އިނގިރޭސި ފޮތެއް: އެކި ކަހަލަ އިނގިރޭސި ފޮތް ހޯދަމުން ދަނީ ދަރިވަރުންގެ އިނގިރޭސި ފެންވަރު ރަނގަޅުކުރުމަށް-- ފޮޓޯ: ނިޝާލް އަލީ/ މިހާރު
30 ޖޫން 2022 - 09:43
ދަރިވަރުން އިނގިރޭސި ބަހަށް ޝައުގުވެރިކަން އިތުރުކޮށް އެ ކުދިންގެ ފެންވަރު ރަނގަޅުކުރުމަށް އިނގިރޭސި ބަހުން ލިޔެފައިވާ އެކި ކަހަލަ ފޮތްތައް ހޯދުމަށް އެޑިއުކޭޝަން މިނިސްޓްރީން އިއުލާންކޮށްފި އެވެ.
މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ މޯލްޑިވްސް ލާނިން އެޑްވާންސްމަންޓް އެންޑް މެޝަމެންޓް ޕްރޮޖެކްޓަށް ޝައުގުވެރިވާ ފަރާތްތަކަށް އަންނަ އޮގަސްޓް މަހުގެ 22 ގެ ނިޔަލަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. ބިޑް ސެކިއުރިޓީގެ ގޮތުގައި 16،100ރ. (1044 ޑޮލަރު) ހުށަހަޅަން ޖެހެ އެވެ.
މިނިސްޓްރީން ބުނީ ބީލަން ހުޅުވުން އޮންނަނީ 22 އޮގަސްޓްވާ ހޯމަ ދުވަހުގެ 10:00 ގައި ވެލާނާގެ ނުވަ ވަނަ ފްލޯގައި ކަމަށެވެ. އެއްބަސްވުމުގައި ސޮއިކުރާ ތާރިހުން ފެށިގެން 45 ދުވަހާއި 60 ދުވަހުގެ ތެރޭގައި އެ ފޮތްތައް ފޯރުކޮށްދޭން ޖެހޭ ކަމަށް މިނިސްޓްރީން ބުންޏެެވެ.
އެ ފޮތްތައް ފޯރުކޮށްދޭނެ ފަރާތެއް ހޮވުމުގައި އަމަލުކުރާނީ ވޯލްޑް ބޭންކުގެ އުސޫލުގެ ޕްރޮކިއުމަންޓް ރެގިއުލޭޝަންސްއާ އެއްގޮތުގެ މަތިންކަމަށް އިއުލާނުގައިވެ އެވެ..
އިނގިރޭސި ބަހަށް ދަރިވަރުންގެ ފެންވަރު ރަނގަޅުކުރުމަށް ފޮތް ހޯދުމަށް މިނިސްޓްރީން އިއުލާނުކުރިއިރު އިއްޔެ ވަނީ ދިވެހި ބަހަށް ކުދިންގެ ޝައުގުވެރިކަން ހޯދުމަށް ދިވެހިން ލިޔެފައިވާ ފޮތްތައް ހޯދުމަށް ވެސް އިއުލާންކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޮޅުކަން
30 June 2022
ބަހަކީ މުއްސަދި އެއްޗެއް. އިގިރޭސިބަހުން އަގަތަޅުވަން އެގުނަކަސް އެއއީ އެއބަހަށް މޮޅުވީކީނޫން. އެބސް ބޭނުންކޮށް ކުރަންޖެހުނު ކޮންމެކަމެއްކޮށް ބަސް ފަށުވިކޮށް ލިޔެބޭނުންކުރެވޭނީ ހަމަބަސް ކިޔަވައިގެން
ކިންގް އިލްހާމް
30 June 2022
ދަރިން ތަރުބިއްޔަތު ކުރުމުގައި ދިވެހި ބަހާއި އިނގިރޭސި ބަހަށް ވެސް އެކުދިން ހޭލުންތެރިކުރުވަން ޖެހޭ
ހައްޕު
30 June 2022
ކުދިންނޫޅޭ އިނގިރޭސިބަސް ދަސްނުވެގެނެއް. ބަނޑުން ބޭރުވާއިރަށްވެސް އެނގިފަ ކުދިން ތިބެނީ. ދިވެހި ބަސް ކުދިންނަށް ނޭންގެނީ. އެއޒި މައިން ބަފައިންވެސް , އަދި ބައެއް ސުކޫލުތަކުން ކަން ކުރާގޮތުން. މިއީ ކޮރަޕުޝަނުގެ ކަމަކާ ވައްތަރީ.
