ރަންބީރާއި އާލިއާ.
29 އޯގަސްޓް 2022 - 06:19
ބޮލީވުޑްގައި މި ފަހުން ރިލީޒްކުރާ ކޮންމެ ފިލްމަކަށް ވެސް އޮތް ބިރުވެރިކަމީ ތަރިން ކުރިން ދައްކާފައިވާ ވާހަކަތައް އަލުން ވައިރަލްކޮށްގެން ފިލްމު ބޮއިކޮޓްކުރަން ގޮވުމުގެ ބިރެވެ. އެހެންވެ ބޮޑެތި ހަރަދުތައް ކޮށްގެން އުފައްދާ ފިލްމުތަކަށް އެ ބިރުވެރިކަން ބޮޑީ ފިލްމު އުފެއްދުމަށް ހޭދަވި ހަރަދު ނުލިބި ބޮޑު ފްލޮޕަކަށް ވެދާނެތީ އެވެ.
މި އަހަރު ރިލީޒްކުރާ ގޮތަށް އޮތް އެންމެ އަގު ބޮޑު ފިލްމު، "ބްރަހްމާސްތުރާ" އަށް ވެސް އެ ބިރުވެރިކަމާ ކުރިމަތިލާން ޖެހިފައި ވަނީ އެ ފިލްމުގެ ލީޑު އެކްޓަރު ރަންބީރު ކަޕޫރު މީގެ އެތައް އަހަރެއް ކުރިން ދެއްކި ވާހަކައަކާ ގުޅިގެންނެވެ.
އެ އިންޓަވިއުއަކީ މީގެ 11 އަހަރުކުރިން އިމްތިޔާޒު އަލީ ޑައިރެކްޓްކޮށް ނެރުނު ފިލްމު، "ރޮކްސްޓާ" ގެ ޕްރޮމޯޝަން އިވެންޓެއްގައި ރަންބީރު ދެއްކި ވާހަކަ އެކެވެ. ރަންބީރު އެ އިންޓަވިއުގައި އޭނާއަށް އެންމެ ކަމުދާ ކާނާތަކުގެ ވާހަކަ ދައްކަމުން ގެރި މަސް ވަރަށް ކަމުދާކަމަށް ބުނެ އެވެ.
ހިންދޫން ކަލެއްގެ ގޮތުގައި ދެކޭ ގެރީގެ މަސް ކެއުން ފަދަ ކަންކަމާ ދެކޮޅަށް އިންޑިއާގައި މިހާރު ވަރަށް ހަރުކަށިކަމާ އެކު މަސައްކަތްކުރެ އެވެ.
Let's show this beef lover and a pseudo secular,Hindu his real place, " I am a big beef guy ", enjoy your beef burger.@itshikhar@sanataniiiiiiii#BoycottBrahmastra #BoycottBollywood pic.twitter.com/RCBYZLjfCC
— Siddharth 🇮🇳 (@sameerbhatnagar) August 28, 2022
އެ ފިލްމު ބޮއިކޮޓްކުރަން ގޮވަމުން އަންނައިރު މީގެ ދުވަސްކޮޅެއް ކުރިން ރަންބީރުގެ އަނބިމީހާ އަދި އެކްޓްރެސް އާލިއާ ބަޓް ވަނީ އެމީހުންނާ ގުޅުވާ ދައްކާ ނެޕޮޓިޒަމްގެ ފާޑުކިޔުމަށް ވެސް ވަރުގަދަ ރައްދެއް ދީފަ އެވެ.
އާލިއާ ބުނެފައި ވަނީ އޭނާ ކަމުނުދާ ނަމަ، ފިލްމު ނުބެލުމަށެވެ.
ބްރަހްމަސްތުރާއަކީ މިއަހަރު ނެރޭ އެންމެ އަގު ބޮޑު އެއް ފިިލްމެވެ. ފިލްމުގެ މަސައްކަތް ނިންމުމަށް ވެސް ހަތަރު ވަރަކަށް އަހަރު ހޭދަވިއިރު އެ ފިލްމަކީ ވިޝުއަލް އިފެކްސްޓްގެ ބުރަ މަސައްކަތްތަކެއް ކޮށްފައިވާ ފިލްމެކެވެ. މީގެ ކުރިން ބޮލީވުޑްގައި ވިޝުއަލް އިފެކްޓްސްގެ އެހާ ބުރަ މަސައްކަތެއް ފެނިފައެއް ނުވެ އެވެ.
ފިލްމު ރިލީޒްކުރާނީ އަންނަ މަހުގެ ނުވަ ވަނަ ދުވަހު އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަސަން އަޙްމަދު
29 August 2022
މިހާރު އެބަ އެނގޭ މި ހިންދޫންނަށް ބާރެއް ލިބިއްޖެއްޔާ އެހެން ބަޔަކު އުޅުނަކަ ނުދޭނެކަން. ގެރި މަސް ވިއްކާ ކަމުގެ ތުހުމަތުގައި އިންސާނުން ރޭޕްކޮށް މަރާ ގެދޮރު އަންދާފަ އެބަހަރި. ވަރަށް ނުރައްކާ އަދި އެހާ މުޑުދާރު ބައެއް.
