މާފަންނު މަދަރުސާ ތަޅާލުމުގެ މަސައްކަތް ކުރަނީ: އެ ސްކޫލު ވަނީ ޕްރީ ސްކޫލު ތައުލީމަށް ހާއްސަކޮށްފައި.-- ފޮޓޯ: އާސިމާ ނިޒާރު/ މިހާރު
07 ޖެނުއަރީ 2017 - 17:50
މާފަންނު މަދަރުސާގެ ޖާގަ ބޮޑުކުރުމަށްޓަަކައި، އެ ސްކޫލުގެ ބާ އިމާރާތް ތަޅާލަން ފަށައިފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ އެގްޒެކެޓިވް ކޯޑިނޭޓަރު އަބްދުﷲ ރަޝީދު މިއަދު ވިދާޅުވީ، ތަޅާލަމުން އަންނަނީ ބާ ވުުމުގެ ސަބަބުން ބޭނުން ނުކުރާ އިމާރާތެއް ކަމަށެވެ. އެތަން ތަޅާލިކަމުގައި ވިއަސް، ދިރާސީ އާ އަހަރުގެ ކިޔެވުން މާދަމާ ފެށުމަށް އެއްވެސް ދައްޗެއް ކުރިމަތި ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ އިމާރާތުގައި ކިޔަވައިނުދޭތާ މިހާރު ތިން އަހަރު ވެއްޖެ. އެހެންވެ އެތަން ތަޅާލައި ސްކޫލުގެ ގޯތިތެރެ ބޮޑުކޮށް، ދަރިވަރުންނަށް އުޅެން ފަސޭހަ މާހައުލެއް މި ގާއިމްކޮށްދެނީ،" އަބްުދުﷲ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ސްކޫލުގެ ގޯތިތެރޭގައި ދަރިވަރުން ކުޅޭނެ ސާމާނުތައް ވެސް މި މަސް ނިމުމުގެ ކުރިން ބަހައްޓާނެ އެވެ.
އެ ތަން ތަޅާލުމުގެ މަސައްކަތްތައް ލަހުން ފެށުނީ އިދާރީ މަސައްކަތްތަކާ ގުޅިގެން ކަމަށާއި ނަމަވެސް މާދަމާ ދަރިވަރުން ސްކޫލަށް ދާއިރު، "ތަފާތު ސްކޫލެއް" ފެނިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މާފަންނު މަދަރުސާ ތަޅާލުމުގެ މަސައްކަތް ކުރަނީ: .-- ފޮޓޯ: އާސިމާ ނިޒާރު/ މިހާރު
"މިހާރު ބާ އިމާރާތުގެ ފާރު ވެސް ތަޅާލާފައި، ސްކޫލުގެ އެތެރެ ފެންނާނެ މިހާރު. ހިތްގައިމު ތަނަކަށް ސްކޫލު ބަދަލުކޮށްލާނަން،" އަބްދުﷲ ވިދާޅުވި އެވެ.
ރަސްމީ ތައުލީމުގެ ގޮތުގައި ބަލަމުން އަންނަ އެލްކޭޖީ އަދި ޔޫކޭޖީގައި މާފަންނު މަދަރުސާގައި 400 އެއްހާ ދަރިވަރުން އަންނަނީ ތައުލީމް ހާސިލްކުރަމުންނެވެ. ނާސަރީ އަދި ބޭބީ ނާސަރީ ހިމަނައިގެން މުޅި ޖުމްލަ 800 އެއްހާ ދަރިވަރުން އެ ސްކޫލުން ކިޔަވާނެ އެވެ.
މާފަންނު މަދަރުސާގައި ކިޔަވައިދޭން 13 ކްލާސްރޫމް ހުރެ އެވެ.
މިިދިޔަ އަހަރުން ފެށިގެން މާފަންނު މަދަރުސާގައި ކިޔަވައިދެމުން އަންނަނީ ޕްރީ ސްކޫލު ބައިގައި އެކަންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތަރައްގީ
07 January 2017
ބައްލަވާ މިރައީސްގެ ޒައާމަތުގަ ސްކޫލްބތަކަށް ގެންނަވަމުން ދާ ތަރަށްގީ. ދެވަނަ ދައުރެއް ހަމަ ޔަގީނުން ވެސް ދެއްވަން ޖެހޭ އެބަ. ދުރު ވިސްނޭ ހިކުމަތް ތެރި އަކު ވެރިކަމުގަ ހުރެގެން ތައުލީމީ ދާއިރާ އަށް އިންގިލާބެއް ގެންނަވަމުން އެގެން ދަވަނިީ.
އަލީ
07 January 2017
ރާއްޖޭގަ އިމާރާތްކުރާ އިމާރާތްތަކުގެ އުމުރަކީ 20 ނޫނީ 30 އަހަރުކަމައް ވަންޏާ މިއީ ވަރައް ފުންކޮއް ވިސްނާލަންޖެހޭ ކަމެއް އެއީ އެހާކުރު މުއްދަތަކައް ކުރާ ބޮޑު އިންވެސްޓުމެންޓުގެ ފައިދާ ލިބޭތީ އަދި އަލުން ސުމަކުން ފަށަންޖެހެންޏާ އެއީ ގައުމުގެ އިގްތިސާދައް ލިބޭވަރައްބޮޑު ގެއްލުމެއް. މިއީ އިމާރާތްތައް ފަރުމާކުރުމުގަ އަދި އިމާރާތްކުރުމުގަވެސް ވިސްނާލަންޖެހޭކަމެއް.
