ޕީއެސްއެމް ނިއުސްގެ ކޮންޓްރޯލްރޫމް: މުސާރާއިގެ މައްސަލައިގައި އެ ކުންފުނީގެ 150 މުވައްޒަފުން، ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ދާން ވަނީ ނިންމައިފައި -- ފޮޓޯ: ނިޝާން އަލީ | މިހާރު
20 މެއި 2022 - 11:45
ވަޒީފާއާ ބެހޭ ގާނޫނާ ހިލާފަށް މަސައްކަތްކުރުވުމާއި މުސާރައާ ގުޅޭ ގިނަ މައްސަލަތަކެއްގައި ޕީއެސްއެމްގެ 150 މުވައްޒަފަކު ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ދާން ނިންމައިފި އެވެ.
ޕީއެސްއެމްގެ މުވައްޒަފުންގެ ފަރާތުން އެ މައްސަލައިގައި ޓްރައިބިއުނަލްގައި ވަކާލާތު ކުރައްވާ ވަކީލު ޝަޒީމް ވަހީދު "މިހާރު" އަށް ވިދާޅުވީ، އެ މައްސަލަ ހުށަހަޅަން ނިންމާފައި ވަނީ އެ ކުންފުނީގައި އިދާރީ މަސައްކަތްކުރާ އަދި ޝިފްޓް ޑިއުޓީ ކުރާ 150 މުވައްޒަފުންނަށް، މަގާމުގެ މަސްއޫލިއްޔަތުތަކާ އެކަށީގެންވާވަރުގެ، މުސާރަ އާއި އިނާއަތްތައް ނުދޭތީ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި، އެ މުވައްޒަފުން ބަންދު ދުވަސްތަކާއި އޮފް ދުވަސްތަކުގައި ވެސް ޑިއުޓީ އަށް ނެރޭ ކަމަށާއި އެގޮތަށް ޑިއުޓީ އަށް ނެރޭ ދުވަސްތަކުގައި އޯޓީ ނުދޭ ކަމަށެވެ. އަދި އޮފް ދުވަސްތަކުގައި މުވައްޒަފުންނަށް އޯޓީ ދިނުން އެ ކުންފުނީގެ ގަވާއިދުގައި ވެސް ހިމަނާފައި ނެތް ކަމަށް ވިދާޅުވި އެވެ.
"އެ މީހުންގެ [މުވައްޒަފުންގެ] ވަޒީފާގެ އެއްބަސްވުމުގަޔާއި ވަޒީފާގެ ބަޔާނަށް ބަލާއިރު ވެސް، އޮފް ދުވަސްތައް ކަނޑައެޅުމާއި އަދި އިތުރު ގަޑި ކަނޑައެޅުމުގައި ވެސް އެ ކުންފުނީގެ ޕޮލިސީގައި މާ ބޮޑު ތަފުސީލެއް ހިމަނާފައެއް ނެތް. އަދި އިތުރު ގަޑީގެ ފައިސާ ކަނޑައެޅުމުގައި ވެސް ބަލަން ޖެހޭ ކަންކަން ވެސް ނެތް،" އޭނާ ވިދާޅުވި އެވެ.
"އެ މުވައްޒަފުންނަށް ޗުއްޓީ ނުލިބޭއިރު، އެކަށީގެންވާ މުސާރައެއް ވެސް ނުލިބޭ."
މިހާރު އެ މުވައްޒަފުންގެ ފޯމު ފުރާއި، ޓްރައިބިއުނަލަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި، ކޮންމެ މުވައްޒަފެއްގެ މައްސަލަ ވެސް، އެ އިދާރާ އަށް ހުށަހަޅާނީ ވަކިވަކިންނެވެ. އަދި ވިދާޅުވީ، އެ މައްސަލަ ދިރާސާކުރެއްވިއިރު، އެންމެ ބޮޑަށް ފާހަގަކުރެއްވުނު އެއް ކަމަކީ މުވައްޒަފުންގެ މެދުގައި ގެންގުޅޭ ތަފާތުކުރުންތައް ކަމަށެވެ.
އެނގިފައިވާ ގޮތުގައި، އެ މައްސަލަ ހުށައެޅުމުގައި އިސްކޮށް އުޅެނީ، އެ ކުންފުނީގެ ދަށުން ހިންގާ ޓީވީއެމާއި ޕީއެސްއެމް ނިއުސް އަދި ދިވެހި އެފްއެމްގެ މުވައްޒަފުންނެވެ. އަދި އެ މުވައްޒަފުންނާއި ޕީއެސްއެމްގެ މެނޭޖްމަންޓާ ދެމެދުގައި، އަދިވެސް އިތުރު ގިނަ މައްސަލަތަކެއް އުޅޭ ކަމަށް އެނގިފައިވެ އެވެ. އަދި މިފަހުން އެ މައްސަލަ ބޮޑުވީ، މިދިޔަ ރޯދަ މަހު އޮފް ދުވަސްތަކެއްގައި މުވައްޒަފުންނަށް ވަޒީފާ އަށް ނުކުންނަން ޖެހުމުން ކަމަށް ވެ އެވެ. އަދި އެ ދުވަހަށް އޯޓީ ނުދޭ ކަމަށެވެ.