ނަބަވީ
30 June 2022
ދިވެހި ބަހަކީ ފައިދާއެއްވާ އެއްޗެއްނޫން. ފޫހި އެއްޗެކެވެ.
ޝަފީޤާ
30 June 2022
މިހާރު މި އުޅެނީ ދިވެހި ބަހުން އޭސްޓާރ ސާނަވީއާ މަތީ ސާނަވީން ހޯދާއިރުވެސް މި ވަޑައިގަންނަވނީއޭ މިވިދާޅުވަނީއޭ ތިނަންގަތީއޭ އަމިއްލަފުޅަށް ސިޔާސީންނަށް ލައްވަވާފަ ތިބި ބޭފުޅުންނާ ސިވިލްގެ މީހުންނަށްވެސް އޮޅުން ނުފިލައި އުޅޭތީ އެކަމާ އުޅޭނެ ބަޔަކު ނެތިގެން
އިބްނު އަބީ އަންމީ
30 June 2022
ދިވެހިއާއި އިންގިރޭސި އުވާލައި އިސްކޫލުތަކުގައި އަރަބި މަޖުބޫރުކުރޭ!
އޮރެންޖް
30 June 2022
ދިވެހިވެސް، އިގިރޭސިވެސް، އަރަބިވެސް، ދެންވެސް އެކި އެކި ބަސް ކިޔަވާދޭންވީ. ގިނަ އިލްމުލިބުމަށް މަގުފަހިވެގެންދާނެ. ގިނަ ބަޔަކާ މުއާމަލާތްކުރުމަށް މަގުފަހިވެެގެންދާނެ.
ފެންވަރު ދަށީތަ ނޫނީ ފެންވަރެއް ނެތީތަ
30 June 2022
މިހާރު ކިޔަވައިދޭ ފޮތްބައިގާ ބަސްތައްމަދީ ކަމަށްވެދާނެ. ޢެބަސްތައް މަދުވީމާ ދިވެހިން ފޭލިވާކުދިން ހަމަ ގިނައީ ކަމަށްވެސް ވެދާނެ. ކޮންމެއަކަސް މިވަރަކުން މިދަނީ ނުފެންނަ ކަމެއް އަލުން ފެންނަވަރަށް ފެންވަރު ރަނގަޅުކުރަން ކަމަވުން ބޮޑަށް ވައްތަރީ. އޭގެތެރޭގައި އަހުލުވެރި ކުރުވަން ބޭނުންވާ ޒާތުގެ ރީތި މަންޒަރުތަކާ ފޮޓޯތައް ވެސް ހިމަނާލާފަ ހުންނާނީ.
އަލްހާނު
30 June 2022
ރައީސް އިބޫގެ ތަޤްރީރުތަކުން އަޅުގަނޑުގެ ދިވެހި ބަސް އިތުރު އުސްމިންތަކަކަށް އަރައިފިއެވެ.
އިއުލާން_ކުރަންވާނީ_ރަނގަޅު_ފޮތްތަކެއްގެ_ލިސްޓްހަދާފަނޫންތޯ؟
30 June 2022
ރަނގަޅު ފޮތްތަކެއް ލިސްޓްކޮށްލަން 3 ގޮތެއްބެލިދާނެ. ފުރަތަމަ ގޮތަކީ އެހެން ގަައުމުތަކުގައި ހުންނަ ރިކޮމެންޑެޑް ރީޑިން ލިސްޓްތައް ރިސަރޗްކޮށްލުން. ދެން އެކި އުމުރުފުރައިގެ ކުދިންކާރި އަހާލަންވީ އެކުދިން ޝައުގުވެރިވި އަދި ބަސްދަސްކުރުމަށް އެހީތެރިވި ފޮތްތަކެއް ހުރިތޯ (ޕިއަރ ލަރނިން އެންޑް އެޑިއުކޭޝަންގެ ހިޔާލެއް). ދެން މި ދެންނެވި ދެ ހިޔާލު އެއްކޮށްލާ ފޮތްކޮޅެއް ހޯދާފަ، ދެން ޓީޗަރުންގެ ޓީމަކުން ފޮތްކިޔާފަ އެންމެ ރަނގަޅުފޮތްތަކަކީ ކޮބާތޯ ނިންމާނީ.
