ޚަބަރު / އާޒިމާ ޝަކޫރު

ސުޕްރީމް ކޯޓުގައި އާޒިމާ އަސަރާ އެކު: "ދައުވާ ބުނެދެވުނީ ތިން އަހަރު ފަހުން"

އާޒިމާ މިއަދުގެ އަޑުއެހުމުގައި ވާހަކަ ދައްކަވަނީ: ކުރި ކުށެއް ނޭނގި ތިން އަހަރު ވަންދެން ހުންނަވަން ޖެހިވަޑައިގަތް ކަމަށް ވިދާޅުވި

12 މެއި 2022 - 20:28

27 comments

ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ކުރާ ދައުވާއާ ގުޅިގެން ތިން އަހަރު ވަންދެން ހައްގުތައް ގެއްލިފައިވާ ކަމަށް ވިދާޅުވެ، އަސަރާ އެކު އޭނާ ސުޕްރީމް ކޯޓުގައި މިއަދު ވާހަކަ ދައްކަވައިފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް މަނީ ލޯންޑާކުރައްވަން މަގުފަހިކޮށް ދިން ކަމަށް ބުނެ އާޒިމާގެ މައްޗަށް ދައުލަތުން ކުރަނީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި މަނީ ލޯންޑްރިންއަށް މަގުފަހިކޮށް ދިނުމުގެ ދައުވާ އެވެ.

އެ ދައުވާ ކުރިއަށް ގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައި ކޯޓުން ދެމެހެއްޓުމުން އާޒިމާގެ ފަރާތުން އެ މައްސަލަ ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ.

އަނެއްކޮޅުން ދައުލަތުން ވެސް ވަނީ ހައި ކޯޓުގެ ނިންމުމުގެ އެހެން ބައެއް ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ. އެއީ ދައުވާއެއް ކުރިއަށް ގެންދެވޭނެ ކަމަށް ނިންމާ ނިންމުންތައް ދައުވާލިބޭ ފަރާތަށް އިސްތިއުނާފް ކުރެވިދާނެ ކަމަށް ހައި ކޯޓުން ނިންމި ނިންމުމެވެ.

"މައްސަލަ ކުރިއަށް ދާން ފުރުސަތު މި ލިބެނީ ތްރީ އެންޑް ހާފް އިއާސް ފަހުން. ޖޮބެއް ނެތް. އަޅުގަނޑުމެން މި ދަންނަވަނީ އެއަކަށް ފުރުސަތެއް ނުދެވޭނެއޭ." އާޒިމާ

ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި، އާޒިމާއަށް އިސްތިއުނާފް ކުރުމުގެ ފުރުސަތު ނެތް ކަމަށް ދައުލަތުން ބުނާ ބުނުމާ ގުޅިގެން ވާހަކަ ދައްކަވަމުން އާޒިމާ ވިދާޅުވީ އޭނާގެ މައްޗަށް ދައުވާ ކުރަން ނިންމި ސަބަބު ވެސް ދައުލަތަށް ބުނެދެވުނީ އެ މައްސަލަ ކޯޓަށް ހުށަހެޅިތާ ތިން އަހަރު ފަހުން ކަމަށެވެ. އަދި އެ މައްސަލަ ބައްލަވާ ފަނޑިޔާރު ދަށު ކޯޓުގައި ހަ ފަހަރަށް ބަދަލުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ހިސާބަށް އައިއިރު އަޅުގަނޑު ވަރަށް ސްޕެސިފިކްކޮށް ދެންނެވިން ކޯޓުތަކުން ދައުލަތަށް އަންގަވާފައެއް ނެތޭ އަޅުގަނޑަށް އޮޅުންފިލުވައިދޭކަށް ކޮބައިތޯ އަޅުގަނޑުގެ ކުށަކީ." އާޒިމާ ވިދާޅުވި އެވެ.

އެ މުއްދަތުގައި ހުންނަވަން ޖެހުނީ ވަޒީފާގެ ފުރުސަތުތައް ގެއްލިފައި ކަމަށް އަސަރާ އެކު ކަމަށް އާޒިމާ ވިދާޅުވި އެވެ. ވާހަކަ ދައްކަވަމުން ގެންދެވިއިރު ކުރިއަށް ނުގެންދެވިގެން ވާހަކަ އިރުކޮޅަކަށް ހުއްޓާލެއްވި އެވެ.

