ވެހިކަލްތަކުގެ މައްޗަށް ވެއްޓުނު ގަސް އެމްއެންޑީއެފުން ނަގަނީ. -- ފޮޓޯ | އެމްއެންޑީއެފް
04 އޯގަސްޓް 2022 - 10:40
މާލެއަށް ރޭ ދަންވަރު ވައިގަދަވެ ހެންވޭރު ސަހަރާގެ ހުޅަނގުފަރާތުގައި ހުރި ބޮޑު ގަހެއް ވެއްޓި ޕާކުކޮށްފައި ހުރި ވެހިކަލްތަކަކަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.
އެމްއެންޑީއފުން ބުނި ގޮތުގައި ގަސް ވެއްޓިގެން ރިޕޯޓް ލިބުނީ ދަންވަރު ދޭއް ޖަހަން އުޅެނިކޮށެވެ. އެ ވަގުތު ރެސްކިއު ޓީމު އެތަނަށް ގޮސް ވެހިކަލްތަކުގެ މަތިން ގަސް ނަގާފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ދުވަސްވީ ގަސް ވެއްޓި ދެ ގެއެއްގެ ފުރާޅަށާއި ޕާކުކޮށްފައި ހުރި ކާރުތަކަކާއި ސައިކަލްތަކަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ. އެއްވެސް މީހަކަށް އަނިޔާނުވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ކާރެއްގެ މައްޗަށް ގޮފި ގަނޑެއް ވެއްޓިފައި. -- ފޮޓޯ | އެމްއެންޑީއެފް
މޫސުން ގޯސް މި ދުވަސްވަރު ބައެއް ރަށްތަކަށް ވެސް އުދަ އެރުމާއި ވައިގަދަވެ ގެއްލުންތަކެއް ދަނީ ލިބެމުންނެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކަށް މިއަދު ވެސް މޫސުން ގޯސްކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފަ އެވެ. ހދ. އަތޮޅުން ފެށިގެން އދ. އަތޮޅަށް ރޭ ވަނީ ޔެލޯ އެލާޓް ނެރެފަ އެވެ. އެއީ، ގަޑިއަކު 28 މޭލާއި 35 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެތީ ކަމަށް އެ އިދާރާ އިން ބުންޏެވެ.
ވެހިކަލްތަކުގެ މަތިން ގަހުގެ ގޮފިތައް ނެގުމުގައި އެމްއެންޑީއެފުން އެހީތެރިވަނީ. -- ފޮޓޯ | އެމްއެންޑީއެފް
އެ ސަރަހައްދުގެ މޫސުމް މިއަދު ވެސް ލަފާކޮށްފައި އޮތީ ގޯސްވާނެ ކަމަށެވެ.
ބޮޑު ޗުއްޓީއަށް ފަހު އަންނަ ހަފުތާގައި ސްކޫލްތައް ހުޅުވިޔަސް މޫސުން ގޯސްވެ ދަތުރުފަތުރަށް ހުރަސްއެޅިފައިވާތީ ބައެއް ދަރިވަރުން ވަނީ ރަށްރަށުގައި ތާށިވެފަ އެވެ. ބައެއް ސަރަހައްދުތަކުގައި ފެރީ ދަތުރުތައް ވަނީ މޫސުން ރަނގަޅުވަންދެން މެދުކަނޑާލައިފަ އެވެ. ފްލައިޓްތައް ފުލްކަމުން ޖާގަ ހޯދަން ވެސް ދަތިތަކެއް ވަނީ ކުރިމަތިވެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުކީ
04 August 2022
ގަސްތައް ނުވެއްޓޭވަރުގެ ހަބަރުތަކެއް ނޫން ފުލުފުލުގަ ލިބެނީ.
ބޯގުޑާ ޅަހުއްތު
04 August 2022
މާލޭގަ އެބަހުރި ނުވެއްޓޭނެ ބޮޑު ގަހެއްވެސް، އެގަހުގައަޅާ ހުރިހާ މޭވާއެއް ފައިބަނީ ފަނޑިޔާރުންގެ ގެޔަށް. އެހެންވީމަ ލަފާކުރެވެނީ އެގަސް ނުވެއްޓޭނެކަމަށް.
ނަސީ
04 August 2022
ދެން ގަސް ކުއްވެރި ނުކޮއް ދެން ހުރިގަސް ތައް ރަގަޅައްތޯ ހުރީބަލާބަލަ
ބޮޑުމީހާ
04 August 2022
މިމާލެ ނޫން ތަނެއް ހޯދަންވެއްޖެނުން. އިންޑަނޭޝިއާ މެލޭޝިއާ ފަދަ ގައުމުަތަކުންވެސް ވެރިރަށް ބަދަލުކުރަން އެ އުޅެނީ
ނޫނޭ.
04 August 2022
ތިޔަ މުޤައްދަސް ރަށްކޮޅު ކ.އަތޮޅު މާލެ ނޫން ތަނެއްގައި ވެރިކަން ކުރަން ހެޔޮ ނުވާނެ.
ބުސް
04 August 2022
އައްޑޫ އަށް ބަދަލުނުކޮށްގެން ދޯ ތިޔަ އުޅުއްވަނީ..
ގަބުރު.
04 August 2022
ސަހަރާތަކުގެ ފާރު އުސްކޮށް ގަސް އިންދުމުން މިފަދަ ގިނަ ހާދިސާތަށް ކުރިއަށްއޮތްތަނުގަވެސް ހިނގުން ގާތް
ރަދީފްއޮފިޝަލް
04 August 2022
މާލޭގަ ހުރި އެންމެ ބޮޑު ގަސް (އެއީ ފިނި ކޮޓަރީގަ ހުރި ގަހެއް) ވެއްޓެނީ ކޮންއިރަކު ބާ؟؟ ވ.ވެދުން
ބޮޑެއްނޫން
04 August 2022
އެއީ މާ ބޮޑު ގަހަކަށް ހެދިގެން އުޅުނަކަސް، މީހުން އެގޮތް ޤަބޫލުނުކޮށް ގަސް އުފުރާލާ އެންމެ ފަހުން ގެންގޮސް ޖަލުގަ އަހަރެއްވަންދެން އިންދާފަ ބައިންދާފަ އަނެއްކާވެސް ޖަލުގަ އިންދަންވެގެން އެބައުޅޭ!! އެ ގަހަށް ރަގަޅުވާނީ ހަމަ ޖަލު
ކުޑައެއްނޫން
04 August 2022
މިހާރު މިގައުމުގަ ހުރި އެންމެ ބޮޑެތި ގަސްތަކަށް ވައިގަދަވެގެން ކިރިޔަކިރިޔާ ކޮޅަށް ތިބެން ހިފަހައްޓާލެވެނީ. އަންނަ އަހަރުގެ ވޯޓްގަ ވެއްޓޭނެކަމަށް ބެލެވެނީ. އެހާތަނަށް މޮޅު ބްރިޖެއްވެސް ނިންމަން ކިޔައިގެން އެއުޅެނީ. އެކަމު ޗައިނާ މީހުން ނިންމިހެން ކިހިނެތް އިންޑިއާ ބަޔަކު ބްރިޖެއް ނިންމާނީ.