ލަންޑަނުގެ ލަންކަސްޓާ ހައުސްގައި ހުޅުވާފައިވާ ތައުޒިޔާގެ ދަފްތަރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ލިޔުއްވަނީ-- ފޮޓޯ: ރައީސް އޮފީސް
18 ސެޕްޓެމްބަރ 2022 - 22:30
ދާދި ފަހުން އަވަހާރަވި އިނގިރޭސި ރާނީ ކުއީން އެލިޒަބަތު ދެ ވަނަ ކޮށްދެއްވަވާފައިވާ ހިދުމަތްތަކަށް ސާބަސް ދެންނެވުމަށް މަންމަ އެދިވަޑައިގަތުމުން، ރާނީގެ ތައުޒިޔާގެ ދަފުތަރުގައި އެކަން ފާހަގަކުރެއްވި ކަމަށް ފަަސްޓްލޭޑީ ފަޒްނާ އަހުމަދު ވިދާޅުވެއްޖެ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ފަޒްނާ ވަނީ ރާނީއަށް އެންމެ ފަހުގެ އިހުތިރާމު އަދާކުރެއްވުމުގެ އިނގިރޭސި ވިލާތަށް މިހާރު ކުރައްވަމުން އަންނަ ދަތުރުފުޅުގައި ލަންޑަނުގެ ލަންކަސްޓާ ހައުސްގައި ހުޅުވާފައިވާ ތައުޒިޔާގެ ދަފްތަރުގައި ލިޔުއްވައިފަ އެވެ.
ރައީސް ލިޔުއްވި މެސެޖްގައި ވަނީ ރާނީ އަވަހާރަވުމާ ގުޅިގެން މުޅި ދުނިޔެ ހިތާމަ ފާޅުކުރަމުންދާއިރު އެކަމަނާގެ ގައުމުގައި އެކަމަނާގެ ގާތް ބޭފުޅުންނާ އެކު އެންމެ ފަހުގެ އިހްތިރާމް އަދާކުރެއްވުމުގެ ފުރުސަތު އެމަނިކުފާނަށް ލިބިވަޑައިގެންނެވުމަކީ ޝަރަފެއް ކަމަށެވެ. އަދި ރާނީގެ ހަނދާންތަކަކީ ހިތްތަކުގައި ހިތްތަކުގައި ބިންވަޅު ނެގިފައިވާ އެތައް ޖީލުތަކަކަށް ދެމި އޮންނާނެ ހަނދާންތަކެއް ކަމަށް އެމަނިކުފާނު ލިޔުއްވި އެވެ.
ލަންޑަނުގެ ލަންކަސްޓާ ހައުސްގައި ހުޅުވާފައިވާ ތައުޒިޔާގެ ދަފްތަރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ތައުޒިޔާގެ ލިޔުމެއް ލިޔުއްވަނީ-- ފޮޓޯ: ރައީސް އޮފީސް
ރައީސްގެ އަނބިކަނބަލުން ވިދާޅުވީ އިނގިރޭސި ވިލާތަށް ވަޑައިގެންނެވުމުގެ ކުރިން ހޮސްޕިޓަލުގައި އޮންނެވި އެކަމަނާގެ މަންމަގެ އަރިހަށް ޒިޔާރާތް ކުރެއްވުމުން، ރާނީ ކުރެއްވި ހިދުމަތަށް ސާބަސް ދެންނެވުމަށް ވިދާޅުވި ކަމަށެވެ. އެހެންވެ އެ ދަފްތަރުގެ ލިޔުމުގައި އެކަން ފާހަގަކުރައްވައި، ރައީސްގެ އަނބިކަނބަލުން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އެންމެހާ މައިންގެ ފަރާތުން، އިނގިރޭސި ރާނީ މައެއްގެ ގޮތުގައި އެކަމަނާގެ ގައުމަށާއި ރައްޔިތުންނަށްޓަކައި ކޮށްދެއްވި ހިދުމަތްތަކަށް ތައުރީފް ކުރައްވައިފަ އެވެ.
