ކ. ގާފަރުގެ "ހުދަންބަރު" މަސް ދޯނި ފ. ހިމިތީގެ ފުއްޓަރު ފަރާތު ފަރަށް އަރާފައި -- ފޮޓޯ: ފީއަލި ކައުންސިލް
21 ސެޕްޓެމްބަރ 2022 - 11:17
މަސްވެރިކަމަށް ނުކުމެ އުޅުނު ކ. ގާފަރުގެ މަސް ދޯންޏެއް މިއަދު ފ. އަތޮޅުގެ ފަރަކަށް އަރައި، ބިންދައިގެން ހިނގައްޖެ އެވެ.
"ހުދަންބަރު" ކިޔާ އެ ދޯނި ރޭ ދަންވަރު އެރީ، ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަމުން އަންނަ ފ. ހިމިތީގެ ފުއްޓަރު ފަރާތު ފަރަށެވެ.
ފީއަލީ ކައުންސިލްގެ ރައީސް މޫސާ އަހުމަދު "މިހާރު" އަށް ވިދާޅުވީ އެ ދޯނި ފަރަށް އެރުމުގެ ހާދިސާގައި ދެ ފަޅުވެރިއަކަށް އަނިޔާވިޔަސް، އެ މީހުންގެ ހާލު ސީރިއަސް ނޫން ކަމަށެވެ. އެހެން އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ ދެމީހުން ފައި ކޮންމެވެސް ވަރަކަށް މަށައިގެން ގޮސްފައި ހުރީ. އަނެއްހެން ހާލު ރަނގަޅު،" އޭނާ ވިދާޅުވި އެވެ.
އެ ހާދިސާގައި ދޯންޏަށް ބޮޑު ގެއްލުމެއް ލިބިފައިވާއިރު، އެ ދޯނީގައި 16 މީހުން ތިބި ކަމަށާއި އަދި ދިހަ ޓަނުގެ މަސް ހުރި ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ ހާދިސާ ހިނގި ކަމަށް ބެލެވެނީ ދޯނީގެ ކައްޕި ދަމު ނަމާދުކުރުމަށް، ހުންގާނު ބިދޭސީއެއްގެ އަތަށް ދީފައި ދިޔަ ވަގުތުގަ އެވެ.
އެ ހާދިސާ އެމްއެންޑީއެފަށް ރިޕޯޓްކޮށްފައިވާއިރު، ފީއަލީގެ ބައެއް ދޯނިފަހަރާއި ޑިންގީތައް ގޮސް، އެ ދޯނީގައި ތިބި ފަޅުވެރިން އެއަށް ނަގާފައިވާ ކަމަށް ވިދާޅުވި އެވެ. އަދި ދޯނި ފުންކުރެވޭތޯ ވެސް މަސައްކަތް ފަށާފައިވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ާމިފުރާހު
25 April 2023
އަޅުގަނޑަކީ ވޯލީ ކުޅޭހިއްވާ ކުއްޖެކެވެ.
ލަކުޑިކަޅޭ
22 September 2022
މިހާރު ހުންނާނީ ތިކުރިދަމުނަމާދުގެހުރިހާފައިދާއެއް އޮޑިވެރިމީހާޔައްލިބިފަ
ވަހީދު
21 September 2022
ދަނމު ނަމާދަށް ބިދޭސީއެއްގެ އަތަށް. ބުރެއް ޖަހާލަން ބިދޭސީއެއްގެ އަތަށް. އެއާޕޯޓުގެ ވޭނުގެ ތަޅުދަނޑި އަޅުވަން ވެސް ބިދޭސީއެއްގެ އަތަށް. ވަރަށް ސާފު. 10 ވަރަކަށް މިލިޔަން ރުފިޔާގެ ދަރިނި ބޮލުގައި އަޅައިގެން އޮޑިވެރިޔާ މަރުދުވަސް ޖެހެންދެން އުޅޭދެން
ޕޮގުބާ
21 September 2022
ބޮނދަށްވުރެ ކައްޕި ގަމާރުވީމަ ތިހެންތިވީ ތިތިކަން ވާންޖެހޭގޮތް
13ވގ
21 September 2022
ބިދޭސީން ނައް ދޭންޖެހޭ އުޖޫރަކުޑަވީމަ ދޯނިފަހަރުގަ ގެންގުޅެނީ ކިހާދެރަ އަދިވިސް އޮޑިވެރިން ވިސްނާކައްނުވޭތޯ ދިވެހިން ގެންގުޅޭކައް
ވެލްތް
21 September 2022
ބޮންދަކާ ދޯންޔެއްގެ ހުންގާނު ހަވާލުކުރާކަށް ނުވާނެ.
ފަތުވާ
21 September 2022
ހަވާލުވާ ޒިންމާއަށް އިހުމާލުވެ ދަމުނަމާދުކުރުން.. ދީނީގޮތުން ކިހިނެތްއޮތް ކަމެއްބާ؟
ދުވޭ11
21 September 2022
ތިޔައީ އަމިއްލައަށް އެނގޭނެވަރު ކަމެއްނޫނެއްނު. ޝައިޚެއްގެ ފަހަތުން ދުވޭ.
ށަވިޔަނި
21 September 2022
ދޯންޏެއްގެ ކައްޕިއެއްގެ ޒިއްމާއަކީ ސުއްނަތް ނަމާދަކަށްވުރެ ބޮޑު ޒިއްމާއެއް. އެހެންކަމުން އިލްމުވެރިން ބުނަނީ އެފަދަ މަސްއޫލިއްޔަތެއް އަދާކުރަމުންދާމީހަކު ސުއްނަތް ނަމާދެއްކުރުމަށްޓަކައި އެމީހާގެ މަސްއޫލިއްޔަތު ދޫކުރުމަކީ ކޮށްގެންވާނެކަމެއް ނޫނެވެ.