ސިފައިންގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް
14 ސެޕްޓެމްބަރ 2022 - 00:03
ރާއްޖޭގެ ހާރިޖީ ސިޔާސަތަށް ގެނައި ބަދަލާ އެކު ސިޔާދަތީ މިނިވަންކަމަށް ވަރަށް ބޮޑު ރައްކާތެރިކަމާއި ޔަގީންކަމެއް ލިބިފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.
ސިފައިންގެ 130 ވަނަ އަހަރީ ދުވަސް ފާހަގަކުރަން ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ރާއްޖޭގެ ހާރިޖީ ސިޔާސަތު ބިނާވެފައިވަނީ ރަހުމަތްތެރިކަމުގެ މައްޗަށް ކަމަށެވެ.
އެ ރަހުމަތްތެރިކަމުގެ ތަރަހައަކީ އިހުތިރާމާއި އިތުބާރާއި ޔަގީންކަން ކަމަށާއި ސިޔާސީ ގުޅުންތަކުން ބައިނަލްއަގުވާމީ މުޖުތަމައުގައި ރާއްޖެއަށް ލިބެނީ އިހުތިރާމާއި ގަދަރު ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އެކަން އިތުރަށް ކަށަވަރުވަނީ، ރައީސް ވިދާޅުވި ގޮތުގައި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށްދިނުމުގައި އެ ގައުމުތަކުން ވެސް ފުރިހަމަ އެއްބާރުލުން ދޭތީ އެވެ.
ރައީސް ވިދާޅުވި ގޮތުގައި ހިންދު ކަނޑުގެ ތެރެއިން މަހަލްދީބުގެ ތާރީހު ލިޔަން ފެށީއްސުރެ މިއަދާ ހަމައަށް ވެސް ދިވެހިންގެ ކުރިމަތީގައި އެންމެ އަގުބޮޑު އެއްޗަކީ މި ރާއްޖޭގެ މިނިވަންކަމެވެ.
"ތިޔަ ހިތްވަރުގަދަ ސިފައިން ވެސް އެންމެ މުގައްދަސް ވާޖިބެއް ކަމުގައި ދެކޭނީ ރާއްޖޭގެ ސިޔާދަތީ މިނިވަންކަމާއި އިސްތިގުލާލު ހިމާޔަތްކޮށް ރައްކާތެރި ކުރުންކަން އަޅުގަނޑަށް ޔަގީން. ގައުމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރެވޭނީ ސަރަހައްދީ ސުލްހައާ ހަމަޖެހުން ދެމިއޮތް މިންވަރެއްގެ މައްޗަށް،" ކަޅުތުއްކަލާ ކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވި އެވެ.
"އެހެންކަމުން، އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި އަޅުގަނޑުމެން ދިވެހިން ވެސް އަދާކުރަންޖެހޭ ދައުރެއް އެބަވޭ. މިއަދުގެ ދިވެހި އަސްކަރިއްޔާއިން އެ ޒިންމާ ވަރަށް ފުރިހަމައަށް އަދާކުރަމުން އަންނަކަން އަޅުގަނޑު ގަބޫލުކުރަން،"
— The President's Office (@presidencymv) September 13, 2022
ޒަމާނީ ޓެކްނޮލޮޖީ އާއި މުވާސަލާތީ ލުއިފަސޭހަތަކާ އެކު ޓެރަރިޒަމްގެ ނުރައްކާތައް ދަނީ ދުވަހުން ދުވަހަކަށް ފުޅާވެ އިތުރުވަމުން ކަމަށާއި އެކަމުގައި ގެންގުޅޭ އުކުޅުތައް ވެސް ދަނީ ބަދަލުވެ، ނުރައްކާވަމުން ކަމަށް ރައީސް ވިދާޅުވި އެވެ.
