ރައީސް އިބްރާހިމް މުހައްމަދު ސޯލިހު. ފޮޓޯ: ރައީސް އޮފީސް
10 މެއި 2022 - 15:17
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސްގެ މަސްއޫލިއްޔަތުތައް ކުރިން އޮތް ގޮތަށް ބަދަލުކޮށް ސިވިލް ސާވިސްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފި އެވެ.
ސިވިލް ސާވިސްގެ ގާނޫނަށް އިސްލާހު ގެނައީ ކޮމިޝަނުގެ ރައީސް މަސްއޫލިއްޔަތު އަދާކުރުމަށް ނުކުޅެދިއްޖެ ހާލަތެއްގައި ނުވަތަ އުޒުރުވެރިވެއްޖެ ހާލަތެއްގައި ނުވަތަ މަގާމު ހުސްވެއްޖެ ހާލަތެއްގައި އެ މަގާމު ވަގުތީ ގޮތުން އަދާކުރާނީ ކޮމިޝަނުގެ ނައިބު ރައީސްކަމަށް ބަޔާންކޮށްފައިވަނިކޮށް އެކަން އެއްކޮށް އުނިކޮށްފައިވާތީ އެވެ.
ސިވިލް ސާވިސްގެ ގާނޫނޫނަށް ގެނައި މައިިގަނޑު އިސްލާހަކީ ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސްގެ މަސްއޫލިއްޔަތުތައް ބަޔާންކުރުމެވެ.
ގާނޫނުއަސާސީ އާއި ގާނޫނުގައިވާ ގޮތުގެ މަތިން ނަތީޖާ ނެރެދެވޭ ގޮތުގައި ހަރުދަނާ އުސޫލުން ކޮމިޝަނުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ބޭނުންވާ ލަފައާއި އިރުޝާދު ދިނުން.
● ކޮމިޝަނުގެ ބައްދަލުވުންތަކުގެ އެޖެންޑާ ކަނޑައެޅުމާއި ބައްދަލުވުން ބާއްވާނެ ތާރީހާއި ވަގުތު ކަނޑައެޅުންފަދަ ކޮމިޝަން ހިންގުމާގުޅޭ ނިންމުންތައް ނިންމުން.
● ކޮމިޝަނާއި ކޮމިޝަނުގެ މެންބަރުންނާއި ކޮމިޝަނުގެ މުވައްޒަފުން ސުލޫކީ ހަމަތަކަށް ތަބާވުމުގައި ނަމޫނާ ދައްކައި ޒައާމަތު ގާއިމުކުރުން.
● ކޮމިޝަނުގެ މަޝްވަރާގެ މަތިން ކޮމިޝަނުގެ އިދާރީ އެކިއެކި މަސައްކަތްތައް ހިންގައި ބެލެހެއްޓުމާގުޅޭ އުސޫލު ކަނޑައަޅައި
● އެ އުސޫލާ އެއްގޮތަށް އިދާރީ ކަންކަން ހިންގަމުންދާކަން ކަށަވަރުކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
● ކޮމިޝަނުގެ ބައްދަލުވުންތަކުގެ ރިޔާސަތު ބެލެހެއްޓުން އަދި ކޮމިޝަނުން ނިންމާ ނިންމުންތައް ތަންފީޒުކުރުން. އަދި ރައީސް އޭނާގެ މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް
ނުކުޅެދިއްޖެ ހާލަތެއްގައި ނުވަތަ އުޒުރުވެރިވެއްޖެ ހާލަތެއްގައި ނުވަތަ އެ މަގާމު ހުސްވެއްޖެ ހާލަތެއްގައި އޭނާގެ މަގާމުގެ މަސްއޫލިއްޔަތުތައް ވަގުތީ ގޮތުން އަދާކުރާނީ ކޮމިޝަނުގެ ނައިބު ރައީސްކަމަށް ވެސް އިސްލާހުގައި ބަޔާންކޮށްފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޣަނީ
11 May 2022
ތިޔަ ކޮމިޝަނުގައި އުޅޭ މުޖާހިދަށް ކޮމިޝަނުގެ ރައީސްކަން ދޭން ފެނޭ..އެސޮރު އެބައުޅޭ ހަޖަމް ނުވެގެން
ޑޮކްޓާރ. ބަނާނާ
11 May 2022
ތިޔާކިޔާ ބާރެއް ދީފައި ބަހައްޓާ. ތިޔައީ ގައުމުގެ ރައީސްއެއްނޫން އެހެންވީމާ މުސާރަ ބޮޑުކުރުމުގެ ބާރު ޖެހެނީ ވާންކޮއްފަ ބަހައްޓަން.
ބޮޑުމީހާ
10 May 2022
ތިހެން ލޯކަލްކައުންސިލަށްވެސް ބާރުތައް ދިން. އަދިވެސް ކަމެއްކުރެވެނީ މިނިސްޓަރު ފައިބުޑަށް ވެއްޓި، ކޮންމެވެސް މަޖްލިސް މެމްބަރެއް މެދުވެރިކޮށް
މުހާން
10 May 2022
ކަމިޝަނުގެ މެންބަރުން ވާންވީ ސިޔާސަތު ކަޑައަޅަން ޖަލްސާ ތަކަށް އަންނަ ބަޔަކަށް. އެޖެންޑާ ކަޑައޅާ އޮފީސް ހިންގާނީ ސެކެޓެރީ ޖެނެރަލް ނުވަތަ ކަމިޝަނުގެ އިދާރީ އިސް މުވައްޒަފު. މިހާރުވެސް ކަމިޝަންތައް ނުހިގައިގެންއުޅެނީ އިދާރީ ހިންގުމަށް ނުފޫޒު ފޯރުވާތީ. އެމީހުންގެ ޒިއްމާޔަކަށް ވާންޖެހޭނީ ގާނޫނާއި އެއްގޮތަށް ކަމިޝަން ހިންގަން ބޭނުންވާ ސިޔާސަތުތައް ކަޑައަޅާ މުވައްޒަފުންލައްވާ ތަންފީޒުކުރުން. އެތާ ގޮޑި ހޫނުކުރަން ތިބޭކަށް ނުޖެހޭ.
ކަރކުރު
10 May 2022
މިހާރު ވަކި ބަޔަކަށް މުސާރަ ބޮޑުކުރުން ފެޝަނަކަށް ވެއްޖެ ހަރާމުން ހަރަމއ އެޒާތަށް އުޅެގަތީމަ ނުލިބޭނެ ސަޕޮރުޓެއް
@ކަރުކު
10 May 2022
100