ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަވަނީ.---ފޮޓޯ: މަޖިލިސް
30 ޖުލައި 2022 - 21:06
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަން އެމްޑީޕީގެ ބައެއް މެމްބަރުން ބޭނުންވާ ކަމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕް (ޕީޖީ) ގެ ލީޑަރު މުހައްމަދު އަސްލަމް މިރޭ ވިދާޅުވެއްޖެ އެވެ.
"މިހާރު" އިން ކުރި ސުވާލަކާ ގުޅިގެން އޭނާ ވިދާޅުވީ، މަޖިލީހުގެ ރައީސްގެ މަގާމުން ނަޝީދު ދުރުކުރަން އެމްޑީޕީގެ ޕީޖީގެ ބައެއް މެމްބަރުން ބޭނުންވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އަންހެން ކުއްޖަކާއެކު ޖިންސީ ގުޅުން ހިންގި ހަތަރު ފޮޓޯއެއް ލިބިވަޑައިގެންފައިވާ ކަމަށް ވިދާޅުވެ، ދޮގު ވާހަކަތަކެއް ފަތުރާތީ އެ ކަމާ ހިތްހަމަޖެހިވަޑައިނުގެން ކަމަށެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުން ތިއްބަވާ ވަޓްސްއެޕް ގުރޫޕަށް ރޭ ފޮނުއްވި މެސެެޖެއްގައި ނަޝީދު ވިދާޅުވީ، އާއިލީ ގާތްބޭފުޅެއްގެ އަންހެން ކުއްޖަކާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޖިންސީ ގުޅުން ހިންގި ހަތަރު ފޮޓޯއެއް ލިބިވަޑައިގެންފައިވާ ކަމަށެވެ. އެ ފޮޓޯތައް ފުލުސް އޮފީހަށް ފޮނުވަންވީތޯ ނަޝީދު އެ ގްރޫޕުގައި ސުވާލު ކުރެއްވި އެވެ. އެކަމަކު، އެ ފޮޓޯތައް ދެއްކުމަށް ނުވަތަ ފުލުހުންގެ އިދާރާ އަށް ރަސްމީކޮށް ހުށަހަޅުއްވައިގެން އެ މައްސަލަ ކުރިއަށް ގެންދަން މެމްބަރުން އެދިވަޑައިގަތުމުން ނަޝީދު ޖަވާބެއް ނުދެއްވަ އެވެ.
ނަޝީދުގެ ވާހަކަފުޅާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ރޭ ވިދާޅުވީ އެފަދަ އެއްވެސް ކަމެއް ނުކުރައްވާ ކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވާ ކަމަށެވެ.
އަސްލަމް ވިދާޅުވީ، ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދަން ބޭނުންވެގެން އެކި މެމްބަރުން އޭނާ އަށް ގުޅުއްވައި އެދިވަޑައިގަންނަވަމުން ގެންދަވާ ކަމަށެވެ.
"އެކަމަކު، ރަސްމީކޮށް އަދި އެއްވެސް ހުށަހެޅުމެއް ނާދޭ. އަޅުގަނޑު ބުނިން ރަސްމީކޮށް ހުށަހެޅުއްވީމައޭ ތިކަން ކުރިއަށް ގެންދެވޭނީ. އެ ބޭފުޅުން ރަސްމީކޮށް އެ މައްސަލަ އަޅުގަނޑަށް ހުށަހެޅުއްވީމާ ޕީޖީ ގުރޫޕް ބާއްވާފައި އެ ފާސްވާ ގޮތަކަށް އަޅުގަނޑު ކުރިއަށް ގެންދާނީ،" ހިތަދޫ އުތުރު ދާއިރާގެ މެމްބަރުކަން ކުރައްވާ އަސްލަމް ވިދާޅުވި އެވެ.
"އަޅުގަނޑަށް ގުޅުވައި އެ ބޭފުޅުން ވިދާޅުވަނީ ނަޝީދު ދެން މަގާމުގައި [ރައްޔިތުންގެ މަޖިލިހުގެ ރައީސް] ބަހައްޓާކަށް ތިމަންނަމެން ބޭނުން ނުވެއޭ."
މައްޗަންގޮޅި މެދުދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ނަޝީދު މަޖިލީހުގެ ރައީސްގެ މަގާމުން ވަކިކުރަން އެމްޑީޕީގެ ބައެއް މެމްބަރުން ބޭނުންވެގެން ނުރަސްމީކޮށް އެދޭއިރު، މަޖިލިސް މިހާރު އޮތީ ޗުއްޓީގަ އެވެ. ޗުއްޓީ އަށް ފަހު ޖަލްސާތައް ފަށާނީ އަންނަ މަހުގެ މެދުތެރޭގަ އެވެ.
