބޯޑާސް" ކޮންމެ އަހަރަކު އާންމު ކުރަމުން އަންނަ "ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސް" ގައި ރާއްޖެ މިދިޔަ އަހަރަށް ވުރެ 15 ދަރަޖަ ފަހަތަށް ވެއްޓިއްޖެ އެވެ.
މިއަދު ފަހާގަކުރާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ބައިނަލްއަގްވާމީ ދުވަހާ ގުޅިގެން އެ ޖަމިއްޔާ އިން އާންމުކުރި އިންޑެކްސްގައިވާ ގޮތުން، މި އަހަރު ރާއްޖެ އޮތީ 87 ވަނައިގަ އެވެ. މިދިޔަ އަހަރުގެ އެ އިންޑެކްސްގައި ރާއްޖެ އޮތީ 72 ވަނައިގަ އެވެ. އެހެންކަމުން އެއީ 15 ދަރަޖައިގެ ވެއްޓުމެކެވެ.
މިއީ ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި، އެ އިންޑެކްސްގައި ރާއްޖެ އެންމެ ފަހަތަށް ދިޔަ ފުރަތަމަ ފަހަރެވެ. އެ އިންޑެކްސްގައި 2018 ވަނަ އަހަރު ރާއްޖެ އޮތީ 120 ވަނައިގަ އެވެ އަދި 2019 ވަނަ އަހަރު 98 ވަނައިގައި އޮތް އިރު، 2020 ވަނަ އަހަރު އޮތީ 79 ވަނައިގަ އެވެ.
ނޫސްވެރިކަމުގެ މިނިވަންކަން ދަރަޖަކުރާ ބައިނަލްއަގްވާމީ މިންގަނޑުގައި ރާއްޖެ މިހާ ބޮޑަށް މި ވެރިކަމުގައި ފަހަތަށް ޖެހުނުއިރު، މިއީ މީޑިއާގެ މިނިވަންކަމަށް ވަކާލާތުކުރާ ސަރުކާރެކެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގަތީ ވެސް ނޫސްވެރިކަމުގެ މިނިވަންކަމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމަށް ވިދާޅުވަމުންނެވެ. އަދި މިއަދުގެ މުނާސަބަތުގައި ދެއްވި ހިތާބުގައި އެ މަނިކުފާނު ފާހަގަކުރެއްވީ ނޫސްވެރިކަމުގެ މިނިވަންކަމުގައި ރާއްޖެ ހޯދަމުން އަންނަ ކުރިއެރުމުގެ ވާހަކަ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވީ ރާއްޖޭގައި ނޫސްވެރިންނަށް މިހާރު ފުރިހަމަ މިނިވަން ލިބިފައިވާ ކަމަށެވެ. އަދި އެ މަނިކުފާނު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ހަރުކަށި ހިފެހެއްޓުމެއްގެ ތެރޭގައި އޮތް ނޫސްވެރިކަމަށް މިހާރު ފުރިހަމަ މިނިވަންކަމެއް ލިބިފައި ވާތީ އުފާފުޅު ކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.
ރައީސް އެހެން ވިދާޅުވިޔަސް، އެ އިންޑެކްސްގައި ލިޔެފައިވާ ގޮތުން، ރާއްޖެ ފަހަތަށް ވެއްޓުނީ ގާނޫނުއަސާސީން ނޫސްވެރިންނަށް ކަށަވަރުކޮށްދީފައިވާ މިނިވަންކަމުގެ ހައްގު ހަނިވާނެ ގޮތަށް ހެއްކާ ބެހޭ ބިލެއް ރައްޔިތުންގެ މަޖިލީހަށް މި ސަރުކާރުގައި ހުށަހަޅާފައި ވާތީ އެވެ. އެއީ ނޫސްވެރިން ލިޔާ ޚަބަރުތައް ނުވަތަ ރިޕޯޓުތަކުގެ މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވޭ ގޮތަށް އެ ބިލުގައި ހުށަހަޅާފައި ވާތީ ކަމަށް ބުންޏެވެ.
