ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު--ފޮޓޯ: މަޖިލިސް
21 ސެޕްޓެމްބަރ 2022 - 10:51
ކެމްޕެއިނެއްގެ ތެރެއިން ރަށްރަށަށް ވަޑައިގެން ކުރައްވާނެ ކަމަށް ވިދާޅުވާ ކަންކަމަކީ ވައުދެއް ނޫން ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ނޭޝަނަލް ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމްއާ ބައެއް މެމްބަރުން ވަނީ އެ ދާއިރާތަކަށް ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެފައިވާ ކަންކަން ނުފުއްދާތީ އެކަމާ ގުޅޭ ގޮތުން ސުވާލު ކުރައްވައިފަ އެވެ.
އެކަމާ ގުޅޭ ގޮތުން ނަޝީދު ވިދާޅުވީ އާންމު އުސޫލެއްގެ ގޮތުން ސިޔާސީ ވެފައިވާ ވައުދުތަކަކީ އެ ޕާޓީތަކުގެ މެނިފެސްޓޯތަކުގައި ލިޔެފައިވާ ވާހަކަތައް ކަމަށެވެ.
"އިއްޒަތްތެރި މެމްބަރުން ވިދާޅުވޭ އެވެނި ރަށަަކަށް މިވެނި ރަށަކަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގެން މިވެނި ވާހަކައެއް ވިދާޅުވި ކަމަށް، އެއީ ވައުދެއް ކަމަށް. އެހެން ނަމަވެސް އަޅުގަނޑަށް ފެންނަ ފެނުމުގައި ވައުދެއްގެ ގޮތުގައި އަޅުގަނޑުމެން ބަލަން މި ޖެހެނީ މެނިފެސްޓޯގައި ލިޔެފައިވާ ވައުދު،" ނަޝީދު ވިދާޅުވި އެވެ.
ރައީސް އޮފީހުގެ ވެބްސައިޓުގައި އާންމު ކޮށްފައިވާ މި ސަރުކާރުގެ ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯގައި ވަކި ރަށަކަށް ތަރައްގީގެ މަޝްރޫއެއް ހިންގާނެ ކަމަށް ލިޔެފައެއް ނެތެވެ. މެނިފެސްޓޯގައި ވަނީ ވަކިވަކި ދާއިރާތަކާ ގުޅޭ ގޮތުން މި ސަރުކާރުގެ ސިޔާސަތުތަކާއި ނިޒާމުގެ ތެރެއިން ގެންނަވާނެ ބައެއް ބަދަލުތަކެވެ.
މަޖިލީހުގައި އަސްލަމް އާ މިއަދު ސުވާލު ކުރެއްވި މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު ވެސް ވަނީ މަހިބަދޫ ބިން ހިއްކުމަށް ރައީސް ވައުދުވެފައިވާ ކަމަށާއި އެކަމުގެ އަމަލީ މަސައްކަތް ފަށާނީ ކޮން އިރަކުތޯ ސުވާލު ކުރައްވައިފަ އެވެ.
އަސްލަމް ވިދާޅުވީ މަހިބަދޫ ބިން ހިއްކުމުގެ މަސައްކަތް މި އަހަރުގެ ބަޖެޓުގައި ނުހިމެނޭ ކަމަށާއި މިހާތަނަށް އެ ރަށުގައި ބިން ހިއްކުމުގެ އެއްވެސް މަސައްކަތެއް ނުކުރާ ކަމަށެވެ. އަދި އަންނަ އަހަރުގެ ބަޖެޓުގައި ވެސް އެ މަސައްކަތް ހިމަނާނެ ކަމުގެ ޔަގީން ކަމެއް އަސްލަމް ނުދެއްވަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕަބުލިކުހޭ
21 September 2022
ވައުދެއްނޫން. އޮޅުވާލުމާ މަކަރު ހެދުމާ ދޮގުހެދުމާ ނުކޮށްދެވޭކަން އެނގިއެނގި ހުރެ ރައްޔިތުން ބޯގަޅިކޮށް ދިނުން. ވައުދެއްނޫން. މިބުނަނީ ކޮށްދޭނަމޭ ބުނުމަކީ އެއީ މަޖާކޮށްލާ ހިތްހަމަ ޖައްސާލަ ދިނުމޭ.
