ޚަބަރު / ހެލްތު މިނިސްޓްރީ

ފަޒީސް ހިޖާމާ ހިންގަނީ ހުއްދަ ނުނަގާ، މައްސަލަ ބަލަނީ

ހިޖާމާ ޖަހަނީ: ހެލްތު މިނިސްޓްރީން އަންނަނީ ފަޒީސް ހިޖާމާ ތެރަޕީގެ މައްސަލަ ބަލަމުން --

ހިޖާމާ ޖެހުމުގެ ހިދުމަތް ދޭ "ފަޒީސް ހިޖާމާ ތެރަޕީ" ގެ މައްސަލަ ބަލަމުން އަންނަ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.

އެ ސެންޓަރުގެ މައްސަލަ ހެލްތު މިނިސްޓްރީން ބަލަން ނިންމީ ހަކުރު ބަލީގެ ފަރުވާ އަށް އިންސިއުލިން ޖެހުމުގެ ބަދަލުގައި ހިޖާމާ ޖެހުމަށް އެދި އެ ސެންޓަރުން ފޭސްބުކްގައި ލިޔުނު ޕޯސްޓެއްގެ މައްސަލަ ސޯޝަލް މީޑިއާގައި ހޫނުވެފައި ވަނިކޮށެވެ.

ޑައިބެޓީސް އަކީ ހިޖާމާ އިން ކޮންޓްރޯލް ކުރެވޭ ބައްޔެއް ކަމަށާއި ބާރުގަދަ ބޭސްތައް ބޭނުން ކުރުމުގެ ބަދަލުގައި ހިޖާމާ ބޭނުން ކުރުމަށް ފަޒީސް ހިޖާމާ އިން ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

އެކަމާ ގުޅޭ ގޮތުން "މިހާރު"ން ސުވާލު ކުރުމުން ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނަރަލް ތަސްލީމާ އުސްމާން ވިދާޅުވީ ފަޒީސް ހިޖާމާ ތެރަޕީއަކީ ރެޖިސްޓާކޮށްގެން ހިންގާ ތަނެއް ނޫން ކަމަށާއި ރަޖިސްޓާކޮށް ގަވައިދުގެ ތެރެއަށް ވެއްދުމަށް މީގެ ކުރިން ވެސް އެތަނަށް އަންގާފައިވާ ކަމަށެވެ.

އެހެންކަމުން އެ މައްސަލަ ބަލަމުން އަންނަ ކަމަށް ތަސްލީމާ ވިދާޅުވި އެވެ.

"އެފަދަ މައްސަލަތައް ބެލުމަށް ފަހު އަޅުގަނޑުމެންނަށް ކުރެވެން އޮންނާނެ ކަމަކީ ފުލުހަށް ހުށަހެޅުން،" ތަސްލީމާ ވިދާޅުވި އެވެ.

އެ މައްސަލަ އަށް ރައްދު ދެއްވަމުން ފަޒީސް ހިޖާމާ އިން މިރޭ ވަނީ އެ މަސައްކަތް ކުރަން ކުންފުނި ރަޖިސްޓާ ކޮށްފައިވާ ކަމުގެ ލިޔުމުގެ ފޮޓޯއެއް ޕޯސްޓުކޮށްފަ އެވެ. އަދި ބުނީ ދޮގު ހަބަރު ފަތުރާ މައްސަލަ ފުލުހަށް ހުށަހަޅާނެ ކަމަށާއި ގެއްލުމުގެ ބަދަލު ހޯދާނެ ކަމަށެވެ.

ނަމަވެސް ތަސްލީމާ ވިދާޅުވި ގޮތުގައި ހިޖާމާ ޖެހުމުގެ މަސައްކަތް ކުރަން ހާއްސަ ހުއްދައެއް ނަގަން ޖެހޭނެ އެވެ.

