25 ސެޕްޓެމްބަރ 2022 - 22:43
ހުޅުމާލެ އިން ގެއްލިގެން ހޯދަމުން އަންނަ މުހައްމަދު އަޒުހާންއާ އެންމެ ފަހުން ފެނުނީ ހުޅުމާލޭގެ ފޭސް އެކެއްގެ ރެޑްބުލް ދަނޑު ސަރަހައްދުން ކަމަށް ފުލުހުން މިރޭ ބުނެފި އެވެ. އެއީ ހުޅުމާލެ އިން ސިނަމާލެ ބްރިޖަށް އަރަން ދާއިރު، އޮންނަ ސްކޭޓްކުރާ ސަރަހައްދުގެ ދަނޑެވެ.
ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، ހ. ބޮނޑިކަނދޮޅުގެ، އަޒުހާން 27، ގެ ޚަބަރެއް މިދިޔަ އާދިއްތަ ދުވަހުގެ ހެނދުނު 6:00 އިން ފެށިގެން ނުވެގެން އޭނާގެ އާއިލާ އިން، ޖެހިގެން އައި ހޯމަ ދުވަހުގެ ރޭ 7:00 ހާއިރު ފުލުހުންނަށް ރިޕޯޓުކުރުމާއެކު އޭނާ ހޯދުމުގެ މަސައްކަތް ވަގުތުން ފެށި ކަމަށެވެ.
އެއާއެކު، އަޒުހާނާ ގުޅޭ އެކި މައުލޫމާތުތައް ފުލުހުންގެ އެކި ޔުނިޓްތަކާ ހިއްސާކުރިއަސް މިހާތަނަށް ކުރި މަސައްކަތުން ވެސް އެ ޒުވާނާ ނުފެންނަ ކަމަށް ފުލުހުން ބުންޏެވެ. އެކަމަކު، އޭނާ އެންމެ ފަހުން ފެނިފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖުތައް ބެލިބެލުމުން، ހުޅުމާލެ ފޭސް އެކެއްގައި އޭނާ ހުރި ގެސްޓް ހައުސް އިން ކާރެއްގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓުގެ 13 ވަނަ ޓަވަރަށް އެރުމަށް ފަހު އެ ތަނުން ފަތިހު 4:53 ހާއިރު ހުދު ކުލައިގެ ޓެކްސީއަކަށް އަރައިގެން އޭނާ ހުރި ގެސްޓް ހައުސް ސަރަހައްދަށް އަނބުރާ ގޮސްފައިވާ ކަމަށް ފެންނަން ހުރި ފުޓޭޖުތަކުގެ އަލީގައި ފުލުހުން ބުންޏެވެ.
އެ ދެ ކާރުގެ ޑްރައިވަރުން މިހާރު ދެނެގަނެވިފައިވާއިރު، އެންމެ ފަހުން އަޒުހާން ފެނިފައިވާ ސަރަހައްދު ވެސް އެނގިފައިވާ ކަމަށް ބަޔާނުގައި ވެ އެވެ.
"އަޒުހާން އެންމެ ފަހުން ފެނިފައިވާ ކަމަށް މިހާރު އެނގިފައިވާ ސަރަހައްދަކީ ފޭސް އެކެއްގެ ރެޑްބުލް ދަނޑު ސަރަހައްދެވެ. މީގެ އިތުރުން އަޒްހާން ވައިގެ މަގުން ރާއްޖޭގެ އެހެން އަތޮޅަކަށް އަދި ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައި ނުވާ ކަން ވެސް މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކުން އެނގިފައިވެ އެވެ،" ފުލުހުން ބުންޏެވެ.
އެ އިދާރާއިން މިހާރު އަންނަނީ ރެޑްބުލް ދަނޑު ސަރަހައްދުގެ ސީސީޓީވީ ފުޓޭޖުތައް ބެލުމުގެ މަސައްކަތް ކުރަމުންނެވެ.
އަޒުހާނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ޕޮލިސް އިންވެސްޓިގޭޝަން ނަމްބަރު، 9393351 ނުވަތަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ގުޅައި މައުލޫމާތު ހިއްސާކޮށްދިނުމަށް އެދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދަލޭކަ ދައިތަ
26 September 2022
މަ ހަމަ މިހާރު ކަންބޮޑުވޭ ޒުވާން އަންހެން ނުވަތަ ފިރިހެންކުއްޖެއް ގެއްލިގެން ހޯދަންފެށީމައި އެ ކުއްޖަކު ނުފެނިދާނެތީ ނޫނީ ދެރަގޮތެއް ވެދާނެތީ. ކޮންމެފަދަ ކަމެއްވެސް ހިގައިފާނެ މިހާރު މިރާއްޖެގަ. ތިމާ އާ ދިމާވާ ކަންކަން އިތުބާރު ކުރެވޭ މީހަކާ ހިއްސާކުރުން ބުއްދިވެރި. އާންމުކޮށް ނިކުމެ އުޅޭ އުޅުން ފިޔަވާ އިތުރު ތަނަކަށް ނުވަތަ މާގިނައިރު ބޭރުގައި މަޑު ކުރަންޖެހޭނަމަވެސް އާއިލާ މީހަކަށް މެސެޖްއަކުން ނަމަވެސް އަންގާލާފާ ބޭއްވުން ބުއްދިވެރި.
