ޓީވީ ސްޓޭޝަނެއްގެ ކޮންޓްރޯލް ރޫމް: ބަދުއަހުލާގީ އަމަލުތައް ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކާއި އަދި ބައެއް މަރުތަކުގެ ޚަބަރުތައް ގެނެސްދިނުމުގައި ސަމާލުވާން އެޑިޓާސް ގީލްޑް އިން ވަނީ އެދިފައި -- ފޮޓޯ: މިހާރު
11 އޯގަސްޓް 2022 - 21:37
މި ފަހުން ރާއްޖޭގައި ފެންމަތިވެފައިވާ ބަދުއަހުލާގީ އަމަލުތައް ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކާއި އަދި ބައެއް މަރުތައް މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތާ ގުޅޭ ގޮތުން ކަންބޮޑުވުންތަކެއް އެބަހުރި ކަމަށާއި އެފަދަ ޚަބަރުތައް ގެނެސްދިނުމަށް އިތުރަށް ސަމާލުވުމަށް އެޑިޓާސް ގިލްޑުން މިއަދު ގޮވާލައިފި އެވެ.
އެޑިޓާސް ގިލްޑުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ބިދޭސީއަކު ގިނަ ބަޔަކާ އެކު އެއްޖިންސުން ގުޅުން ހިންގި ކަމަށް ބުނެ ލީކްވެފައިވާ ވީޑިއޯތައް ބައެއް މީޑިއާތަކުން އެއްވެސް ވަރެއްގެ ސެންސަރު ކުރުމެއް ނެތި އާންމުކުރުމުން މުޖުތަމައުގައި އެ ކަންކަމަކީ އެއްވެސް ކަމެއް ނޫން ކަމަށް ބަޔަކަށް ގަބޫލުކުރެވިދާނެ މިންވަރަށް އެ މޭރުމުން އެ ވާހަކަ ދައްކާތީ ކަންބޮޑުވާ ކަމަށެވެ.
ކުޑަކުދިންނާއި އާއިލާތަކުގެ ތެރޭގައި ވެސް އެ ކަންކަމަކީ "އޯކޭ" ކަމެއް ކަމަށް ދޭހަވާ ގޮތަށް އެ ވާހަކަތައް އެހާ ފުޅާމިނުގައި އާންމުނުކުރުމަށް އެ ޖަމިއްޔާއިން އިލްތިމާސްކުރި އެވެ.
"އެއްޖިއްސުން ގުޅުން ހިންގުމަކީ މާތް الله ނަހީ ކުރައްވާފައިވާ ބޮޑު ފާފައެއް ކަމަށް ވާއިރު، އެ ފާހިޝް އަމަލު ހިންގުމަކީ އާންމު އާދައިގެ ކަމެއް ކަމަށް އާންމުންނަށް ވިސްނޭ ދަރަޖައަކަށް އެކަމުގެ ޚަބަރުތައް ގެނެސްދީ، އެ ކަންކަން އާންމުކުރުމަކީ ޒިންމާދާރު މީޑިއާއަކުން ކުރާނޭ ކަމެއް ނޫނެވެ،" އެ ބަޔާނުގައި ބުންޏެވެ.
ކޮންމެ ދުވަހަކު ވަކިވަ ކިސުރުހީތަކުގެ ދަށުގައި އެ އަމަލު ހިންގި ގޮތް ތަފްސީލުކޮށް ލިޔެ ފޮޓޯތަކާއި ވީޑިއޯތަކާއި ލިޔުންތައް އެކި ސިފަސިފައިފައި ޝާއިއުކުރުމުގެ ބަދަލުގައި، އެ އަމަލު ހިންގި ފަރާތްތަކުގެ މައްސަލަތައް ތަހުގީގުކޮށް ގާނޫނުގައި ކަނޑައަޅާފައިވާ އަދަބު ދިނުމަށް ކަމާ ގުޅުންހުރި މުއައްސަސާތައް ޒިންމާދާރުކޮށް، ބާރު އެޅުމަށް މަސައްކަތް ކުރުމަށް އެ ޖަމިއްޔާއިން ގޮވާލި އެވެ.
"އެފަދަ މައްސަލަތައް މީޑިއާތަކުން ރިޕޯޓްކުރާ އިރު، ފަރުދީ ފަރާތެކޭ ޒިންމާދާރު މަގާމެއްގައި ހުރި މީހެކޭ ތަފާތުކުރުމެއް ނެތި ހެޑްލައިން ހަދައިގެން އާންމު މީސްމީހުން ފަލީހަތް ނުކުރުމަށް ވެސް އިލްތިމާސް ކުރަމެވެ،" އެ ބަޔާނުގައިވެ އެވެ.
