ޝެނާޒް.
04 ޖުލައި 2022 - 06:59
އިންޑިއާގެ ފިލްމީ ތަރި، ޝެނާޒް ޓްރެޒަރިވާލީ އަށް މީހުންގެ މޫނު ފާހަގަކުރަން ނޭނގި، ހަނދާން ނެތޭ ބައްޔެއް ޖެހިއްޖެ އެވެ.
"އިޝްގް ވިޝްކް" އާއި "ލަވްކާ ދި އެންޑް" އިން ވެސް ފެނުނު ޝެނާޒް އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި އާންމުކުރި ޕޯސްޓުގައި ބުނީ އޭނާ އަށް "ޕްރޮސޮޕެގްނޯސިއާ" ކިޔާ ބައްޔެއް ޖެހިފައިވާ ކަމަށެވެ.
އެ ބަލީގައި އޭނާ އަށް މީހުންގެ މޫނު ފާހަގަކުރަން އުނދަގޫވެފައިވާ ކަމަށާއި މީހުން ދެނެގަންނަނީ އެ މީހުންގެ އަޑުން ކަމަށް އޭނާ ބުންޏެވެ.
ޝެނާޒް ގިނަ ބަޔަކަށް އެނގުނީ 2003 ގައި ނެރުނު "އިޝްގް ވިޝްކް"ގައި އޭނާ ކުޅުނު އަލީޝާގެ ރޯލުންނެވެ. އެއީ އޭނާ ބޮލީވުޑަށް ނިކުތް ފިލްމެވެ.
އުމުރުން 41 އަހަރުގެ ޝެނާޒް ބުނީ ގާތް މީހުންގެ މޫނު ފާހަގަކުރަން ނޭނގުމުން އޭނާ ލަދުގަންނަ ކަމަށެވެ. އެކަމަކު، އާއިލާ މީހުންނާއި ގާތް މީހުން ނުފެންނަތާ ދުވަސްކޮޅެއް ވެއްޖެ ނަމަ، އެމީހުން ހަނދާންކުރަން އޭނާ އަށް އުނދަގޫވާ ކަމަށް ބުންޏެެވެ.
މީހުން ދެނެގަންނަން އުނދަގޫވުމުގެ ސަބަބުން ރައްޓެހިން ގެއްލޭ ފަހަރު ވެސް ގިނަ ބަޔަކަށް ދިމާވާ ކަމަށް އޭނާގެ ޕޯސްޓުގައިވެ އެވެ. އެކަމަކު އޭނާ އަށް އެކަން ދިމާވެފައި ވަނީ ބައްޔެއްގެ ސަބަބުން ކަމަށާއި މީހުންނާ ގާތް ގުޅުން ބާއްވަން ބޭނުންނުވާތީ ނޫން ކަމަށް ބުންޏެވެ.
ޝެނާޒް މިހާރު މަސައްކަތްކުރަނީ ޓްރެވެލް ބްލޮގާއެއްގެ ގޮތުގަ އެވެ. ޝާހިދު ކަޕޫރާ އެކު "އިޝްގް ވިޝްކް" އިން އޭނާ ފިލްމީ ދާއިރާ އަށް ނިކުތްއިރު، އޭނާ ވަނީ "އުމަރު" އާއި "ދިއްލީ ބެލީ" ކަހަލަ ގިނަ ފިލްމުތަކަކުން ވެސް ފެނިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެމްޑީ ކާނަލް
04 July 2022
އަހަރެންނަކީ ޑޮކްޓަރެއް ނޫން، އެކަމު އައިނު އެޅީމަ މީހުންގެ މޫނު ފާހަގަ ކުރަން ފަސޭހަވާނެ
ލކލކކ
04 July 2022
ތިއޮތީ މާ ބޮޑަށް އެނގިފަ