ހުއްދަ ނުނަގާ ހިޖާމާ ޖެހުމުގެ ހިދުމަތް ދޭ ތަންތަން ގިނަވުމުން ސަރުކާރުން ވަނީ އިސްލާމިކް މިނިސްޓްރީ އާ ގުޅިގެން އެކަމާ ބެހޭ ހާއްސަ ގަވައިދެއް ހަދައިފަ އެވެ. އަދި އެ ގަވައިދުގެ ދަށުން ހިޖާމާ ޖަހާ ހުރިހާ ތަނެއް ރަޖިސްޓާވުމަށް ވެސް ވަނީ އަންގައިފަ އެވެ.

ރަޖިސްޓާ ނުވެ ހިންގާ ހުރިހާ ހިޖާމާ ތަނެއް ބަންދު ކުރަން ހެލްތު މިނިސްޓްރީން މީގެ ކުރިން ވަނީ ފުލުހަށް ވެސް ހުށަހަޅާފަ އެވެ.

65 ކޮމެންޓް, 31 ރިއެކްޝަންސް

icon happy icon happy 52%
icon sad icon sad 10%
icon angry icon angry 23%
icon wow icon wow 3%
icon inlove icon inlove 13%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަސނ

11 May 2022

• އަލްޙިޖާމާ (ކަވާ) : ‏ މިއީ އިންސާނާގެ ހަށިގަނޑުގެ ތެރޭގައިވާ ތަދުތަކާއި އަދި ތަފާތު ބަލިތަކުން ޝިފާ ލިބިގަތުމަށް މަގުފަހި ކުރުވާ ޒަޚަމީ (ސަރޖިކަލް) ފަރުވާއެކެވެ. އަދި ޤަދީމީ ޒަމާނުއްސުރެ ޙިޖާމާ އަކީ ފަރުވާ ދެވުމަށް ބޭނުންކުރެވޭ އަސާސީ އެއްވައްތަރު ކަމުގައި ވިއެވެ. އެހެނަސް މިޒަމާނުގައި މިއީ "އޮލްޓަރނޭޓިވް" ބޭސްފަރުވާ އަކަށް ވެއްޖެއެވެ. (އެބަހީ: އަސްލު ފަރުވާގެ ބަދަލު ފަރުވާއެއްކަމަށެވެ.) މިހެނަސް، ނަބިއްޔު ﷺ ޙިޖާމާކުރެއްވަތެވެ. އަދި.....

The name is already taken The name is available. Register?

މުޙައްމަދު134

10 May 2022

ކޮބާތަ މިހާރު މަސާޖުޕާލާތަކުގެ ހާލަކީ.

The name is already taken The name is available. Register?

ބުޅި

10 May 2022

މި ހުރިހާ ދުވަހު ބަންދު ނުކުރިތަނެއް މިއަދު ބަންދު ކުރަން އުޅުމުގެ މާނަ އެއްނެއް.

The name is already taken The name is available. Register?

ކަރަޕްޝަނގެ ކިލަނބު

10 May 2022

ހޮޓާތައް ހިންގަނީ ސާފުތަހިރުކަމުގެ ސެޓްފިކެޓްވެސް ނެތި އެވެ. އެކަމެއް އެޗްޕި އަކަށް ނުބެލެއެވެ. ބަންގާޅީން ސައިކަލް ދޮންނަނީ މަގުމަތީން ރަޖިސްތަރީ ކޮށްގެނެއް ނޫނެވެ، ދުވާލަކު 1500 އެއްހާ ރުފިޔާ ނަގައެވެ. ފިޔަވަހި 2 ގައި ކަޑަހަދައިގެން ސައިވިއްކަނީކީ ސެޓްފިކެޓެއް ހުއްދައެއް އޮވެގެންނެއް ނޫނެވެ. ހުއްދައިގެ ވާހަކަ ދައްކަނީ ބައިކުލަ ބައި ނުދޭ މީހުންގެ ވަހަކަ ދެއްކުމުގެ ބޭނުނމުގަ އެވެ.

The name is already taken The name is available. Register?