އަފްރާސިޔާބު
29 August 2022
ރާނީވެސް، އެމެރިކާގެ ރައީސްވެސް، އީޔޫ ގައުމުތަކުގެ އިސްވެރިންވެސް ދިވެހިންވެސް ގެރިމަސްކައި އަދި މީރުކަމަށް ބުނޭ. މިއިން އެއްވެސް ގައުމެއް މީހެއް ބޮއިކޮޓް ކުރަން ގޮވަން ނުކެރިގެން ތިއުޅެނީ ކީއްވެ. ޚާއްޞަކޮށް ދިވެހިން ބޮއިކޮޓްކުރަން ނުވެސް ކެރޭނެ.
އަންނިި
29 August 2022
މޯދީއަށްވެސް އެންމެ މީރީ ބީފް.
ޝިމްލާ
29 August 2022
އަހަރެންގެ މެެއިޑް މެންނަށް ވެސް ހަރާމް އެއްޗެއް އެކަމު އޭނަގެ ބައްޕަނޫނީ އެންމެން ވަރަށް މީރުކޮށް ކާއެއްޗެއް ކަމަށް ވަނީ. ބައްޕައަށް ނުކެވެނީ ބައްޕަ ބަލިހާލު ހުރިގޮތުން. އެންމެންވެސް ކަނީ ދުރުތާ އާއިލީ މީހުންނާ އަވަށްޓެރިންނަށް ސިއްރުންނޭ ބުނީ. ބައެއް ދިވެހިން މިގޮތަށް ރާވެސް ބޮއެ އުޅޭ ދޯ.
މަހާ
29 August 2022
ޓްރެއިލާ ބަލައިލީމަ ހީވޭ އެމީހުންގެ ފޭކު "ކަލާނގެ"ތަކާ ވަރަށް ގުޅުވާފަ ހުރި ފިލްމެއްހެން. ހިނގާ އަހަރެމެން މުސްލިމުންވެސް ފިލްމް ބޮއިކަޓް ކުރަން
ބޮއިކެ
29 August 2022
އިންޑިޔާ މިހާރުދަނީ ހިންދުސްތާނަށް ވުމުގެ މަގަށް ފެތެމުން. ހުރިހައި ފިލްމުތަކުންވެސް އަދި ރިޔަލިޓީ ޝޯތަކުންވެސް ފެންނަންވަނީ ހިންދުއިޒަމާއި ގުޅޭ މަންޒަރު. ބޮއިކޮޓްކުރެވޭ ތަރިންގެ ކުރިޔަށްހުރިފިލްމުތަކުން ހިންދުއިޒަމާއިގުޅޭ މަންޒަރުތައްފެނި، ހިންދުއިޒަމް އިޝްތިހާރުކުރެވޭނަމަ، ވަގުތުން ހިޓުވާނެ. އަދި ކުޑޯޑު ކުރޯޑުން ރުޕީޒް ލިބޭނެ. ރިޔަލިޓީ ޝޯތަކަށްވެސް ހިންދުއިޒަމް ވަދެ، ހިންދު ގުރޫއިން މެހެމާނުންނަށްގެނެސް "ޖަޔަމާތާޖީ ލެޓްސް ރޮކް" ކުރަމުން.
ހަމީދު 1
29 August 2022
ރާއްޖޭގެ އެސްޓީއޯ ސްޕަރމާޓްގެ ޓީވީ ސްކްރީންތަކުންވެސް ފެންނަނީ ހިނދުއިޒަމް. ރާއްޖޭގެ ފޮޓޮއެއް ނެތް. އެހެންވީމާ އިންޑިޔާ އޯކޭތާ
ކިރު ސައި
30 August 2022
ހަމަ ތިގޮތަށް ރާއްޖޭގަވެސް އެކްޓްރީމިޒަމް ޕްރޮމޯޓްކުރުން މެކުހަށް ޖަހާފަ.
ގެރިމަސް މީރު މީހާ
29 August 2022
އެމީހަކަށް މީރު އެއްޗެއްގެ ވާހަކަ ބުނުމަކީ މައްސަލައެއް ނޫން..އިންޑިޔާ މީހުން ކަލެއްކަމުގަ ނުހަދާ އެއްޗެއް ނެތް..މިކަމާ ހުރެ މުސްލިމުންނަށްވެސް ގެރި މަސްކޮޅެއް ކެވޭ ވަރެއް ނޫން..އެކަމަކު އެންމެ ހެއްވާ ކަމަކީ ގެރި ކަލާނގެ ލައްވާ ދަނޑުތަކުގަ ބުރަ މަސައްކަތް ކުރުވާތީ..ގިނަފަހަރަށް ކާން ވެސް ނުދޭ..
ވާނުވާސް
30 August 2022
ހައްހައް. ބޮޑުތެދެއް. ތިކަމާދެކޮޅަށް ތެދުވާކަށް ނުކެރޭ
ޙޙ2022
29 August 2022
މިހިންދުންނާހެދި ކިހާބޮޑު ބލއއ.... ބޮއިހަލަކި
ޑަނޑޫ
29 August 2022
އެހެންމީހުންވެސް ވަގުވަގަށް ނުކާކަމެއް ނޭންގެއެއްނު.