ވިޔަފާރި / އެޑްވަޓޯރިއަލް

ލިސްޓެޑް ކުންފުނިތަކުގެ ހިއްސާ ގަނެގެން އިންވެސްޓަރުންނަށް ފައިދާ ވާނެ

ރާއްޖޭގެ ހިއްސާގެ ބާޒާރުގައި ގިނަ ފުރުސަތުތަކެއް އެބަ ހުރި

30 ޖޫން 2022 - 20:40

15 comments

ލިބޭ އާމްދަނީގެ ބައެއް ފަހަށް ރައްކާކުރުމަކީ ރަނގަޅު ކަމެއްކަން އެންމެން ވެސް ދަނެ އެވެ. އަދި ރައްކާކުރެވޭ ފައިސާ، އިތުރު އާމްދަނީއެއް ލިބޭނެހެން އިންވެސްޓުކުރުމަކީ ބުއްދިވެރިކަމެކެވެ.

މި ޒަމާނުގައި އިންވެސްޓް ކުރާ ތަފާތު އެތައް މަގެއް ވަނީ ފަހިވެފަ އެވެ. ބޭންކް ފިކްސްޑް ޑިޕޮސިޓް އެކައުންޓްތަކުގަ އެވެ. ފޮރެކްސް ޓްރޭޑިން މުއާމަލާތްތަކުގަ އެވެ. ނަން-ފަންޖިބަލް ޓޯކަންސް އަދި ބިޓްކޮއިން، ކްރިޕްޓޯ ކަރަންސީ ފަދަ ޑިޖިޓަލް މާލީ ޕްލެޓްފޯމުތަކުގަ އެވެ. އިންވެސްޓްމަންޓު ފަންޑުތަކުގަ އެވެ. ސަރުކާރާއި، ލިސްޓެޑް ކުންފުނިތަކުން ދޫކުރާ ދަރަނީގެ ވަސީލަތްތަކުގަ އެވެ. ޝަރީއާގެ ހަމަތަކާއި އެއްގޮތަށް ދޫކުރެވޭ ސުކޫކުގަ އެވެ. ކުންފުނިތަކުން ވިއްކާ ހިއްސާގަ އެވެ. އިންވެސްޓް ކުރުމަށް އެތައް ފުރުސަތުތަކެއް ވަނީ ހުޅުވިފަ އެވެ. އިންވެސްޓް ކުރުމުގެ ކުރިން އެ އިންވެސްޓްމަންޓެއްގައި އެކުލެވޭ ރިސްކުތައް ދެނެގަންނަން ޖެހެ އެވެ. ކުރެވޭ އިންވެސްޓްމަންޓަކުން ލިބޭ ނަފާ އާއި އިންވެސްޓްމަންޓުގެ ރިސްކާ ވަނީ ވަރަށް ބޮޑަށް ގުޅިފަ އެވެ. ރިސްކު ބޮޑު އިންވެސްޓްމަންޓަކުން ލަފާކުރާ ނަފާ ވެސް ބޮޑުވާނެ އެވެ. ނަމަވެސް އިންވެސްޓް ކުރުމުގައި ރިސްކު ނެގުން އެންމެ ރަނގަޅު ގޮތަކީ އެ މީހަކަށް އެކަށީގެންވާ، އަދި "ކަލްކިއުލޭޓެޑް" ރިސްކެއް ނެގުމެވެ.

ރާއްޖޭގެ ހިއްސާގެ ބާޒާރުގައި ލިސްޓްކޮށްގެން ހިއްސާ ވިއްކާފައިވާ ނުވަ ކުންފުނި އެބަ އޮތެވެ. މި ނުވަ ކުންފުނީގެ ހިއްސާއަކީ ސެކަންޑަރީ މާކެޓުގައި ގަނެވިއްކުމުގެ މުއާމަލާތްތައް (ޓްރޭޑް) ކުރަމުން އަންނަ ހިއްސާ އެވެ.

