ޚަބަރު / މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން

މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑްގެ ސްޕޮންސަރުންނާއެކު ސޮއިކޮށްފި

ރާއްޖޭގެ އެންމެ ފުރަތަމަ ބްރޯޑްކާސްޓްކުރުމުގެ އެވޯޑު، "މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑް 2022" ގެ ސްޕޮންސަރުންނާ އެކު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ބްރޮޑްކޮމްގެ އިސްވެރިންނާއި ކުންފުނިތަކުގެ އިސްވެރިން ފޮޓޯއަކަށް ހުއްޓިވަޑައިގެން -- ފޮޓޯ: ނިޝާން އަލީ | މިހާރު

ރާއްޖޭގެ އެންމެ ފުރަތަމަ ބްރޯޑްކާސްޓްކުރުމުގެ އެވޯޑު، "މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑް 2022" ގެ ސްޕޮންސަރުންނާ އެކު މިއަދު ސޮއިކޮށްފި އެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން (ބްރޮޑްކޮމް) އިން ބާއްވާ އެ އެވޯޑުގެ ސްޕޮންސަރުންނާ އެކު އެކަމުގެ އެއްބަސްވުމުގައި ސޮއިކުރީ ހ. މީރުމާގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. އެ އިވެންޓްގެ ސްޕޮންސަރުންނާއި އަދި ވަކިވަކި އެވޯޑުތައް ސްޕޮންސާކުރި ކުންފުނިތަކާ އެކު ވެސް މިއަދު ސޮއިކުރި އެވެ.

އެ އެވޯޑްގެ އެސޯސިއޭޓް ޕާޓްނަރަކަށް ހަމަޖެއްސީ އެމްޓީސީސީ އެވެ. އޮފިޝަލް ސްޕޮންސަރުންނަކީ ސްޓެލްކޯ އަދި އެފްއެސްއެމެވެ. އޮޑިޓް ޕާޓްރަނަކަށް ކްރޯ މޯލިޑިވްސް ހަމަޖެއްސިއިރު، ހޮސްޓިން ޕާޓްނަރަކީ އެޗްޑީސީ އެވެ. އަދި ޑިޖިޓަލް ޕާޓްރަނަކީ އުރީދޫ މޯލްޑިވްސް އެވެ.

ވަކިވަކި އެވޯޑްތައް ސްޕޮންސާކުރި ކުންފުނިތަކަކީ އެސްޓީއޯ އާއި އެމްޕީއެލާއި މޯލްޑިވިއަން އާއި އަލްޝާލީ މެރިން އާއި މެޑްޓެކާއި ލިޓަސް އަދި ފެނަކަ ކޯޕަރޭޝަނެވެ.

ރާއްޖޭގެ އެންމެ ފުރަތަމަ ބްރޯޑްކާސްޓްކުރުމުގެ އެވޯޑު، "މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑް 2022" ގެ ސްޕޮންސަރުންނާ އެކު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ބްރޮޑްކޮމްގެ އިސްވެރިންނާއި ބައެއް ކުންފުނިތަކުގެ އިސްވެރިން -- ފޮޓޯ: ނިޝާން އަލީ | މިހާރު

އެ ރަސްމިއްޔާތުގައި ވަނީ ބްރޯޑްކާސްޓިން އެވޯޑްގެ ޖަޖިން ޕެނަލް ވެސް އިއުލާންކޮށްފަ އެވެ. އެ ޕަނަލްގައި ހަ ބޭފުޅަކު ހިމެނެ އެވެ. އެއީ؛

