ޚަބަރު / މާލެ ސިޓީ ކައުންސިލް

ތައިސޭ ކޮށި އެއްވެސް ބަޔަކަށް ދޫނުކުރާނެ: ޑރ. މުިއއްޒު

މާލޭގެ މޭޔަރު ޑރ. މުއިއްޒު: މާލޭގައި ހަދަން ސިޓީ ކައުންސިލުން ނިންމާފައި ވަނީ މިކްސްޑް ޔޫޒް ޕާކިން ބިލްޑިންގްތަކެއް ކަމަށް ވިދާޅުވި.---ފޮޓޯ: މިހާރު

21 ސެޕްޓެމްބަރ 2022 - 12:04

9 comments

މާލޭގެ އެންމެ މުހިންމު އެއް ބިން ކަމަށްވާ ތައިސޭ ކޮށި އެއްވެސް ބަޔަކަށް ދޫނުކުރާނެ ކަމަށް މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިދިޔަ ހަފުތާގައި ވިދާޅުވެއްޖެ އެވެ.

މެޑިކަލް ފެސިލިޓީއެއް ހެދުމަށްޓަކައި ތައިސޭ ކޮށީގެ ބޮޑު ބައެއް އަމިއްލަ ބަޔަކަށް ދޫކޮށްފައިވާ ކަމަށް ވާހަކަ ދެއްކެވޭ ކަމަށް މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު "މިހާރު" އިން ދެންނެވުމުން މުއިއްޒު ވިދާޅުވީ އެއީ މާލޭގެ ވަރަށް މުހިންމު ބިމެއް ކަމަށާއި އެ ތަން އެއްވެސް ބޭނުމަކަށް އެއްވެސް ބަޔަކަށް ދޫނުކުރާނެ ކަމަށެވެ.

"ތައިސޭ ކޮއްޓަކީ އެ ކަހަލަ ކަމަކަށް ކަނޑައެޅިފައިވާ ތަނެއް ނޫން. އެ ތަނުގެ ތެރޭގައި ކައުންސިލްގެ އާންމު ހިދުމަތްތަކާ ބެހޭ ބަޔާއި އަދި ވަގުތީ ކޮންސްޓްރަކްޝަންގެ ބައެއް މަސައްކަތްތައް އެބަ ހިނގާ. ނާދީ އާއި އޯޑިއޮންގައި ފްލެޓްތައް އަޅާ މީހުންގެ ވަގުތީ ސައިޓް ވެސް އެ ތަނުގައި އެބަ ހިންގާ،" މޭޔަރު ވިދާޅުވި އެވެ.

މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި މުއިއްޒު ވިދާޅުވިގޮތުގައި، އިއުލާނުކޮށްގެން މާލޭގެ ބައެއް ބިންތައް ސިޓީ ކައުންސިލުން ދޫކުރަނީ މިކްސްޑް ޔޫޒް ޕާކިން ބިލްޑިންގްތަކެއް ހެދުމަށެވެ. އޭރުން އެ ފަރާތްތަކުގެ ހަރަދުގައި ޕާކިންއާއެކު، އެ ބަޔަކު ބޭނުންވާ މަސައްކަތެއް ކުރުމުގެ ފުރުސަތު ލިބޭނެ އެވެ. ސިޓީ ކައުންސިލުން ބޭނުންކުރާނީ ޕާކިންގެ ބައެވެ.

"ވަން އޯން ވަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް" ކިޔާ ބަޔަކަށް މެޑިކަލް ފެސިލިޓީއެއް ހަދަން ތައިސޭ ކޮށި ދޫކުރަން ނިންމާފައިވާ ކަމަށް ދެއްކެވޭ ވާހަކަތަކާ ގުޅިގެން މުއިއްޒު ވިދާޅުވީ، ސިޓީ ކައުންސިލުން ދެނީ މިކްސްޑް ޔޫޒް ޕާކިން ބިލްޑިންގްތަކެއް ހެދުމަށް ކަމަށެވެ. އަދި އެ ކުންފުންޏާއެކު އެ ކަމަށް އެއްބަސްވިޔަސް ދޭނެ ބިމެއް އަދި ކަނޑަނާޅާ ކަމަށް ވެ އެވެ.

