ކަސްޓަމްސްގެ މައި އިމާރާތް: އެއްޖިންސުން ގުޚުން ހިންގި މައްސަލާގައި ކަސްޓަމްސްގެ ދެ މީހަކު ވެސް ވަނީ ސަސްޕެންޑްކޮށްފައ. -- މިހާރު ފޮޓޯ: ނިޝާން އަލީ
06 އޯގަސްޓް 2022 - 20:10
ބަންގްލާދޭޝްގެ މީހަކާ އެކު އެއްޖިންސުން ގުޅުން ހިންގި އެތައް ބައެއްގެ ވީޑިއޯ އާންމުވެ އޭގެ ތެރޭގައި ހިމެނޭ އެކި މުއައްސަސާތަކުގެ މީހުންނާ މެދު ފިޔަވަޅު އަޅަމުން އަންނައިރު ކަސްޓަމްސްގެ ދެ މުވައްޒަފަކު ވެސް މި މައްސަލާގައި ސަސްޕެންޑުކޮށްފި އެވެ.
ކަސްޓަމްސްގެ މީޑިއާ އޮފިޝަލް ވަނީ އެކަން "މިހާރު" އަށް ކަށަވަރު ކޮށްދެއްވައިފަ އެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވަ އެވެ.
ބަންގްލަދޭޝްގެ އަލަމްގީރް ކިޔާ މީހަކާ އެކު ގިނަ ބަޔަކު އެއްޖިންސުން ގުޅުން ހިންގައި އެ މަންޒަރުތައް ވީޑިއޯކޮށްފައި ވަނިކޮށް ލީކުވެ މައްސަލަ އަންނަނީ ތަހުގީގުކުރަމުންނެވެ. ވީޑިއޯތަކުން ފެންނަ މީހުންގެ ތެރެއިން މިހާތަނަށް ކަށަވަރުކުރެވުނު ބައެއް މީހުން ވަނީ ހައްޔަރުކޮށްފަ އެވެ. ވީޑިއޯތަކުގެ ފޮރެންސިކް ތަހުލީލު ނުނިމޭތީ ބައެއް މީހުން ހައްޔަރު ނުކުރި ނަމަވެސް ތުހުމަތުވާ ކަމަށް ބެލެވޭ މީހުންގެ ތެރެއިން ސަރުކާރުގެ އެކި އިދާރާތަކުގައި އުޅޭ މީހުންގެ މައުލޫމާތު ފުލުހުން ވަނީ އެ ތަންތަން ދީފަ އެވެ.
ފުލުހުން ދިން މައުލޫމާތާ އެކު އެޑިއުކޭޝަނުންނާއި ހޯމް މިނިސްޓްރީންނާއި ރައްޔިތުންގެ މަޖިލީހުންނާއި ފުލުހުން ވެސް ވަނީ ފިޔަވަޅު އަޅައި ބައެއް މީހުން ސަސްޕެންޑް ކޮށްފަ އެވެ. އެނގިފައިވާ ގޮތުގައި މީގެ އިތުރުން ވެސް ބައެއް އިދާރާތަކަށް ފުލުހުން ވަނީ އެ ތަންތަނުގެ ބައެއް މީހުންނަށް ތުހުމަތުވާތީ އެ މައުލޫމާތު ދީފަ އެވެ.
އަލަމްގީރާ އެކު، ސަރުކާރުގެ އެކި މަގާމުތަކުގައި ތިބި މީހުންނާއި ވިޔަފާރިވެރިން ހިމެނޭ ގޮތަށް އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތައް އާންމުވާން ފެށީ މިދިޔަ ޖޫން މަހުގެ ފަހުކޮޅުގަ އެވެ. އެ މައްސަލައިގެ ތުހުމަތުގައި މިިދިޔަ މަހުގެ 12 ގައި އޭނާ ވަނީ ހައްޔަރުކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަމްސިއްޔާ
09 August 2022
ހޫން ދެން ރާއްޖެއިން ފިލަންދެން ތިބޭ.
ބޮޑުރިޔާ
07 August 2022
މިހުރީ އަހަރެމެންގެ ހާލަތު ބަންގާޅީ ފިރިހެނެއްގެ ދަށުވެ މުޅި އިސްލާމީ ގައުމެއް ހަފުސްވަނީ ހުވާކޮށްެންތިބިމީހުންނާއި ނުކޮށް ތިބިމީހުން ބުނާނެއެއްޗެއްނެތް ވަރަށްދެރަ
ކުދުބެއްޔާގެ ސަވާދު
07 August 2022
މި މުބާރާތުގަ ބައިވެރިވެގެން އުޅޭ ސަރުކާރު އޮފީސް މުއައްސަސާތަކުގެ ތެރެއިން ޓޭބަލްގެ ކުރީގެ އުޅެނީ ކޮން ބައެއް މިވަގުތާ ހަމައަށް؟
އިބްރިހިމް ކަލޯ
07 August 2022
އަލަމްގިރި މުބާރާތުގެ މިވަގުތު ޓޭބަލްގެ އެއްވަނަ ކަސްޓަމްސް. އެޑިއުކޭޝަން ހޯމް މިނިސްޓްރީ ފަހަތުން ވިއްދާފަ
ކުރީގެ ދިވެހިރާއްޖެ!
