14 އޯގަސްޓް 2022 - 16:10
ޓޫރިސްޓު ފެސިލިޓީތަކަށް ދޫކޮށްފައިވާ ބިމުގެ ކުލިން ނަގާ ޖޫރިމަނާ ކުޑަ ކުރުމާ ގުޅިގެން، ރިސޯޓަކުން މީރާއަށް ދައްކާފައިވާ ޖޫރިމަނާ އިން 1.8 މިލިއަން ޑޮލަރު (28 މިލިއަން ރުފިޔާ) އަނބުރާ އެ ރިސޯޓަށް ދީފި އެވެ.
ރިސޯޓާއި، ހޮޓަލާއި، ގެސްޓްހައުސް ހަދަން ކުއްޔަށް ދޭ ރަށްރަށާއި ބިމުގެ ކުލި ސަރުކާރަށް ދެއްކުމާ ބެހޭ ގަވާއިދަށް ބަދަލު ގެނެސްފައިވަނީ 2020 ވަނަ އަހަރު އެވެ. އޭގެ ކުރިން 2019 ވަނަ އަހަރު ރައީސް އޮޮފީހުގެ އިކޮނޮމިކް ކައުންސިލުން ވަނީ ޖޫރިމަނާ ކުޑަ ކުރަން ނިންމައިފަ އެވެ. އެ ބަދަލުގައިވާ ގޮތުން ކުލި ދައްކަން ޖެހޭ މުއްދަތު ހަމަވާ ދުވަހުން ފެށިގެން ފައިސާ ދައްކާ ދުވަހާ ހަމައަށް ކޮންމެ ދުވަހަކު ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭނީ ކުލީގެ 0.0493 ޕަސެންޓެވެ. ކުރިން އޮތީ ކޮންމެ ދުވަހަކަށް ކުލީގެ 0.5 ޕަސެންޓް، ޖޫރިމަނާއަށް އަރާ ގޮތަށެވެ.
އެ ނިންމުމަށް އަމަލުކުރަން ފެށީ މި އަހަރުގެ ފެބްރުއަރީ މަހުން ފެށިގެންނެވެ. އެހެންވެ، ޓޫރިޒަމް މިނިސްޓްރީން ގަވައިދު އިސްލާހު ގެންނަ ތާރީހުން ފެށިގެން ޖޫރިމަނާގެ ގޮތުގައި 0.5 ރޭޓުން ދެއްކި ފަރާތްތަކަށް އިތުރަށް ދެއްކި އަނބުރާ ފައިސާ ދައްކަން ޖެހޭނެ އެވެ. މީރާއިން ޖޫރިމަނާގެ ގޮތުގައި އަނބުރާ ފައިސާ ދެނީ ޓޫރިޒަމް މިނިސްޓްރީން އަންގާ ފަރާތްތަކަށެވެ.
ބެކްޑޭޓްކޮށް މި ގަވައިދަށް އިސްލާހު ގެނެސްގެން އަމަލު ކުރަން ފެށުމާ ގުޅިގެން ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް މީގެ ކުރިން ވަނީ މިއީ ވަކި ރިސޯޓުތަކަށް ބޮޑެތި އަދަދުތަކުން ފައިސާ ލިބޭ ގޮތަށް ސަރުކާރުން ހިންގާ ޖަރީމާއެއްގެ ގޮތުގައި ސިފަ ކުރައްވައި ވާހަކަ ވެސް ދައްކައިފަ އެވެ.
މީރާ އިން ބުނީ މިއަދާ ހަމައަށް ޖޫރިމަނާގެ ފައިސާ އަނބުރާ ދެއްކީ އެންމެ ފަރާތަކަށް ކަމަށެވެ. އެހެން ނަމަވެސް ކުރިއަށް އޮތްތަނުގައި އިތުރު ރިސޯޓުތަކަށް ވެސް ޖޫރިމަނާގެ ގޮތުގައި އިތުރު ފައިސާ އަނބުރާ ދައްކަން ޖެހިދާނެ ކަމަށް އެ އިދާރާއިން ބުންޏެވެ.
