2018 ވަނަ އަހަރު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކަށް ފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނޫސްވެރިންނާ ވާހަކަދައްކަވަނީ: ރައީސް ވިދާޅުވީ ދިވެހި ނޫސްވެރިންނަށް ފުރިހަމަ މިނިވަންކަން ލިބޭތީ އުފާކުރައްވާ ކަމަށް -- ފޮޓޯ: ރައީސް އޮފީސް
03 މެއި 2022 - 13:43
އެ މަނިކުފާނު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ހަރުކަށި ހިފެހެއްޓުމެއްގެ ތެރޭގައި އޮތް ނޫސްވެރިކަމަށް މިހާރު ފުރިހަމަ މިނިވަންކަމެއް ލިބިފައި ވާތީ އުފާފުޅު ކުރައްވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރާ ބައިނަލްއަގްވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބުގައި ރައީސް ވިދާޅުވީ، މި ސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެން، ދިވެހި ނޫސްވެރިންނަށް ފަހިކޮށްދިން މިނިވަން މާހައުލުގެ ސަބަބުން، ނޫސްވެރިންގެ ފަރާތުން ފެންނަނީ ޒިންމާދާރުކަމާ އެކު، އެ މީހުންގެ ވާޖިބު އަދާކޮށް، ކަންކަމުގެ ތެދު މައުލޫމާތާއި ހަގީގަތް ހާމަކޮށްދޭން މަސައްކަތް ކުރާ މަންޒަރު ކަމަށެވެ.
"ވަރަށް ހަރުކަށި ހިފެހެއްޓުންތަކެއްގެ ތެރޭގައި މީގެ ތިން އަހަރު ކުރިން އޮތް ދިވެހި ނޫސްވެރިކަމަށް ފުރިހަމަ މިނިވަންކަން ދިނުމުގެ ނަތީޖާއާ މެދު މިއަދު އަޅުގަނޑު އުފާކުރަން،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.
ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރޭގައި ހުރި ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ތެރެއިން ރައްޔިތުންނާ ހަމަ އަށް ތިލަކުރުމަކީ، ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތު ތަންފީޒުކުރުމަށް ވެސް ލިބޭ ނުހަނު ބޮޑު ބާރެއް ކަމަށް ވިދާޅުވެ ރައީސް ނޫސްވެރިންނަށް ތައުރީފު ކުރެއްވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި، އޭޝިއާ ސަރަހައްދަށް ބަލާއިރު، ރާއްޖެ އަކީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގު މިހާރު އެންމެ ފުރިހަމަ އަށް ލިބޭ އަދި އެ ހައްގުގެ ބޭނުން އެންމެ ފުރިހަމަ އަށް ހިފާ މަދު ގައުމުތަކުގެ ތެރެއިން އެއް ގައުމު ކަމަށެވެ. އަދި ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން، ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގު އެންމެ ފުރިހަމަ އަށް ލިބެނީ ރާއްޖޭގައި ކަމަށް ވެސް ވިދާޅުވި އެވެ.
2018 ވަނަ އަހަރު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކަށް ފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނޫސްވެރިންނާ ވާހަކަދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް
"ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގު ހިމާޔަތް ކޮށްދިނުމަށް ސަރުކާރުން ވެފައިވާ ވައުދާ އެއްގޮތަށް، ޚަބަރާއި މައުލޫމާތު ފެތުރުމުގެ ފުރިހަމަ މިނިވަންކަމާއި، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު ކުރިމަގުގައި ވެސް ދިވެހި ނޫސްވެރިންނަށާއި ދިވެހި ރައްޔިތުންނަށް ފުރިހަމަ އަށް ލިބިދޭނެ ކަން މި ފުރުސަތުގައި ޔަގީންކޮށް އަރުވަން،" ރައީސް ވިދާޅުވި އެވެ.