ބަދުއަހުލާގީ އަމަލުތައް ހިންގާ މަންޒަރު ފެންނަ ވީޑިއޯތައް ސޯޝަލް މީޑިއާގައި އާންމުކުރުން މި ދުވަސްވަރު އިތުރުވަމުން ދާތީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ވެސް މިއަދު ކަންބޮޑުވުން ފާޅުކުރި އެވެ.
އެ ވީޑިއޯތައް ދައުރު ކުރާތީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް މިއަދު ވަނީ ކަންބޮޑުވުން ފާޅުކުރައްވައި، އެކަން ހުއްޓުވަން ގާނޫނީ އޮނިގަނޑެއް އެކުލަވައިލަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.
އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ގިނަ ވީޑިއޯތަކެއް ސިއްރުން ރެކޯޑު ކޮށްފައި ވަނީ ބްލެކްމެއިލް ކުރަން ބޭނުން ކުރުމަށް ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އެ ލީކު ކުރަމުންދާ މީހުންނާއި އެކަމުގެ ފަހަތުގައި ތިބި މީހުން ފުލުހުން އަދި ހައްޔަރެއް ނުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގިލްޑު
12 August 2022
ތިކަމާޢިދޭތެރޭގައި ތިޔަގިލްޑަށް ވާހަކަދެއްކޭނަމަ، އެކިޓީވީޗެނެލްތަކުން އެހެރަދައްކާ ފިތުނަވެރި ސިޔާސީވާހަކަތަކާއި ރައްޔިތުންގެ ބޯކައި، ހެއްލުންތެރިކުރުމުގެ ޕުރޮޕަގެންޑާ މަސައްކަތްތަކާއި ބެހޭގޮތުން އެއްޗެއްނުބުނެވޭތީ ޙައިރާންވެއެވެ. އެކިގޭގޭގައި 24 × 7 ގަޑިއިރު އެކިޗެނަލުންގެނެސްދޭ ޕުރޮޕަގެންޑާ ވާހަކަތައް ޅަދަރީންނަށް ފެނުނީމައި ވާގޮތް ފެންނާނީ މިއަދަކުނޫނެވެ. އޭގެ ނަތީޖާ ފެންނާނީ ދުވަސްތަކެއްގެ ފަހުންނެވެ. މިއީ ހުއްޓުވަންވެއްޖެކަމެއް.
ބަޔަކު
12 August 2022
ހާދަ ހީވޭ ބަޔަކު ސަލާމަތްކުރަން ނުވަތަ ފޮރުވަން އުޅޭހެން. އެންމެން ފަޞީހަތް ކުރޭ އަދި ފާޅުގައި އަދަބު ވެސް ދީ. މިކަމުގައި ޝާމިލްވާ ހުރިހާ އެންމެނަށް އިސްލާމީ ޝަރީއަތުގައި އޮތް ގޮތަށް އަދަބު ލިބެން ޖެހޭނެ. އަހަރެމެންގެ ދަރިންނަށްޓަކައި ކޮންމެހެންވެސް ކުރަންޖެހޭނެ ކަމެއް. އެހެން ނޫނީ މިޤައުމު އެމެރިކާ އަށް ވެދާނެ.
ލާލުޗަންދު
12 August 2022
ބަދުއަހުލާގީ އަމަލުތައް ހިންގާ މަންޒަރު ފެންނަ ވީޑިއޯތައް ސޯޝަލް މީޑިއާގައި ސިއްރުކޮށް އެކަމަށް ހިތްވަރުދީ ކުޅޭނެކުޅިއެއް ކުޅުވަންބޭނުންވާބައެއްތީ. ޢިންސާނީ ޙައްޤުގެ ނަމުގައި އިންސާނީ ކަރާމާތް ނަގާލަން އުޅޭބައެއްތީ. މިޤައުމުގައި ބައިތިއްބާވަރު ބައެއްނޫން މިހިއުމަން ރައިޓްސް ބަޔަކީ. ﷲ ގެމަގުން އެއްކިބާކުރަން ކުރާ މަސައްކަތެއް މިމީހުންގެ ކިބައިން ފެންނަނީ. އެންމެ ފުރަތަމަ އޮތީ ﷲގެ ޙައްޤު. އިންސާނީ ޙައްޤު އެއަށްފަހު.