އެ މައްސަލައާ ގުޅޭ ގޮތުން ޕީއެސްއެމްގެ ބަހެއް ހޯދަން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ހާލިދު އަށް ގުޅުމުން ވިދާޅުވީ، ރަސްމީ ސިފައެއްގައި އެ ކުންފުނީގެ އެޗްއާރްއާ ހަމަ އަށް އެ މައްސަލަ އައިސްފައި ނުވާތީ، މި ވަގުތު ކޮމެންޓް ކުރެވެން ނެތް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަސްްއޫދު
21 May 2022
ރަންގަޅު މޮޅު އުފެއްދުން ތަކެށް ނެެރޭނަމަވެސް ދެން އޯކޭ މުސާރަ ބޮޑުކުރަން.
ކާކުކަން އެނގޭނެ
21 May 2022
ކިހިނެއް ރަނގަޅު އުފެއްދުމެއް އުފައްދާނީ؟ ނަމުގައި ޕްރެޒެންޓް އެކަނި ކޮށްގެން، ކަމުގައި ޕރޮޑިޔުސަރަކާއި ޓެކްނީޝަނުންނާއި ސްކްރިޕްޓް ރައިޓަރުންނާއި ޑިރެކްޓަރުންގެ މަސައްކަތްވެސް ކޮށްގެން ހިތުލޯތްބަށް ޕްރޮގްރާމް އުފެއްދައިދީ އުޅުނު މީހުންވެސް ނުމީސްކޮށް ހަދަން ފެށީމާ އެމީސްމީހުންވެސް ތަނާ ދުރުވެއްޖެ. ވަކި ބައެއްގެ މާލީ ފައިދާޔަށް ނޫނީ ކަމެއް ނުކުރެވޭ ދެން ވާނީ ކިހިނެއް؟؟؟؟؟
ލޭބަރރިލޭޝަންސްއޮތޯރިޓީކޮބާ
21 May 2022
ތިމައްސަލައަށް ޓްރައިބިއުނަލްއިން ޙައްލެއް ލިބުން ދުރު. އެމީހުން ބުނާނެ ވަޒީފާގެ އެއްބަސް ވުމާ ޚިލާފު ވެފައެއް ނުވެޔޭ. މާނައަކީ، ވަޒީފާގެ އެއްބަސް ވުމުގެ ސޮއިކުރިއިރު އެ ނުކިޔަންހޭ. އަސްލު މައްސަލަ: ދައުލަތުގެ ކުންފުނިތަކާ އަމިއްލަ ވިޔަފާރިތަކުން މީހުންނަށް ވަޒިފާ ދިނުމާ ވަޒީފާއިން ވަކިކުރުމާ ވަޒީފާގެ މުސާރައާ އިނާޔތްތައް ކަނޑައަޅަނީ ހިތުހުރި ގޮތަކަށް. އެކަން ބަލާ ދައުލަތުގެ އިދާރާއެއްނެތް. ވަޒީފާއާބެހޭ ޤާނޫނު ގެ ބަލަދުވެރިފަރާތް އޮތީ ނިދާފަ
ކީއްކުރާދައުލަތުގެމީޑިއާއެއް
21 May 2022
ދައުލަތުގެ މީޑިއާ އެއް އޮތުމަކީ އެ އިރެއްގަ ވެރިކަމުގަ ތިބޭ ބަޔަކު އޭގެ ނާޖާއިޒު ފައިދާ ނަގާނެކަމެއް. އަބަދުވެސް. އޭގެ ސަބަބުން އިންތިޚާބުތަކަށް ނުފޫޒުފޯރުވޭ. އެތަން ހިންގުމަށް ހޭދަވާ ރިސޯރސްތަކާ އަޅާ ބަލާއިރު ރައްޔިތުންނަށް ކުރާ ފައިދާކުޑަ. ބަދަލުގަ މީޑިއާތަށް ރެގިލޭޓްކޮށް،ޖާރނަލިޒަމްގެ ތަމްރީން ދެވޭނެ އަދި ޤައުމީ ތަރިކަ ރައްކާތެރިކޮށް އާރކައިވްކުރެވޭނެ އިްނތިޒާމް ހަމަޖައްސާފަ، މީޑިއާ މިނިވަންކޮށް ޕަރައިވެޓް ސެކްޓަރ އަށް ދޫކޮށްލާ
ހިތަދޫ ސޮރު
21 May 2022
ރަނގަޅު، ގާސިމް ވަކި ޗެނެލް، އެމްޑީޕީ ވަކި ޗެނެލް، ޗަމްޕާ ވަކި ޗެނެލް، ދެން މިހެން ގޮސް ޕްރައިވަޓައިޒް ކުރީމަ ވަކި ކޮން މިނިވަންކެމެއް، ހަމަ އެއްތާކު ޖެހޭނީ، ހުރިހާވެސް އެއްޗަކީ ލާރި، އަދި ނުފޫޒް.