ލިސްޓެޑް ކުންފުނިތަކުން ވިއްކާފައިވާ ހިއްސާގެ އަދަދާއި މޫނުމަތީ އަގު

ލިސްޓުކޮށްފައިވާ ކުންފުންޏެއްގެ ހިއްސާއެއް ގަތުމުގެ ކުރިން ހިއްސާއަކުން އެ މީހަކަށް ލިބޭނެ ކަމަށް ލަފާކުރާ ފައިސާ ދެނެގަތުން ވަރަށް މުހިއްމެވެ. އެކަން ދެނެގަތުމަށްޓަކާއި ވޭތުވެދިޔަ އަހަރުތަކުގައި އެ ކުންފުނިތަކުން ހިއްސާގެ ފައިދާގެ ގޮތުގައި ބަހާފައިވާ އަދަދުތައް ދެނެގަތުން ވަރަށް މުހިއްމެވެ. އެކަން ދެނެގަނެވޭނީ ކުންފުނިތަކުގެ ޑިވިޑެންޑް ޔީލްޑަށް އަންނަ ބަދަލުތައް ދެނެގަނެގެންނެވެ. ޑިވިޑެންޑް ޔީލްޑަކީ، ބާޒާރުގައި ހިއްސާގެ އަގު އެ އިރެއްގެ ހުރި ވަރަށް ބަލައި ހިއްސާއަކަށް އެ އަހަރު ލިބުން ފައިދާ އިންސައްތަ އިން ގެނެސްދޭ ރޭޝިއޯ އެވެ. އެއީ ކުންފުނިތަކުގެ ޕާފޯމަންސާއި ގުޅުންހުރި، މާލީ ހިސާބުތައް އަޅާކިއުމުގައި ބޭނުންކުރާ މައިގަނޑު އެއް އަސާސެވެ. މި ރޭޝިއޯ އިން މިންކޮށްދެނީ ބާޒާރުގައި ހިއްސާގެ އަގު ހުރިވަރާއި އަޅާބަލާ އިރު ޑިވިޑެންޑުގެ ގޮތުގައި ކުންފުނިން ހިއްސާއަކަށް ބަހާފައިވާ ފައިސާގެ މިންވަރެވެ.

ލިސްޓެޑް ކުންފުނިތަކުގެ ޑިވިޑެންޑް ޔީލްޑް ހިސާބުތައް ހަދާލުމުމަށްފަހު ލިބޭ އަދަދުތައް އަޅާކިއާލެވިދާނެ އެވެ. އެއަހަރަކަށް ބޮޑު ޕަސެންޓޭޖެއް ޑިވިޑެންޑް ޔީލްޑުގެ ގޮތުގައި ލިބިފައިވާ ކުންފުނިތަކަކީ، އެކުންފުނިތަކުގެ ހިއްސާގެ ބާޒާރު އަގު ހުރި ވަރަށް ބަލާއިރު، އެ އަހަރެއްގައި އެ ކުންފުންޏަށް ލިބުން ފައިދާގެ އެދެވޭ މިންވަރެއް ޑިވިޑެންޑުގެ ގޮތުގައި ހިއްސާދާރުންނަށް ބަހާފައިވާ ކުންފުނިތަކެވެ.

ރާއްޖޭގެ ލިސްޓެޑް ކުންފުނިތަކުގެ ޑިވިޑެންޑް ޔީލްޑް 2017 އިން 2022ގެ ނިޔަލަށް ހުރި ގޮތުގެ ތަސައްވުރު