ރާއްޖޭގެ ޓޫރިސްޓު ފެސިލިޓީތަކުން ސަރުކާރަށް ކުލި ދައްކަމުން އަންނަނީ ކޮންމެ އަހަރެއްގެ ކުލި ހަތަރު ކުއާޓަރަށް ބަހާލައިގެންނެވެ. އެހެންކަމުން ކުލި ދައްކަން ޖެހޭ މުއްދަތު ކޮންމެ ކުއާޓަރެއްގެ ފުރަތަމަ ދުވަހުން ފެށިގެން ހަމަވާނެ އެވެ. އެއަށް ފަހު ކުލި ނުދައްކާ ކޮންމެ ދުވަހަކަށް ޖޫރިމަނާ އަރަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމަދު ދ1
15 August 2022
ޔާސް ނޭތަރ ކިޔާ ރިސޯޓެއް މިގަުމުގައި ވަގަށް ހިންގާކްން އެގޭ ދިވެއްސެއް އެބަހުރިބާ.. ރަށުގަ މުޅި ޖުމްލަ 3 ދިވެހިން ޕޭރޯލްގަ.، ޕެންސަން، މަސައްކަތު ގަޑި އެކައްޗެއްވެސް ގާނޫނަކަށް ނުފެތޭ.، އިންސުރަންސް ނެތް.، ފައަރ ސޭފްޓީ ފުޅިތައް ނެތް، ވަޒީރު މައުސޫމް އާއި ފާފު މެމްބަރުވެގެން ހިންގާ ބޮޑު ޖަރީމާ.
އަހުމަދު މުޙައްމަދު
15 August 2022
ހިތާމަ ވެރިކަމެއް. މުއްސަދިން މުއްސަދި ކޮށް ނިކަމެތިން ނިކަމެތި ވާގޮތައް ކަންކަން ކުރެވޭތީ ވެރިކަން އަންނަ މީހާގެ ކެމްޕެއިނަށް ހެޔޮ އެދޭ ފަރާތްތަކުގެ ދީލަތި އެހީ ލިބެނީ. ހަޤިގަތަކީ އެއީ ދީލަތި އެހީއެއް ނޫން. އެއީ މިފަދަ އިނާޔަތް ހޯދާ އެއިއިން ނާޖާއިޒު ފައިދާ ހޯދުމަށް ގަސްތުގައި ރޭވިގެން ހިންގޭ ޖަރީމާ. މިކަމަށް އެންމެން ވިސްނާ މިކަން މިހެން ނުކުރެވޭނެ ގޮތަކަށް ކަންކަން ކުރަން އެބަ ޖެހޭ. އެހެން ނޫނީ ޤައުމު ބަނގުރޫޓް ވާކަށް ލަހެއް ފަހެއް ނުވާނެ.
އިސްމާލި
15 August 2022
ސާބަހޭ. ބެކްޑޭޓް ކޮށް ގަވާއިދު/ގާނޫނު އިސްލާހު ކޮށްގެންވެސް މަހުޖަނުންނަށް ފައިސާ ދެވޭތޯ. މިއީ މި ފަދަ ޒަމާނެއްގައި އެއްވެސް ގައުމެއްގައި އަދި ގާނޫނީ ހަމަތަކުން ވެސް ކުރާ ކަމެއް ނޫނެ. އެހެންވިއްޔާ ބެކްޑޭޓް ކޮށް އަހަރެމެން ކުރިން ކުރި ކުށް ތަކަށް ވެސް ދައުވާ ކުރަން ފަށާފާނެ ދޯ. ބަދަލުދިނުމާއި އެކިއެކި ނަންނަމުގައި ފައިސާ ބެހުން. ވައްކަން ނުކިޔާކަން.
ކަޅޭ.
15 August 2022
އެޖެންޑާ 19 ތަފާތުވާނޭބުނިދޯ.. އަލުން ވޯޓުދީ..
ގައުމީ ލޯބި
14 August 2022
ރިސޯޓު ކުލި ކުޑަ ކުރެވޭ ޖުރުމާނާ ރިފަންޑު ކުރެވޭ މާފުކުރެވޭ.. މިވާހަކަ އައި އެމް އެފް އިން އެންޑޯޒެއް ނުކުރޭ! އާންމުން އަތުން ނަގާ ޓެކްސް ބޮޑުކުރަން އައި އެމް އެފް އިން އެންޑޯޒުކޮށް ފިޔޭ ކިޔައިގެން ކޮންބަޔަކަތޯ އޮޅުވާލަނީ.. މަހުޖަނުން ހޮވާފަތިބި ގަމާރުން އެމަހުޖަންުންނަށް ފައިދާވާގޮތަށް ކަންކަން ކޮށްފައި މާދުރުގައި ތިބޭ ބަޔެއްގެ ބޮލަށް ކަނޑަނީ..؟
ފޮނިޓައްްޕު ހަސަނު
14 August 2022
އަބަދުވެސް މަހުުޖަނުންނަށް މޮޅުގޮތްް.