ގައިކޮޅު ގައިދުރު

10 May 2022

ހަކުރުބައްޔަކީ ހިޖާމާ ޖެހުމުން ރަނގަޅުވާ ބައްޔެއްތޯ؟ ތަސްލީމާ ! އަހަރެން ނަށް ޖަވާބެއް ދެއްވާ!

The name is already taken The name is available. Register?

ޞިއްޙަތާބެހޭއިކޮނޮމިކްވުޒާރާ

10 May 2022

ބަލިބައްޔަށް ފަރުވާދިނުމުގެ ވިޔަފާރިއެއް ރެޖިސްޓްރީ ކުރަން އިކޮނޮމިކް މިނިސްޓްރީއަށް ހުށަހެޅުމުން، އެކަމުގެ މަޢުލޫމާތު ރަނގަޅަށް ސާފުކޮށްފަ އަދި ޞިއްޙީ ފަރުވާދޭނަމަ އެކަމާ ގުޅޭގޮތުން ޞިއްޙީ ދާއިރާގެ ބަހެއް ހޯދަފަ ނޫންތޯ ރެޖިސްޓްރީ ކޮށްދޭންވާނީ. ނޫނީ އެމީހަކަށް ވިޔަފާރި ރެޖސްޓްރީ ދޭއިރު ޝަރުތު ކުރަންވާނެ ނޫންތޯ ދައުލަތުގެ މިކަމާ ގުޅުންހުރި އިދާރާތަކުން ނަގަންޖެހޭ ހުއްދަ ހޯދައިގެން ނޫނީ ޚިދުމަތް ނުދެވޭނެކަން. ހަމަ ފޯރމް ވައްޓާލާއިރަށް ހުއްދަ ދޭ!!

The name is already taken The name is available. Register?

ކަހީނު

10 May 2022

ފަޒީ ހިޖާމާ ޖެހިފަހުން ވަރަށް ފައްކާ..

The name is already taken The name is available. Register?

މޭޑް ފަޒީ

09 May 2022

މީނާ ހަމަ ވަގްތުން ވަގްތަށް ހިފާ ހައްޔަރު ކުރަންޖެހޭ، ސިއްހީ ގޮތުން މުޅި ގައުމަށް އެދެމުންދާ ގެއްލުން ލުއި ގޮތަކަށް ދެކިގެން ނުވާނެ

The name is already taken The name is available. Register?

ސޭފްޓީ ކޮންސަލްޓަންޓް

09 May 2022

ތިއީ ސިއްހީ ހިިދުމަތެއް. ކަނޑާ ތަކެތި އަދި، ހިޖާމާ ކަޕު ސްޓެރިލައިޒް ކުރެވެން ޖެހޭ. ތިކަން ކުރަން ހުއްދަދީފައިވާ "އެސް އޯ ޕީ" އެއް އޮންނަން ޖެހޭނެ. ތިޔަ ތަން ގަވައިދުން ބަލައި އޮޑިޓުކޮށް ހުއްދަ ދޭން ޖެހޭނެ. ތިތަނަށް ގެންނަ ތަކެތި ގެންނަނީ އެޕްރޫވުޑު ސަޕްލަޔަރުން އަތުން ކަމުގައި ވާން ޖެހޭނެ. ހިދުމަތްދޭ މީހުންނަކީ ޢިލްމާއި ތަމްރީނު ލިބިފައި ތިބި ބަޔަކަށް ވާން ޖެހޭނެ. އަދި މި ތަމްރީނުތައް އެކްރެޑިޓް ކުރެވެން ޖެހޭނެ. މިނިސްޓްރީގެ ޒިންމާ މީ!

The name is already taken The name is available. Register?

ޙަބީބު

09 May 2022

ތިޔަވެސް ބަނގަލާމީހުން ކުރާނަމަ އޯކޭވާނެ ދިވެއްސަކު ކަމެއް ކުރަންޏާ ހުއްދަ ނުނަގައިފިނަމަ ޖުރިމަނާ މީއެބުނާ އެޖެންޑާ 19 ގެ ތަފާތ ތުކަން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454