ހިންމަފުށީ ގެސްޓްހައުސަކަށް މިދިޔަ ހުކުރު ދުވަހު މީހަކު ވަދެ ގެއްލުން ދޭ ވީޑިއޯގެ ސްކްރީންޝޮޓެއް.
21 އޯގަސްޓް 2022 - 10:32
ކ. ހިންމަފުށީގައި ހިންގި ހަމަނުޖެހުންތަކަކާ ގުޅިގެން ފަސް މީހަކު މިދިޔަ ހުކުރު ދުވަހުގެ ރޭ ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އެ ރަށުގެ ގެސްޓްހައުސްއަކަށް ގެއްލުންދިން މައްސަލައެއް މިދިޔަ ހުކުރު ދުވަހުގެ މެންދުރު ފަހު 3:45 ގައި ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެ މައްސަލައިގެ ތުހުމަތުގައި 32 އަހަރުގެ މީހަކު ކޯޓުގެ އަމުރެއްގެ ދަށުން އެ ރޭ ހައްޔަރުކުރިއަސް، އެ މީހާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ވަނީ ޝަރުތު ކުރުމަށްފަހު ދޫކޮށްލައިފަ އެވެ.
ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯއިން ފެންނަނީ ގެސްޓްހައުސްގެ ތިރީގައި ހިންގާ ރެސްޓޯރެންޓަކަށް ވަދެ އެ ތަނުން ގޮނޑިއެއް ނަގައި ކާ އެއްޗެހި އަޅާ ބިއްލޫރި ޝޯކޭހަކާ ދިމާލަށް ގޮނޑި އެއްލާލައި، އެ އެތި ތަޅާލާ ތަނެވެ. އެއަށްފަހު އޭނާ އެ ތަނުން ނުކުމެގެން ދަނީ އެވެ.
އޭގެ ފަހުން، އެ ރޭ ދަންވަރުގެ ވަގުތެއްގައި ރަށު ތެރޭގައި ހަމަނުޖެހުން ހިންގި މައްސަލައަކާ ގުޅިގެން 20 އަހަރާއި 27 އަހަރާއި 29 އަދި 37 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވެ އެވެ. އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ދެ މީހަކު ދޫކޮށް، ބާކީ ތިބި ދެ މީހުންގެ ބަންދަށް ފަސް ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އެ ދެ މައްސަލަ ތަހުގީގުކުރަމުން އަންނާތީ އެކަމާ ގުޅޭ އިތުރު ތަފްސީލެއް ނުދެ އެވެ. ނަމަވެސް އެ ކަމުގެ މައުލޫމާތު އިނގޭ މީހަކު "މިހާރު" އަށް ބުނީ ދެ ބައެއްގެ މެދުގައި ހޫނު ޒުވާބުތަކެއް ހިނގިއިރު ވެސް އެކަންތައް ހުއްޓުވަން އެއްވެސް ބަޔަކު މަސައްކަތެއް ނުކުރި ކަމަށެވެ. އެ ވަގުތު އެ ތަނުގައި ގެސްޓުން ވެސް ތިބި ކަމަށް އޭނާ ބުންޏެވެ.
އެ ހަމަނުޖެހުންތަކުގައި ބައިވެރިވުމަށް މާލެއިން 12 ވަރަކަށް މީހުންގެ ގްރޫޕެއް ވެސް ހިންމަފުއްޓަށް ދިޔަ ކަމަށް، އެކަމުގެ މައުލޫމާތު އިނގޭ މީހާ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮބްކްރިސްޓޯ
21 August 2022
ދިވެހިންގެ ލޭ އެބަ މައްޗަށްދޭ. އަންނަ ރުޅީގަ އަތުޖެހުނުއެއްޗެއް ނަގާފަ އުކާލާ. މިހާގެ ދިރިއުޅުންވެސް ގަޑުބަޑުވެފައި ހުރީކަންނޭގެ! ބައި އިންޗިކޮޓަރިއެއްގަ މަންމަބައްޕަ ދަރިން ކާފަ މާމަ ދެން ކޮން އުފަލެއް ލިބޭނީ. ހެދުނު ހޭލެވެނީ 18 މިލިއަން ރުފިޔާ ވަގައްނެގި މީހާ 5 އަހަރުން ސަލާމަތްވާނެ ކަމުގެ ޚަބަރަށް. ވެރިންނަށް އިތުބާރުކުރެވޭކަށްނޭތް. އެމީހުންވެސް ދޮގުހަދަނީ. ބަލާލި ކޮންމެ ދިމާލަކުން ކޮރަޕްޝަން. ލޯއެންޑް އޯޑާރ ގެއްލުނީމަ ދެންވާނެގޮތްވިސްނާ!