ގާނޫނުއަސާސީގައިވާ ގޮތުން ނަމަ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމަށް ސިމްޕަލް މެޖޯރިޓީން ފާސްވާނެ އެވެ. އެއީ މިހާރު 87 މެމްބަރުން ތިއްބަވާ މަޖިލީހުގެ 43 މެމްބަރުންގެ ވޯޓެވެ. މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކު މަގާމުން ވަކިކުރަން ހުށަހެޅޭނީ މަޖިލީހުގެ ގަވައިދުގައިވާ ގޮތުން މަޖިލިހުގެ ޖުމުލަ މެމްބަރުންގެ ހަތަރުބައިކުޅަ އެއްބަޔަށް ވުރެ މަދު ނޫން އަދަދެއްގެ މެމްބަރުންގެ ސޮޔާއެކު ހުށަހަޅާ ގަރާރަކުންނެވެ. އެއީ 22 މެމްބަރުންގެ ސޮޔެވެ.
ގަވައިދުގައިވާ ގޮތުން ނަމަ މަޖިލިހުގެ ރައީސް މަގާމުން ވަކިކުރަން ބޭނުންވާ ސަބަބު ގަރާރުގައި ބަޔާންކުރަން ޖެހެ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދާ ދެބޭފުޅުންގެ ކޯޅުން އިންތިހާ އަށް ބޮޑުވެެފައިވާއިރު، މަޖިލިހުގެ އަޣުލަބިއްޔަތު މި ވަގުތު އޮތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަތްޕުޅުގަ އެވެ.
ރައީސާއި ނަޝީދުގެ ކޯޅުން އިތުރަށް ބޮޑުވީ، ބަންގްލަދޭޝްގެ ޒުވާނެއް ކަމަށްވާ އަލަމްގީރާއެކު، ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރު އެއްޖިންސުން ގުޅުން ހިންގާ ކަމަށް ތުހުމަތު ކުރެވޭ ވީޑިއޯއެއް ލީކުވެ، އެ މައްސަލައިގައި ނާޒިމް ހައްޔަރުކުރުމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުހައްމަދު.
31 July 2022
މިހާތަނަށް ނަޝީދު އަމަލުކޮށްފައި ހުރިގޮތުން އޭނާއަކީ ދައުލަތުގެ އެއްވެސް މަގާމެއް އަދާކުރަން އެކަށީގެންވާ މީހެއްނޫން. އަދި އޭނާއަކީ ގައުމުގެ މިނިވަންކަމަށް ހުރި ނުރައްކަލެއް. ދައުލަތް ހިންގަންވީގޮތް ނުއެގޭ ޒިއްމާދާރު ނޫން މީހުން މިކަމާއެއްބަސް ނުވާނެ ކަމަށްވެސް ގަބޫލުކުރަން.
ވިތްސްޓޭންޑް
31 July 2022
އިބޫ ބޭނުންހާ އެއްޗެއް ހަދަން ހުރިހާ ބާރެއް ކޮންޓްރޯލް ކުރުމުގެ އެންމެ ފަހު މަރުހަލާގަ މި އުޅެނީ. ޕޮލިޓިކްސް ވަރަށް ރަނގަޅަށް ދަންނާނެ ރައީސް ޔާމީންވެސް. އިބޫ އަށް ހީވަނީ އަދި ރަނގަޅަކަށް ނޫން.
ނޫރަންނަހާރު
31 July 2022
ތެދެއް. ޔާމީނަކީ ވަރަށް މޮޅަށް ވައްކަން ކުރަން އެނގޭ ޕޮލިޓީޝަނެއް
ނޫރަންނަހާރޫ
31 July 2022
ވައްކަން ކުރަން އަދި ވައްކަންތައް ފޮރުވަން މޮޅަށް ދަންނަނީ މިވެރިކަމުގަ. ވައްކަންކޮށްލާ ގޮތުން މީހެއްގެ އެކައުންޓަކުން އެއްޗެއް ނުފެނޭ. އެކަމު މިލިއަނުން ފައިސާ ގެއްލިއްޖެ. ޔާމީނުގެ އެކައުންޓްތައް އެކަނި ފަލީހަތްކުރީ އމއމޕރސ ކަންތަކުގަ. ދެން ތިބި މީހުންގެ އެކައުންޓްތަކުގަ ހުރި އަދަދުތައް ފާޅުނުކުރާހާ ދުވަހު ޔާމީން އެކައުންޓަށް އެކަނި ފައިސާ ވަތްކަމަށް ފެންނާނީ. ދައުލަތުން ގެއްލުނު ޖުމްލަ ޕަސެންޓަށް ބަލާއިރު 10% ވެސް ނެތް ޔާމީން އަތުގައެއް.
