ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގެ ސީނިއާ ލެބޯޓްރީ ޓެކްނޮލޮޖިސްޓް، މުހައްމަދު ހަސަން (ސެންޓަރު މުހައްމަދު): އޭނާ ވަނީ ކުއްލި ގޮތަށް ނިޔާވެފައި. -- ފޮޓޯ: ކުޅުދުއްފުށި އޮންލައިން
22 މެއި 2022 - 22:11
ފުޓްބޯޅަ ކުޅެނިކޮށް މިއަދު ހަވީރު ކުއްލިއަކަށް ދަނޑަށް ވެއްޓުމުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)އަށް ގެންގޮސް ފަރުވާދޭން ފެށި އެ ހޮސްޕިޓަލުގެ ސީނިއާ ލެބޯޓްރީ ޓެކްނޮލޮޖިސްޓް މުހައްމަދު ހަސަން (ސެންޓަރު މުހައްމަދު) ނިޔާވެއްޖެ އެވެ.
ކުޅުދުއްފުށީ ހޮސްޕިޓަލުން ބުނީ، އެތަނުގައި ވަޒީފާ އަދާކުރައްވާތާ ވަރަށް ގިނަ ދުވަސްވެފައިވާ މުހައްމަދު ހަސަން 49، ނިޔާވީ މިރޭގެ ވަގުތެއްގައި ކަމަށެވެ. އޭނާއަށް ފަރުވާދޭން ފެށީ ކުޅުދުއްފުށީ ހިރަފުސް ދަނޑުގައި ކުޅެން ހުއްޓައި ވެއްޓުމުންނެވެ.
ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި މުހައްމަދު ހަސަން ނިޔާވި ސީދާ ސަބަބެއް އަދި ސާފެއް ނުވެ އެވެ. އެކަމަކު ދާއިމީ އެއްވެސް ބައްޔަކަށް އޭނާ ބޭސްކުރަމުން އައި ކަމެއް މިރެއާ ހަމައަށް އެނގިވަޑައިގެންފައި ނެތް ކަމަށް ވިދާޅުވި އެވެ.
"ކުޅެން ހުއްޓައި ކޮލޭޕްސްވެގެން، ސީޕީއާރު ދީފައި ހޮސްޕިޓަލަށް ގެނެސް ފަރުވާދެމުން އަންނަނިކޮށް ނިޔާވީ،" އޭނާ ވިދާޅުވި އެވެ.
"މިއަދު ވެސް ހަމަ ވަރަށް އެކްޓިވްކޮށް އުޅުއްވީ."
ހޮސްޕިޓަލުގެ ހިދުމަތުގައި މުހައްމަދު ހަސަން އުޅުއްވާތާ 25 އަހަރު ވެއްޖެ އެވެ. އޭނާ ވަނީ އެ ހޮސްޕިޓަލުގެ ވެރިއެއްގެ މަގާމާއި ޒިންމާދާރުވެރިޔާގެ މަގާމު ވެސް ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ފުރުއްވައިފަ އެވެ.
އަގު ނުކުރެވޭ ފަދަ ހިދުމަތްތަކެއް ކޮށްދެއްވި މުހައްމަދު ހަސަން ނިޔާވުމަކީ ސިއްހީ ދާއިރާ އަށް ފޫނުބެއްދޭ ވަރުގެ ގެއްލުމެއް ކަމަށް ހޮސްޕިޓަލުން ނެރުނު ތައުޒިޔާގެ މެސެޖުގައިވެ އެވެ.
އެ ހޮސްޕިޓަލަށް ގިނަ އަހަރުތަކެއް ވަންދެން ހިދުމަތްކޮށްދެއްވި އޭނާގެ ބައްފަ، ހަސަން އަހުމަދު (ސެންޓަރު ހަސަންބެ) ނިޔާވީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.
މުހައްމަދު ހަސަން ނިޔާވިއިރު އޭނާގެ އަންބަކާއި ދެ ފިރިހެން ކުދިން ދުނިޔޭގައި އެބަ ތިއްބެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަސަން މަލާ
23 May 2022
ތިޔައީ ކޮވިޑް ވެކްސިންގެ ކަމެއް. ބަޔަކު ގަބޫލު ކުރިޔަސް ގަބޫލު ނުކުރިޔަސް.
