27 މެއި 2022 - 16:18
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ސަރުކާރު ކުންފުނިތަކުން އަޅާފައިވާ ފްލެޓުތަކަށް ކަރަންޓް ދެވޭނީ އަންނަ ސެޕްޓެމްބަރު މަހު ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.
އެޗްޑީސީން މިހެން ބުނީ ސްޓެލްކޯ އިން އިމާރާތް ކޮށްފައިވާ ފްލެޓްތަކަށް ކަރަންޓުގެ ހިދުމަތްތައް އެޗްޑީސީގެ ފަރާތުން ގުޅައި ނުދެވުނަސް ވަގުތީ ހައްލެއް ހޯދައިގެން އަންނަ ޖުލައި މަހު މީހުން ވައްދާނެ ކަމުގެ ޔަގީންކަން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ދެއްވާފައި ވަނިކޮށެވެ.
އެކަމާ ގުޅޭ ގޮތުން އެޗްޑީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކަރަންޓު ނެޓްވޯކް ގާއިމް ކުރަނީ ބްރައުންސް ސީއެމްއީސީ ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކޮށްގެން، ސްޓެލްކޯގެ އެއްބާރުލުމާ އެކުގައި ކަމަށެވެ.
މިހާރު މީހުން ދިރިއުޅެމުން އަންނަ ހިޔާ ފްލެޓުތަކަށް ކަރަންޓު ދިނީ ވެސް ބްރައުންސް ސީއެމްއީސީއާ ހަވާލު ކޮށްގެން ގާއިމް ކުރި ނެޓްވޯކަކުން ކަމަށާއި ސްޓެލްކޯ އާއި ސަރުކާރުގެ އެހެން ކުންފުނިތަކުން އަޅާފައިވާ ފްލެޓުތަކާ މެދު ވެސް އަމަލު ކުރާނީ އެ އުސޫލުން ކަމަށް އެޗްޑީސީން ބުންޏެވެ.
"...ދަތިތަކާ ހެދި އަމަލީ މަސައްކަތްތައް ލަސްވެފައިވީ ނަމަވެސް ސަރުކާރުގެ ކުންފުނިތަކުން އަޅަމުންދާ ފްލެޓުތަކަށް ސެޕްޓެމްބަރު މަހު ކަރަންޓުގެ ހިދުމަތް ދެވޭނެކަން މި ފުރުސަތުގައި ފާހަގަ ކުރަން،" އެޗްޑީސީން ބުންޏެވެ.
އެ ކޮންޓްރެކްޓުގެ ދަށުން ސްޓެލްކޯގެ މަސްއޫލިއްޔަތަކީ ޑިޒައިންތައް ބަލައި ފާސް ކުރުމާއި ޓެކްނިކަލް ކޮންސަލްޓަންސީ ދިނުން ކަމަށާއި މި ވަގުތު ކުރަމުން އަންނަނީ ޑިޒައިންތައް ފާސްކުރުމާއި ސަބްސްޓޭޝަން ފައުންޑޭޝަންގެ އަމަލީ މަސައްކަތް ކަމަށް އެޗްޑީސީން ބުންޏެވެ.
ދެވަނަ ފިޔަވަހީގައި މީހުން ދިރިއުޅެން ފެށުމާ އެކު ވަގުތީ ކަރަންޓު ފޯރުކޮށްދެވޭނެ ގޮތްތައް ހޯދުމަށް ސްޓެލްކޯ އާ އެކު މަޝްވަރާ ކޮށްފައިވާ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ. ދެވަނަ ފިޔަވަހީގައި ހުރި އަމިއްލަ ފަރާތްތަކުގެ ބައެއް އިމާރާތްތަކަށް ސްޓެލްކޯ އާއި އެ ފަރާތާ ވެވޭ އެއްބަސްވުމެއްގެ ދަށުން ކަރަންޓު ފޯރުކޮށްދީފައިވާ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަލިބޭ
29 May 2022
ޗެއާ އާއި އެމްޑީ އަދި ބޯޑު ބަދަލުކޮށްގެން ވިޔަސް ތިކަން އަވަސްކުރަންޖެހޭ، ސަރުކާރަށް ހުތުރު އަރުވަން ނުންތޯ ތިއުޅުއްވަނީ
ފުށިފަރު
28 May 2022
ވަކިބާވަތެއްގެ ޔުނީފޯމްއެއް އަޅާތީ ފުލެޓްދިނުން އިންސާފުވެރިކަމެއްގެ ގޮތުގަދެކުމަކީ ޒިންމާދާރު މަގާމުތަކުގަ ތިބިމީހުންގެ ނާގާބިލުކަން ހާމަވާކަމެއް. މުޅިގައުމު މިއޮތީބޯހިޔާވަހިކަމައް ބޭނުންވެފަ.