އެމްސް
12 August 2022
ސަރުކާރުން ކުރުވާ ކަމެއް ނޫން ތޯ؟
ނުބައިދޮރެއް
12 August 2022
ބަޔަކު ރާވައިގެން ކުރާކަމެއް ތިވާހަކަ މީޑިއާއިން ކެނޑުނަ ނުދީ އެއްވާނެއްގަ ހިފަހަށްޓަނީ.. ހާއްސަކޮށް ކުރީގެ މާވަރުގަދަ ބުރޯ އެއްގެ ބޯއީ އެއް ލައްވާ އޭނާ ހިންގާ ފޭސްބުކް ޕޭޖު އަދި ޓެލެގުރާމް ގުރޫޕުގަ ކެނޑިނޭޅި މިވާހަކަ ފަތުރާ ފުލުހުން އާންމު ނުކުރާ ފޮޓޯތަކާ ނަންތަކަށް ދަންދެން ހާމަ ކުރޭ.. ބޭނުމަކީ މިކަން އާދައިގެ ސިންޕަލްކަމަކަށް ނަގާ ވަރު ކުރުވުން.. އަދި މި އަމަލު ކުރާ މީހުން އިޝްތިހާރުކޮށް އެކަން ކުރަން ބޭނުންވާ މީހުންނަށް މަގު ފަހިކޮށްދިނުން
އަދި އަވަސް
11 August 2022
އަދި އަވަސް އެއްޗެއް ބުނަން.....ހޭލެވުނީ ދެންމެ ދޯ
ޓޯރޭ
11 August 2022
މިހާރަކަށްއައިސް ބައެއްޓީވީޗެނެލްތަކުން ޚަބަރުބަލާލެވޭވަރެއްވެސްނޫނެވެ. އަބަދުއަޑުއިވެނީކޮންމެވެސް ގިރިއަކަށް ބަޔަކުއަރައިގެންއުޅޭވާހަކައެކެވެ. ޚަބަރުތައްފޮނުވާ މީހުންހިތަކަށްނާރާ ގޭގެސިޓިންރޫމުގައި ޓީވީބަލަންތިބޭނީ ކޮންބައެއްކަމެއް. ރާއްޖެއަށްމަސްތުވާތަކެތިބަޔަކު ޕްރޮމޯޓުކުރިގޮތަށް، މިހާރުޕްރޮމޯޓުމިކުރެވެނީ ރާއްޖެއިން ފެނިގެންއުޅޭ މާވަރުގަދަގިރިއެކެވެ. ޓީވީޗެނެލްތަކުންމިބާވަތުގެވާހަކ ޚަބަރުގެގޮތުގައިކިޔުންމާރީތި އަދިމުހިންމު ކަމަކަށްނުހަދަމާ.
ޒިމްބެ
12 August 2022
އެހެން އަލަމްގިރިއޭ ހަނދޭގިރިއޭ ކިޔާފަ މި އާންމުކުރެވޭ ނުބައި އަމަލު ނުވިސްނޭ މިބައި މީހުންނަކަށް.. މިއީ ބަޔަކު އަޑީގަ ތިބެގެން އަނބުރާ ގޭހެއް މި އަޑު ކެނޑުނަ ނުދެން އެމީހުން ފޭސްބުކް ޕޭޖުގަ އާންމުކުރަނީ ފަހަރު މީހަކު މަހަކު ދެ ތިން މީހެއް.. ދެން ހުރިހާ މީޑިއާތަކުން ފަލަ ސުރުހީގަ އެވާހަކަ ގެންނާނެ.. މި ކަން އެއް ގޯސްވެ ޕަބްލިކު އަޅައެއް ނުލާނެ ދުވަސްކޮޅަކުން.. އޯކޭ ކަމަކަށް ނަގާނި މިހެން ދަންޏާ.