ހަފުސް
07 January 2017
ރަނގަޅު ނޯންނާނެ އެއް ގޮތްވެސް.
ލުކްސްލައިކް
07 January 2017
މާފަންނު މަދަރުސާ ތަރައްގީ ކޮށް އެތަނުގައި ރަނގަޅަށް ކިޔަވާ ދޭން ފެށުމުން ދެން މާފަންނު އުތުރުދާއިރާގެ އެއްވެސް ކުއްޖަކު ނުޖެހޭނެ ދޯ ދެން އަމީނިއްޔާ އަދި މަޖީދިއްޔާ ސްކޫލަށް ކިޔަވަން ދާން. އެއިރުން އެކުދިންނަށް ދެވޭނެ ނޫންތޯ މާފަންނު މަދަރުސާ އަށް. އެއީ މަމެންނަށް ލިބިގެން ދާ ވަރަށް އުފާވެރި ޚަބަރެކެވެ. އެކަން ވުމުގެ ކޮޅުމަތި ފެނިގެން ދަނީ އެެވެ. އެއިރުން މާފަންނު ކުދިން ނުޖެހޭނެ ދޯ ހެންވޭރު ކުދިންނާއި ގުޅެން އެމެންގެ ހެލްޕް ހޯދަން ދާން ގްރޫޕް ސްޓަޑީ ހަދާއިރު ވެސް ދޯ. ދޭ ސޭ ވީ ކޭން ނެވަރ މޭކް އިޓް. ލުކްސް ލައިކް ވީ މޭޑް އިޓް.
ހަސަނު
07 January 2017
މިފެންނަނީ ތަރށްގީ
ޗޭންޖްމީ
07 January 2017
މާފަންނު މަދަރުސާ ގެ ބޭނުން ނުކުރާ އިމާރާތެއް ތަޅާލާ މާފަންނު ގައި އުޅޭ ކުދިންނަށް މާފަންނު މަދަރުސާ އަށް ކިޔަވަން ދެވޭ ގޮތަށް މާފަންނު މަދަރުސާ އަކީ އެއީ އިންޓަރނޭޝަނަލް ސްކޫލް އަށް ވުން އެއީ މަމެން އަބަދުވެސް ގޭގެ ލިވިންގް ރޫމް އަަށް ޒިޔާރަތް ކުރާ މަމެންގެ ސްކޫލް މޭޓުން އަދި ޔުނިވަރސިޓީ މޭޓުން ޑިބޭޓް ކުރާ ކަމެކެވެ. މިކަން ހަގީގަތަށް ވާން އުޅެނީ އުޅެނީ އެވެ. މާފަންނު މަަދަރުސާ މުޅިން އާ ޗެޕްޓަރ އެއް އޯޕަން ކުރަނީ އެވެ. އެ ސްކޫލް އަކީ އެއީ މާލޭގެ ވަރަށް ގިނަ ކުދިންގެ ޑިސްޓެންޓް މެމޮރީސް ހުރި ސްކޫލް އެއް ޓިއުޝަން އަށް ކިޔަވަން ގޮސް ގެން ދޯ. ވޯކިންގް ޑައުން ދަ ކްލާސް ހޯލްވޭ. އައި ހޭވް ބަރީޑް އިން ދަ ޕާސްޓް ފޯރ އެވަރ. ވީއާރ ދަ ޗިލްޑްރެން އޮފް ޓު މޯރޯ. އިޓްސް އަ ވިންޑް އޮފް ޗޭންޖް. އަތްޖަހާލާ، ނަށާލާ، ނަށާލާ، ނަށާލާ، ކްލާސް ރޫމް ތެރޭގައި ލިބޭ ފްރީ ވަގުތު.
GAN Island
07 January 2017
އަދި ތަންކޮޅެއް އަވަހެއްނު .... !! މާދަން އެސަމްބްލީގެ ތެރޭގައި ބުލްޑޯޒަރު ތަކާއި ހައިމާކް ވައްދައިގެން ތިކަން ކުރިނަމަ ތުއްތު ކުދިންނަށް ތަންކޮޅެއް ''ތަފާތު ސުކޫލެއް'' ފެނިގެން ދިޔައީސްކަން ޔަޤީން. . . . ނޭފަތު ކުރިއަށް ވިސްނާ މީހުންނަށް މިނޫން ވަރެއް ނުވާނެ. އަދި ރައްޓެހިންނަށް ޑީލްދޭން ބޭނުންނަމަ މިހެން ކަންކުރަންވެސް ޖެހޭނެ.
ވޮރީ
07 January 2017
އެހެން ރަށެއްގަ ކުރާކަމެއްނަމަ ޓީވީތަކުން ގޮވަންވެސް ނަގާނެ ދެތިން އަހަރު.
