ވެލާނާ އެއާޕޯޓުގެ އާ ކައުންޓަރުތައް. ޗެކިން ސިސްޓަމްތަކަށް ދިމާވި މައްސަލަތައް ވަނީ ހައްލުކޮށްފައި--ފޮޓޯ:ނިޝާން އަލީ/މިހާރު
04 އޯގަސްޓް 2022 - 14:53
ވެލާނާ އިންޓަނޭޝަނަލްގެ ޗެކިން ސިސްޓަމަށް މީގެ ތިން ދުވަސް ކުރިން ފެށިގެން ދިމާވަމުން އައި މައްސަލަ ހައްލުކޮށްފައިވާ ކަމަށް އެމްއޭސީއެލް އިން ބުނެފި އެވެ.
އެމްއޭސީއެލްގެ ޖެނެރަލް މެނޭޖަރު ކޯޕަރޭޓް އެފެއާޒް، ހަސަން އަރީފް ވިދާޅުވީ ޗެކިން ސިސްޓަމް ޑައުންވާން މެދުވެރިވި ސަބަބު އަދި ސާފުވެފައި ނުވާ ކަމަށެވެ. އެހެން ނަމަވެސް އިންޓަނޭޝަނަލް ޗެކިން ސިސްޓަމްތަކާއި ޑޮމެސްޓިކް ޗެކިން ސިސްޓަމްތަކުގެ މައްސަލަ އިއްޔެ ހައްލުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްއޭސީއެލްގެ ޗެކިން ސިސްޓަމްތަކަށް މީގެ ކުރިން އެކަހަލަ އެއްވެސް މައްސަލައެއް ދިމައެއް ނުވެ އެވެ. އެކަމަކު މިދިޔަ ހޯމަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޗެކިން ސިސްޓަމްތަކަށް ސޮފްޓްވެއާ މައްސަލަތައް ދިމާވެ ބޯޑިން ފާސް ދިނުމާއި އެހެނިހެން އިޝޫތައް ކުރިމަތިވި އެވެ. އޭގެ ސަބަބުން ބައެއް ފްލައިޓްތައް ވެސް ޑިލޭވި އެވެ.
ސިސްޓަމްތައް މައްސަލަ ޖެހުމާ އެކު ފްލައިޓުތަކުގެ ޗެކިން މަސައްކަތާއި ބޯޑިން ޕާސް ދޫކުރުމުގެ ކަންކަން ކުރިއަށް ގެންދިޔައީ މެނުއަލްކޮށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަން2233
04 August 2022
ރޭންސަމް ވެއާގެ ކަމެއް ކަމައް ވާނީ .. ސްޓެލްކޯއިންވެސް އެކަންތައް ޖެހުނީ .. ދެރަ ކަމެއް މިއީ ރާއްޖޭގެ މޫނު މަތިވިޔަ ...
ބަކުރު އެންޑު ޒައިނަބު
04 August 2022
ކަންނެލި އަނެއްދޮގު ބިންދާލީ.... ކަމެއް ވީ ވެސް މިއަދު ...އަދިވެސް ސޭފްޓީ މުވައްޒަފުން އެލާޓްގައި....
ހުސެން
04 August 2022
މައްސަލަދިމާވި ސަބަބަބެއް އަދި ނޭންގޭކަމަށްބުނުމުން މާނައަކީ ދިމާވި މައްސަލައެއްވެސް އަދި ނުހޯދެއޭ!! ހައްލުވެއްޖެކަމަށްބުނާއިރު ހައްލުވިކަން ޔަގީންތަ؟ ހައްލުވިކަން އެނގެނީކިހިނެއް؟ ހެކަރުންގެ ކަމެއްބާ؟ ސިސްޓަމުގައިހުރި ފެންވަރު ބަލާލަންބަޔަކު ކުރިކަމެއްބާ؟ ދޭންއުޅޭ ބޮޑުއެޓޭކެއްގެ ރިހާސަލެއްބާ؟
ކޮރަލް
04 August 2022
މައްސަލަ ހައްލުވި އިރު އެއްވެސް މައުލޫމާތެއް ޑިލީޓްވެފަ ނޫނީ ލީކް ވެފަ ހުރިތޯބަލާލަން ޖެހެ އެވެ. ބެކަޕް އިން ބަލާލެވިދާނެ އެވެ.