ވޭތުވެދިޔަ ފަސް އަހަރަށް ބަލާއިރު، 2017 ވަނަ އަހަރު އެންމެ ބޮޑު ޑިވިޑެންޑް ޔީލްޑެއް ލިބިފައިވަނީ ސަރުކާރުގެ އެންމެ ބޮޑު އެއް ކުންފުނި އެސްޓީއޯއަށެވެ. އެއީ 15.7 ޕަސެންޓެވެ. ނަމަވެސް، 2018 ވަނަ އަހަރުގައި ދިރާގުން ވަނީ 14.9 ޕަސެންޓާއި އެކު އެސްޓީއޯ އަށްވުރެ ކުރި ހޯދާފަ އެވެ. އެ އަހަރު އެސްޓީއޯގެ ޑިވިޑެންޑް ޔީލްޑް ހުރީ 14.5 ޕަސެންޓުގަ އެވެ. އެސްޓީއޯގެ ޑިވިޑެންޑް ޔީލްޑް 2019 ވަނަ އަހަރު 11.6 ޕަސެންޓުގައި ހުރި އިރު، ދިރާގުގެ ޑިވިޑެންޑް ޔީލްޑް ހުރީ 11.4 ޕަސެންޓުގަ އެވެ.

ކޮވިޑް އާ ގުޅިގެން، 2020 ވަނަ އަހަރު ގިނަ ކުންފުނިތަކުގެ މާލީ ޕާފޯމަންސަށް ނޭދެވޭ އަސަރުކޮށް، ޑިވިޑެންޑް ޔީލްޑް ދަށަށް ގޮސްފައިވެ އެވެ. ނަމަވެސް، އެހެން ކުންފުނިތަކާއި ހިލާފަށް، އެ އަހަރު އެސްޓީއޯގެ ޑިވިޑެންޑް ޔީލްޑް ވަނީ އެ ކުންފުނީގެ 2019 ވަނަ އަހަރުގެ ޑިވިޑެންޑް ޔީލްޑަށްވުރެ ވެސް އިތުރުވެފަ އެވެ. އެއީ 13.2 ޕަސެންޓެވެ. މި އަދަދަކީ 2019 އަހަރާ އަޅާކިޔާއިރު 1.6 ޕަސެންޓު އިތުރު މިންވަރެކެވެ. އެސްޓީއޯގެ ޑިވިޑެންޑް ޔީލްޑް 2021 ވަނަ އަހަރު ހުރީ 11.2 ޕަސެންޓުގަ އެވެ.

ބީއެމްއެލްގެ ޑިވިޑެންޑް ޔީލްޑް 2021 ވަނަ އަހަރު ހުރީ 20.4 ޕަސެންޓުގަ އެވެ. އެ އަހަރު ބީއެމްއެލް އިން ވަނީ އެހެން ކުންފުނިތަކަށް ވުރެ ބޮޑު ޑިވިޑެންޑެއް ޔީލްޑެއް ހޯދައިފަ އެވެ.

2021 ވަނަ އަހަރުގައި ބޭންކް އޮފް މޯލްޑިވްސް ޕަބްލިކް ލިމިޓެޑް (ބީއެމްއެލް) އިން ވަނީ 20.4 ޕަސެންޓާއި އެކު، އެހެން ލިސްޓެޑް ކުންފުނިތަކަށް ވުރެ ނިސްބަތުން ބޮޑު ޑިވިޑެންޑް ޔީލްޑެއް ހާސިލްކޮށްފައެވެ. 2021 ވަނަ އަހަރު އެސްޓީއޯގެ ޑިވިޑެންޑް ޔީލްޑް ހުރީ 11.2 ޕަސެންޓުގަ އެވެ.

ހިއްސާ ގަނެވިއްކުމުގެ މުއާމަލާތްތައް ބާޒާރުގައި ހިނގަނީ ގަންނާނެ ފަރާތަކާއި ވިއްކާނެ ފަރާތަކާ އެކު އެވެ. ނުވަތަ، އޯޑާ މެޗް ވުމުންނެވެ. ހިއްސާ ގަނެވިއްކުމުގެ ވިޔަފާރީގައި ބައިވެރިވާ އިންވެސްޓަރުން ހިއްސާ ގަތުމަށް ނުވަތަ ވިއްކުމަށް އޯޑަރެއް ދިނުމުގެ ކުރިން، ޑިވިޑެންޑް ޔީލްޑް ފަދަ މާލީ ހިސާބުތައް ހަދައި، ލިބޭ ނަތީޖާއަށް ބަރޯސާވެ އެވެ.