މިނިވަން ނޫސްވެރިކަމަށް ފުރުސަތު ދިނުމަކީ، ސަރުކާރު ޒިންމާދާރު ކުރުވައި، ޑިމޮކްރެސީ ހަރުދަނާ ކުރުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށާއި ކޮރަޕްޝަނާއި ހިޔާނާތުގެ އަމަލުތައް ނައްތާލެވެނީ އެ މިނިވަކަން ފުރިހަމަ ކަމާ އެކު ލިބިގެން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އަދި ވިދާޅުވީ މިދިޔަ ތިން އަހަރުގެ ތަޖުރިބާއިން އެނގިވަޑައިގަތީ، ކުރިއަރާފައިވާ ޑިމޮކްރެސީތަކުން ފެންނަ ފަދަ ޒިންމާދާރު ނޫސްވެރިކަމެއް ބޭއްވޭނީ ނޫސްވެރިކަން ހިފެހެއްޓުމުގެ ބަދަލުގައި ނޫސްވެރިންނަށް ފުރިހަމަ މިނިވަންކަން ދިނުމުން ކަމަށެވެ.
ނޫސްވެރިކަމުގެ މިނިވަންކަން އެއްވެސް ހިފެހެއްޓުމެއް ނެތި ދީފައި އޮތަސް، ކޮންމެ ނޫސްވެރިއެއްގެ ކޮނޑުގައި ވެސް ވަރަށް މަތިވެރި ގައުމީ މަސްއޫލިއްޔަތެއް އެޅިފައިވާ ކަން ހަނދާން ކޮށްދެއްވާއި، ރައީސް އެދިވަޑައިގަތީ ހަގީގަތާއި ތެދު މައުލޫމާތު ހާމަކޮށް، މީހުންގެ އަބުރު ރައްކާތެރިކުރުމުގެ ހައްގު ހިމާޔަތް ކޮށްދިިނުމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުރުކޮށް
04 May 2022
15 ފަހަތަށް ދިޔާމާ ތިޔާ ދައްކާ ވާހަކަ ދިމާލެއް ނުވޭ
ކެނެރީ
03 May 2022
ހުރިހާ ނޫހެއް މީނަގެ މުށުތެރެޔަށްލާފަ މިނިވަންކުރީދޯ ސާބަސް ކަލޯ ސޯލިބޭ
އަދުރޭ އިންަދިޔާ
03 May 2022
ސޯލިހޫ މި ފެށުނު ހަރޯދާގެ ސަވާބުވެސް ހިޔެއްނުވޭލިބޭނެހެން ތިވަރައް ދޮގުހަދަނީތި
ޖަމަލު
03 May 2022
އަޅެ މަނިކުފާނު ނޫން އެހެން މީހަކު މިވާހަކަ ދައްކާނަމަ ދޯ.
ރާއްޖެ
03 May 2022
ރައީސް އޮފީހުން ފައިސާދީފަ ޙަބަރު ލިޔެފަ ނޫސްތަކަށް ދީފަ މިނިވަން ކަމޭ ބުނީމާ ތާހިރެއް ނޫން.
ނޫސް
03 May 2022
މިނިވަންކަމާ އެކީ ސަރުކާރު އެދޭގޮތަށް އާރޓިކަލް ލިޔަން ކިހާ ފައިސާއެއް ކަރަަދު ކުރޭތޯ އަދި ކޮންކޮން ނޫސް ތަކަކަށްތޯ މި ކޮރަޕްޝަން ފައިސާ ލިބެނީ؟ މިކޮމެންޓެއް ނުޖަހާނެ
ބޮޑުމީހާ
03 May 2022
ނޫސްވެރިކަމަށް މިނިވންކަން ލިބުނީބާ ނޫނީ ހުރިހާ ނޫހެއް މުށުދަށަށް ގެނައީބާ
ބުރުވާލިބާގިރުގެ ސިޔާސީ ކާސިމު
03 May 2022
ނޫސްވެރިންނަށް މިނިވަންކަންލިބުނަސް ބަޖެޓު ނަގަން ތަސަައްލީއެއް ނުލިބޭތީ ދެރައީ.