ބޮޑުމީހާ
23 May 2022
މިރާއްޖޭގައި ދިރާސާކުރުން ނޯވޭތޯ، ކިތައް މީހުންގެ ފުރާނަތޯ ކެންސަރުޖެހިގެން ހިތުގެބަލީގަ ކިޑްނީ ބަލީގަ މިގައުމުން ނިޔާވެގެންދަނީ! ކޮންމެވެސް ދިރާސާތަކެއްކޮށް ޕަބްލިކަށް ނަސޭހަތްތެރިވަން ބޮޑުމުސާރަނަގައިގެން ނަންނަމުގަ މުއައްސަސާތައް ހަދައިގެން އުޅޭ
ކުޑަމީހާގަމާރުކަންމަތީއަބަދަށް.
23 May 2022
ކޮންދިރާސާއެއްތަ ދިވެހިންނަށް އޮންނާނީ. ސީދާ ސާފުކޮށް އެނގޭ ކަންތައްތަކާ ދެކޮޅުހަދާ ބައެއް އުޅޭތަނެއްމީ. މިސާލަކަށް: ދުފުން، ސިނގިރޭޓްބުއިން، ހެލްމެޓްނޭޅުން، ލައިފްޖެކެޓް ނޭޅުން، ތަނެއްދޮރެއް ނުބަލާ ޑައިވްކުރުން. މީއަބަދުވެސް ނޫހުންވެސް ފެންނަ ހަބަރުތައް. ދިރާސާ ކުރިޔަސް ސާވޭއެއްކޮށްފަ ނަންބަރުތަކެއް ހަޖާފަ ނިންމާލާނީ.
ނަޖްވާ
23 May 2022
ދެން ނޭނގެ ބުނާތީ އަޑު އިވޭ އެނާޖީ ޑްރިންކް ބޮއެގެން ފުޓުބޯޅަ ކުޅެން ނޫނީ ހަރާކާތްތެރި ކަސްރަތުތައް ކުރީމަ ގޮތްގޮތް ވެޔޭ! ދޭން ނޭނގެ އިނގޭ ބުނާކަށް!
އެމްސް
23 May 2022
ކޮން ފަރުވާއެއް ތޯ ރާއްޖޭގަ ދެވެނީ؟ މަޖިލިސް މެމްބަރުންވެސް (ސިންގަޕޫރާއި ބެންކޮކް ކަވަރުވާގޮތަށް) އާސަންދައިގެ އިތުރުން، ޑަބަލްކޮށް އިންޝުއަރެންސް ނަގައިގެން، މުޅި ޢާއިލާއަށް ބޭސްފަރުވާ ކުރަން، ރަޢިއްޔަތުންގެ ޓެކްސް ފައިސާ ބޭނުންކުރާނީ ރާއްޖެއިން ކަމެއް ނުކުރެވޭތީ ނޫން ތޯ!
ށަވިޔަނި
23 May 2022
މީހެއްގެ މަރަކީ އެނގޭ އެއްޗެއްނޫން. މަރްޙޫމުގެ ފާފަފުއްސަވައި ރަޙްމަތް ލައްވަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް ލައްވާށި އާމީން.
ބަބޫ
23 May 2022
ސަމާލު ކަމަށްޓަކައި ދަންނަވާލަން. ބޫސްޓަރ ޑޯޒް ޖެހި ފަހުން ހިތުގެ ހިނގުން އަވަސްވެ ލޭގެ ޕްރެޝަރު މައްޗަށް ދިއުން ވަނީ އާއްމުކަމަކަށްވެފަ. ކުރިން އެކަހަލަ އަލާމާތެއްވެސް ނުފެންނަ މީހުން އަދި އެކްޓިވްކޮށް އުޅޭމީހުން ކުޅިވަރު ކުޅޭ މީހުން އެކްޓިވްކޮށް އުޅެނިކޮށް މަރުވާ ރޭޓު މިވަނީ ގިނަވެފަ. މި ހަގީގަތް ފޮރުވަން ބަޔަކު މަސްއްކަތް އެބަކުރޭ. އަދި މިހާރު މާބޮޑަށް ބޫސްޓާރޑޯޒް ގެ ވާހަކަ ނުދައްކަނީވެސް މިހެންވެ. ސަރުކާރު މުވައްޒަފުންނަށް މަޖުބޫރު ކުރީ
ހަސަންކާރި
23 May 2022
ތީ ފުރަގަސް ފަރާތުން ނެރުނު ސްޓެޓިސްޓިކެއްތޯ؟ މީ ކީ އާކަމެއް ނޫން. ކޮވިޑްގެ ފަހުން ވަކި ހިތުގެ މައްސަލަތަކުގައި މަރުވާ މީހުން ގިނަވެފައެއް ނެތް.