ވަތުބަތާނަ
14 August 2022
ސާބަހޭ އަތް ޖަހާ! މޑޕ އާއި ކޯލިޝަން 2023 ގަ ވެސް އަދި ހޮވާތި! މިފެންނަނީ އެއްކަލަ 500އަށް ނޫނީ އިންޑިއާ ޓިކެޓަށް ނޫނީ ވަޒީފާގަނޑު ނުޙައްޤުން ހޯދާފަ ވޯޓުވިއްކީމާ ވާގޮތް. އަދި ނިމުނީކީނޫނޭ.. އަދިވެސް 2023 ނޮވެމްބަރާ ހަމައަށް އޮތީ ޤައުމު ވިއްކުމުގެ ސިލްސިލާތައް. ހެޔޮ ނުވާނޭ!! އައްޗީޑި!
ޤައުމީ ލޭ
14 August 2022
ޤައުމެއްގަ ޖާހިލުން ނާ ގަމާރުން ގިނަވެއްޖެ ނަމަ ފެންނާނެ ހުރިހާ ކަމެއް ރާއްޖެއިން ފެންނަމުން އެބަދޭ. އެހެނީ ރާއްޖޭގެ ކަންކަން ގޯހުން ގޯހަށް ދާއިރުވެސް މި ސަރުކާރު ހިންގާ މައި ޕާޓީއަށް މީހުން ވޯޓް އެބަދޭ. ޤައުމުގެ އެއްވެސް ކަމެއް ރަނގަޅު ކުރަން މިބުނާ ރައްޔިތުން ބޭނުން ހެނެއް ހިޔެއްނުވޭ.
އޮނަރަބްލް އަފީފު ދީދީ
14 August 2022
ޓްއަރިޒަމްގެ ގިނަކަންކަމުގައި ސަރުކާރުތަކުން އަމަލު ކުރަމުންދާގޮތަށް ބަލާއިރު "ރާއްޖޭގެ ވެރިކަމުގެ ނިޒާމަކީ ޕައިނީއަރުސްޓް ސިސްޓަމެއް" ނުވަތަ މަހުޖަނުން ހިތްރުހޭގޮތް ރަނގަޅު ނިޒާމް ކަމުގައި ދެކެން ޖެހޭ. # ޤާނޫނު ބުނާ ގޮތުން ޓެކްސް އޮފީހުން ނަގާންޖެހޭ ފައިސާއެއް ނެގުމަށް ސަރުކާރު ވުޒާރާއެއްގެ ހުއްދައަށް އެދި މީރާ އާދޭސް ކުރާކަށް ނުޖެހޭނެ. # ކަންކުރަމުންދާ ގޮތަށް ބަލާއިރު މާދަމާ "ރައްޔިތުންގެ ގޮހޮރަށް އަތްކޮށްޕާ ހިސާބަށް" ކަންކަން ގެންދާނެ.
އަލިކޮއި
14 August 2022
ކުދި ވިޔަފާރިތައްފަހާ ރައްރަށުގަތިބި މީރާ މީހުން ދުވެނަގަނީ ވިކުރާ ނުލިޔެގެން 1 ދުވަސް 3 ދުވަހުގެ ވުކުރާގެ ޖުމުލަ ޖޫރިމަނާ
ރިސޯޓު މަހުޖަނުންގެ މީރާ
14 August 2022
އަސްލުވެސް.. ކުދި އަދި މެދުފަންތި ފަހާ ދުވާނީ އެބައިގަނޑު
މސބތ
15 August 2022
ރިސޯޓު މަހުޖަނުންގެ ކުރެޑިޓު ލައިނަކުންް ވެރިކަމަށް ބެއްޔާ އައީ.. ދެން ވިސްނާ