1. ޓީވީ ޕްރޮޑަކްޝަންގެ ދާއިރާގައި މަސައްކަތް ކުރެއްވި، މަރިޔަމް ޝައުގީ

2. ޕްރެޒެންޓިންގެ ދާއިރާގައި މަސައްކަތް ކުރެއްވި، މަސްއޫދު އަލީ

3. ބްރޮޑްކާސްޓިން އަދި ނޫސްވެރިކަމުގެ އުޅުއްވި، ޑރ. ލުޖެއިން އިސްމާއިލް ޝަފީގު

4. ސްޓްރެޓެޖިކް ކޮމިއުނިކޭޝަން އަދި މާކެޓިންގައި އުޅުއްވާ އިމްޖާދު ޖަލީލް

5. ފިލްމު އުފެއްދުމުގައި މަސައްކަތް ކުރައްވާ މުހައްމަދު ނިޔާޒް (ޓެޑްރީ)

6. އިންޑިއާގެ މަޝްހޫރު އެންކަރު، އަމީތާބު ޕަޝޫބަތީ ރޭވީ

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބްރޮޑްކޮމްގެ ރައީސް މަރިޔަމް ވަހީދާ ވިދާޅުވީ އެންމެ އުނދަގޫވި ކަމަކީ ރަނގަޅު ފަނޑިޔާރުންގެ ފެނަލެއް އެކުލަވާލުން ކަމަށާއި އެ އެވޯޑަށް މިހާރު ހަމަޖައްސާފައިވާ ފަނޑިޔާރުންނަކީ ތަޖުރިބާކާރު އަދި އިތުބާރު ހިފޭނެ ބޭފުޅުން ކަމަށެވެ.

"އަޅުގަނޑުމެންނާ އެކު އޮންބޯޑްވެފައި ތިބި ޖޫރީ ޕެނަލް، ޖަޖުންގެ ފެނަލަކީ ވަރަށް ތަޖުރިބާކާރު ބޭފުޅުން. އަޅުގަނޑުމެންނަށް އެންމެ ދަތިވި ކަމަކީ ޕެނަލް އަށް ބޭފުޅުން އެކުލަވާލުން. ޖަޒީރާ ކުޑަކުޑަ ގައުމެއްވީމާ ކޮންމެ ބޭފުޅަކު ވެސް ކޮންމެސް ހިސާބަކުން ގުޅިފައި މި އޮންނަނީ. އެހެން ނަމަވެސް، މި އެވޯޑްގެ ކްރެޑިބިލިޓީ ހިފަހައްޓާނެ،" އޭނާ ވިދާޅުވި އެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ބާއްވާ އެވޯޑުގައި ހިމެނެނީ ތިން އެވޯޑް ކެޓަގަރީ އެކެވެ. އެއީ އިންޑަސްޓްރީ، ޖާނަލިޒަމް އަދި ޕްރޮޑަކްޝަން އެވޯޑް ކެޓަގަރީ އެވެ. ޕްރޮޑަކްޝަން އެވޯޑް ކެޓަގަރީގެ ބައެއް އެވޯޑްތަކަކީ ޗެނަލްތަކުގެ އިތުރުން އަމިއްލަ ފަރާތްތަކަށް ވެސް ކުރިމަތިލެވޭ އެވޯޑުތަކަކެވެ. އަމިއްލަ ފަރާތްތަކުން ހުށަހަޅާ އެންޓްރީތަކަކީ ވެސް ލައިސަންސް ލިބިފައިވާ ބްރޯޑްކާސްޓަރަކު މެދުވެރިކޮށް ދުރަށް ފޮނުވާފައިވާ ކޮންޓެންޓަކަށް ވާން ޖެހެ އެވެ.

އެ ކޮމިޝަނުން ބުނި ގޮތުގައި އެ އެވޯޑަށް ކުރިމަތިލާން ހުޅުވާލުމުން 170 ހުށަހެޅުން ލިބިފައިވެ އެވެ.

މި މަހު ދޭން ނިންމާފައިވާ އެ އެވޯޑް ބާއްވާ ދުވަހެއް އަދި އިއުލާންނުކުރެ އެވެ.

1 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 43%
icon sad icon sad 0%
icon angry icon angry 29%
icon wow icon wow 0%
icon inlove icon inlove 29%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ށިޑުޜީ

15 August 2022

ޢާނާ ސްޕޮންސަރ ކުރަން ބޭނުން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454