ތައިލެންޑުގައި އެންމެ ފަހުން އަސްކަރީ ބަޣާވާތެއް ގެނެސްފައި ވަނީ 2014 ވަނަ އަހަރު.
03 ޖެނުއަރީ 2017 - 15:30
ބެންކޮކް (ޖެނުއަރީ 3) - ތައިލެންޑުގައި ބާއްވާ އިންތިޚާބަށް ފަހު އެ ގައުމުގައި ދެން ބަޣާވާތް ނުކުރާނެ ކަމަށް ސިފައިންގެ ވެރިޔާ ވިދާޅުވެއްޖެ އެވެ.
ތައިލެންޑުގައި 1932 ވަނަ އަހަރުގެ ފަހުން ސިފައިން ވަނީ 12 ފަހަރު ބަޣާވާތަކުން ވެރިކަން ހޯދައިފަ އެވެ. މީގެ އިތުރުން ވަނީ ނާކާމިޔާބު ހަތް ބަޣާވާތް ގެނެސްފަ އެވެ.
ސިފައިންގެ ވެރިޔާ ޖެނެރަލް ޗަލެމްޗައި ސިތިސަތު ވިދާޅުވީ ކުރިއަށް އޮތް އިންތިޚާބުގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތް ނަމަވެސް އިހުތިރާމް ކުރާނެ ކަމަށެވެ.
އިންތިޚާބަށް ފަހު ސަރުކާރަށް ސިފައިން ނުފޫޒު ފޯރުވަފާނެތޯ ނޫސްވެރިއަކު ކުރި ސުވާލުގެ ޖަވާބުގައި ސިތިސަތު ވިދާޅުވީ "ހިނގައިދިޔަ ކަންތަކުން ފިލާވަޅު ލިބިއްޖެ ކަމަށާއި ދެން ބަޣާވާތް ނުކުރާނެ" ކަމަށެވެ.
"ދެން ބަޣާވާތް ނުކުރާނެ ކަމުގެ ޔަގީންކަން ދެން،" އޭނާ ވިދާޅުވި އެވެ.
ތައިލެންޑުގައި މިހާރު އޮތް އަސްކަރީ ސަރުކާރުން ވެސް ވެރިކަން ހޯދީ މީގެ ތިން އަހަރު ކުރިން ގެނައި ބަޣާވާތެއްގަ އެވެ. އެކަމަކު އަސްކަރީ ސަރުކާރުން ތަކުރާރުކޮށް ބުނަމުންދަނީ މަދަނީ ސަރުކާރެއް ގާއިމްކުރާނެ ކަމަށެވެ.
ތައިލެންޑުގައި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ މި އަހަރު ފަހުކޮޅު އެވެ. ނަމަވެސް އަސްކަރީ ސަރުކާރުގެ ބައެއް އޮފިޝަލުން ބުނަމުންދަނީ އިންތިޚާބާ ބެހޭ ގާނޫނުތައް ފާސްވަންދެން، އިންތިޚާބު އަންނަ އަހަރަށް ފަސްކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އެކަމަކު ސަރުކާރުގެ ތަރުޖަމާން މޭޖާ ޖެނެރަލް ސަންސާން ކައެވްކަމްނާޑް ވިދާޅުވީ ޝެޑިއުލްއާ އެއްގޮތަށް އިންތިޚާބުގެ ކަންކަން ކުރިއަށް ދާނެ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ައއހ
03 January 2017
ދެން ކުރަންވެސް އުނދަގޫވާނެނު ރަސްގެފާނު މަރުވީމަ... މިއޮތްހުރިހާ ދުވަހު ކޮންމެ ބަގާވާތެއް ގެންނައިރައް، ބަގާވާތު ސަރުކާރު ބަލައިގަނެ ބާރުދެނީ ރަސްގެފާން....މިހާރު އަރަންހުރި ޕްރިންސް އަދި ހަދާނެ ގޮތެއްނޭނގެ....އެހެންވީމަ ނޯބަގާވާތްދޯ
ވޯލް
04 January 2017
ޕްރިންސް މިހާރު ރަސްކަމުގެ ހުވާކޮށް ނިމި ރަސްކަމާއި ހަވާލުވެއްޖެ.