ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް މަޖިލީހުގެ ކޮމިޓީއެއްގައި: އޭނާ މަގާމުން ވަކިކުރުމުގެ މައްސަލައިގައި އެމްޑީޕީގެ ބައެއް މެމްބަރުން ތިއްބެވީ ދޫދެއްވާ ގޮތަކަށް ނޫން. -- ފޮޓޯ | މިހާރު
13 ޖޫން 2022 - 12:02
ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް މަގާމުން ވަކިކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ބައެއް މެމްބަރުން ދޫ ނުދެއްވައި، މައްސަލަ އެޖެންޑާކުރަން ޕާލަމެންޓްރީ ގްރޫޕަށް ހުށަހަޅުއްވައިފި އެވެ.
އެންމެ ފަހުން، ބޭއްވި ޕާލަމެންޓްރީ ގްރޫޕްގެ ބައްދަލުވުމުގައި އެހެނިހެން މައްސަލަތަކުގެ ތެރޭގައި އެކަން ހިމެނުއްވުމުން، ޕީޖީ ލީޑަރު، ހިތަދޫ މެދު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް އެޖެންޑާ ނުކުރެއްވީ އެވެ. ސީދާ އެ މައްސަލަ އެޖެންޑާކުރުމުން މެމްބަރުންގެ މެދުގައި ވާހަކަދެކެވި ގޮތެއް ނިންމަވާނެ ކަމަށް އަސްލަމް އެ ދުވަހު ވިދާޅުވެފައި ވަނިކޮށް އެ މައްސަލަ އަލުން ވަނީ ހުށަހަޅައިފަ އެވެ.
މަޖިލީހުގައި 65 މެމްބަރުންނާ އެކު ސާފު އަޣުލަބިއްޔަތު ކޮންޓްރޯލްކުރާ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ބައްދަލުވުމެއް ރޭ ބާއްވަން ނިންމި އެވެ. އެކަމަކު، އެ ބައްދަލުވުން ކުރިއަކަށް ނުގެންދެވުމުން ޕީޖީއާ ގުޅޭ މައްސަލަ ވެސް ކުރިއަށް ނުދިޔައީ އެވެ.
މަޖިލީހުގެ 74 މެމްބަރުންގެ އިއްތިފާގުން ޕީޖީ ކަމަށް ރުހުން ދެއްވި، ޝަމީމްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދަން ބޭނުންވާ ސަބަބާ ގުޅޭ ގޮތުން އެކަމުގައި އުޅުއްވާ ބައެއް މެމްބަރުން ވިދާޅުވަނީ ޕީޖީގެ ޒިންމާ ފުރިހަމައަށް އަދާނުކުރެއްވޭ ކަމަށެވެ. ސީރިއަސް އަދި ބޮޑެތި ބައެއް މައްސަލަތަކުގައި ދައުވާ ނުކުރުމާއި ނުބައިކޮށް މުއްދަތު ގުނުން ފަދަ ކަންކަން އޭގެތެރޭގައި ހިމެނޭ ކަަމަށް ވިދާޅުވި އެވެ.
"ޕީޖީ ހުރެމެ ކޭސްތައް މުއްދަތު ފަހަނައަޅައި އެބަދޭ. އެއްގޮތަކީ ޕީޖީއަށް ނޭނގި އެގޮތަށް އެކަން ހިނގަނީ. އަނެއް ގޮތަކަށް ގަސްތުގައި އެކަން އެގޮތަށް ހިނގަނީ. މި ދެ ގޮތުގައި ވެސް އިހުމާލު އެބައޮތް، ދައުލަތަށް ގެއްލުން ވަނީ،" އެއް މެމްބަރަކު ވިދާޅުވި އެވެ.
ޕީޖީގެ މައްސަލަ ހުށަހަޅަން ޖެހޭ ކަމަށް ގަބޫލުކުރައްވައި މެމްބަރުން ދައްކަވާ ވަކިވަކި މައްސަލަތަކެއް ވެސް އެބަހުއްޓެވެ. އޭގެ ތެރޭގައި ޑްރަގުގެ ބޮޑުން ދޫވާ މައްސަލަތަކާއި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ހިމެނެ އެވެ.