"މައްސަލަ ކުރިއަށް ދާން ފުރުސަތު މި ލިބެނީ ތްރީ އެންޑް ހާފް އިއާސް ފަހުން. ޖޮބެއް ނެތި. އަޅުގަނޑުމެން މި ދަންނަވަނީ އެއަކަށް ފުރުސަތެއް ނުދެވޭނެއޭ." އަސަރާ އެކު، އާޒިމާ ވިދާޅުވި އެވެ.

އާޒިމާ ވިދާޅުވީ މަދަނީ މިންގަނޑުން މައްސަލަ ކުރިއަށް ގެންދަން ނިންމާ ނިންމުންތައް އިސްތިއުނާފް ނުކުރެވޭ ނަމަ، ޖިނާއީ އަދުލުގެ ނިޒާމުގައި މީހުން އެތައް އަހަރެއް ވަންދެން ތާށިކޮށްގެން ތިބުމުގެ ފުރުސަތު ދައުލަތަށް ލިބޭ ކަމަށެވެ. އަދި ކޯޓުތަކުގައި ހުރި މައްސަލަތަކަށް ރަނގަޅަށް ބަލައިފި ނަމަ، މައްސަލަ ކުރިއަށް ގެންދެވޭނެ ހެއްކެއް ނެތް އެތައް މައްސަލައެއް ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ފެންނާނެ ކިތައް މީހުންކަން ނުހައްގުން ޖިނާއީ އަދުލުގެ ނިޒާމުގައި ހިފަހައްޓައިގެން މި އުޅެނީ." އާޒިމާ ވިދާޅުވި އެވެ.

އާޒިމާ ވިދާޅުވި ގޮތުގައި މަދަނީ މިންގަނޑުން މައްސަލަ ކުރިއަށް ގެންދިއުމާ މެދު ގޮތެއް ނިންމަންޖެހޭ ގޮތަށް ޖިނާއީ އިޖްރައާތުގެ ގާނޫނުގައި ލިޔުނީ އެއްވެސް ހެއްކެއް ނެތި މީހުންނަށް ދައުވާ ކުރުމުން އެތައް ހައްގަކުން މީހުން މަހްރޫމްވިޔަ ނުދިނުމަށެވެ.

"ތިން އަހަރު ބައި ވިއިރު އަޅުގަނޑަށް އަދި ކިރިޔާ އެނގުނީ އަޅުގަނޑުގެ މައްޗަށް ކުރަނީ ކޮން ދައުވާއެއް ކަން. އެ ހާލަތުގައި އޮންނަ ކަމަށް ވަންޏާ މިހާ ހިސާބަށް އައުމުގެ ރައިޓް އަޅުގަނޑުމެންނަށް އޮންނަންވާނެ." އަސަރާ އެކު އާޒިމާ ވިދާޅުވި އެވެ.

ދައުލަތުން ބުނީ ޔާމީންގެ އިސްތިއުނާފް ޝަރީއަތް ނިމެންދެން އާޒިމާގެ މައްސަލަ މަޑުޖައްސާލަން އާޒިމާ ދަށު ކޯޓުގައި އެދިވަޑައިގަތް ކަމަށެވެ. އެކަމަކު މައްސަލަ ލަސްވީ ފަނޑިޔާރުން ބަދަލުވުމުން ކަމަށް ދައުލަތުން އެއްބަސްވި އެވެ.

ރައްދުގައި، އާޒިމާގެ ވަކީލް އަދި ކުރީގެ ޑެޕިއުޓީ މަރިޔަމް ނިހާޔަތު ވިދާޅުވީ ޝަރީއަތް މަޑުޖައްސާލަން އާޒިމާ އެދިވަޑައިގަތަސް އެކަން ނުކުރެވޭނެ ކްރިމިނަލް ކޯޓުން ނިންމި ކަމަށެވެ. އަދި އެގޮތަށް ނިންމުމަށްފަހު އެ މައްސަލަ ކުރިއަށް ނުގެންގޮސް އޮތީ ކަމަށް ނިހާޔަތު ވިދާޅުވި އެވެ.