ކުދުބެއްޔާ
27 May 2022
ބްރައުންސް ސީއެމްއީސީއާ ހަވާލު ކޮށްގެން ގާއިމް ކުރާ ނެޓްވޯކް ލަސްވަނީ އެޗްޑީސީން ޑިޒައިން ބަދަލުކޮށް އަގުހެޔޮކޮށް އެމަސައްކަތް ކުރަންވެގެން މުޅި ޕްރޮޖެކްޓްގެ ޑިޒައިން ބަދަކުރަށް ހުށައެޅުމުން ނޫންބާ!!!!!
އަސްލު
27 May 2022
މާލޭގެ ރައްޔިތުން ވަންނާނެ ތަނެއް ނެތި ބިކަވެ ތިއްބާ, އަސްލު މާލޭ މީހުންނަށް ގެދޮރުގެ ދަތިކަން ފިލުވާ ދިނުމަށްޓަކައި ފުރަތަމަ ހުޅުމާލެ ހިއްކާދެއްވީ ރައީސް މައުމޫން. އެހެންނަމަވެސް ހުރިހާ ފައިދާއެއް ރަށްރަށުގެ ގިނަ މީހުންނަށް. ކުންފުނިތަކުން ބިންތަކުގައި ފްލެޓް އަޅާފައިވެސް ގިނަ ރަށްރަށުގެ މީހުންނަށް ފްލެޓްތައްދީ ބިންތައް ހުސްކުރަނީ. މާލޭ ވީމަ, ވޯޓު ދޭން ތިބެންވީ.
އިކޮނޮމިކް ރެފިއުޖީ
28 May 2022
ގެދޮރުނެތީ މާލޭ މީހުން އެކަންޏެއްނޫން 25 އަހަރުވާއިރުވެސް ގޯތިނުދޭ ރަށްރަށް އެބަހުރި. ބިން ހުރި ތައްތަކުންވެސް ގޯތިނުދީ ބިން ހިއްކާފަވެސް އެތަށްދުވަހެއް ވަންދެެން ގޯތިނުދީ. ދިނަދޫ، ގުރައިދޫ، އުކުޅަސް، އައްޑޫ، ފުވައްމުލައް، ކެލާ މިހެންގޮސް ލިސްޓުވަށްދިގު. މާލޭގެ ރިއަލްއެސްޓޭޓް ވިޔަފާރިއަށް ގެއްލުންވާނެކަމަށް ބެލެވެނީ.
ޢެރތޔު
27 May 2022
ތިފްލެޓްތަކަކީ ބޮޑު ޖާރިމާއެއް! ޥާކި ކުންފުނިތަކަށް ފްލެޓްދީގެންނުވާނެ!! ޢިންސާފެއްނޫން!!
އ
27 May 2022
ހާދަ ފަހަތުގެއޭ އެޗަޑީސީ... ފޭސް އެކެއްވެސް އެއޮންނަނީ ޖަންގައްޔެއްހެން. ކިތަކެއް އަހަރުވެއްޖެތަ?.. އަދި ކިތައް އަހަރު?
އައްޗީޑިސީ
27 May 2022
އެޗްޑީސީ އަށް ކުރެވެނީ ކޮންކަމެއްތަ. އަމިއްލަ މުވައްޒަފުންނަށް ފްލެޓުބެހުން ނޫންލަމެއް ނުވެއެއްނު. ހިޔާގަވެސް ހަމަ އެންމެ.ކަމެއް ކުރެވިފަ ނެތް. ލިފްޓްތައް މައްސަލަ ޖެހިފަ. ށީސީޓީވީއެއް ލެވުނީކީ ނޫން. ތަނުގަ ހުރި ޑިފެކްޓްސް ތައް ރަނގަޅުކުރވެުނީކީނޫން. ކުލި ކުޑަކޮއްދޭމް އެދި ލީ ސިޓީތަކުގް ޖަވާބެއް ދެވުނީކީނޫން. މީހުން ކުރާ ޝަކުވާތަކަށް ނުވާނެވާހަކަބުނެ ޖަވާބުދޭންވެސް 3މަސް 4 މަސް ވޭ. އެކަމު ހަމަ ކުލި ކުލި ކިޔަމުން ކިޔަަމުން ދުވުން ކަމަކީ.
ހަމްދުން
27 May 2022
އަޑު އެހީމު ތިތަނަށް ގެނެސްފަ ހުރި ކޭބަލް ތައް ބުރިކޮށް ކިރާ އޭގެ ފައިދާ ހޯދި ވާހަކަ
ރަދީފްއޮފިޝަލް
27 May 2022
އެޗްޑީސީ ޖެހޭނީ މަހަށް ދާން.މަތިން ނަރު އަޅައިގެން ވެސް ހިދްމަތް ދޭނަން.
ކޮރަލް
27 May 2022
އެޗްޑީސީ ދަނީ ފަހަތަށެވެ. އެއީ ވެރީންގެ މަސަހަތު ކުރިއަށް ނެރޭތީ އެވެ. އިސް ބައެއް މަގާމް ތައް ބަދަލު ކުރަން ޖެހެ އެވެ. އޭރުން ރައްޔިތުންނަށް ފައިދާ ވާނެ އެވެ.