މެމްބަރުންތަކެއް ނަންގަވައިގެން އުޅޭ މި މައްސަލަތަކުގައި ޕީޖީ މިހާތަނަށް އެއްވެސް އެއްޗެއް ވިދާޅެއް ނުވެ އެވެ. އެކަމަކު ޕީޖީ ޝަމީމް ކުރިން ވިދާޅުވެފައި ވަނީ، ކޯޓަށް މައްސަލަތައް ހުށަހެޅުމުގައި ޕީޖީ އޮފީހުން އަމަލުކުރަމުން އައި އުސޫލަށް ބަދަލު ގެނެސް މުއްދަތުތައް ވެސް މިހާރު އަވަސްކޮށްފައިވާނެ ކަމަށެވެ.
ޕީޖީ ވިދާޅުވެފައިވާ ގޮތުގައި އެ އޮފީހަކީ ތަހުގީގީ އިދާރާތަކުން ފޮނުވާހާ މައްސަލަތަކެއް ކޯޓުތަކަށް ވައްދާ "ޕޯސްޓް އޮފީހެއް" ނޫނެވެ. ކަމެއް ހިނގާފައި އޮތުމާއި ސާބިތުކޮށް ދެވޭ ކަންތައްތަކަކީ އެއީ މުޅިން ދެ ކަމެއް ކަމަށާއި އެ އޮފީހަށް މައްސަލައެއް ހުށަހެޅުމުން ބަލަނީ ސާބިތުކޮށްދެވެނީ ކޮން ކަމެއްތޯ ކަމަށާއި ކޯޓަށް ވައްދަނީ ހެއްކާއި އެކުގައި ކަމަށް ވިދާޅުވެފައިވެ އެވެ.
ޕީޖީ އޮފީހުގެ ރަސްމިއްޔާތެއްގައި ޕީޖީ ޝަމީމް، ވާހަކަ ދައްކަވަނީ. -- ފޮޓޯ | މިހާރު
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެމްބަރުން ޕީޖީ ބޭރުކުރުމުގެ މަސައްކަތް ކުރެއްވި ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިދިޔަ ހަފުތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޕީޖީގެ އިތުބާރު ނެތް ކަމުގެ ވޯޓާ ގުޅޭ ގޮތުން ނޫސްވެރިއަކު ސުވާލުކުރުމުން ވިދާޅުވީ އެފަދަ ކަމެއް އުޅޭ ކަމެއް އެނގިވަޑައިގެންފައި ނުވާ ކަމަށެވެ.
"ޕީޖީ ޝަމީމުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް، ޕާލަމެންޓަރީ ގްރޫޕްގެ ތެރޭގައި ކުރިއަށް ގެންދާ ކަމެއް އަދި އަޅުގަނޑަކަށް އެނގިފައެއް ނެތް. އަޅުގަނޑު ހިތުން އަޅުގަނޑާ ހިސާބަށް އެކަހަލަ ކަމެއް އުޅެންޏާ އަންނާނެ. އެ މަޝްވަރާ ކުރާނެ،" އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.
އެކަމަކު ރައީސް ވެސް އެ ދުވަހު ވަނީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ހިމެނޭ ބޮޑެތި ޑީލަރުން ދޫވާ މައްސަލައިގައި ކަންބޮޑުވުންފާޅުކުރައްވައިފަ އެވެ. ބައެއް މައްސަލަތަކުގައި ފެންނަނީ، ރައީސް ވިދާޅުވި ގޮތުގައި، ތަހުގީގު މަރުހަލާއިން ފެށިގެން ގޮސް ޕްރޮސެކިއުޝަނާއި ކޯޓާ ހިސާބުގައި ވެސް މައްސަލަ ހުރި ކަން ކަމަށާއި އެކަމަށް ހައްލު ގެނެވޭނީ އެންމެން އެކީގައި މަސައްކަތްކޮށްގެން ކަމަށް ވިދާޅުވެފައިވެ އެވެ.