މާލީ މާހިރުން އިންވެސްޓު ކުރުމަށް ދޭ ލަފާ އަށް ވެސް ބުރަވެ އެވެ. ގަންނަން އެންމެ ބޭނުންވާ ކުންފުނީގެ ހިއްސާ، ބާޒާރުގައި އެ ވަގުތު ވިއްކާނެ ފަރާތެއް ނެތް ނަމަ، ދެން އެންމެ އެދެވޭ ކުންފުނީގެ ހިއްސާ ގަނެވިއްކުމުގެ މުއާމަލާތުގައި ބައިވެރިވެ އެވެ.

ލިސްޓެޑް ކުންފުނިތަކުގެ ހިއްސާގެ ބާޒާރުއަގު

މި އަހަރު ތެރޭގައި ނިސްބަތުން ހިއްސާގެ ބާޒާރުގެ އަގު އެންމެ މައްޗަށް ގޮސްފައިވަނީ އެމްޓީސީސީގެ ހިއްސާ އެވެ. އެއީ 2021 ވަނަ އަހަރު ނިމުންއިރު ބާޒާރުއަގު ހުރިވަރަށް ވުރެ 157 ޕަސެންޓުގެ އިތުރު ވުމެކެވެ. މިދިޔަ އަހަރު ނިމުނު އިރު 35 ރުފިޔާއަށް ބާޒާރުގައި އެމްޓީސީސީގެ ހިއްސާ ގަނެ ވިއްކުމުގެ މުއާމަލާތް ކޮށްފައި ވާއިރު، މިހާރު އެ މުއާމަލާތް ކުރެވެމުން އަންނަނީ 90 ރުފިޔާގަ އެވެ. ދެވަނަ އަށް އެންމެ ބޮޑު ބަދަލެއް ހިއްސާގެ ބާޒާރުގެ އަގަށް އައިސްފައިވަނީ ބީއެމްއެލްގެ ހިއްސާއަށެވެ. މިދިޔަ އަހަރު ބާޒާރުގައި ބީއެމްއެލްގެ ހިއްސާ ގަނެވިއްކުމުގެ މުއާމަލާތް ކޮށްފައި ވަނީ 235 ރުފިޔާއަށެވެ. ނަމަވެސް، މި އަހަރުގެ މިހާތަނަށް ބީއެމްއެލްގެ ހިއްސާއެއްގެ އަގު ބާޒާރުގައި ވަނީ 500 ރުފިޔާއަށް އުފުލިފަ އެވެ. އެއީ ވޭތުވެދިޔަ އަހަރު ނިމުނު އިރު ހުރި އަގަށްވުރެ 113 ޕަސެންޓު އިތުރު އަދަދެކެވެ.

ޑިވިޑެންޑް ޔީލްޑް ހިސާބުތަކަށް ބަރޯސާވުމުން، ބީއެމްއެލްގެ ހިއްސާގެ ބާޒާރު އަގު މި އަހަރު ތެރޭ އަދިވެސް އުފުލޭނެ ކަމަށް ބެލެވެ އެވެ. ތިންވަނަ އަށް އެންމެ ބޮޑަށް މި އަހަރުގެ ތެރޭގައި ހިއްސާގެ ބާޒާރު އަގު މައްޗަށް ގޮސްފައި ވަނީ އުރީދޫގެ އެވެ. އެއީ ވޭތުވެދިޔަ އަހަރު ނިމުނު އިރު ހުރި ބާޒާރުގެ އަގާއި އަޅާކިޔާ ނަމަ 67 ޕަސެންޓު ގެ އިތުރު ވުމުކެވެ. މިހާރު އުރީދޫގެ ހިއްސާއެއް، ބާޒާރުގައި ގަނެ ވިއްކަން ހުރި އަގަކީ 55 ރުފިޔާ އެވެ. މިދިޔަ އަހަރު ނިމުނު އިރު އުރީދޫ ހިއްސާއެއްގެ އަގު ބާޒާރުގައި ހުރީ 33 ރުފިޔާގަ އެވެ.

