އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ): ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތް ކުރަން ގޮވާލާ މައްސަލައެއް ހުށަހަޅައިފި--ފޮޓޯ: މަޖިލިސް
31 އޯގަސްޓް 2022 - 10:30
ހަރުކަށި ފިކުރާ ދެކޮޅަށް، ސަލާމަތީ ބާރުތައް ހިމެނޭ ގޮތަށް، ހާއްސަ ފައުޖެއް އުފައްދައި ދީނީ ތައުލީމް ދޭ ތަންތަނާއި މިސްކިތްތައް ބަލަހައްޓަން ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މިއަދު މައްސަލައެއް ހުށަޅުއްވައިފި އެވެ.
އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ހުށަހެޅުއްވި މި ގަރާރުގައި ބުނެފައި ވާނީ ދީނުގެ ނަމުގައި ހައްދުފަހަނަޅާފައިވާ އަދި މީހުން މަރަން ފަސް ނުޖެހޭ 1400 އަށް ވުރެ ގިނަ މީހުން ތިބި ކަމަށް ކޮމިޝަނާ އޮފް ޕޮލިސް ވިދާޅުވެފައިވާ ކަމަށާއި "ސަރުކާރުގެ މީހެއް" ކަމަށް ބުނުމަށް ފަހު އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހަށް ވެސް ހަމަލާ ދީފައިވާ ކަމަށެވެ.
އެ ނުރައްކާތެރި އަމަލުތައް ފެތުރުމުގެ މަސައްކަތް ވަރަށް ފުޅާވެ އިންތިޒާމް ވެގެން ހިނގާކަން އެކި މުއައްސަސާތަކުންނާއި ރިޔާސީ ކޮމިޝަންތަކުން އެއްކޮށްފައިވާ މައުލޫމާތުން އެނގޭ ކަމަށާއި ނަމަވެސް އެފަދަ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް މުއައްސަސާތަކުން ފަހަތު ފަޔަށް ބުރަވެފައިވާ ކަމަށް އެ ގަރާރުގައި ބުނެފައިވެ އެވެ.
އެފަދަ ކަންކަމުން ސަލާމަތްވުމަށް ފުލުހުންނާއި ސިފައިން އަދި ސަލާމަތީ ކަންކަމާއި ތަންފީޒީ ކަންކަން ހިންގުމުގެ މަސްއޫލިއްޔަތު އޮތް އިދާރާތަކުގެ މައްޗަށް އެކުލެވޭ ކޮމާންޑެއްގެ ދަށުން އެކުލެވޭ ހާއްސަ ފައުޖެއް އުފެއްދުމަށާއި ނުރައްކާތަކަށް ހުޅުވިފައިވާ ދޮރުތައް ބަންދުކުރުމަށް މިސްކިތްތަކާއި ތައުލީމް ދޭ ތަންތަން ބަލަހައްޓަން ފަށަން ޖެހޭ ކަމަށް އެ ގަރާރުގައި ބުނެފައިވެ އެވެ.
"...މީހުންގެ ފުރާނަ އާއި މުދަލަށާއި ތަންތަނަށް ގެއްލުން ދިނުމާއި، ގެއްލުން ދީފާނެ ކަމުގެ އިތުބާރު ހުރި މައުލޫމާތު ލިބިފައިވާ ފަރާތްތައް އެކަހެރިކުރުމާއި ރީހެބިލިޓޭޓް ކުރުމުގެ މަސައްކަތް ހިންގުން" އެ ގަރާރުގައި ހިމަނާފައިވެ އެވެ.
އޭގެ އިތުރުން އިސްލާމިކް މިނިސްޓްރީއާ ގުޅިގެން ދީނީ ތައުލީމް ދިނުމާއި ނަސޭހަތް ދިނުމުގެ ކަންކަން ހިނގަނީ އިސްލާމީ ދުނިޔޭގެ މަޝްހޫރު ބޮޑެތި ގިނަ އިލްމުވެރިން އިއްތިފާގުވާ މެދުމިނުގެ އިންތިތަކުގެ ތެރޭގައިކަން ކަށަވަރުކުރަން ޖެހޭ ކަމަށް ވެސް އެ ގަރާރުގައި ބުނެފައިވެ އެވެ.
އެ ގަރާރަށް ބަހުސް ކުރުމާ ގުޅޭ ގޮތުން މިއަދު ނެގި ވޯޓުގައި ބައިވެރިވި މެމްބަރުން 25 މެމްބަރުންގެ އިއްތިފާގުން ފާސް ކުރި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހބޔޖހޔޖުޔނޖުޔ
01 September 2022
އެންމެ ފަހުން ދާއިރާއަށް ދިޔައީ ކޮން ދުވަހަކު؟؟ ވަކި ބަޔަކަށް ޖޮބު ހޯދަދޭން އުޅުމަކީ ކޮން ކަހަލަ ކަމެއްތޯ ވަހީދޫ؟؟؟
ސްކޫލަށް ނުފޮނުވާ ކުދިން
01 September 2022
މާލޭގައި ވަރަށް ގިނަ ސްކޫލަށް ނުފޮނުވާ މި ހަރުކަށި ޚިޔާލުގެ ޖީލެއް ބޮޑުކުރާ ބައެއް. ޚާއްސަކޮށް މަކްތަބާ ސަލަފިއްޔާ އަށް ދާ ކުދިން. ވައްޑެމެން ގޭގައިވެސް އުޅޭ. އަންހެންކުދިން އަދި ފިރިހެންކުދިން ވެސް ނުފޮނުވާ. މިކަމާ ސަރުކާރުން މިވަނީ ކަނު ލޮލަކުން ބަލަން ފަށާފަ. ވައްޑޭމެނަށް ވެސް މިކަން އެނގޭ. އަޅާ ނުލަނީ.
