ސްވަރާ ބަސްކާރު: އޭނާ އަށް މަރުގެ އިންޒާރު ދިން މައްސަލަ އަންނަނީ ބަލަމުން.
01 ޖުލައި 2022 - 08:58
ބޮލީވުޑްގެ އެކްޓްރެސްއެއް ކަމަށްވާ ސްވަރާ ބަސްކާރަށް މަރުގެ އިންޒާރުދީ، އޭނާ ދިރިއުޅޭ ގެއަށް މީހަކު ސިޓީއެއް ފޮނުވައިފި އެވެ.
ސްވަރާ ވަނީ އޭނާގެ އިންސްޓަގްރާމްގައި އެ ސިޓީގެ ފޮޓޯއެއް އާންމުކޮށްފަ އެވެ. ހިންދީ ބަހުން ލިޔެފައިވާ އެ ސިޓީގައި އޮތީ އިންޑިއާގެ ކުރީގެ ސިޔާސީ ލީޑަރެއް ކަމަށްވާ، ވީރް ސަވަރްކާރް ފަލީހަތްކުރަން އިންޑިއާ ޒުވާނުންނަށް ފުރުސަތު ނުދޭނެ ކަމަށާއި ސްވަރާ ކުރަންވީ ކަމަކީ އޭނާގެ ފިލްމީ މަސައްކަތްތަކަށް ސަމާލުކަން ދިނުން އެކަނި ކަމަށެވެ.
ވީރް ސަވަރްކާރް މަޝްހޫރުވެފައި ވަނީ އިންޑިއާގެ މިނިވަންކަމުގެ ދިފާއުގައި ވަރަށް ބޮޑަށް އަޑުއުފުލާ ބޭފުޅެއްގެ ގޮތުގަ އެވެ.
ސްވަރާ އަށް މަރުގެ އިންޒާރުދިން މައްސަލަ އޭނާ ވަނީ މީގެ ތިން ދުވަސް ކުރިން އިންޑިއާގެ ފުލުހުންނަށް ރިޕޯޓްކޮށްފަ އެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން ބުނީ ކާކުކަން ނޭނގޭ މީހަކު ސްވަރާ އަށް މަރުގެ އިންޒާރު ދިން މައްސަލަ ބަލަމުން އަންނަ ކަމަށެވެ.
ސްވަރާ އަކީ އާންމުކޮށް ޓުވީޓާގައި ސިޔާސީ އެކި މައްސަލަތަކަށް ވަރަށް ގިނައިން ފާޑުކިޔާ ތަރިއެކެވެ. އޭނާގެ ޓުވީޓްތަކާ ގުޅިގެން ވަރަށް ގިނަ ފަހަރަށް އާންމުން ވެސް އޭނާ އަށް ފާޑުކިޔަ އެވެ.
ސްވަރާ ވަނީ "ވިރޭ ދި ވެޑިން" އާއި "ތަނޫ ވެޑްސް މަނޫ" އަދި "ޕްރެމް ރަތަން ދަންޕާޔޯ" ކަހަލަ ފިލްމުތަކުގައި ރޯލުތައް ކުޅެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙޙ2022
02 July 2022
ސުވަރާ.... ބޮއިހަލަކި