ރާއްޖެ އާއި ބޭރުން ވެސް އެ ނުރައްކާތައް ކުރިމަތިވާއިރު، އެފަދަ ކޮންމެ ނުރައްކަލަކުން ރާއްޖެ ސަލާމަތްކޮށްދިނުމަށް ތައްޔާރުވެ ތިބެނީ ސިފައިން ކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ. އެކަމަށްޓަކައި އަސްކަރިއްޔާގެ ގާބިލުކަން އިތުރުކުރުމަށް އަބަދުވެސް ހާއްސަ ސަމާލުކަމެއް ދެން ކަމަށް ވިދާޅުވި އެވެ.
"މިއަދު އެ މަތިވެރި ގާއުމީ ވާޖިބާ ހަވާލުވެ ތިބީ ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ ސިފައިން. ބަވަނަވަމުން މިދާ ދުނިޔޭގައި ނިރުބަވެރި އުދަބާނިތައް ދަނީ މުޅި ދުނިޔެއަށް ފެތުރެމުން. އަޅުގަނޑުމެންގެ މި ރާއްޖެއަށް ވެސް އެ ނުރައްކާ އެބައޮތް. އެފަދަ ކަންކަމަށް އަޅުގަނޑުމެން ސަމާލުވާންޖެހޭ މިންވަރު ވެސް މިއަދު ވަނީ ކުރިއަށްވުރެ މާ ބޮޑުވެފައި،" ރައީސް ވިދާޅުވި އެވެ.
"ބައިނަލްއަގަވާމީ ޓެރަރިޒަމާ ދެކޮޅު މަސައްކަތްތަކާއި ދިވެހި ރައްޔިތުންނަށް މަދަނީ ހިދުމަތްތައް ދިނުމުގައި ދިވެހި ސިފައިން ބައިވެރިވަމުން އެ އަންނަނީ ޢަސްކަރިއްޔާއެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ވާޖިބުތަކާއި އުފުލަންޖެހޭ ޒިންމާތައް ވެސް އޭގެ އެންމެ ފުރިހަމަ ގޮތުގައި ތަންފީޒު ކުރަމުން. އޭގެ ތެރެއިން ވެސް އެންމެ މުހިންމު ކަމަކީ ގައުމުގެ އިސްތިގުލާލާއި ސިޔާދަތީ މިނިވަންކަން ރައްކާތެރިކުރުން،"
އެކަންކަމުގެ އިތުރުން ރައީސް ވަނީ ކޮވިޑާ ދެކޮޅަށް ސިފައިން ކުރި މަސައްކަތަށް ތައުރީފްކުރައްވައިފަ އެވެ.
އެ މަނިކުފާނު ވިދާޅުވީ ކޮވިޑުގެ ތެރޭގައި ސިފައިން ކޮށްދީފަވަނީ ބަޔާން ނުކުރެވޭހާ ފުރިހަމަ އިންސާނީ ހިދުމަތެއް ކަމަށެވެ. ކޮވިޑުގެ ބަލިމަޑުކަމުގެ ތެރޭގައި ރާއްޖެއަށާއި ދިވެހި ރައްޔިތުންނަށް ކޮށްދިން ހިދުމަތުގެ އަގުވަޒަންކޮށް، ސިފައިންނަށް "އިންސާނީ ހިދުމަތުގެ މެޑެލް-ކޮވިޑް19" ދިނުމަށް އެ މަނިކުފާނު ވަނީ ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝަރުމީލީ
14 September 2022
އަނެއްކާ އަބްޅޯ ޝާހިދުގެ ފުށުންތަ؟ ނޫނީ އިންޑިޔާގެ ސަބަބުންތަަ؟
ޝަރޫމީލާ
15 September 2022
އެއީ ހަމަ އެކައްޗެއް ނުން؟
ހިޔާލީ އަލީ
14 September 2022