މޫންވޯކް
07 January 2017
މާފަންނު މަަދަރުސާ ތަޅާލާ އެ ސްކޫލްގައި ކިޔަވާ ދޭ ދިނުން އަޕަރ ސްޓްރީމް އަށް ހިއްލާލަނީ އެވެ. ރާއްޖޭގެ ހިސްޓްރީ ބުކް ޕޭޖްސް ތަކުގައި އަނެއްކާ ރަން އަކުރުން ލިޔެވިގެން ދާނެ ދުވަހެއް މިފެނިގެން ދަނީ. މީ އޭ މަމެން ޕިންކީންގެ ސަރުކާރަކީ އެއީ ބިއުޓިފުލް އެން އޯސަމް އެން ފްލޯލެސް ސަރުކާރެކޭ އޯޑިއެންސް އެ ބުނަން ޖެހޭ ކަމަކީ އެހެން މަމެން ބުނަން ނެތީމު އެވެ. އޫމް އޫމް މާފަންނުގައި މަމެން ރަށް ޓެހި ކުދިންނޭ ތިކުއްޖާ މެންގެ ލޮލަށް ބަލާލުމުން އުއްމީދު ގެ އިހްސާސް ތައް ލޮލުން ފެންނަ ހެން އިހްސާސްވަނީއޭ ވަނީ އޭ ވަނީއޭ. އައި އޭމް ކީޕިންގް ދިސް މެމޮރީ ފޯރ އޯލްވޭޒް އޯލްވޭޒް، ޑާންސް، ޑާންސް، ޑާންސް އެން ހޭވް އަމޫން ވޯކް..
ޢަބްދުﷲނާފިޒު
07 January 2017
ރައްޔިތުންގެ ތިޖޫރިވެސް ހަނދާނުގަ އަބަދު ބަހައްޓާތި އިނގޭ، ހެހެހެ.
ޗިކުސް
07 January 2017
ތި ތަން ތަޅާ ލަމުންދާތީ އާއްމުންނަށް ބޮޑު އުނދަގުލަކަށް ވެފަ އޮންނަނީ ، ހިގޭ ވަރެށް ނުވޭ ، ލޮލަށް ކުޑި އެއްވެސް ހުރަހެއް ނެތި ވަޔާ އެކީ އެޅެމުންދަނީ.
ނޮޓްޔެޓް
07 January 2017
މާފަންނު މަަދަރުސާ އަކީ އެއީ މާފަންނު ގެ ނަން ކެރީކުރާ ސްކޫލް އަކަށް ވާއިރު ވެސް މާފަންނު މަދަރުސާ އިން މިހާތަނަށް އައިިއިރު ބިއުޓިފުލް ޓްރެކް ރިކޯރޑެއްް ގާއިމް ކުރެވިފައި ނެތެވެ. އަހްމަދިއްޔާ އެން ޔޫ އާރ ސޭމް އޭޖް ދޯ. އެކަމަކު މާފަންނު މަދަރުސާ ކިޔަވާ ދިނުމުގައި ވެސް އަދި ސްކޫލްގެ އިންފްރާސްޓްރަކްޗަރ ތަރައްގީ ކުރުމުގައި ވެސް ފަހަތުގައި އުޅުން އެއީ މާފަންނު މަދަރުސާ އާއި ކައިރި ގެތަކުގެ ކުދިން މޮޅަށް ކިޔަވަިގެން ނެތުމުގެ އަސްލު ތޯ އެއީ ވެސް ބަލަން ޖެހޭނެ ކަމެކެވެ. މާފަންނު މަދަރުސާ ތަޅާ ގޯތި ތެރެ ބޮޑުކޮށްގެން ނަމަވެސް މާފަންނު މަދަރުސާ އިން ކޮލިޓީ އެޑިއުކޭޝަން އެއް ދިނުމަށް ޓަކައި ސިންގަޕޯރގެ އާރޓްސް ޔުނިވަރސިޓީ އަކަށް ނަމަވެސް މާފަންނު މަދަރުސާ ކުރިއަށް އޮތް 100 އަހަރު ދުވަހަށް ކުއްޔަށް ދޫކޮށްލަންވީ އެވެ. މާފަންނު މަަދަރުސާ ކައިރިގެ ތަކުގެ އަންހެން ކުދިންގެ ވެސް ޝަކުވާ އަކީ އެއީ ސްކޫލް އެހާ ގާތުގައި ހުންނަ އިރު އިސްކަން ދަރު ސްކޫލް އަށް ދާން ޖެހުމެވެ. އެއީ ގޯހެކެވެ. މާފަންނު މަދަރުސާ.. ދެއާރ އިޒް ނޯ ނީޑް އޮފް ޔުއަރ އެގްޒިސްޓެންސް. އައި އޭމް ނޮޓް އަ ކޮލިޓީ ގާރލް ނޮޓް ޔެޓް އަ ކޮލިޓީ ވުމެން. އޯލް އަައި ނީޑް އިޒް އަ ކޮލިޓީ އެޑިއުކޭޝަން އެެގެއިން..