އިމަނާ
31 July 2022
ޕާޓީގެ މީހުން އަދިވެސް އަތްޖަހާ، ނަޝީދު މޮޅުއެއްޗެއްބުނެފިޔޭކިޔާ! އެއީ ގަދަ ގޮލައެކޭކިޔާ! އޭނާއަކަށް ނޭގޭ ގަޒުފުގެ ހައްދު ޖަހާވަރުގެ ވާހަކައެއްބުނެވޭއިރުވެސް. ދެން އޮތީ ތަހްގީގުގެވާހަކަ. އެވަރުގެ ބޮޑުވާހަކައެއް ބުނީމާވެސް އެހެރީ އޭނަދޫކޮށްލާފަ. ވަލިއްޔުލްއަމްރުގެ ބޮލުގައި އެކަހަލަ ތުހުމަތެއް އެޅުވީމަ ޖެހޭނެދޯ ރަގަޅަށް ތަހްގީގުކުރެވެން. ނައިބުރައީސާ ވަގުތީގޮތުން ބާރުތައްހަވާލުކޮށް މައްސަލަ ތަހްގީގުކުރަން ފުރުޞަތުދޭންޖެހޭނެ ރައީސްވެސް.
އެމްސް
31 July 2022
އަސްލު ބޮސް ކޮބާ؟
ކޮރަލް
31 July 2022
އަންނި ގެ ބަސް މަގު ވަރަށް ހަޑިވެފަ އަހްލާގީ ފެންވަރު ވަރަށް ދަށެވެ. އެފަދަ މީހަކު މަޖްލީހުގެ ރައީސް ކަމުގަ ހުންނާތީ ލަދު ގަނެ އެވެ.
ބޮރަލް
31 July 2022
ކޮރަލް ލަދުފުޅުންގޮސް އަނެއްކާ މޫދަށް ފުންމާ ނުލާތި.
މާބޮޑަށް
31 July 2022
އަދި މާބޮޑަށް ލަދުގަތް އޭނަ 2008ގަ ވެރިކަމަށް އެރުވީމަ. ބަޔަކަށް އެއީ ކާކުކަން ނޭނގިގެން ވެރިކަމަށް އެރުވީ.
ރަދީފްއޮފިޝަލް
31 July 2022
ނަޝީދު އިސްތިއުފާ. ބަންގާޅު ކުއްޖެއްގެ އަތްދަށުވެފަ ދިވެހިން ތިބީމަ މިމީހުންގެ އަސްލު ސައިޒް އެބަ ހާމަވޭ.ޑރ ބަނާނާ ޔޫ ކޮބާ؟؟ އާއްސެލެ ލެމަންއަށް.ވ.ވެދުން
އެމްސް
31 July 2022
މުޅި ޤައުމު ބޮންދުން ދަށުގަ އޮންނަތާ ކޮން ޒަމާނެއް! މަހެއްގެ މައްޗަށް ބިލިޔަނެއްހާ ޑޮލަރު މިޤައުމުން އެވެރިން އެބަ ބޭރުކުރޭ! ޑޮލަރުގެ އަގު އެރިގޮތަށް ތިރިނުވާ މައިގަނޑު ސަބަބަކީވެސް މިއީ!
އެންދީފީ
31 July 2022
ރނ އާއި ދިމާލަށް ލާދީނީ ކިޔާއިގެން މިހުރިިހާދުހު އެކިފަރާތްތަކުން ކުރަމުންދިޔަ ތުހުމަތުތަކަކީ އެއީ ސިޔާސީ ބޭނުމަކަށްޓަކާ ކުރަމުންދާ ކަންތަކެއްކަމުގައި ހީކޮށް ރނ ގެ ދިފާއުގާ ބައެއްފަހަރު އަޅުގަނޑަށްވެސް ވާހަކަދެއްކިފަ އެބަހުރި. ނަމަވެސް މިހާރު %100 ޔަގީންވެއްޖެ އެތުހުމަތުތަކަކީ ވަރަށްބޮޑަށް ޙަގީގަތް އެކުލެވޭ ތުހުމަތުތަކެއކަން.
އެމްސް
31 July 2022
ނަޝީދު ކަތިލައިގެން އިބޫއަށް ހޯދޭނެ ވޯޓެއް ނެތް!
ކެމްސް
31 July 2022
ނަޝީދު ކަތިނުލިއަސް އިބޫއަށް ދެން ދޭނެ ވޯޓެއް ނެތް.