ކުންފުންޏަށް އަހަރުން އަހަރަށް ލިބޭ ފައިދާ އިތުރުވަމުން އަންނަ ވަރާއި، އަދި އެ ފައިދާގެ ތެރެއިން ހިއްސާދާރުންނަށް ބަހާ ފައިދާ އަށް ބަލައި މާލީ ހިސާބުތައް ހެދުމަށްފަހު، ލިސްޓެޑް ކުންފުނިތަކުގެ ހިއްސާގައި އިންވެސްޓުކުރުމަކީ، އިންވެސްޓްމަންޓުގައި ހިމެނޭ ރިސްކުތައް ކުޑަ ކުރެވި އިންވެސްޓަރުންނަށް އެދެވޭ ނަފާއެއް ލިބޭނެ އިންވެސްޓްމަންޓެއްގެ ގޮތުގައި ފާހަގަކުރެވެ އެވެ.

ނޯޓް: މިއީ ސީއެމްޑީއޭ އިން ތައްޔާރު ކޮށްފައިވާ ލިޔުމެކެވެ.

15 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 44%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 56%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޙޙ2022

02 July 2022

މަމޮއުޅެނީ ތިއެމްޓީޑީސީއޭ ކިޔާ ތަނަކުން ހިއްސާގެ ފައިދާ ލިބޭލެއް ގިނަވަގެން ދެފައިކައިރިކޮށްލަން ނުކުރިގެން... ބޮއިހަލަކި

The name is already taken The name is available. Register?

1206

02 July 2022

ކޮންމެ ކޮންމެ ކުންފުންޏެއް ކާމިޔާބެއް ނުވާނެ. އަދި އެ ވިޔަފާރިއަކުން ފައިދާ ވާނެ ކަމަށް ބެލެވުނަސް، އެ ވިޔަފާރި ކުރާ ކޮންމެ ކުންފުންޏެއް ކާމިޔާބު ނުވެދާނެ. ހިއްސާދާރުން ހީކޮށްގެން ނުވާނެ ތިމާ ހިއްސާ ގަތީމާ މި ލިބުނީ ރަންވަޅެކޭ. ރަންވަޅެއް ލިބުނަސް ރަން ވަކިކޮށް ވިރުވަން ނޭގުނު މީހަކަށް ރަންވަޅެކޭ އަނދަވަޅެކޭ ތަފާތެއް ނޯންނާނެ. ކުންފުނިން ނެރޭ ނަތީޖާ ގޯސް ނަމަ، ރަނގަޅު ކުރެވޭނީ ހިއްސާދާރުންގެ ދައުރު އަދާކޮށްގެން. އަތް އުރައިގެން ތިއްބަކަސް ނުވާނެ.

The name is already taken The name is available. Register?

ާަަައަލީ

01 July 2022

އިސްލާމިކްބޭންކުން ވަރައް ކުޑަ ލިބޭވަރު 1ރ ލިބުނީ

The name is already taken The name is available. Register?

1206

02 July 2022

ދޮގު ނަހަދަ ބަލަ. އިސްލާމިކް ބޭންކުގެ ޑިވިޑެން ޔީލްޑަކީ %3.3. މަރުކަޒީ ބޭންކުން މޭ 2022 ގައި ޝާއިޢުކުރި 'އެކޮނޮމިކް އަޕްޑޭޓް' ބުނާ ގޮތުން އެޕްރީލް 2022 ގެ ނިޔަލަށް ލާދައިގެ މިންވަރަކީ 1.2 ޕަސެންޓް. މާނައަކީ، އާދައިގެ މިންގަނޑަކުން ބަލާނަމަ އިސްލާމިކް ބޭންކުގެ ހިއްސާގެ ނަތީޖާ ރަނގަޅު. އެއް ރުފިޔާ އިންވެސްޓުކޮށް، ފަޅި ސިކުންތަކުން މިލިޔަނަރަކަށް ނުވެވޭނެ. 35 ރުފިޔާ އަށް ގަތް ހިއްސާ 3 އަހަރު ތެރޭގައި 10 ރުފިޔާގެ ރައުސްމާލީ ނަފާ އެއް ލިބުން ރަނގަޅު.