48343
21 August 2022
މާލެއިން ޕޮލިހުން ކަންކަން ހައްލުކުރާން ރަށްރަށަށް ދާހެން މިހާރު ހަމަޖެހުން އުފައްދާން މިދަނީ ގޭގުތައް މާލެއިން ރަށްފުށަށް. މީ އާ ޓުރެންޑެއްތަ؟
އާރުޓީކުއީން
21 August 2022
އާރުޓީ ރައިޒިންގް! ފެނޭ ދޯ އެމްއެމް އަށް؟
މަސްގިރި
21 August 2022
ވަކި ފަރުދަކު ކުށެއް ކުރީމަ މުޅި ރަށާއި ޕާޓީ އަށް ފޫޅު ކަނޑާލުމަކީ ކިހާވަރުގެ ކަމެއްކަން މި ފަހަރު ހިންމަފުށި ޕިންކު މީހުންއަށް އިނގޭނެ.
ނަގިއްޔާ
21 August 2022
ޓްއަރިސްޓުންނަށް އަހަރުމެން މިދެއްކީ ވަރަށް ރީތި ނަމޫނާއެއް. އެއްދުވަސްވަރެއްގައި އެމީހުން ބުނަމުން އައީ ދިވެހިންނަކީ ވަރަށް މަޑުމައިތިރި ހިތްހެޔޮ ބަޔެކޭ، މިހާރު އެމީހުންނަށް މިފެންނަނީ މިގައުމުގެ ރިއަލިޓީ، އެމީހުން ޗުއްޓީހޭދަކުރަން އަންނަ ތަނުގައިވެސް ސަލާމަތެއްނެތް. މިވަރަށް މިކަހަލަ ކަންތައް ފެތުރި މިކަމުގައި ބައިވެރިވާން މާލެއިން ބަޔަކު އަންނަ ހިސާބަށް ދިއުމަކީ ގައުމުގައި ގުރޫޕް ނޭއްގާނީކަން ފެތުރިފައިވާވަރު. ކާކު މިކަމާ ކަންބޮޑުވަނީ؟
ރަދީފްއޮފިޝަލް
21 August 2022
''އެ ހަމަނުޖެހުންތަކުގައި ބައިވެރިވުމަށް މާލެއިން 12 ވަރަކަށް މީހުންގެ ގްރޫޕެއް ވެސް ހިންމަފުއްޓަށް ދިޔަ ކަމަށް،'' ކޮންޓްރެކްޓަށް މަސައްކަތްކުރާ ގޭންގްތަކެއް މި ގައުމުގަ އެބަތިބި.އެމީހުން މައިތިރިކުރަން ޖެހޭ.ކޮބާ ފުލުހުން؟؟ ކޮބާ ސިފައިން؟؟ ކޮބާ މަޖްލިސް؟؟ ލަދު ކޮބާ؟؟ ވ.ވެދުން
ޢިމްސާދު
21 August 2022
ރޭ އައްޑޫ މީދޫގައި ވެސް 2 ގުރޫޕަކުން ހަމަ ނުޖެހުން ނަގާލައިފި. އެ ގުރޫޕް ދެކެ ފުލުހުން ފަސްހެހެނީ ތޯ؟ 2017 ގައި އެ ވުޖޫދު ވިި ފަހުން އެ ފުޅާ ކޮށްފި.
ރަދީފްއޮފިޝަލް
21 August 2022
ޝިމްނާ ސަލާމް ބުނި.
ޢުމަރުއައްޔާރު
21 August 2022
ޔާމީނު ޒުވާނުން ކުރިޔަށް ނިކުތުމަށް ގޮވާލިތާ 48 ގަޑިއިރު ތެރޭ ހިނގިހާ ކަންކަން ތިޔަކީ. އިހަށް ފަހަރު ވެރިކަމަށް އައުމުގެ ކުރިންވެސް ރާއްޖެ ޓީވީގަ ހުޅުޖަހާ އެތައް ހަމަނުޖެހެމެއް ހިންގި ނޫންތޯ. ތާރީހު އިޔާދަވިޔަ ނުދޭތި. ޔާމީނު ނޫން ގޮތެއް ބޭނުން.