ދޭންވީއޭ
31 July 2022
ގާސިމަށް މަޖްލީހުގެ ރައީސް ކަން ދޭންވީއޭ ގާސިމަށް މަޖްލީހުގެ ރައީސް ކަން ދޭންވީއޭ ގާސިމަށް މަޖްލީހުގެ ރައީސް ކަން ދޭންވީއޭ ގާސިމަށް މަޖްލީހުގެ ރައީސް ކަން ދޭންވީއޭ ގާސިމަށް މަޖްލީހުގެ ރައީސް ކަން ދޭންވީއޭ ގާސިމަށް މަޖްލީހުގެ ރައީސް ކަން ދޭންވީއޭ ގާސިމަށް މަޖްލީހުގެ ރައީސް ކަން ދޭންވީއޭ ގާސިމަށް މަޖްލީހުގެ ރައީސް ކަން ދޭންވީއޭ ގާސިމަށް މަޖްލީހުގެ ރައީސް ކަން ދޭންވީއޭ ގާސިމަށް މަޖްލީހުގެ ރައީސް ކަން ދޭންވީއޭ
ރައީސް ނަޝީދަށް
31 July 2022
ރައީސް ނަޝީދު އިސްލާހު ވާނެ ގޮތެއް ހަމަ ނެތީދޯ! ﷲ އަލުން އިއްޒަތާއި ގަދަރު ދެއްވީމާ، ތިޔަ ވެވެނީ ވެރިކަމުގެ ދަހިވެތިކަމުގައި ރައްޔިތުންނަށް އަނިޔާ. ގައުމުގައި ހަމަނުޖެހުން އުފެދޭނެ ގޮތަށް، ރައްޔިތުންގެ ވިސްނުމާއި އިސްލާމް ދީނާއި ޚިލާފް ކަންކަން ރ ނަޝީދުގެ ފަރާތުން ޕްރޮމޯޓް ކޮށް ގައުމުގެ ވެރިމީހާ ބްލެކްމެއިލްކޮށް ހަދަން ފެށީމާ، ތާއީދު ކުރި މީހުން ވެސް ދެކޮޅަށް ތެދުނުވެ ނުތިބޭނެ. ތައުބާވެ އިސްލާހުވޭ. ދުނިޔެ ހިންގަވަނީ ހުޅަނގުގެ މީހުންނެއް ނޫން.
އެމްސް
31 July 2022
ވެރިކަން ދެމެހެއްޓުމުގަ ދައުލަތް ހުސްވެއްޖެ! ބިދޭސީންގެ ސަހަރަކަށް މިޤައުމުވެ ނިމިއްޖެ! ދިވެހިންނަށް ސަރުކާރު ކުންފުންޏަކުންވެސް ވަޒީފާގަނޑެއް ލިބެނީ ބިދޭސީއަކު ނުވިއްޔާ! ހުރިހާ ޢާއްމު ވިޔަފާރިއަކަށް ބިދޭސީން ވެރިވެގެންފި! 3 ލައްކައަށްވުރެ ގިނަ މީހުންތެރޭ ބޯހިޔާވަހިކަމެއް ނެތް އެންމެ ބިދޭސީއެއްވެސް ނެތް، ހިޔާ ފްލޭޓްތަކުގަވެސް އެމީހުން! މަޖިލިހުގަ ހުރެ ނަޝީދު މިހުރިހާ ކަމެއް ކުރުވީމަ، ހާދަ ގޯހޭ ދޯ؟ އަވަހަށް އިބޫ މަޖިލިހަށް! އެހެންގޮތެއް ދެން ނެތް!
އިންތިޕާ
31 July 2022
އަހަރެމެންގެ ހީރޯ "އަންނި" މިފުނޑުނީ ބޮންދެއްގެ ހވދސޓރ މައްސަލައެއްގަ!
އެމްސް
31 July 2022
އެމްއެމްޕީއާރުސީގެ މައްސަލަ ބަލަން އުޅުމުން! ޔާމީން އާއި އަދީބް ބޮލުގަ އެކަނި އެކަމެއްވެސް ނޭޅުވޭނެ ތާ! އެވަރުކަމެއް ހިންގޭނީ ގިނަ މުވައްސަސާތަކެއްގެ ބައިވެރިވުންވެސް ލިބިގެން!
އީވައްޓޭ
31 July 2022
މިއޮޑިއެއް ނުފެތޭނެޔޭ ގޮވަގޮވައޮއްވާ ނަޝީދުގެ އޮޑި ގިރިއަކަށްއަރާ ފުނޑުނީ ހުޅަނގު މޫސުމުގެ ގަދަ ތޫފާނުގަ!
އެމްސް
31 July 2022
މާލިމީ އަކަށް ހުރީ އިބޫ ނޫނީ ސިއްކަ ބާ؟