ހުޅުމާލޭގައި ގެއްލިގެން ހޯދަމުން އަންނަ ޝިއުނާ ހުސެއިން ސިޔާނު -- ފޮޓޯ: މޯލްޑިވްސް ޕޮލިސް
29 ޖޫން 2022 - 14:09
ހުޅުމާލޭގައި 18 އަހަރުގެ އަންހެނަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.
ފުލުހުން ބުނީ ގެއްލިގެން ހޯދަމުން އަންނަނީ ޅ. ނައިފަރު، ލޮސްޓަސްމާގޭ، ޝިއުނާ ހުސެއިން ސިޔާނު ކަމަށެވެ. އެ އަންހެން މީހާގެ ފޮޓޯ ވެސް ފުލުހުން މިއަދު ވަނީ އާންމުކޮށްފަ އެވެ.
އޭނާ ވީނުވީއެއް ނޭނގި، އާއިލާ އަށް އެއްވެސް ޚަބަރެއް ނުވެގެން އާއިލާގެ ފަރާތުން އެ މައްސަލަ ފުލުހުންނަށް ރިޕޯޓްކުރީ މިދިޔަ ހުކުރު ދުވަހު ކަމަށް ބުންޏެވެ.
އެ މައްސަލަ ރިޕޯޓްކުރުމާ ގުޅިގެން އެ އަންހެން މީހާ ހޯދުމުގެ މަސައްކަތް ކުރަމުން އަޔަސް، މިހާތަނަށް ކުރި މަސައްކަތުން އޭނާގެ އެއްވެސް ޚަބަރެއް ނުވާ ކަމަށް ބުންޏެވެ.
އެހެންވެ، އެ އަންހެން މިހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ، ލަސްނުކޮށް، އެ މައުލޫމާތު ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ހުޅުމާލެ ޕޮލިސްގެ ނަންބަރު 9980062 އަށް ގުޅައި ރިޕޯޓްކުރަން ވަނީ އެދިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނޫނާ
29 June 2022
ހުކުރު ދުވަހު އާއިލާއިން ރިޕޯޓްކުރީ. މިއަދުމީ ބުދަދުވަސް. ތަންކޮޅެއް އަވަހަށް ފޮޓޯ އާންމު ކުރިނަމަ، މިހާރު ފެނިދާނެތޯއްޗެ.
އުތެއަންމާ
29 June 2022
އަންހެން މީހާޔޭ ކީމާ އެމަންޖެ ދެން ނުވެސް އައިސްދާނެއްނު. ނިކަން "ކުއްޖާ" އަށް ބަދަލުކޮށްލަބަލަ.
ށަވިޔަނި
29 June 2022
އެބުނިހެން އެވަރު ކުއްޖަކަށް އަންހެނެކޭ ނުކިޔާނެ. އަންހެ ކުއްޖެކޭ ކިޔާނީ. އަހެނެކޭ ކިޔާނީ އެންމެ އަވަސްވެގެން 30 އިން މަތިވީމަ.
ވަހީދު
29 June 2022
މަދައްކާނެ ވާހަކައެއްނެތް، މާވެޔޮ މަގުގެ ބަންގާޅު ބޭފުޅުން ހިންގާ ގެސްޓުހައުސްތަކުން ތިއުމުރުގެ ކުދިން ވަދެނުކުންނަނީ ހައިރާންވާހާ ގިނަކޮށް ބެލެނިވެރިއެއްނެތި.
އެމްސް
29 June 2022
ބަންގާޅުންނަކީ މިހާރު އިސް ރަށްވެހިން، ހުރިހާ ގޭންގެއް ކޮންޓްރޯލްކުރާމީހުން!