ފަނޑިޔާރުން ބަދަލުވުމަކީ ވެސް އާޒިމާ ޒިންމާ އުފުލަންޖެހޭ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ނިހާޔަތު ވިދާޅުވީ މައްސަލަ ކުރިއަށް ގެންދަން ނިންމާ ނިންމުން އިސްތިއުނާފް ނުކުރެވޭނެ ކަމަށް ދައުލަތުން ބުނާ ގާނޫނީ ހަމައެއް ނެތް ކަމަށެވެ. އަދި ދައުވާލިބޭ މީހާއަށް އެ ފުރުސަތު ނުލިބޭ ނަމަ، ދައުލަތަށް ވެސް އެ ފުރުސަތު ނޯންނާނެ ކަމަށާއި އަދި ގާނޫނުގައި ވެސް އެގޮތަށް ނޯންނާނެ ކަމަށް ނިހާޔަތު ވިދާޅުވި އެވެ.

ނިހާޔަތު ވިދާޅުވީ އެ މައްސަލަ ކުރިއަށް ގެންދެވޭނެ މިންވަރުގެ އެއްވެސް ހެއްކެއްް ދަައުލަތުން ހުށަހަޅާފައި ނެތް ކަމަށެވެ. ޔާމީނަށް މަނީ ލޯންޑްރިންއަށް މަގުފަހިކޮށްދޭން އާޒިމާ ކުރި ކަމެއް އެނގެން ނެތް ކަމަށާއި އަދި ޔާމީންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފައި އޮއްވާ އާޒިމާގެ މައްޗަށް ދައުވާ ނުކުރެވޭނެ ކަމަށް ނިހާޔަތު ވިދާޅުވި އެވެ.

ރައްދުގައި ދައުލަތުން ބުނީ އަސްލު ކުށްކުރި މީހާގެ މައްޗަށް ކުށް ސާބިތު ނުވިޔަސް، ކުށުގެ ބައިވެރިންނަށް ދައުވާ ކުރެވިދާނެ ކަމަށެވެ، މިސާލަކަށް މީހަކު މެރުމުގެ ދައުވާ މީހެއްގެ ސާބިތު ނުވިޔަސް، އެ މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އެހެން މީހެއްގެ ކުރެވިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިއަދުގެ އަޑުއެހުމުގައި ފަނޑިޔާރުންގެ ބެންޗުގެ ގިނަ ސުވާލުތަކެއް ދައުލަތާއި އާޒިމާއަށް ވެސް އަމާޒުކުރި އެވެ. އެގޮތުން، ހެކި ހުރިތޯ ބެލުމުގައި ދައުލަތުން އަމަލުކުރާ އުސޫލަކީ ކޮބައިތޯ ބެންޗުން ސުވާލު ކުރެއްވި އެވެ.

ދައުލަތުން ބުނީ ތަހުގީގު މަރުހަލާގައި އަދި ދައުވާ ކުރުމުގެ މަރުހަލާގައި ވެސް ޕީޖީ އޮފީހުގެ ވަކީލުން މައްސަލަ ދިރާސާކޮށް، ހެކި ހުރިކަން ނުވަތަ ނޫންކަން ކަށަވަރު ކުރާނެ ކަމަށެވެ.

ދައުވާ ކުރިއަށް ގެންދެވޭނެ ކަމަށް ނިންމި ނިންމުން އިސްތިއުނާފީ ކޯޓުތަކުން ބެލުމަކީ އަސްލު މައްސަލަ ނުނިނެމީސް ޝަރީއަތް ކުރާ ކޯޓެއްގެ ދައުރު އިސްތިއުނާފީ ކޯޓުތަކުން އަދާކުރުން ނޫންތޯ އާޒިމާގެ ވަކީލުންނާ ބެންޗުން ސުވާލު ކުރެއްވި އެވެ.

ޖަވާބުގައި ނިހާޔަތު ވިދާޅުވީ ހެކި ވަޒަން ކުރުމާއި ހެއްކަށް ބުރަދަން ދީފައި ހުރީ ގާނޫނާ އެއްގޮތަށް ކަން ނުވަތަ ނޫންކަން އިސްތިއުނާފީ ކޯޓުތަކަށް ބެލިދާނެ ކަމަށެވެ. އަދި މުޅި މައްސަލަ ނިމިގެން އިސްތިއުނާފް ކުރިޔަސް، އިސްތިއުނާފީ ކޯޓުތަކުން އަމަލު ކުރާނީ އެ އުސޫލުން ކަމަށް އޭނާ ވިދާޅުވި އެވެ.

އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނު ރިޔާސަތު ބަލަހައްޓަވާ އަދި ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު އައިޝާ ޝުޖޫން ރިޔާސަތު ހިމެނިވަޑައިގަންނަވާ ބެންޗުން މިއަދު ވަނީ އަޑުއެހުންތައް ނިންމާލައިފަ އެވެ. އެހެންވެ، ދެން އޮންނާނީ ހުކުމް އިއްވުމެވެ.

27 ކޮމެންޓް, 19 ރިއެކްޝަންސް

icon happy icon happy 47%
icon sad icon sad 21%
icon angry icon angry 26%
icon wow icon wow 0%
icon inlove icon inlove 5%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބޯގޯސްއަދުރޭ

14 May 2022

އުފެދުމުގައިވެސް ބާތިލް އާޒިމާގެ ބާތިލު ޑުރާމާ - ދިވެހިހުރިހާ ރައްޔިތުންނަށްވެސް އިނގެ އުފެދުމުގައިވެސް ބާތިލް އާޒިމާ ހަށިފުއްޕާފަ ދޮގުހަދަމުން ދިޔަވަރު - ކީއްކުރާ ވަޒީފާއެއް؟ ފަރިއްކުޅުވި ފައިސާތައް މިނިމިންޏަށް ދަންދެން ހުސްނުވާނެ!

The name is already taken The name is available. Register?

ކަތިބުރުމާ

14 May 2022

ސަރުކާރުގެ ބާރުގަދަ މަގާމު ތަކުގައި ބޭބެ އާއި ދެބެން ތިބެ ޖަރީމާތަށް ހިންގި އިރު މިދުވަސް އަތުވެދާނެ ކަމަށް ބަލާ، މިފަދަ ކުށްތަކާ ދުރުގަ ތިބިނަމަ މިޔަދު ނޯށުން ރޯކަށް ނުޖެހުނީސް ކޮއްކޯ.....

The name is already taken The name is available. Register?

އާރާބާރު100

14 May 2022

އާރާ ބާރު ހުރި ދުވަހު ބޮޑާވެ ކިބުރުވެރިވެ ރައްޔިތުންގެ ހައްގުތަކަށް އަރައިގަނެ، ރައްޔިތުންގެ ފައިސާ އަށް ހިޔާނަތްތެރިވެ، އަނިޔާވެރި ވެރިއަކަށް ވާގިދީ، އަނިޔާވެރިވެ، މޭ ފުއްޕާފަ އުޅުނު ދުވަސް ހަދާން ނެތުނީތޯ؟ އަދިވެސް ތެދުހަދާ، ކުރެވުނު ކަންކަމަށް އިއުތިރާފުވެ، ތައުބާ ވާން ނޫޅެ ގަދަ ދައްކާފަ ދޮގުހަދައިގެން ކަމުން ރެކެން ތިއުޅެނީ.

The name is already taken The name is available. Register?

އޭނަ

14 May 2022

ރައީސް އޮފީހުގައި އޮތް ބައްދަލުވުމަކުން އާޒިމާއާ ބައްދަލުވި. ރަގަޅަށް ދުފާލައިގެން އިނދެ ވަރަށް ހަޑިކޮށް ބައްދަލުވުމުގެ ބައިވެރިންނާ ވާހަކަ ދެއްކީ. ވެރިޔަކަށް ވެ ހުރެ މީ ރަގަޅުކޮށްލަން ޖެހޭ ކަމެއް.

The name is already taken The name is available. Register?

ނަނަނަ

13 May 2022

މިހާރު ރޮނީ.. އެނޫން ދުވަހެއް ދުވަހަކުވެސް އައިސްދާނެ ކަމަށް އޭރު ހިތަށް ނާރާ ދޯ. ބޭނުން ގޮތަކަށް ގާނޫނާ ގަވައިދުތައް ފުށުން ޖަހަމުން ދިޔައިރު ކީކޭ އެދުވަހު ހިތަށް އެރީ؟ މިހާރު ތީ ހަމަ ޑްރާމާ. ފެނުނު މަންޒަރުތަކާ އެނގުނު އެއްޗަކަށް ބަލާއިރު ތީ ޖަލަށް ދާންޖެހޭ އަންހެނެއް. ތީނަޢާ އެކީ ނާޒިމްވެސް ޖަލަށް ދާން ޖެހޭ!

The name is already taken The name is available. Register?

ނިނިނި

13 May 2022

އެއީ ހަމަ ސީދާ ޑުރާމާ.