މިސާލެއްގެ ގޮތުގައި ބަޔާންކޮށްފައި ވަނީ "މިހާރު" ނޫހުގައި މިދިޔަ އަހަރު ލިޔުނު ރިޕޯޓެއްގެ މަސްދަރު ހޯދަން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކުން މަސައްކަތް ކުރި ކަމެވެ. އެއީ، ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާއާ އަށް ފަހު، އެ މަނިކުފާނުގެ ސެކިއުރިޓީއާ ގުޅޭ ގޮތުން ނަން ހާމަނުކޮށް ސިފައިންގެ ބޭފުޅުންތަކަކާ ހަވާލާދީ މި ނޫހުގައި ޝާއިއުކޮށްފައިވާ ރިޕޯޓެކެވެ.
ހަރުކަށި ފިކުރާއި ގޭންގުތަކުގައި އުޅޭ ކުށްވެރިންގެ ފަރާތުން ނޫސްވެރިންނަށް ބިރު ދެއްކުމާއި ހަރުކަށި ފިކުރުގެ މީހުންގެ އަމާޒަކަށްވެ، "މިނިވަން" ނޫހުގެ ކުރީގެ ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުވާލުމާއި އޭނާގެ ގާތް އެކުވެރިޔާ އަދި ބްލޮގަރު ޔާމީން ރަޝީދު މަރާލި ހާދިސާ ފާހަގަކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުޅަދުރު
04 May 2022
ދެން ނޫސްވެރީން ކޮންމެ ފަދަ އެއްޗެއް ލިޔަންވީ ދޯ؟ނޫސް ވިއްކަން.އަދި ކަމުގެ ހަޤީގަތް އަހާލާ ފިއްޔާ އެވި ގޯސް ތާ! 1.ނޫސް ވެރިކަމުގާ އަބުރާބެހުން ކޮންޓްރޯލް ނުވެދާއިރު ނޫސްވެރިކިމުގެ އަްޚްލާޤު%200 ދަށަށް ދާ ވާހަކަ ލިޔަން ލަދުގަންނަ ކަން ވެސް ބެލުން ތެރީންންށް ފާހަގަ ކުރެވޭ 2. މިކޮނެންޓު ނޫހުގައި ޝާއެިރު ނުކުރިޔަސް ކޮންމެވެސް އެކަކަު މި ކިޔާނެތާ ދޯ..
ބުރުގާ
04 May 2022
މަރުހަބާ ހުރިހާ ގުނބޯލުންނައް!
ދަގަނޑުއަލިބެ
04 May 2022
ރާއްޖޭގެ ނޫސްވެރިންގެ މިންގަނޑުވެސް އިންސާފުވެރިކަމާއެކު ބަލާނެ ބަޔަކުވެސް އުފައްދަންވެއްޖެ. ކަރުގަ ނޫސްވެރިކަމުގެ ފާހެއް އަޅާފަ ތިބުމަކުން ނުފުދޭ. ރާއްޖޭގަ މުޅިންވެސް މިފެންނަނީ ސަރުކާރާ އެއްކޮޅު ނޫނީ ދެކޮޅު ނޫސްވެރިން. ވަކި އަތަކަށް ނުޖެހި ތެދުވެރިކަމާ ހަމަޔާ އިންސާފާއެކު ރައްޔިތުންނަށް ތެދު ޚަބަރު ފޯރުވާ އެންމެ ނޫހެއް އަދި ނޫސްވެރިއަކުވެސް މަށަކަށް އަދި ނުފެނޭ.