އަމްރިޝްޕޫރީ
21 May 2022
ރައްޔިތުންގެ މާލިއްޔާއިން އެތައްސަތޭކަ މިލިއަނެއް ހަރަދުކޮށްގެން ވަކިގަބީލާއަކަށް ޓީވީދައްކަދައްކާތިބީ ތިރީހަކަށްއަހަރުވަންދެން، އެހެން އެންމެނަށް އޮތީ ރޭޑިއޯ، އެއިންވެސް ފޮނުވީ ޑިކްޓޭޓަރުގެ ޕުރޮޕެގެންޑާ ލަވަ.
އިސްމުއައްޒަފު
21 May 2022
ކަލޭގެ ހިތުގައި ތިއަނދަމުންދާ ހަސަދައިގެ އަލިފާން ގަނޑުގެ އަސަރު ކަލޭގެ ހޭބުއްދިއަށް ކޮށްފައިވަނީ. ތިކިޔާ 30 އަހަރު އެތަން ހިންގީ ސީދާ ޓެކްސްގެ ގޮތުގައި ކަލޭ އަތުން ލޯލާރިއެއްވެސް ނުނަގައި. އަދި ސިޔާސީ ނޫން ހޭލުންތެރި މާގިނަ މަސައްކަތްތަކެއް އޭރު ކުރެވުނު.
ފަތުމީ
21 May 2022
މިހާރުގެ މެނޭޖްމަންޓް އައިފަހުން ޕީއެސްއެމް ފުނޑިއްޖެ ! ގާބިލް އެތައް މުވައްޒަފުންނެއް ތިބި އިރު ތަންހިންގަން ނޭންގި މަހަކު 40،000 ރުފިޔާ ނަގާ މެނެޖްމަންޓްގެ ކަޑަކަން މިފެންނަނި . ރަނގަޅު ޕްރޮގްރާމެއް ހިފައިގެންދިޔަސް އަބަދުވެސް ލާރިނެތް ލާރިނެތް ! އެކަމަކު މިމީހުން ބޭނުންވީމަ މުވައްޒަފުން ހަމަ ވައްދާ ތަނުގަ 25 އަހަރު ޚިދުމަތްކޮށްފަ ތިބި މީހުންނަށްވުރެ މުސާރަ ބޮޑުކޮށް !
މަސްއޫދު
21 May 2022
25 އަހަރު ހިދުމަތް ކުރި މީހުން ތަޖުރިބާގެ ބޭނުންކޮށް މޮޅު އުފެއްދުން ތަކެއް އުފައްދާތަނެއް ނުފެނޭ.
ބަކުރު ތަކުރު
20 May 2022
ހާދަ ކަންތަށް ބޮޑުބަޔެކޭ. މިހާރުވެސް ސިވިލް ސާވިސް އަށް ވުރެ ބޮދުމުސާރަ ނަގާކަމަށް ވަނީ
މަރިޔަބުދައިތަ
20 May 2022
ތިޔަހެން ޒާތެއްގެ އޮނިގަޑެއް ހަދާފަ އޮންނަނީ މެޓް އޮފީހުގަވެސް. އެއްވެސް ބަންދެއް ގަ އޯޓީ އެއް ނުލިބޭ ޢީދެއް ހުކުރެއް ކިޔާނެކަމެއް ނެތް. އެޑްމިން މީހުނާ އެހެން މީހުން ތަފާތުކުރުން އިބްތިހާއަށް އޮވޭ.
ނާދެތޭ
21 May 2022
ޓެކްނިކަލް އޮނިގަނޑުން 20 ހާސް ނުލިބޭ އެއްވެސް މުވައްޒަފެއް ހިޔެއްނުވޭ އުޅޭނެ ހެނެއް. އިދާރީ މީހުންނަށް ނުލިބޭގޮތައް އެކަންކުރީ އަމިއްލަ އެދުމުގައި ތަން ހިސާރު ކޮށްގެން ތިބޭ ބަޔެއްނޫންތޯ. ތަނުގެ މައުލޫމާތު ބދަލުކުރުމާއި ފޯނު އަޑުއަހައިގެން މުވައްޒަފުންނަށް ބިރު ދެއްކުމަކީ ޒަމާނަށްސުރެން ވެރިންގެ ބަޔަކު ކުރާކަމެއް ނޫންތޯ.
ނަޝްވާ
20 May 2022
މުއައްޒަފުން ވަޒީފާއަށް ވަންނަނީ ދޭ މުސާރައް އެއްބަސްވެގެނެއް ނޫންތަ؟ ޥަދެފަ ތަނައް ގަދަވީމަ ޓްރައިބިއުނަލައް؟؟ ތީތީ ސަޅި. މަނަމަ ހަމަ އެންމެން ކަނޑާލާފަ ގެއައް
ތުއްތޫގެ އިބުރާ
20 May 2022
ތި ތަން ކުއްޔަށް ދިނީމާ ތި މައްސަލަ ހައްލުވެގެން ދާނެ!
ވީވާ
20 May 2022
ސާބަހޭ .. އެންމެންގެ ޓެކުސްފައިސަާއިން ވަކިބަޔަކަށް މުސާރަބޮޑުކޮއްފަ