07 August 2022
މި ހުރިހާއެންމެންގެ ނަންތައް ހާމަކުރާއިރު، ކޮންމެހެން ކުރަންޖެހޭ ދިވެހި ސިފައެއް ދައްނަވާލާނާން! “ކުރީގެ ވަޒީރު ގެ ބައްޕަ”، “ކުރީގެ ރަސްކަލުންގެ މުނިކާފަދަރި”، “ކުރީގެ ކޮމިޝަނަރ ގެ ދަނބިދަރި”، “ކުރީގެ ޕީޖީގެ ކޮއްކޮ”، “ކުރީގެ ރައީސްގެ ބޭބެ”، “ކުރީގެ ބަނޑު ހަންގަޑު” އޭ ލިޔެދެންވާނެ ކޮންމެ ފަހަރަކު! އޭރުން އެ ހުރިހާއެންމެންގެ އަބުރު އިރުއިރު ކޮޅާ ކަތިލެވޭނީ!!
ކޯރާހަނޑުލުބަތް
07 August 2022
މީހުންނަކީ ކޮންބައެއްކަން ފާހަގަވަނީ ކޮންމެވެސް ބަޔަކާ އެކުވެގެން އެކި ހައިސިއްޔަތުން، އެހެން ލިއުނީމަ ކޮބާ މައްސަލައަކީ، އެމީހަކު ކުށެއް ކުރިވާހަކައެއް ނޫން އެބުނަނީ. އެހެން ނޫނަސް އެނގެންޖެހޭ ސިޔާސީ މަގާމުތަކުގައި ތިބެންޏާ ގައުމުގެ ބަސްކިޔާ ހިސާބުގަ ތިބެންޏާ. ކީއްވެތަ ނާޒިމު ސައްތާރާ އަންނިއާ ގުޅުވީމަ މައްސަލައަކަށްވާންވީ، އޭނަ ދިފާޢުކުރުމުގައި އެހެރައުޅޭ އައްޗިގޮތުންނާ އޭނަގެ މަގާމުގެ ނުފޫޒު ބޭނުންކުރާގޮތުން ނަންގުޅުވަންޖެހޭކަން ކަށަވަރުވެއްޖެ
އަށްކޮ
07 August 2022
މޫސުން ދައްކާ ގޮތުން ވަރިތައް ވަރަށް ވެސް ގިނަވާނެ ހެންބެލެވޭ، ޔެލޯ އެލާރޓަށް އަރާފިނަމަ މީހުނާ އިނުން މަޑު ޖައްސާލަން ޖެހިދާނެ. އިނުމުގެކުރިން ކަމާބެހޭ ފަރާތްތަކުން ރަގަޅަށް މަޢުލޫމާތު ހޯދާފަނޫނީ ކައިވެނި ނުކުރަން އިޢުޠިމާޞް ކުރަން. ފަރަކަށް އެރުމަވުރެ ގާތީ ގިރިއަކަށް އެރުން ކަމަށް ބެލެވޭ.
ނަމަނަމަ
06 August 2022
ދިވެހި ފިރިހެނުންގެ ޒަމާންވީ ކުޅި އަދި ފެންމަތި މިވަނީ. ވަރި ގިނަވާ ސަބަބު މިހާރު އެނގެއްޖެ ދޯ؟
ކުޅަނދުރު
07 August 2022
ކޮއިފުޅާ ފިރިހެނުން އެކަންޏެއް ނޫން. މިފަހަރު ގިރިއަކަށް އަރައިގެން މި ފަޅާއެރީ ފަރަށް އަރާ މީހުންވެސް ހިޔެއް ނުވޭ ވަކި މަދުވާނެހެނެއް.
ބައިކުޅަނދު
06 August 2022
މިވާހަކަ މިހާވަރަށް ފާޅުކަންބޮޑުކޮށް ދުވާލަކު އެތަށްފަހަރަކު ރިފުރެޝް ކުރުމުން މުޖުތަމައުއަށް ޖުމުލަކޮށް ވަނީ ފައިދާހޭ ނުވަތަ ވާނީ ގެއްލުމެއް ހެއްޔެވެ. މަގޭ ނަޒަރުގައި މި ދެވޭ މެސެޖަކީ މިއީ އެތަށް ސަތޭކަ ބަޔަކު ކުރާ ކަމެކޭ. އެއީ އާއްމު ކަމެކޭ. މަގޭ ނަޒަރުގަ މިކަމުގެ ނޫސް ކަވަރޭޖު ގޯސް.
އުއްޗު
06 August 2022
އެހެންވީމާ އަލަމްގިރީގެ ފަހަރިއަކަށް ނުވަތަ ޅިޔަނަކަށްނުވާ ދިވެއްްސެއް މިހާރު ނުހުންނާނެ…
ދިއްދޫމީހާ
06 August 2022
އާލިމޫ ގިރި ހަބަރު ލިޔެލިޔެ ފޫހި ނުވޭތޯ؟؟ މާދަން އަޑު އިވޭނީ ކޮންމެވެސް ޖަނަވާރަކާ ގުޅުން ހިންގި ވާހަކަ..
ގިނިހިލަ
06 August 2022
ހުރިހާ މީހުން ގިރި އާއި އެކު ހައްޔަރު ކޮއްފާ ބައިތިއްބާ އެވެރިން ބަލިވެ ، އިނދެ ވިހަން ވަންދެން.