ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު: އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން މިއަދު އިންޑިއާ އަށް ވަޑައިގަންނަވާނެ. -- ފޮޓޯ: މިހާރު
28 އޯގަސްޓް 2022 - 07:44
ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން މިއަދު އިންޑިއާ އަށް ވަޑައިގަންނަވާނެ އެވެ.
ޝާހިދުގެ ތަރުޖަމާނު ނެރުއްވި ބަޔާނެއްގައި ބުނެފައިވަނީ މިއަދާއި މާދަމާ އިންޑިއާގައި ޝާހިދު ހުންނަވާ ގޮތަށް ހަމަޖެހިފައި ވާއިރު އިންޑިއާގެ އިސް ވެރިންނާ ބައްދަލުކުރައްވާނެ ކަމަށާއި މިއީ އދ.ގައި މިހާރު ހުރި އެކި މައްސަލަތަކާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ހަމަޖެހިފައިވާ ދަތުރެއް ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް އިއްޔެ ވަނީ އިންޑިއާ އަށް ވަޑައިގެންފަ އެވެ. ނަމަވެސް އެމަނިކުފާނުގެ ދަތުރުފުޅަކީ އަމިއްލަ ދަތުރުފުޅެއް ކަމަށް ވަނީ ވިދާޅުވެފަ އެވެ.
ޝާހިދުގެ ދަތުރުގައި އިންޑިއާގެ ނައިބު ރައީސް ޖަގްދީޕް ދަންޚަރް އަދި ފޮރިން ސެކްރެޓަރީ ވިނޭ ކްވަޓްރާއާ ބައްދަލުކުރައްވައި އދ.ގައި އިންޑިއާގެ ބައިވެރިވުން މިހާރަށް ވުރެ ބޮޑުކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާކުރައްވާނެ ކަމަށް ބެލެވޭ ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ބުނެފައިވެ އެވެ.
ބަޔާނުގައި ބުނެފައިވަނީ އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ އޮފީހުން ތިން ބޭފުޅަކާ އެކު ކުރައްވާ ދަތުރަށް ހަރަދުކުރަނީ އިންޑިއާ ސަރުކާރާއި އާންމު މަޖިލީހުގެ ރައީސްގެ އޮފީހުން ހިންގާ ޓްރަސްޓް ފަންޑުން ކަމަށެވެ.
ޝާހިދު، އާންމު މަޖިލީހުގެ ރައީސްކަމަށް އިންތިހާބުކުރި އެއް އަހަރުގެ ދައުރު އަންނަ މަހު ނިމޭނެ އެވެ.
ޝާހިދު އިންޑިއާ އަށް މި ވަޑައިގަންނަވަނީ ކުވައިތަށް ކުރެއްވި ދަތުރަށް ފަހު ތަޖިކިސްތާނަށް ވަޑައިގެން އެ ގައުމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަނބިލި
28 August 2022
މިހާރު ރާއްޖޭގައި މިއޮތް ސިޔާސީ ނިޒާމުން ގޮތް ނިންމާނީ ރައްޔިތުން. ރައްޔިތުން ހޭލުންތެރިވެ ބާރުވެރިވާންވީ. އޭރުން މިއުޅޭ ޕަޕެޓުން ކުރާނެ ކަމެއް ނޯންނާނެ. އަދި ވަކި ގައުމެއް ބުނާގޮތަކަށް ކަންކަން ނިމިގެން ނުދާނެ
ކުލް
28 August 2022
އދ.ގެ މަޖްލިސް ރައީސްކަމުގެ ދައުރު ނިމުމުގެ ކުރިން އިންޑިއާ ބުނާ ކަންތައްތައް ނުކޮށްދީނުވާނެނު. ކޮން ބައެއް އެ މަގާމު ހޯދަދިނީ..