އުމުރުފުޅުން 96 އަހަރުގައި އަވަހާރަވި ރާނީގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައި ވަނީ ވެސްޓްމިންސްޓާ އެބީގައި މާދަމާ އިނގިރޭސި ވިލާތުގެ ގަޑިން ހެނދުނު 11 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގައުމީދޫ001
19 September 2022
މަންމަގެ ޚަރަދުގަ މަންމަގެ ފަރާތުން މަންމަ ތަމްސީލްކުރަން ގޮސް ލިޔަންވާނީ މަންމަގެ ބަސް!
ފަހުގެ ޒިޔާރަތް
19 September 2022
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ފަޒްނާ ވަނީ ރާނީއަށް އެންމެ ފަހުގެ އިހުތިރާމު އަދާކުރެއްވުމުގެ އިނގިރޭސި ވިލާތަށް މިހާރު ކުރައްވަމުން އަންނަ ދަތުރުފުޅުގައި ލަންޑަނުގެ ލަންކަސްޓާ ހައުސްގައި ހުޅުވާފައިވާ ތައުޒިޔާގެ ދަފްތަރުގައި ލިޔުއްވައިފަ އެވެ. ކިރިންވެސް އިޙްތިރާމުގެ ޒިޔާރަތުގައި ބައެއްކަހަލަ ރަނގަޅު އެހީތައް ލިބޭ. މިފަހަރުވެސް ލައްކަ ގިނަ ކަންކަން ހަމަޖެހޭނެތާ. އެންމެ ފަހުގެ އިޙްތިރާމުގެ ޒިޔާރަތުގައި.
އަނެއްކާފޮނުވާ
19 September 2022
މި ގައުމުގެ ރައްޔިތުންގެ ފަރާތުންނާ ސަރުކާރުން ރަސްމީކޮށް ބުންނަވާ ބަހެއް ބުނަން މިގައުމުން ފޮނުވީ އިބޫއާ ފަޒުނާ ކިޔާ މީހެއް. އެހެންވީމަ އެހެން އެވީ.
ވަހުތާން
19 September 2022
އަހަރެމެންގެ ލާރި ޚަރަދުނުކޮށް އަމިއްލަ ލާރިގަނޑުން ތިކަން ކުރިނަމަ މަށަށްހެއު؟ މަ ބޮޑުކޮށް ރުޅި
ޚޮމްންޓޭ1
19 September 2022
މަންމަގެ މެސެޖު ލިޔަން އަހަރުމެންގެ ލާރިން 3 މިލިއަން ދުމަށް. ޝުކުރިއްޔާ
ޑޫނި
19 September 2022
ވަރަށް ޝޯއޮފް ފަސްޓުލޭޑީއެއްމީ ހުވާ
އަބްޑޫޅް
19 September 2022
"އިނގިރޭސި ރާނީ ކުއީން އެލިޒަބަތު". ކީއްވެގެންތަ ކަލޭމެން ދެ ފަހަރަށް އެކައްޗެއް ލިޔަނީ؟ ތިން ހަތަރު ފަސް ފަހަރުވެސް ރަގަޅުވާނެ. މާ ރަނގަޅުވާނެ "އިނގިރޭސި ރާނީ، މަލިކާ، ރެޖީނާ، ސާހުބާނޫ ކުއީން އެލިޒަބަތު" ކިޔައިފި ނަމަ. ބޮލުގެ ބަދަލުގަ މީދާކޭ އުނބެއް ޖަހަންވީނުން؟
ދަޅޭ
19 September 2022
މަރުވެފަވާ ފަރާތަކައްނޫން ތައުޒިއާ މެސެޖު އިބާރާތް ކުރާނީ، ދުނިޔޭގައި ތިބިއާއިލާއަށް ނުވަތަ ރައްޔިތުންނަށް.