އޮނަރަބްލް އަފީފު ދީދީ
21 September 2022
އިއްޒަތްތެރި ރައީސް. ސާފުބަހުންމިބުނަނީ އައްޑޫސިޓީގެ ކެމްޕޭނުގައި ސޯލިޙް "ކަންނެލިއޮޑީގައި ދެއްކެވިވާހަކަ އާއި އެމްޑީޕީއިން ނެރުނު އައްޑޫމެނިފެސްޓޯގައި، ކަޅާއިހުދުން ލިޔެފައިހުރި ކަންކަމުގެތެރެއިން ކުޑަމިންވަރެއްގެކަންކަންވެސް މިސިޓީގެ ރައްޔިތުނަށްކޮށްދީފައިނުވާތީއާއި އަމުދުން އެކަންކަން ޙާސިލްކުރެވޭތޯ އެބޭޅާގެ ސަރުކާރުން ހަމައެއްވެސްކަމެއް ކޮށްފައިނުވާތީ އެމްޑީޕީއަށް ތާއީދުބޮޑު އައްޑޫސިޓީ ރައްޔިތުން ސޯލިޙް ދެވަނަ ދައުރަކަށްގެންނާން ވޯޓެއްނުދޭނެ.
ކަންފަސޭހަ
21 September 2022
ނަސީބެއްނު ތިކަން މިހާތަނުންވެސް އޮޅުންފިލިކަން. އެހެންނޫންނަމަ އެންމެންނަށްވެސް ހީވާނެ ރަށްރަށަށް އަރާ ކޮށްދޭނަމޭ ބުނާ ހުރިހާ ކަމެއް ކޮށްދޭނެއޭ. މެނިފެސްޓޯ ނުބަލާ ހުރެ ހޮޅި ވާހަކަ ދައްކާ ރައީސަކު ރަށްރަށަށް އަރާ ކިޔާ އެއްޗެއް އަޑުނާހަން މިހާތަނުން އަންގާލިކަން ރަގަޅު.
ކެލްތި
21 September 2022
އަންނި ބުންޔަސް އެއީ ހަމަ ރަނގަޅުވާހަކައެއް.
ބިލްކުލިމް
21 September 2022
ރައީސް ވައުދެއްނުވޭ. އެކަމު ރައީސް ވިދާޅުވޭ ތިމަން މަސައްކަތްކުރައްވާނަމޭ ތިކަން ކޮށްދެއްވުމަށް. ދެން ބަޔަކު މިޔަށް ވައުދުވީއޭ ކިޔަސް އެ ނުވާނެ ވައުދަކަށް. ޝުކުރިއްޔާ.
ޖުޖު
21 September 2022
ދެން މުނާފިގުންގެ ސިފަތައް ބަލާލީމަ. އަހަރެން ކަހަލަ މީހަކަށް ދޭހަވާ ދޭހަވުން ގޯސް ކުރަން ވީތޯ
ތެފައ
21 September 2022
ހަމަ ތިހެން ރައީސް މީހާ ބުނި ބުނުމެއް، މާލޭ މީހުންނަށް އިންވަކިކޮށް ގޯތި ދޭނެ ވާހަކައަކީވެސް. އެއްވެސް މެނިފެސްޓޯއެއްގައި ލިޔެފައި އޮތް ވާހަކައެއް ނޫން. އެކަމަކު އެވަރުގެ ބޮޑު ވައުދެއް ނެތިގެން، ރާއްޖޭގެ މެޖޯރިޓީ މީހުންގެ ހައްގަށް ފައިންއަރައިގެންވިޔަސް އެ "ވައުދު" ނުފުއްދިގެން އެބަ އުޅޭ!!!! ވެރިޔާ ތި ކިޔާއެތި ދެކޮޅު ޖައްސަބަލަ....
އެޑްމުންޑޯ
21 September 2022
އެއީ ވައުދެއްނޫން ، އެހެންވީމާ ހިއެއްނުވޭ އެބުނި އަދަދަކަށް ގޯތިދޭނެހެން ،
ދޮންބެއަލީ
21 September 2022
ވައުދަކަށް ނުވި ވައުދުތައް 1. ގޭދޮށު މަސްފެކްޓަރީ ކަންނެލި ޖަގަހަތައް 2. އަލަށް ވިހާ ކުދިން ހަދިޔާ ފޮށި 3.އަދުލް އިންސާފު 4. ކޮޗިން ފެރީ 5.ފުލައިޓް ޓިކެޓް
ކަންނެލި
21 September 2022
100މޭލު ބޭރުގަ މަސްޖަގަހަ އެއްނޫންއޮތީ ވަގު މަސްބޯޓްތައް އޮތީ
ސަމޭދާން
21 September 2022
މިހާރު ތިވާގޮތަކީ ކާޅު ހާލިހެދީމަ ކޮވެލި ބިސްއަޅާފަ ދަނީ އެމްޑީޕީއަކީ ކޮވެލީގެމިސާލައް އުޅޭ ބައެއް ކޮންމެވެރިކަމެއްގަވެސް މަސަކަތްކުރީމަ ރެބަންކަނޑަން ވެރިކަންހޯދާބައެއް މިހާރު ތިފެންނަނީ ރިންދޫ ބައިގަނޑުގެ ސައިޒު