އެތާ
01 September 2022
އަމިއްލަ ގެއާ ހިސާބުން ވައްޑޭވެސް ތިއޮތީ ފޭލްވެފަ އެހެންވީމަ.
ތިކަހަލަ މެންބަރުން ބޭރު ކުރަންވީ
01 September 2022
ފުރަތަމަ ކުރަންވީ ކަމަކީ ތިކަހަލަ ހަރިކަށި މެންބަރުން ބޭރުކުރަންވީ
ވައިލަރު މަރީ
31 August 2022
މީ ހާދަ ފުއްޕާފަ އުޅޭ ގޮލައެކޭދޯ؟؟ ފެންވަރު އޮޅިގެން މި ތެޅެނީ މީ ކާކުތަ؟؟
މަޑުކަށި ގިރިފަޅާ
31 August 2022
ހަރުކަށި ފިކުރެއް ނެތް. ބަޔަކު ހަރުކަށިކަން ދައްކާލަން އެއަރޕޯޓުގައި ކުޑަ ކާއްޓެއް ފަޅާލިޔަސް ރާއްޖޭގެ ފަތުރުވެރިކަން ގިރިއަކަށް އަރާނެ. މަޑުން ތިބޭ.
އަހުމަދު މުހައްމަދު
31 August 2022
އެހެން ވެގެން ތޯ އައަސިސް އަށް އެހާ މަދުން ތިބެނީ
ވަހީދު
31 August 2022
އަޙުމަދު މުޙައްމަދު މެން ކަހަލަ ވާނުވާ ނޭނގޭ މީހުން އައިއެސްއޭ ސަލީބީންނޭ އެމެރިކާނުންނޭ ކިޔައިގެން ވާހަކަ ދައްކާތީ ދެރައީ.
ތެދެއްނީ
31 August 2022
ދިވެހިރާއްޖޭގައި ޒާތެއްގެ ހަނގުރާމައެއް އިޢުލާނު ކުރައްވަނީތޯ. ތިކަހަލަ ހަނގުރާމައެއް މިޤައުމުގައި ފަށަން ވިސްނާބަޔަކު މިޤައުމުގައި ބަލިވާނެ. މިބުނީ އިސްލާމީ ފިކުރު މިޤައުމުގައި ވަރުގަދަވާނެ ވާހަކަ.
ސިޔާދު
31 August 2022
ކޮބާތަ ތިބުނާ ހަރުކަށި ފިކުރަކީ... ކިޔައިދީބަލަ. ރާއްޖޭގަ ކިތައް ކަންތައްބާ ހިނގީ ހަރުކަށި ފިކުރުގެ ހިނގީ. އަދި ދީނަށް ފުރައްސާރަ ކުރުމަކީ މަޑުކަށި ކަމެއްބާ ?
އެމްސް
31 August 2022
ޝަރީޢަތަކާއި ނުލާ މީހުންގެ ލޭ ހުއްދަކޮށް/މަގުމަތިން މެރުމީ ޖާހިލުކަމުގެ އިންތިހާ!
ދޮންކަބިލި
31 August 2022
ހަރުކަށި ފިކުރަކީ އިސްލާމްދީނުގެ ނަމުގައި ބޮންގޮއްވާ، މީހުންގެ މުދަލަށް އަރައިގަނެ މީހުން މަރަން ދުވާމީހުން. ސާފު ވެއްޖެތޯ؟
ކާކަށް
31 August 2022
ޝަރީއަތަކާ ނުލައި ލޭ ހުއްދަކޮށްގެން މަގުމަތިން މި ގައުމުގައި އެންމެ ގިނައިން މީހުން ގަތުލުކުރީ ޑްރަގު ބޯ ބަލިކުދިންނާއި މިޒާތުގެ މަޑުކަށި ކުދިން. މިދެން ހަރުކަށްޓަށްނުވެ، ދެތިން މަރެއްގެ ވާހަކަ ތިޔަ ދައްކަނީ ކާކަށް ކޯއްޗެއް އޮޅުވާލަން
މާލޭސޮރު
31 August 2022
މި ޤައުމުގައި އެންމެ ފުރަތަމަ އުފައްދަންވީ މަސްތުވުން ހުއްޓުވަން އަދި މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް ފައުޖެއް. މަސްތުވުން ގިނަވެ އެކަމާ ގުޅޭ ކުށްތައް ގިނަވެ ރައްޔިތުން ތިބީ ބިރުވެރިކަމެއްގައި. ޢާއިލާތައް ނިކަމެތިވެ، ޖީލުތައް ހަލާކުވެގެން ގޮއްސިތާ ކިތަންމެ އަހަރެއް. މި މައްސަލައަކީ ބޮޑުވެގެން ވާ މައްސަލައެއް
ހަރުކަށި
31 August 2022
ލާދީނީ ބައިގަނޑު
އަލީ!
31 August 2022
ހަރުކަށި ފިކުރަކީ ޝިރުކެއް. އެއީ ﷲ އެންގެވިގޮތްނޫން އެމީހުން ގެ އަމިއްލަ ގޮތްތަކެއް އޭގެތެރެއަށް ވައްދާފައިވާ ފިކުރެއް،