މަޑުކޮށްލާށޭ
19 September 2022
މާލޭގައި ކުއްޔަށް އުޅޭ މީހުންނަށް ކުލި ނުދެއްކިގެން އެމެން ބިކަވަނީއޭ ރައީސް އިބޫ ދައުލަތުގެ ޚަޒާނާއިން ފައިސާ ނަގައިގެން މިހާތަނަށް ކުރި ދަތުރު ތަކުގެ ޚަރަދަށް ހުޅުމާލޭ ސައިޒުގެ 10 ހުޅުމާލެ ހިއްކާނެ ފައިސާ ޚަރަދުކޮށްފިއޭ ތިޔާ ގޮތަށް ދައުލަތުގެ ޚަޒާނާގައި ހުރި ރައްޔިތުންގެ ފައިސާ ތަޅާ ބުރުއްސާނުލާށޭ މަޑުކޮށްލާށޭ ރައީސް އިބޫ ގޭގައި މަޑުކޮށްލާ މަޑުކޮށްލާ ރަންކޮޅާ މަޑުކޮށްލާ ގޭގައި މަބުނީ ގޭގައި މަޑުކޮށްލާށޭ މަޑުކޮށްލާ މަބުނީ މަޑުކޮށްލާށޭ ޔޭއް ޔޭއް
ސައިޚް
19 September 2022
ބޮލުރޮދި ކެނޑިފަ
ފޯކެއް
19 September 2022
ރަށަށް ކަނޑާލާ
އައިކާންޓްސީ
18 September 2022
ރާނީގެ ތައުޒިޔާގައި ފަސްޓްލޭޑީ ލިޔުއްވީ މަންމަގެ މެސެޖެއް ކަމަށް ބުނި ނަމަވެސް މަމެން ނަށް ތިޔާއީ މާ މުހިއްމު ކަމެއް ނޫނޭ ފުރަތަމަ ކަމަކީ ފަސްޓް ލޭޑީ އެއީ ކާކު ދިން މަގާމެއް ތޭ އެއީ ސަރުކާރުގެ އެއްވެސް ތާކުން ފާސް ކޮށްގެން ދީގެން އުޅޭ މަގާމެއް ނުނޭ އަނެއް ކޮޅުން ފަސްޓް ލޭޑީ އެއީ ރައްޔިތުން ވޯޓް ލައިގެން ހޮވާފައި ހުރި މީހެއް ނޫނޭ ދެން ވެއަރ އިޒް ޝީ ކަމިންގް ފްރޮމް އައި އޭމް ޓަޔަރޑް އޮފް ދިސް ފަސްޓް ލޭޑީ ފީވަރ އިޓްސް ސޯފާރ އަވޭ ފްރޮމް އަސް ސޯފާރ
މީނަދޯ
18 September 2022
މީ ވަރަށް ގިނަ ދުވަސް ވަންދެން ނޫހަށް ކޮމެންޓް ކުރާ ފަރާތެއް ކަމަށްވަނީ ފާހަގަވެފައޭ، ވަރަށް ތަޖްރިބާ އާއި ދިރާސާ ކުރުމަށް ފަހުގައޭ ފަޔަރ ކޮށްލަނީ.
ލަދުވެތި
19 September 2022
ކީއްވެތަ އިނގިރޭސިބަސްތައް މާ މޮޅުކަމެއް ކަމަށް ހިތާ ތިބޭނުން ކުރަނީ ??
ފެނޭދޯ.
19 September 2022
އެހެންވީމަ ޕާލަމެންޓްރީ ނިޒާމަކުން ހިންގަންތާއޭ މިޖެހުނީ. ފެނޭތޭ ފެނޭދޯ. ސިޔާސީ ގޮތުން ހިޔާލު ތަފާތު ވިޔަސް މިކަމުގައި ތިޔަ ބުނީ ރަނގަޅު ވާހަކައެއް.
ކެރީ
19 September 2022
ޖެލަސް މަޗް؟
ސޯފާ އަވޭ ފްރޮމް ރިއާލިޓީ.
19 September 2022
ހަހަހަ ހިތުން ވަރަށް މޮޅު އެއްޗެއް ބުނެލީ ތި.
ސައިޚް
19 September 2022
ގަމާރު ނަމްބަރު އެކެއް،
ނުހޮވަޔޭ
19 September 2022
ރާނީވެސް އެއީ ރައްޔަތުން ހޮވިމީހެއްނޫނޭ. މިހުރިހާ ލީޑަރުން އެރަނިކަމުގެ ދަށުން ލިބޭ އިއްޒަތް ބޭނުންކޮށްލަނީ.