އަލީރާޖާ
04 May 2022
120 ގައި އޮވެ މިލިއަނުން ނޫސްވެރިން ޖުރުމަނާ ކުރި ބަޔަކު މިވާހަކަ އެބަ ދައްކާ. ލަދެއް ނުގަނޭބާ؟
ާއުނިމާ
04 May 2022
ލަދެއް ހަޔާތެއްނުގަނެޔޭ ތައްމިނަށް ނޫސްވެރިކަމާ، ބަސްމޮށުންތެެިކަމާއި އެއްވެއުޅުމުގެ މިނިވަންކަން ދޭނމަޭ ކިޔާ ވައުދުވެ ދޮގުމަށްޗަށް ދޮގުހާދާ ރައްޔިތުން ގުބޯ ހައްދައިގެން ވެރިކަމަށް އައިއްސް ކޮންވާހަކައެއްތޯ
އުސްމާނީ ހަލީފާ
04 May 2022
މީޑިޔާ މިނިވަންކަމަކީ ދެމިޔަ ލީ ކަނޑިއެއް. މުޅި އުންމަތް ނަގަހައްޓަނީ ގޮންމުށު ބާރުން، ވެރިންގެ އަމަލުތަކައް ޗުއްޕެކޭވެސް ނުބުނެވޭގޮތައް! ސައޫދީ، ކުވެއިތު، ގަތަރު، ޔޫއޭއީ، ބަހްރެއިން، އުރުދޫން، އަކީ އުންމަތުގެ ކުރިއަރަަފައިވާ މަދު ގައުމުތައް. ސަރުކާރާ ފުށުއަރާ ވެލި ކޮޅެއްގެ ވާހަކަ މީޑިޔާގަ ލިޔެލިޔަސް، އެ މީހަކު ދެނެއް ނުފެންނާނެ. ސުވާލަކީ ދިވެހިން ބޭނުންވަނީ ސައޫދީ މޮޑެލްހޭ ނޫނީ ކެނެޑާ މޮޑެލްހޭ! އިގިރޭސިބަހުންހޭ ކިޔަވާދޭންވީ، ނޫނީ އަރަބިންހޭ؟
ޙަބީބު
04 May 2022
ހުރިހާ ބާރެއް ބަނޑުދޮށައްޖަމާކުރީ ހޮޅިވައުދުވެފަ ނަމަވެސް އެއްވެއުޅުމުގެ މިނިވަންކަމެއްވެސް ނުދިން 4 އަހަރުވީ ބާކީ އޮތީ އަހަރެއް ދެންމިނިވަންކަން ދިނަސް ބަލައެއް ނުގަންނާނަން ހެޔޮނިޔަތެއް އޮވެގެން ކުރިކަމަކައް ޔާމިނު އެކަންކުރީ އާންމު އުނދަގުލަކައްވެގެން މިސަރުކާރައް ހަޖަމު ނުވަނީ ކުލީސިފައިން ބޭތިއްބުމާ ދެކޮޅައް އަޑުއުފުލަފާނެތީ
ޙަބީބު
04 May 2022
ސަރީއަތް ލައިވްނުކުރުން ސަރު ކާރުން އިންޑިޔާ މިލިޓަރީ އެއްބަސްވުން ހާމަނުކުރުން އަދިވެސް ބައިވަރު
މޭޑޭ
03 May 2022
އިތުރުފުޅު ނުހައްދަވާމޭޑޭގެ މުޒާހަރާއަށް ހުއްދަދިން
ކަނބިލި
03 May 2022
ރާއްޖެއަކީ އިސްލާމީ ގައުމެއްކަމުން އިސްލާމް ދީނަށް ފުރައްސާރަކޮށް ނުލިޔެވޭނެ. ރާއްޖޭގެ ސިޔާދަތާއި އަމިއްލަ މިނިވަންކަމާ ދެކޮޅަށް ޚިޔާލުފާޅުކުރެވިގެން ވެސް ނުވާނެ. މީހުންގެ އަބުރުކަތިލާ އަސާސްނުހިފޭ ދޮގުބުހުތާނުު ވާހަކަތައް ލިޔެވިގެން ނުވާނެ. ނަމަވެސް ސަރުކާރުގެ ސިޔާސަތައް ފާޑުކިޔާވުމުގެ މިނިވަންކަން އޮންނަންވާނެ. ހުޅަގުގެ ގައުމުތަކުގައިވެސް އޮވޭ ހިފެހެއްޓުންތައް. އަހަރެމެންގެ މައްސަލައަކީ މިނިވަންކަމުގެ ބޭނުން ސިޔާސީ މަންފާއަށް ބޭނުންކުރުން.
ހަމަހަމަ.
03 May 2022
އައުގުރާ ނުގޮވެންޏާ ވާނީ މިނިވަންކަން ނެތްކަމަށް. މީ މުސްލިމުންގެ ޤައުމެއް. އެއްވެސް އިމެއްނެތި ކަންކަން ކުރެވޭގޮތަށް ދޫކޮށްލެވިއްޖެނަމަ އެތަނުގައި ފިތުނަ ފަސާދަ ނޫން އެއްޗެއް ނޯންނާނެ.