ދިރިއުޅުން ގެއްލި، ހުރިހާ އެއްޗެއް ބީވެފަ ތިބޭ ބަޔަކު ހަރުކަށި ފިކުރު ކުރިއަށް ނެރެގެން އެހެން އާއްމު ސުލްހައަށް ލޯބިކުރާ ރައްޔިތުން ބިރުވެރިކަމެއްގެ ތެރެއަށް ވައްޓާލަނީ، މިމީހުން އަފްގާނިސްތާނާއި ޕާކިސްތާނު ފަދަ ތަންތަނަށް ހިޖުރަ ނުކޮށް ތިބެނީ ކީއްވެބާއޭ ހިތަށް އަރާ. ރަސޫލުން ޒަމާނުގަ ވެސް އަމާން ކަމާއި ސުލްހައަށް އެހެން ދީންތަކުގެ މީހުންނަށް އޯގާތެރިކޮށް ހިތައިގެން އުޅުނީ
މަބުނީ
14 September 2022
ރޯ ބުހުތާން
1828
14 September 2022
ހާރިޖީ ސިޔާސަތު ބަދަލުކުރީ އިންޑިއާއަށް އަޅުދާސްތުކުރަން ޖެހޭގޮތަށް. ހާރިޖީ ސިޔާސަތު ބަދަލުކުރީ ޤައުމު އަޅުވެތިކުރަން. ހާރިޖީ ސިޔާސަތު ބަދަލުކުރީ ޤައުމުގެ މިނިވަންކަން ގެއްލުވާލަން. ހާރިޖީ ސިޔާސަތު ބަދަލުކުރީ ރާއްޖެ އިންޑިއާގެ އަވަށަކަށް ހަދަން. ހާރިޖީ ސިޔާސަތު ބަދަލުކުރީ ރާއްޖޭގައި އިންޑިއާ މީހަކު ޤާނޫނާ ޚިލާފްކަމެއް ކުރިޔަސް ޤާނޫނީ ފިޔަވަޅު އެޅިޔަ ނުދިނުމަށްޓަކައި. ހާރިޖީ ސިޔާސަތު ބަދަލުކުރީ އަމިއްލަ އަންބޮނޑި ބޮޑުކުރަން.
ސިޔާސް
14 September 2022
މާބޮޑަށް ތި އެގެނީ.
1828
14 September 2022
ސިޔާސް އެއީ މިއަދު ފެންނަން ހުރި ހަޤީޤަތް. އެއީ ބޮޑަށް އިނގުމެއްނޫން.
އިންޑިއާ އައުޓް
14 September 2022
ހާރިޖީ ސިޔާސަތު އޮޅާލާ. އިންޑިއާއަށް އަޅުދާސްތުކުރާ ހާރިޖީ ސިޔާސަތެއް ދިވެހިން ބޭނުމެއް ނޫނޭ. އިބްރާހީމް މުޙައްމަދު ސޯލިހް ތިޔަ އުޅުއްވަނީ ސިފައިނުން ރުޅި އަރުވަން.
1828
14 September 2022
ކަލޯ ތިހެން މެޑަލް ދޭންވެއްޖެއްޔަ ލައްކަ މެޑަލް ދޭން ޖެހޭނެ. ހާރިޖީ ސިޔާސަތު އޮތީ އިންޑިއާގެ އަންބޮނޑިތެރޭގައި. އަންބޮނޑިން ނުނެގޭވަރުކޮށްފައި. މިހާރު އިންޑިއާ މީހުންނަށް މިއީ އެމީހުންގެ އަވަށެއްހެން ހީވޭ. މިއީތޯ ޤައިމެއްގެ ހާރިޖީ ސިޔާސަތު އޮންނަންވާނެ ގޮތަކީ؟
އުދުހޭ
14 September 2022
އިންޑިޔާ ފައިބުޑަށް ވެއްޓިގެންވާހަކަ ދޯ؟ ވޯޓާ ޖެހެންދެން މިހުންނަނީ.
ޖުޖު
14 September 2022
މީހަކު ލިޔެފަ ދިނީމަ އެއްޗެއް ކިޔަނީތަ؟ ނޫނީ ހަމަ ރައްޔިތުން އަނގަ ގޮއްވާ ހިތުންތަ؟
އަބްޑޫޅް
14 September 2022
ކޮން މަހަލްދީބެއްތަ؟ މިއީ ދިވެހިރާއްޖެ އޭ! ކަލޭމެންނަކީ ދިވެހިންނެއް ނޫންތަ؟
އަބްޑޫޅް
14 September 2022
ހިންދު ކަނޑެއް ނޫން. އެތެރެވަރީ ކަނޑު.