"ތަހުގީގު މަރުޙަލާގައި ވެސް އެބަހުރި. އަޅުގަނޑު މި ދެންނެވި ޕްރޮސެކިއުޝަންގައި ވެސް މައްސަލަތައް އެބަހުރި. އެހެން ނަމަވެސް ގިނަ މަސައްކަތްތަކެއް ބުރަ މަސައްކަތްތަކެއް މިހާތަނަށް ވެސް ކުރެވިއްޖެ. އަޅުގަނޑު ހިތުން އޭގެ ނަތީޖާ ވެސް ފެންނަމުން ދަނީ. އެކަމަކު ތިޔަ ވިދާޅުވާހެން، ހުށަހެޅޭ ބައެއް މައްސަލަތަކުގައި، އެދެވޭ ނަތީޖާއެއް ނުނުކުމޭ،" ރައީސް ވިދާޅުވި އެވެ.
"މިސާލަކަށް، މި ދޭތެރެއިން 42 ކިލޯ ޑްރަގުގެ މައްސަލައެއް ފެންމަތިވެ، އެންމެ ބޮޑަށް ނޫސްތަކަށް އަރައިގެންދިޔައީ. ޕްރޮސެކިއުޝަން، ޕީ.ޖީ. އޮފީހުން އޭގެ ބްލޭމް މި ނަގަނީ ތަހުގީގު މަރުޙަލާގައި އެކަން ހިނގާފައި އޮތްގޮތާ ބެހޭގޮތުން. އަޅުގަނޑު ބެލިން، ޕޮލިހުގައި އޭގެ ވިއު ވެސް. ޕޮލިހުން ދެކޭ ގޮތުގައި، ތަހުގީގު ކޮށްފައި އޮތީ ރަނގަޅަށް. އެ ކޯޓާ ހިސާބަށް ގެންދިޔުމުގެ ކުރިއަކުން ނެތް މައްސަލައެއް."
ރައީސް ވިދާޅުވެފައިވާ ގޮތުގައި އެ ދިމާވާ މައްސަލަތައް ދެ މުއައްސަސާ ގުޅިގެން ހައްލުކުރަން ޖެހެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެމްސް
14 June 2022
ބޮޑެތި ކުށަށް އަރައިގަންނަމީހުން ދޫވުމުގަ، ފަނޑިޔާރުންގެ ތެރެއިން ބަޔަކު މެޗް ފިކްސް ކުރަނީކީ ނޫންބާ؟
އަސްލު...
13 June 2022
ފުދޭވަރަކަށް ރައްޔަތުންނަށް ޖެއްސުން ކޮށްފި މިބޭފުޅާ، މިގުރޫޕުން ވަރަށް ގިނައިން ރާވައިގެން ގުޅިގެން ރައްޔަތުންނަށް ޖެެއްސުންކޮށްފި ޜ ނަޝީދު އިސްވެ ހުންނަވައިގެން، އެމްޑީޕީ އަށް އަބަދުވެސް ގެއްލުންވޭ ނަޝީދު އަޅިއްވާފިއަވަޅުތަކުން.....
އަބްދުލްކަރީމް
13 June 2022
ޕީޖީ ޝަމީމަކީ ޤައުމަށް ބަލަދުއަރާފައިވާ މީހެއް، މީނާ ޕީޖީކަމަށް އައިފަހުން ޤައުމަށް ލިބުނު އެއްވެސް ހަމަޖެހުމެއްނެތް، ޑްރަގުގެ ބޮޑެތި މައްސަލަތަކުގައި ދަޢުވާ ނުކުރުމާއި، ދަޢުވާތައް ފެއިލްވުމާއި، ކޮރަޕްޝަންގެ މައްސަލަތަކުގައިވެސް ޒާތީވުންނޫން ކަމެއް މީނާގެ ފަރާތުން ނުފެނޭ. އޭގެ އެއް މިސާލަކީ މަހުލޫފާމެދު ކަން ކުރި އިހާނެތިގޮތް. މީނާ ރަނގަޅީ ފޮނި އަނގަ ތަޅަން އެކަނި. ޢަމަލީގޮތުން ކަމެއްކުރާކަށް ކަމުދާ މީހެއްނޫން.
