ޔޫތު މިނިސްޓަރު އަހުމަަދު މަހުލޫފް ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަނީ: ފުލުހުންނަށް ދޭން ޖެހޭ މައުލޫމާތުތައް ދީފައިވާ ކަމަށް ވިދާޅުވި-- ފޮޓޯ: މަޖިލިސް
28 ޖޫން 2022 - 11:36
މި އަހަރުގެ ޔޯގާ ދުވަސް ފާހަގަ ކުރަން މިދިޔަ އަންގާރަ ދުވަހު ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތުގެ ސެކިއުރިޓީ ބަލަހައްޓަން ބޭނުންވާ ހުރިހާ މައުލޫމާތެއް ފުލުހުންނަށް ފޯރުކޮށްދީފައި ވާނެ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ތިއްބަވާ ހަ ސަފީރަކާއި އެހެން ބައެއް ޑިޕްލޮމެޓުން ބައިވެރިވެވަޑައިގެންނެވި އެ ހަރަކާތާ ދެކޮޅަށް ބޭއްވި އެއްވުން ހޫނުވެ ފުލުހުންގެ ސަފުތައް ފޫއަޅުވާލައިން ޖާގަ ލިބުނީ ފުލުހުންގެ ފެއިލިއާއަކާ ހެދި ކަމަށް އެ އިދާރާ އިން އިއްޔެ ވަނީ ރަސްމީކޮށް އެއްބަސްވެފަ އެވެ.
ނަމަވެސް އެ ހަރަކާތް އިންތިޒާމުކުރި ފަރާތުން ވެސް ބައިވެރިވަނީ ކޮން ފެންވަރެއްގެ ކޮން ބައެއްކަން އަންގާފައި ނުވާ ކަމަށް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވި އެވެ.
ޔޯގާގެ ދުވަހުގެ ހަރަކާތް ބޭއްވީ ޔޫތު މިނިސްޓްރީ އާއި ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަން ގުޅިގެންނެވެ.
އެ ހަރަކާތުގައި ސަފީރުން ތިއްބެވިކަން ޔޫތު މިނިސްޓްރީން ފުލުހުންނަށް ކުރިން ނޭންގީ ކީއްވެގެންތޯ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނައިފަރު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ޝިޔާމް ސުވާލު ކުރެއްވުމުން، މަަހުލޫފް ވިދާޅުވީ އެ މިނިސްޓްރީން އެއްވެސް ހަރަކާތެއް ރާވާ ނަމަ ސެކިއުރިޓީ ބްރީފިން ދިނުމަށް ހާއްސަ ބައްދަލުވުމެއް އަބަދުވެސް ބާއްވާ ކަމަށެވެ.
އެ އުސޫލުން މި ފަހަރުގެ ޔޯގާ ހަރަކާތާ ގުޅޭ ގޮތުން، އެ ބައްދަލުވުމުގައި ފުލުހުންނަށް ދޭން ޖެހޭ ހުރިހާ މައުލޫމާތެއް ދީފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"[ސެކިއުރިޓީ ބްރީފް ކުރުމަށް ބާއްވާ] މީޓިންގައި ދައްކަން ޖެހޭ ހުރިހާ ވާހަކައެއް ހުންނާނީ ދައްކާފައި،" މައްސަލަ ބޮޑުވި ޔޯގާ ހަރަކާތުގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގެންނެވި މަހުލޫފް ވިދާޅުވި އެވެ.
ފުލުހުން އަންނަނީ އެ ދުވަހު ފުލުހުންގެ ސެކިއުރިޓީ ބްރީޗްވި ގޮތުގެ އިންކުއަރީއެއް ހަދަމުންނެވެ. އޭގެ ރިޕޯޓެއް ތައްޔާރުކޮށް ވަރަށް އަވަހަށް ހުށަހަޅާނެ ކަމަށް އިއްޔެގެ ބްރީފިންގައި އޭސީޕީ ޝުޖާއު ވިދާޅުވި އެވެ.
ޔޯގާ ހަރަކާތް ކުރިއަށް ގެންދަނިކޮށް، ގަލޮޅު ދަނޑަށް ވަދެ، ހަމަނުޖެހުން ހިންގައި ބައެއް މީހުންނަށް ހަމަލަދިން މައްސަލައިގައި ފުލުހުން މިހާތަނަށް ވަނީ 21 މީހަކު ހައްޔަރުކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަނޭ
29 June 2022
މި ޤައުމަށް ފުލުހުންގެ މުއައްސަސާ އެއް ބޭނުމެއް ނުވޭ. ދައުލަތުން ކުރާ ބޭކާރު ބޮޑު އިސްރާފެއް ތީ. ތިތަން އަވަހަށް އުވާލާ.
ރެޓޭޖ
28 June 2022
މަށަށް ހީވަނީ ގްރޭޑް 7 ގަ މިހާރު އުޅޭ ކުއްޖެއްވެސް ޔޫތު މިނިސްޓްރީ އާއި އިސްލާމިން މިނިސްޓްރީ އަދި ހޯމް މިނިސްޓްރީ މާރަނގަޅަށްވެސް ހިންގާނެހެން!
މުދިމު
28 June 2022
ފުލުހުންގެ ތެރޭގަވެސް އުޅޭ އަނެއްއަތުމީހުންވަރަށްގިނައިން. އެމީހުން ބޭނުންވަނީ އެމީހުން ވަދެގަންނަން.
ސެންޑީ
29 June 2022
ބްލޫސް ތިބޭނީ ފޯނާ ކުޅެންށޭ . ބަޔަކު ވަދެގެން ދާއިރުވެސް ނޭނގޭނެ.
ބޮޑުމީހާ
28 June 2022
100 އިންސައްތަ އިސްލާމީ ގައުމަކުން ދިވެހި އެތައް ރައްޔިތުން ރުޅި އަންނަ ކަމެއް ދައުލަތުގެ ޚަރަދުގަ ދައުލަތުގެ ވަސީލަތްތަކާއި މުދާ ބޭނުންކޮށްގެން ދައުލަތަށް ޚިދުމަތްކޮށްދޭން ތިބި މީހުންގެ އަގުހުރި ވަގުތު މިފަދަ ކަމަކަށް ދުއްވައިލުމަކީ ރައްޔިތުންގެ ނަފްރަތު ނޫނީ ނުލިބޭނެ ކަމެެއް
ދޫނުބައި
28 June 2022
އޭރުވެސް އެނގޭ ދައުލަތުގެ މުއައްސަސާތަށް ގޯސްނަހަދާނެކަން ގޯސްވެގެން މިއުޅެނީ ދިވެހި ރައްޔިތުން
ގެދާނޯމޮސް
28 June 2022
އެހެންވެ 3 މީހުން ބޭއްތިއްބީ ވަނަދީ އެކަން ހުއްޓުވަން ވީމަ 'ޑެލްޓާފޯސް ' ދާގޮތަށް ވ ސަލާމް މަހޭ:
ހައިސަމްއާބެ
28 June 2022
ދެން އޮތީ އެކަކަު އަނެކަކަށް އިލްޒާމު އެޅުވުން ދައުލަތެއް މިހާ ނުކުޅެދިފަ އޮއްވަ ފެންނާނީ މިވަރަށް ހުރިހާ ތަންފީޒީ އިދާރާތައް ފޭލިވެފަ
ފޮނިފޮނިޓައްޕު ކުމާރު
28 June 2022
މަހުލޫފު އިސްތިއުފާ. ހަމީދު އިސްތިއުފާ. އިމްރާނު އިސްތިއުފާ.