The name is already taken The name is available. Register?

ޢަހިމަދު

01 July 2022

މަވެސް -/3000 ރުފިޔާގެ ހިއްސާގަތިން އިސްލާމިކްބޭންކުން. ފައިދާ ގެ ގޮތުގައި އަހަރަކު 50 ރުފިޔާ ފައިދާއަށް ލިބެނީ. އެހެންވީމާ 60 އަހަރުން އަތުން ހަރަދުވި ވަރުވެސް ލިބޭނީ

The name is already taken The name is available. Register?

ތިޔެއްނޫނޭ

01 July 2022

އެ ހިއްސާކޮޅު މިހާރުވިއްކާލަބަލަ ލިބޭވަރެއް ބަލަން

The name is already taken The name is available. Register?

1206

01 July 2022

ފުރަތަމަ ކަމަކަށް ގަތީ 3،000 ރުފިޔާގެ ހިއްސާ އެއް ނޫން. އިސްލާމިކް ބޭންކުން ވިއްކީ 50 ހިއްސާގެ ލޮޓްސް އިން. މާނައަކީ 100 ހިއްސާ ތިޔަ ބޭފުޅާ ގަނެފައި ވާނެ. އިސްލާމިކް ބޭންކުން ފުރަތަމަ ބެހީ 1.155 ރުފިޔާ ހިއްސާއަކަށް. އެހެންވީމާ އެއީ 115.50 ރ. ދެން ބެހީ 1.255 ރ. އެހެންވީމާ އެއީ 125.50 ރ. ދެން އެންމެ ފަހުން ބެހީ 1.488 އެއީ 148.80 ރ. އޮޅުވާލައިގެން އެއްވެސް ފައިދާ އެއް ނުލިބޭނެ. ތެދު ބަހުން ވާހަކަ ދައްކާ އިނގޭތޯ.

The name is already taken The name is available. Register?

ގުދުގުދާބެއްޔާ

01 July 2022

ރާއްޖޭގައި ހިއްސާ ބާޒާރެއް އޮވޭތަ؟ ހިއްސާއަކަށް ބަހާއިރު 25 ލާރި! އެމްއެމްއޭ އާޢި ބޭންކް އޮފް މޯލްޑިވްސްގެ ބަލާވެރި ކަމުން ދިވެހި ރައްޔިތަކަށް މައިކްރޯސޮފްޓް ކަހަލަ ކުންފުނިން ހިއްސާއެއްވެސް ނުގަނެވޭ! ގަނެފިނަމަ ހިއްސާއިން ލިބޭ ނަފާ ރާއްޖެ ގެނެވޭނެ ގޮތެއް ނޯވޭ! މަނީ ލޯންޑަރިންނޯ! ބޯހަލާކު!

The name is already taken The name is available. Register?

ހިއްސާ

30 June 2022

މަގިނައިން މިގަންނަނީ ދިރާގާ ބޭންކް އޮފް މޯލްޑިވްސް. އެސްޓީއޯ އަޖުމަ ބަލާނަން މިއަހަރު ނިމުނީމަ ހަދާގޮތެއް ބަލާފަ. މީގަ ވިސްނަންޖެހޭ ވަރަށް ގިނަ ކަންތައްހުރޭ

The name is already taken The name is available. Register?

ހަބީ

30 June 2022

އޮންލައިންކޮށް ދިވެހި ކުންފުންއެއްގެ ހިއްސާގަތުމަކީ ވަރައްއުދަގޫކަމެއް، މިޒަމާނުގަ ހިއްސާގަނެވިއްކޭނެ އެޕް ހުންނަންޖެހޭނެ.

The name is already taken The name is available. Register?