މުހާވިރާ
13 June 2022
ޕީޖީގެ އިތުބާރުނެތްކަމަށް މަޖިލީހަށް ހުށަހެޅުމަކީ މަޖިލީހުގެ މިނިވަން މުއްސަސާތަކާ ގުޅޭ ކޮމީޓީގެ ޒިންމާއެއް. ސިޔާސީ ޕާޓީއަކުން މި މައްސަލައިގައި ހިފަން ފެށީމާ އަޅުގަނޑުމެންނަށް ފެންނަނީ މައްސަލަ ސިޔާސީވެ ޕާޓީގެ އެޖެންޑާ ކުރިއަށް ނުގެންދާތީ ޕީޖީއާއި ޖައްސާލީކަމަށް. ކޮންމެހެން ޕީޖީ އަމަލުކުރާ ގޮތް ރަގަޅުވާހަކައެއްނޫން. ނަމަވެސް އެއްވެސް މިނިވަން މަގާމެއްގައި ހުރި މީހެއްގެ އިތުބާރުނެތްކަމަށް ޕާޓީއަކަށް ފެނިގެން މަޖިލީހަށް ހުށަހެޅުން ކަމަކުނުދޭ
1206
13 June 2022
މިހާރު މިއީ ކޮންމެ އަހަރަކު ކުރަންޖެހޭ ކަމަކަށް ވެއްޖެ ދޯ؟
ޑޮކްޓާރ. ބަނާނާ
13 June 2022
ކުރިޔަށް ދައުރު ގައި ރައީސް އިބުރާހިމް މުހައްމަދު ސާލިހު ވެރިކަމަށް ވަޑައިގަންނަވަން ބޭނުންފުޅު ނަމަ ޝަމީމް ޕީޖީ މަގާމުން ވަކިކޮށް ރައްޔިތުން އިތުބާރު ކުރެވޭ ބޭފުޅަކު މިމަގާމަށް ގެންނައުމަކީ މުހިއްމުކަމެއް.. ޝަމީމަކީ މިފަދަ މަގާމަކަށް ކަމުދާ މީހެއްނޫން!
ބޮޑުއަކިރި
13 June 2022
މިބާތުގެ ކޮރަޕްޓް މީހުން ބޭރުކުރަންޖެހޭ
ގުލާމު
13 June 2022
މިއަދު ހެނދުނު ދުށިން މެޑަމް ފަހަތްޕުޅުން ދުވެވަޑައިގަންނަވަނިކޮށް.
ކުޗީ
13 June 2022
އޭނާގެ މަގްސަދު އޭނަ ހާސިލު ކޮއްފި ... އަދީބް ގޭގައި ހުރީ ގިޓާ ކުޅެން އަދި ޕާޓީ ވެސް އެބަ ހިންގާ ދެން ޒިޔަތު އެހުރީ ގޭގަ ވަރަށް އަވަހަށް މިނިވަން ވާނެ ، މޮހޯ ގްރޫޕް އިޒް އެނޖޯއިން އިން ޔޫރަޕް. ދެން ހުރިހާ ދިވެހިން އަތްޖަހާ. އިބޫ ސޯލިހުވެސް ނިކަން ބާރަށް އަތް ޖައްސަވާ.
ރިޒްކިން
13 June 2022
އޭ، އެއްކަލަ ރިޒާ ކިޔާމީހަކު ބިދޭސީންތަކެއް ހާލުގަ ޖެއްސި މައްސަލަ އެއް އުޅުނެއްނު، އެކަން ފަހުން ކިހިނެއްތަ ވީ؟