ރާއްޖޭގެ ރިސޯޓެއް. ޖޭއެލްއެލް އިން އަންނަނީ ރާއްޖޭގެ ރިސޯޓުތައް ވިއްކުމުގައި ވެސް ބްރޯކަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން--
14 ޖުލައި 2022 - 12:57
ރިއަލް އެސްޓޭޓް ކުންފުނި ޖޭއެލްއެލް އިން މި އަހަރުގެ ފުރަތަމަ ހަ މަހު، އޭޝިއާ ޕެސިފިކް ސަރަހައްދުގައި ހިންގާފައިވާ ޓްރާންސެކްޝަނުގެ އަދަދު 6.8 ބިލިއަން ޑޮލަރަށް އަރައިިފި އެވެ.
ޖޭއެލްއެލް އިން އާންމުކޮށްފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުން އޭޝިއާ ޕެސިޕިކް ސަރަހައްދުގެ އާމްދަނީ ވަނީ 30 ޕަސެންޓުގެ ކުރިއެރުމެއް ހޯދައިފަ އެވެ. މި ސަރަަހައްދުން އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފަސް ގައުމުގެ ތެރޭގައި ރާއްޖެ ވެސް ހިމެނެ އެވެ. މި އަހަރުގެ ފުރަތަމަ ހަ މަހު ރާއްޖެއިން 205 މިލިއަން ޑޮލަރުގެ ވިޔަފާރީގެ މުއާމަލާތް ހިންގާފައިވެ އެވެ.
ޔުނިވާސަލްގެ ހިއްސާ އޮތް ދެ ރިސޯޓެއް ކަމަށްވާ ޝެރެޓަން މޯލްޑިވްސް ފުލްމޫން ރިސޯޓާއި ޑަބްލިއު މޯލްޑިވްސް މިދިޔަ މަހު ވިއްކާލީ ވެސް ޖޭއެލްއެލް މެދުވެރިކޮށެވެ. މިއާ އެކު ޖޭއެލްއެލް sއަށް ރާއްޖެއިން ލިބުނު އާމްދަނީ އިތުރަށް ބޮޑުވެގެންދާނެ އެވެ. ޖޭއެލްއެލް އިން ބުނީ މިއީ މިހާތަނަށް ރާއްޖޭގައި ހިންގި ވިޔަފާރީގެ އެންމެ ބޮޑު އެއް މުއާމަލާތް ކަމަށެވެ.
ރާއްޖެއަކީ ޖޭއެލްއެލްގެ ވިޔަފާރި އެންމެ ބޮޑަށް ފުޅާވަމުން އަންނަ އެއް ގައުމެވެ. ޖޭއެލްއެލް އިން ބުނީ، ކޮވިޑްގެ އުނދަގޫ ހާލަތުގައި ވެސް ރާއްޖެއިން ޓޫރިޒަމް ދާއިރާއަށް އޮތް ޑިމާންޑު ހިފެހެއްޓުމުން ރިއަލް އެސްޓޭޓް ވިޔަފާރިއަށް ރާއްޖޭގައި ޑިމާންޑް ބޮޑުވެފައިވާ ކަމަށެވެ.
އެ ކުންފުނިން 2012 ވަނަ އަހަރުން ފެށިގެން 15 ރިސޯޓެއް ވިއްކުމުގައި ބްރޯކަރެއްގެ ގޮތުގައި މަސައްކަތްކޮށްފައިވެ އެވެ. އަދި ހިންގި ވިޔަފާރީގެ މުއާމަލާތްތައް ވަނީ ބިލިއަން ޑޮލަރަށް ވުރެ އިތުރުކޮށްފަ އެވެ.
މިއަހަރުގެ ފުރަތަމަ ހަ މަހު މި ސަރަހައްދުން ޖޭއެލްއެލްއަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖަޕާނާއި ކޮރެއާ އާއި ސިންގަޕޫރާއި ރާއްޖެއިންނެވެ. ޖޭއެލްއެލް އިން ޖަޕާނުން 1.8 ބިލިއަން ޑޮލަރުގެ ޓްރާންސެކްޝަން ހިންގި އިރު ކޮރެއާ އިން 1.7 ބިލިއަން ޑޮލަރު، ޗައިނާއިން 1.6 ބިލިއަން ޑޮލަރު އަދި ސިންގަޕޫރުން 899 މިލިއަން ޑޮލަރުގެ ޓްރާންސެކްޝަން ހިންގި އެވެ.
އެ ކުންފުނިން 2012 ވަނަ އަހަރުން ފެށިގެން 15 ރިސޯޓަށް ވުރެ ގިނަ ރިސޯޓު ވިއްކުމުގައި ބްރޯކަރެއްގެ ގޮތުގައި މަސައްކަތްކޮށްފައިވެ އެވެ.
ރިއަލް އެސްޓޭޓް ވިޔަފާރި އެންމެ ފުޅާ ދާއިރާއެއްގައި ކުރާ ޖޭއެލްއެލްގެ އާމްދަނީ މިދިޔަ އަހަރު 19 ބިލިއަން ޑޮލަރަށް ވަނީ އަރައިފަ އެވެ. އެ ކުންފުނީގެ ފައިދާ 950 މިލިއަން ޑޮލަރުގައި ހުރި އިރު ދުނިޔޭގެ އެކި ހިސާބުތަކުގެ ޕްރޮޕަޓީތައް ވިއްކުމުގައި އެކުންފުނިން ހަރަކާތްތެރިވެ އެވެ. އެ ކުންފުނިން މިހާރު ދުނިޔޭގެ 80 ގައުމެއްގައި އަންނަނީ މަސައްކަތް ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮރަލް
14 July 2022
ޖީ އެސް ޓީ ދެއްކި ތޯ ބަލާލަ ބަލާށެވެ.
ޙަސަން ކުރުސީ
14 July 2022
ރާއްޖޭގެ ޓްވަރިޒަމްގެ ހުރިހާ ފޮނިމީރުކަމެއް ބޭރުގެ ކުންފުނިތަކަށާއި މަދު ދިވެއްސެއްގެ ޖީބަށް. ދިވެހީންނަށް މިނޫން ގޮތެއް ހޯދައިދެވޭނެ ސަރުކާރެއް އަންނާނެބާ؟
ށަވިޔަނި
14 July 2022
ކުޑަދުވަސްކޮޅެއްގެ ތެރޭ ހާދަ ބޮޑު ކާމިޔާބީއެއް ތިލިބުނީ. ތިކާމިޔާބީގެ ފަހަތުގައި ތެދުވެރިބަޔަކުވާނެ.