އެމްސް
12 August 2022
ޒަމާނުއްސުރެ މިމުޖުތަމަޢުގަ ހުންނަ ވަރަށް ބޮޑެތި މައްސަލަ އެބަހުރި! ބޯހިޔާވަހިކަމާއި ވަޒީފާގެ ދަތިކަން! ޤައުމުގެ އާބާދީއާއި ނުބައްދަލު ޢަދަދަކަށް ބިދޭސީން މިޤައުމުގަ އުޅޭއުޅުން! ޙަޤީގަތުގަ ބޯހިޔާވަހިކަމާއި ވަޒީފާ، ދިވެހިންނަށް އެހާ ދަތީވެސް ބިދޭސީންނާއި ހުރެ! ޑޮލަރުގެ އަގުވެސް ތިރި ނުވެގެން އުޅޭ 1 ސަބަބަކީވެސް ބިދޭސީން! %100 އިމްޕޯރޓް ކުރާ ޤަޢުމެއްގަ ޑޮލަރުގެއަގު ތިރިނުވެއެއްވެސް މުދަލުގެ އަގު ހެވެއް ނުވާނެ! ޑްރަގްގެ ކަންކަން މީޑިއާއަށް އަރުވަމާ!
ޒިކް
11 August 2022
ތި ވާހަކަ މާގިނައިން މީސް މީޑިއާއާ އެހެން މީޑިއާތަކުގަ އެނބުރެނީ، އެއްގޯސްވެ އާދައިގެ ކަމެއްގެ ގޮތުގަ މިޖުތަމަޢުން ދެކެން ފަށައިފާނެ. ދެން ތިޔަ ކަން ކުރާމީހުންގެ ވަނަވަރު ފުލުހުން އާންނު ނުކުރަނީސް މީސް މީޑިއާގަ ނަމާ ފޮޓޯ ޖަހާ އާންމު ކުރުމުން އަލީ ރަމީޒު ބުނާހެން އާއިލާތަކާ ރަށްޓެހިންނަށް އޭގެ ނަފުސާނީ އަސަރުކުރޭ. އަދި އެ އަމަލު ކުރި މީހުންގެ ހަޔާތްކެނޑި ފާޅުގަ އެކަމުގަ އުޅުމަށް ބާރު ލިބޭ. ބައެއް މީހުން އެބަ ބުނޭ އިތުރަށް ގެއްލޭނެ އެެއްޗެއް ނެތޭ
ދެރަކަމެކޭ
11 August 2022
އަލީ ރަމީޒުތަ މިޤަޢުމުގަ މިހާރު ވެރިކަންކުރަނީ ސީދާ އޭނާގެ ޚިތާބު ބަޔާނެއްގެ ސިފާގަ ނެރެފަ މިއޮތީ. މިހިރީ މިއަދު މިޤަޢުމުގެ ހާލާތު. ހަރުކަށި މީހުންގެ ނުފޫޒު ނޫސްވެރިންނަށް ކޮށްފަހުރިމިންވަރު މިފެންނަނީ
ވިކިލީކްސް
12 August 2022
ކޮން ހަރުކައްޓެކޭތަ ތިކިޔަނީ؟ ކަލޭމެންގެ މަޑުކަށި ފެނިއްޖެއެއްނު ގިރިގިރިޔަށް އުރެމުންދާތަން!!!
އެމްސް
12 August 2022
އަޑުގަދަމީހާގެ ރުއް މާގިނައީ!
ބަކައްޓާ
12 August 2022
އިސްލާމީ ޝަރީއަތާ ގުޅޭ ކަމެއް ވެއްޖެއްޔާ ހަރުކަށި؟؟ ތިހިރީ ސީދާ ހުޅަނގުގެ ވިސްނުން
ކޮމެންޓްކުރާމީހާ
12 August 2022
މީހެއްދެކޭ ރުޅިއަޔަސް ތީދެން ބޮޑުވަރު..ޢަލީ ރަމީޒު ބުންޏަސް ރަނގަޅު ވާހަކައެއްވާނީ ރަނގަޅު ވާހަކައަކަށް.. ފާޙިޝް މަންޒަރުތައް ޓީވީ ޗެނަލްތަކުން ދައްކައި އެކިކަހަލަ ސޯޝަލް މީޑިއާ ތަކުގައި ޝެއަރ ކޮށްހެދީމަ ވާ ގޮތަކީ ފާޙިޝް ކަންތައް ފަތުރާ ޢާންމުކުރެވެނީއެ.. އެފަދަ ތަކެތި ޝެއަރ ކުރާ ފަރާތްތަކުންވެސް ފާފަވެރިވެދާނެތީ އެއްވެސް ކަހަލަ ބިރެއްނެތި މަޖަލަކަށް މިކަހަލަ ކަންތައްތައް ޢާންމުކޮށް މި ކުރަނީ...އެފަދަ ވީޑިއޯތައް ޝެއަރ ނުކުރުމަށް ނަޞޭޙަތްތެރިވަން