ފުނާޑު ކައުންސިލްގެ ކުރީގެ ރައީސް ވަސީމް.
15 އޯގަސްޓް 2022 - 15:27
ފުވައްމުލަކުގެ ފުނާޑު ކައުންސިލްގެ ކުރީގެ ރައީސް، އަލީ ވަސީމް ހުސެއިން ހާޓް އެޓޭކެއް ޖެހިގެން މިއަދު ނިޔާވެއްޖެ އެވެ.
އޭނާގެ ގާތް މީހަކު ބުނިގޮތުގައި، ވަސީމް، 42، ނިޔާވީ އާއިލާ މީހުންނާ އެކު މެންދުރު ގޭގައި ކާން ހުއްޓާ ވެއްޓިގެން ކަމަށެވެ. ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ބުންޏެވެ.
ހިތުގެ މައްސަލައެއްގައި ވަސީމް ވަނީ މީގެ ކުރިން އެންޖިއޯޕްލާސްޓީ ހަދައިފަ އެވެ.
އޭނާއަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފުނާޑު ކައުންސިލަށް އައްޔަންކުރި މެމްބަރެވެ. އޭގެ ފަހުން ވަސީމް ވަނީ ކައުންސިލް އިންތިހާބު ޖެހިޖެހިގެން ދެ ދައުރު ކާމިޔާބުކޮށް، ފުނާޑު ކައުންސިލްގެ ރައީސްކަން ކޮށްފަ އެވެ.
އެ ދައުރު ހަމަވުމުން އޭނާ ވަނީ ޕެރަޑައިސް ރިސޯޓުގައި ވެސް މަސައްކަތްކޮށްފަ އެވެ. ނިޔާވީ ރަށުގައި ހުއްޓަ އެވެ.
ވަސީމްގެ ގާތް މީހުން ބުނާ ގޮތުގައި ސިޔާސީ ގޮތުން ހިޔާލު ތަފާތުވުންތައް ހުއްޓަސް އޭނާއަކީ އެންމެންނާ ގުޅިގެން އުޅުނު މީހެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވިކިލީކްސް
16 August 2022
@ކިރުސައި ވ.ބޮޑަށް ޝުކުރިއްޔާ! 500،000 އަހަރު ކުރިން ނޫންނަމަ 50،000 އަހަރު ކުރިން. އިންސާނުން1 ދުނިޔެއަށް އައުމުގެކުރިން އެމީހުންގެ ރިޒުގު ވަނީ ކަޑައެޅި ލިޔެވިފަ. (މުރާދަކީ އަޖަލު ޖެހުމާއި ހަމަޔަށްވެސް) އެކަހަލަ ކުށެއްވާނަމަ އިސްލާހު ކޮށްދެއްވައްޗޭ ދެންފަހަރަކުން.
ސައިމާ
16 August 2022
ކުރިން ލިޔުނީ ރަނގަޅަށެވެ. އިންސާނުން ހަލްގު ކުރުމުގެ 500،000 އަހަރު ކުރިން އެމީހުންގެ ރިޒުގު ކަނޑައަޅާ ނިމިފައިވާ ކަމަށް އިސްރާއިލިއްޔާތު ފޮތްތަކުގައި ބަޔާންކޮށްފައި ވެއެވެ.
މުޝީރުބެ
16 August 2022
ކޮވިޑް ވެކްސިންގެ ފަހުން މުޅި ދުނިޔޭގައިވެސް ކުއްލި މަރު ގިނަވެގެން އުޅޭ ސަބަބު ވަންހަނާ ކުރެވިފައިވަނީ ސަބަބެއް ނެތިއެއް ނޫން. އެކްސްޕެރިމެންޓަލް ވެކްސިނެއް މުޅި ދުނިޔޭގެ އާބާދީއަށް ދީގެން އަދި އޭގެ ހަތަރު ފަސް ޑޯޒު ޖެހިޖެހިގެން ދީގެން މިހާރު މިފެންނަނީ އޭގެ ސައިޑްއިފެކްޓްސް ކަމުގަ ޑަބްލިޔުޢެޗްއޯގެ ކުރީގެ އެތަކެއް ޑޮކްޓަރެއް ދަނީ ހާމަކުރަމުން. އެކަމަކު ދުނިޔޭގެ ޓެކް ޖަޔަންޓުން ކަމުގަވާ ފޭސްބުކާ ޓްވިޓަރއިން ވަނީ ސެންށަރުކޮށް ނުފެންނަގޮތް ހަދަމުން
ށަވިޔަނި
15 August 2022
اللهم اغفر له وارحمه وادخله في الجنة آمين
ޟުޒް
15 August 2022
ކުއްލި މަރު ގިނަ ވާ ސަބަބު ބަލަން ޖަހޭ." ޔޫ އާ އަޓް ޔޫ އީޓް"
ޝެހެންޝާހް
15 August 2022
ޤިޔާމަތުގެ އަލާމާތް ތަކުގެ ތެރޭގަްި ކުއްލި މަރުތައް ގިނަވުން ހިމެނޭ. މިހެން ބުންޏަސް ކޮންމެ މަރެއްވެސް ވާނީ ކޮންމެސް ކަމަކާއި ލައިގެން
ޒީމް
15 August 2022
ކަލޭ ދިރާސާއެއް ހަދަންވީނު.
ވިކިލީކްސް
15 August 2022
މަރަކީ ކޮންމެ މީހަކު ކުރިމަތިލާންޖެހޭ ކަމެއް. ދުނިޔެ އުފެދުމުގެ 500،000 އަހަރުކުރިން މުޅި އިންސާނީ ދަރިފަސްކޮޅުގެ ހިސްޓްރީ ވަނީ ލިޔެވިފަ. މައްޔިތާގެ ފާފަ ފުއްސަވައި އާއިލާއަށް ކެތްތެރިކަން ދެއްވާށި! އާމީން.
ކިރު ސައި
15 August 2022
ވިކިލީކްސް، ދޮގުވާހަކަ ނުވަތަ ނޭނގޭ ކަންތަކުގެ ވާހަކަ ދެއްކުމަކީ ރަގަޅުކަމެއް ނޫން. ވިސްނާލާ އަދި