ސުޖާ
30 June 2022
ތީ ބޭނުން ބަހެއް ނޫން. ޢަރަބި ބަސް ކިއަވާދޭންވީ.
ޖުލައި2021
30 June 2022
މިހާރު ކުދިން ބޮޑެތިވަނީ އިނގިރޭސި ބަހުގެ މައްޗަށް ދެން އިތުރަށް ކޮން ފެންވަރެއް ރަނގަޅުކުރާނީ. އެމީހުންގެ ފުރަތަމަ ބަހަކީ އިނގިރޭސީބަހަސް ވެފަ މި އޮންނަނީ. ނާސަރީކުއްޖެއްވެސް ނޫޅެ އިނގިރޭސިން ވާހަކަނުދައްކާ، ދިވެހިބަހުން ވާހަކަދައްކަން ނުވެސް އެނގޭ ގިނަކުދިންނަށް
ގަމީސް
30 June 2022
ކޮބާތައެކަމުގައި މައްސަލައަކީ؟
ސޯޓް
30 June 2022
ގަމީސް ފަހުމު ނުވާތީ މައްސަލައަކީ
ޖާނީ
30 June 2022
ދިވެހި އަދި އިސްލާމަކީ ވަރަށް ފޫހިވާ ދެ ސަބްޖެކްޓް. ދިރިއުޅުމަށް މުހިންމެއްނޫން. އޮޕްޝަނަލް ސަބްޖެކްޓެއްގެ ގޮތުގައި ބޭއްވުން ރަނގަޅުވާނެ.
މީހާހ
30 June 2022
ކޮންމެހެން މިތަނުގަ ކޮމެންޓް ނުކޮއް "ދި އެޑިސަންގަ" ހަބަރު ކިޔަާ ކޮމެންޓް ކުރާނަމަދޯ.މަށަށް ދެރައީ ދިވެހިން ލިޔެފަ އޮތް އެއްޗެއް ކީމަ
ކުޑަމީހާ
30 June 2022
ދިރިއުޅުމަށް މުހިންމު މާއްދާއެއް އެބައޮތްތޯ މިހާރު؟؟
ޖާނީ
30 June 2022
"ކުޑަމީހާ". ސައިންސް، ހިސާބު، ބިޒްނަސް އަދި އަރޓްސް މިއީ އިންސާނީ ދަރިފަސްކޮޅުގެ ދިރިއުޅަމަށާއި ތަރައްޤީއަށް މުހިންމު މާއްދާ.
ޖަނީ
30 June 2022
"މީހާހ" ތިބޭފުޅާ ހަމައެކަނި ދިވެއްސާއި އިސްލާމް ކިޔެވީމަކަންނޭގެ، ލޮޖިކް އަންޑަސްޓޭންޑްވުމުގައި ތަންކޮޅެއް ފަހަތުގައި ތިހުރީ.
އިލްމް.
30 June 2022
ޖާނީ އަށް ހީވަނީ ޖާނީގެ ވިސްނުން ވަރަށް ތަރައްގީހެން. ނަމަވެސް އަދި ވަރަށް އިމެޗުއަރ. ދުނިޔޭގެ ޔުނިވަރސިޓީތަކަށް ބަލާލަބަލަ. ވަރަށް ގިނަ ދާއިރާތަކުން ހާއްސަވެވޭ. ވަކި އެއްޗެއް ފުޅާކުރަން ނުވަތަ ކުރިއަރުވަން، އެހެން އެއްޗެއް ދައްކޮށްލަން ނުވަތަ ބާކީކޮށްލާކަށް ނުޖެހޭ. އަހަރެން ޕީއެޗްޑީ ކިޔަވަނީ ޓެކްނިކަލް ދާއިރާއަކުން. އެކަމަކު ދިވެހި ބަސް ކިޔަވާ ހިތްވާ ގްރޭޑް 1 ގެ ކުއްޖާއަށްވެސް އޮތީ އިހްތިރާމް. އިސްލާމް އުނގެންޖެހޭ މުސްލިމުންނަށްވާތީ.