6969
28 August 2022
މިސިއްރު ބައްދަލުވުމުން އިބޫ ބާކީ ކުރީދޯ. ދެން އެހެންނޫނަސް މިދުވަސްކޮޅު ސިޔާސީ ހުރިހާ އެންމެން ވަރަށް އެކްޓިވްވާނެ. ފާލުބެލުމާ ވާތުސަންގު ހޯދުމާ ސްރިޝަންކަރުމެންކަހަލަ މީހުންގެ ޑިމާންޑް ވަރަށް ބޮޑުވާނެ. މިހުރިހާ ސަކަރާތެއްޖަޔާފަ އަނެއްދުވަހުވެސް ރާއްޖޭގެ ސިޔާސީ ވެރިން ތިބޭނީ އިހުރާމު އަޅައިގެން މައްކާގަ
ކެރެފާ
28 August 2022
ގައުމުގެ ޣައްދާރުން، ދޮންބަންޑާރައިންގެ އާއިލާއަށްވެސް ހުތުރު
ޕަލްޕާ
28 August 2022
ނަޝީދަކީ މިދިވެހި ގައުމުގައި މި ވޭތިވެދިޔަ 15 އަހަރު ކުރިމަތިވި އެންމެ ބޮޑު ލަދު! އަދި ގައުމީ ސަލާމަށް އަދި އިސްލާމް ދީނަށް ބޮޑު ނުރައްކަލެއް! ނަޝީދުގެ ވިސްނުން އަދި އިމެއްނެތް އަދި ހައްދެއްނެތް ސިޔާސީ އަދި ބައިނައްލަގުވާމީ މައްޝޫރުކަން އަދި ބާރުހޯދުމުގެ ދަހިވެތިކަން ގައުމު ހަލާކު ކޮށްފި! ގައުމަށް އަގުނުކުރެވޭ ގެއްލުން
އިސްމާލި
28 August 2022
މޑޕ ގެ ކުދިންކޮޅު ހައިޖާނު ހަދައި ތޮޅޭ ވަރުން މައި ސަރުކާރުން ހުރިހައި ކުދިން ގެންގޮސް މަސަލަސް ކުރުމަށް ކުރާ މަސައްކަތުގެ ދަށުން، ޕާޓީގެ އެންމެ އިސް ދެ މީހުނާއި ރައީސް ކަމަށް ކުރިމަތިލާން އިންޑިއާ އިން ބޭނުންވާ ޝާހިދު ސަމަން ކޮށްފި.
ބަރުބާދު
28 August 2022
ގައުމުގެ ހުރިހާބޮޑުން އަހަރީ ސައިފޮދަކައް ދުރުވަނީ!!!!!!
ގެދާނޯމޮސް
28 August 2022
ޕީޕީއެމުން ބޭއްވި ބިޔަޖަލްސާ ގެ ސަބަބުން ގަތް ބިރުން ވޯޓްގެ ކަންތަކުގަ އިންޑިޔާ ފައިބުޑަށް ދާންމަޖުބޫރު ވާނެއެވެ.
މަގޭވާހަކަ
29 August 2022
ބުނަން މަށަކީވެސް އެމްޑީޕީ މީހެއް. މިހާރުވެސް އޮތީ ޕާޓީ ދަފްތަރުގަ. އެކަމަކު މަށެއް ޔާމީން ނޫން މީހަކަށް މިފަހަރު ނުދޭނަން. ސަބަބު ސާފު. މިޤައު ސިޔާސީ ޕާޓީތަކަށްވުރެ ބޮޑު އަދި މުހިއްމު.
އަސްރަފް
28 August 2022
މި އެންމެން ގޮސް ތިބެންވީ އިންޑިއާގަ. މިތަނަށް އަންނާނެ ކަމެއްނެތް
ސަސި.
28 August 2022
އެހެންވީމަ އިންޑިއާގެ މީހަކީ ޝަހިދު. ނަސީދު އަދި އެހާ ފަސޭހައިން ފަހަތަކަށް ނުޖެހޭނެ