9 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 86%
icon wow icon wow 0%
icon inlove icon inlove 14%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ގުއިދޮރޯސްމޮކޮސްބޭ

21 September 2022

ޓައިސޭ ކޮށީގެ ވާރުތަވެރިންގެތެރޭ އަހަރުމެންވާނެ. ކޮށިދީގެން ނުވާ އެކަކަށްވެސް. އަހަރުމެން ކުޑައިރު ކުޅެންއުޅުނުތަން ކުޅެކުޅެ ތިއްބާ އައިސް ފެންސުޖަހަން ފެށީ. އެމެރިކާ މީހުން ޑިއެގޯގާސިޔާ އަތުލިހެން. މިކަންއިގޭ މިހުންތިބޭނެ. ވިކްޓަރީ ކަންމަތިން ބަޔާން ނަގަންވީ.

The name is already taken The name is available. Register?

ކޮވެންކާގެ

21 September 2022

ޕޕޕ ކުދިން ދަރިވަރުވެފަ ތިބޭނީ ޔާމީނު ކައިރިން ފައިސާއަށްޓަކައި ކޮންމެފަދަކަމެއްވެސް ކުރާނެ ތިކޮށިތައް ބަޔަކަށް ވިއްކައިނުލާކަމެއްވެސް ނޭގޭ މިހާރު

The name is already taken The name is available. Register?

އ

21 September 2022

ތި ތަނުންވެސް ހެދުނުއެއްޗެއް ކަލޭހަދާ. ކަލޭ އެކައްޏެއްނުން މިހާރުހުރީ....

The name is already taken The name is available. Register?

ސަސި.

21 September 2022

އެމީހަކަށް ހެދުނު އެއްޗެއް ވިއްކުނު އެއްޗެއް ވިއްކަންވީ

The name is already taken The name is available. Register?

ޝޯމޭން

21 September 2022

ވަރަށް ފުރިހަމަ ހަބަރެއް. މިކިޔާ ނިމުނު އިރުވެސް ތައިސޭކޮށްޓަކީ ކޮން ކޮށްޓެއްކަމެއް ނޭނގުނު. މިކާކު ކިޔާ ނަންތަކެއްތަ؟ އަހަރުމެން މުޅި އުމުރު ހޭދަމިވީ ތިބުނާ ކޮށްޓެއްގެ އަޑުނުއިވި.

The name is already taken The name is available. Register?

ޑެބީ

21 September 2022

ރާއްޖެތެރޭ މީހުނަކަށް ނޭނގޭނެ މާލޭގެ ބިންތަކެއް. އިނގޭނީ ކޮންމެވެސް ހޮޓަލަކާ ގެސްޓް ހައުސްއެއް.

The name is already taken The name is available. Register?

އަބުދުބެއްޔާ

21 September 2022

ޝޯމެން ދިރިއުޅެނީ ޖައްވުގަ ކަމަށް ވާތީ ތައިސޭ ކޮށި އޮތްތަންނޭގުނީ

The name is already taken The name is available. Register?

ޢަަލިމއ

21 September 2022

ޓްރެފިކް ޕޮލިސް ހެޑްކުއާޓަރ އާ ޖެހިގެން އޮންނަ ކޮށި

The name is already taken The name is available. Register?

ސައުތު

21 September 2022

ސިޓީ ކައުންސިލުން ފުލުފުލުގަ އެތަކެއް ކޮރަޕްޝަނެއް ދަނީ ހިންގަމުން. އެއްވެސް ވަރަކަށް އިއުލާނު ކުރުމެއް ނެތި އެކަކު ޖީބުން އަނެކަކު ޖީބަށް ފައިސާ ލަމުން ދަނީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454