އަހުމަދު ޖަމާލު
23 May 2022
ބޫސްޓާ ކީއްކުރަން، ކޮވިޑްގެ އެއްވެސް ވެކްސިން އެއް ނުޖަހަން. އެކަށީގެންވާ ހިއުމަން ޓްރަޔަލް ތަކެއް ނެތި، ވެކްސިންގެ ލޯންގް ޓާމް އިފެކްޓްގެ މައްޗަށް ތަހުލީލުތަކެއް ކުރުމެއް ނެތި ލެބޯޓަރީ މައިސްތަކެއްހެން މުޅި ދުނިޔޭގެ އެތައް ބަޔެއްގެ ގަޔަށް ވެކްސިން ޖެހީ. މަށާ މަގޭ އަނބިދަރިންވެސް ނީންނާނެ އެއްމެ ޑޯޒެއްވެސް ޖަހާފަ. ހަމަ ބަޔަކު މީހުން ބުނާއިރަށް ކަންބަޅިތަކެއް ހެން ބުނާ ކަމެއް ކުރާކަށް ނުޖެހޭނެ. އިންސާނާއަށް ﷲ ބުއްދި ދެއްވީވެސް ކޮންމެވެސް ބޭނުމަކު.
އާނއެކޭ
23 May 2022
ތީ ހަމަ ތެދެއް. މެޑިކަލް މާރފިއާ ތައް ދިނީމަ ކައިގެން އުޅޭ މީހުން ފޫހިރުވައިގަންނާނެ ނިކަން މިކަހަލަ އެއްޗެއް ބުނާ އިރަށް
ޖުލައި2021
23 May 2022
ކޮވިޑް ވެކުސިނާއި ކުއްލި މަރުތަކާ ގުޅުމެއްވޭތޯ މިހާރު ދިރާސާކުރަންޖެހޭ. ތިވެކްސިނެއްޖެހިފަހުން މިކަހަލަ ހާދިސާ އިތުވެއޖެހެމަ އެބަ ހީވޭ. މިކަން ކޮންމެސްބަޔަކު ބަލަންއެބަޖެހޭ
ށަވިޔަނި
23 May 2022
މަށަކީ އުމުރުން ދުވަސްވީމީހެއް. ކޮވިޑް ވެކްސިން ގެ 3 ޑޯޒް ފުރިހަމަކުރިފަހުން، ސިއްހީގޮތުން ކުރިއަށްވުރެ ރަނގަޅުކަން ހަމަގައިމުންވެސް މަށަށް އިހްސާސްވޭ.
ޒަވިޔަނި
23 May 2022
ކަސްރަތު ކުރުމުން މިކަހަލަ ކަންކަން ދިމާވާ ވާހަކަ އޮތް، މެލޭޝިޔާގަ އުޅޭ ރާއްޖޭގެ އައިޓީ މީހެއް ނިޔާވި ޚަބަރުގައި ޑޮކުންނާ ހަވާލާދީ ބުނެފަ. އެހެންވީމާ ސްޓަޑީއެއް ހަމަ ހަދަންޖެހޭ އެބަ މި މަރާ ގުޅޭގޮތުން
އަހުމްދު
22 May 2022
ފުޓްބޯޅަ ވެސް އެހާ މޮޅަށް ކުޅޭނެ. އެހާމެ މޮޅައް ޓެސްޓް ވެސް ހަދާނެ. ލެބޯރެޓަރީ ދާއިރާއައް ގެއްލުނު ރަންގަޑެއް. ސިއްޙީ ދާއިރާއައް ގެއްލުނު ޖަވާހިރެއް.
ޢަހްމަދު އިޒް ބެކް..
22 May 2022
ކޮވިޑް ވެކްސިނަށްފަހު ފެންނަމުންދާ ކަންތައްތަކާ މެދު ހޭލުންތެރިވާންޖެހޭ. އުމުރުން 50 އިން ދަށުގެ ޚާއްސަކޮށް ޒުވާނުންދަނީ ކުދި ކުދި ބަލިތަކުގަވެސް ދުނިޔެއާއި ވަކިވަމުން