1206

01 July 2022

ނޫން. ދުނިޔޭގެ ފެންވަރުގެ އޮންލައިން ޓްރޭޑިންގ މެކޭނިޒަމެއް ރާއްޖޭގައި އަދި ގާއިމުވެފައި ނެތަސް، ރާއްޖޭގައިވެސް ކޮންމެވެސް ސިފައެއްގައި އެކަން އެބަ ކުރޭ. ރާއްޖެއިން ބޭރުގައި ހުރެގެން ރާއްޖޭގެ ހިއްސާގެ ބާޒާރުގައި މުއާމަލާތު ކުރާ މީހުން އެނގޭ. އެހެންވީމާ ޢޮންލައިންކޮށް ޓްރޭޑް ނުކުރެވެޔޭ ބުނުމަކީ މުޅިޔަކުން ތެދެއް ނޫން. ކޮފީތަކަށް ހާކާލިބުރުވާލި ފައިސާ، އޭގެ ބަދަލުގައި ފައިދާ ކުރަނިވި ގޮތުގައި އިންވެސްޓުކުރުން ބުއްދިވެރި.

The name is already taken The name is available. Register?

ބަލައިފިން

01 July 2022

އަހަރެންވެސް ބަލާ ބަލާވެސް ދިވެހި ލިސްޓެޑް ކުންފުންޏެއްގެ ހިއްސާ އޮންލައިންކޮއް ގަނެވޭނެ ގޮތެއްނުފެނުނު. އެގޮތެއް އޮވެވެސްދާނެކަންނޭގެ އެކަމަކު އެމައުލޫމާތެއް ނުފެނުނު. މިޒަމާނުގަ މިކަންނުވަންޏާ ހިއްސާގެ ބާޒާރުގެ ދުވެލި ވަރައް ސްލޯވާނެ.

The name is already taken The name is available. Register?

ސޭކު 1206

01 July 2022

1206 ތިބުނަނީ އޮންލައިން ކޮށް މެއިލް ކޮއްގެން ބްރޯކަރު ލައްވާ ގަނުވާ ވާހަކަ ތޯ؟ އެއީ އަދި އެހެން ކަމެއް. ކޮފީ އޭ ކަރަލޭ ނުކިޔާ އެކަން އޮންނަ ގޮތް އަމިއްލަ މީހާޔަށް އިނގޭނަމަ މިތާ ބަޔާން ކުރީހެންނު؟ ހެހެ!

The name is already taken The name is available. Register?

1206

01 July 2022

https://invest.firstnational.mv/ މިއީ ސެކިއުރިޓީޒް މާރކެޓް ރެގިއުލޭޓަރ އިން ދޫކުރާ ޑީލާޒް ލައިސަންސް ލިބިގެން މި ޚިދުމަތް ދޭ ބައެއް. ފިޒިކަލީ ނުގޮސް ކޭވައިސީ ފޯމު ފުރާލެވޭ. ދެން ބައެއް ސަޕޯޓިންގ ޑޮކިއުމަންޓް އީމެއިލްކޮށްލީމަ ނިމުނީ. އަމިއްލަޔަަށް އޯޑަރު ދެވޭ. އެމީހުން އޯޑަރ ވެރިފައިކޮށް، ފައިސާ ދެއްކީމާ، އޯޑަރ އޯތަރައިޒްވެ އޮޓަމެޓިކުސް ސޮޓްކް އެކްސްޗޭންޖަށް މ ޕްލެޓްފޯމް މެދުވެރިކޮށް އޯޑަރ ފޮނުވޭ. ރެސްޓް އިޒް ފޯރ ޓްރޭޑިންގ ފްލޯ.

The name is already taken The name is available. Register?

ސްމޭޝް-ފުވައްމުލައް

30 June 2022

ވަރަށް މުހިންމު މައުލޫމާތު ކޮޅެއް ލިބިއްޖެ! މިކަހަލަ މައުލުާތު ގިނަގިނައިން ހިއްސާކޮސްދިނުމަށް އެދެން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454