The name is already taken The name is available. Register?

ސާމިރު

13 May 2022

އެދުވަހު ފުއްޕަފައި މާގަދަ ވަކީލަކަށްވެގެން ޔާމީނު ބޭނުންވިހައި ގޮތަކަށް ކަންކަން ކުރަމުން ގޮވަމުން ދުވިއިރު މިފަދަ ދުވަސްތައް އަތުވެދާނެކަން ނުވިސްނީމާ މަށްވެސް ރޮވެނީ

The name is already taken The name is available. Register?

އަސް

13 May 2022

ބާރު އޮންނަ އިރު އެބާރު ވަކި ހިސާބަކުން ދާނެ ކަމަށް ޤަބޫލް ކުރަން ޖެހޭނެ. ކަންކަން ކުރިވިފަ ހުރީ ރަގަޅަށްތޯ އަމިއްލައަށް ވިސްނަން ޖެހޭނެ. ގޯސްކޮށްް ކުރިވިފަ ވާނަމަ ތައުބާ ވާން ޖެހޭނެ. ކޮންްމެ ނުބައި އަދި ގޯސް ކަމަކީ ޝަރީއަތުން ސާބިތު ކުރެވޭނެ ކަންކަމެއް ވެސް ނޫން. ޝަރީ އަތަކީ ބޭރަށް ފެންނަން ހުރި ހެއްކަކަށް ބަލައިގެން ކުުރާ ކަމެއް.

The name is already taken The name is available. Register?

ފޮނިޓައްޕު ހަސަނު

13 May 2022

އާޒިމާ ކިތައްމެ ވަރަކަށް ކޯޓުގައި ހޭރުނަސް އޭނަ ހިންގި ޖަރީމާ ދިވެހިރައްޔިތުންނަށް އޮޅުވައެއް ނުލެވޭނެ. އޭނައަކީ ޖަލުގެ ކުޑަގޮޅި ހައްގު މީހެއް. ބޮޑަށް ގަބޫލުކުރެވެނީ ކޯޓަށް އައީ ގޭގައި ހުރެ ރޯ އެކްޓު ރިހާރސަލް ޖައްސައިގެން ކަމަށް.

The name is already taken The name is available. Register?

ޑިންގީ

13 May 2022

ޖީއެމްއާރު އެއްބަސްވުމަކީ އުފެދުމުގާވެސް ބާތިލްއެއްޗެ. ދެން ކޭސްލޫސްވެ ޖީއެމްއާރަ ބޮޑު އަދަދުން ފައިސާ ދޭން މަޖުބޫރުވީތަން ފެނިގެން ދިޔައީ. ޢާޒިމާ ފުންނާބު ހުރިވަރު ވަޒަން ކޮއްލެވޭނެ މިވަރުންވެސް. މިއަދުވެސް ކޭސްއައް އެޑުރެސް ކުރުމުގެ ބަދަލުގާ، ނިޒާމީ މައްސަލަ ނަގާ، ސިންޕަތީއައް އައް އެޕީލް ކުރަނީ. ރޯންފެށީމަ އަހަރުން ކަހަލަ މީހުން ކީއްކޭބުނާނީ

The name is already taken The name is available. Register?

ހުސައިނު

13 May 2022

ފަހުގެ ތާރީޚެއްގައި ޤާނޫނީ ވަކީލަކު ޝަރީޢަތުގައި ދެއްކެވި އެންމެ މޮޅު ވާހަކަ އެކަމުގެ ސަބަބުން ދަޢުލަތުން ހިތްތިބި ގޮތަކަށް ވަކިމީހަކަށްވިޓި ކުރާ ޖެއްސުމުގެ ދަޢުވާތަށް ހުއްޓިގެންދާބެ ކަމަށް ދެކެން. ޝުކުރިއްޔާ އުސްތާޛާ ނިހާޔަތު އާޒިމާ މަނީ ލޯންޑަރ ކުރުމަށް އެހީވިކަމަށް ނުވަތަ ހިއްވަރު ދިންކަމަށް ވަނީ އެކަމަނާ ދެއްވި ޤާނޫނީ ލަފައަކުން ކަމަށްވާނަމަ، ދަޢުލަތުގެ އެފަދަ މުައައްސަސާތަކަށް ޤާނޫނީ ލަފާދއްވަނީ ބަންޑާރަނައިބު ކަމަށް ނުވަންޏާ،

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454