ތުއްތު ކަލޯ
26 September 2022
ސީސީ ޓީވީ އަށް އިތު 12 ނުކުރަން
ލަނޑުކަނޑާ ފުލުހުން
26 September 2022
ސިޓިން ރޫމްތަކުގައި ޑްރާމާ، ސީއައިޑީ އަދި ކްރައިމް ޕެޓްރޯލް ބަލާ އަންހެން ވެރީންވެސް މި ފުލުހުންނަށް ވުރެ މޮޅު ވާނެ.
މައްސަލަ
26 September 2022
އަސްލު ފުލުހުންވެސް ބައިތިއްބަންވީ ފުލުސްއޮފީހުގެ ކޮންމެވެސް ދިމާލެއްގަ ވަކި ގަޑިތަކެއްގަ އެފަދަ އެއްޗެހި ބަލަން. އޮފީހުން ރަސްމީކޮށް ދަސްކޮށްނުދޭ އެތައް ކަމެއް ދަސްވާނެ އެއެއްޗެހި ބަލައިގެން. ގެއްލޭ މީހުން ހޯދާނެ ގޮތް ރަގަޅަށް އެނގޭނެ އެކަހަލަ އެއްޗެހި ބަލައިގެން. ޓެކްނޮލޮޖީއާއެކު އަންނަ ކުރިއެރުންތަކާއެކު މީހުން ހޯދަން މާ އަވަހަށް ދަސްވާނެ.
ޙަބީބު
26 September 2022
ނުފެންނާނެ ދެނެއް ތިޔަނިމުނީ ތިކަން އަހަރެންގެ ދަރިފުޅުގެ ބައިސްކަލެއް ވަގައްނަގައިގެން ފުލުހުންނައް އެންގިން ފެސްދޭގެ 12 އިން ނަަވެސް މަސްދުވަސް ކޮއްފަބުނީ ނުފުރޮޅާ ގަލެއް މުރަކަޔެއް ވެލިފުކެއްވެސް ނުހުންނާނެ ކަމައް ނުފެނުންކަމައް އެމީހުންނައް ނުފެނުން ފެހިކުލައިގެ އަގުބޮޑު ބައިސްކަލެއް އެވަރު ބައެއްތީ ބޮޑުމުސާރަދީފަ ބޮޑު މަޖިލިހަކާ ވެރިކަމާ ކޮޓުތަކާ ހިބަކޮއްފަ ދީފަ ރައްޔިތުން ވިސްނާލާދެން ކިހާ ކަމެއް ނުފެނި ނޭނގި ހުންނާނެ ހިނދިފަ
ދެރަ
26 September 2022
ދުޢާއަކީ ހެޔޮ ޙާލުގައި ގަދަވެ ސަލާމަތުންހުއްޓާ ފެނުން. ޢާއިލާއަށް ކެތްތެރިކަން ދެއްވާށި. އާމީން
ާއުނިމާ
26 September 2022
އަޒްހާން ގެއްލުނީތަ ނުވަތަ ގެއްލުވާލީތަ؟
ކުޗީ
26 September 2022
މާދަމާގެ ނޫހުގައި އޮންނާނީ އަޒްހާން އެންމެ ފަހުން ފެނުނީ ޓީވީ މޯލްޑިވެސް ޓަވަރުގައި އެލިގެން އޮއްވަޔޭ. މީގެން އެނގެނީ ފުލުހުން މިކަމުގައި ފަރުވާކުޑަ ކުރާކަން.
މަޒް
26 September 2022
އަޖައިބުވެ އަންތަރީސް ވެދާނެ.. ޓީވީއެމް ޓަވަރުގައި އެލިގެން އޮތީއްޔާ އެލިގެން އޮތޭ ބުނާނީ.. ހުރިހާ ކަމެއްގައިވެސް ފުލުހުން ބާނުވާ ލެވޭތޯ ބަލާތި.. ކޮން ކަހަލަ ހަސަަދަވެރިކަމެއްތަ ތި އޮންނަނީ
ވިންސްމޯކް ސާންޖީ
26 September 2022
ހަސަދަވެރިކަން ނުއުފެދޭ ވައްތަރަކަށް ނޫން އުޅެނީ. ކުރަން ބޭނުންވާ ކަންތައް ނުލާހިކު ކުޅަދާނަ ކަމާއެކީ ކުރޭ.. މިކަހަލަ ކަމެއް ވާއިރަށް ނަތީޖާ އެއް ނުނެރެވޭ. މިހާރުވެސް ބަލާބަލަ ސައިކަލުގެ ކުރީގަ އިންނަ ސްޓިކާ ގަނޑާ ހެދި އުޅޭ ވައްތަރު
ކޮރަލް
26 September 2022
ފުލުހުންގެ ކެމެރާތައް މާ މަދެވެ. ހާދިސާ އެއް ހިނގާ އިރަށް ފްޓޭޖް ހޯދަން އާއްމުން ކައިރީ އާދޭސް ކުރަނީ އެވެ.
އަބްޑޫޅް
26 September 2022
މީހަކީ ޒުވާނެއް ކަމުގަ، ދުނިޔޭގެ ތަހުޒީބު ވެފައިވާ ރަށް ރަށުގް ބެލެވެނީ،އެ މީހެއްގެ އުމުރުން 15 އަހަރު ފުރުމުން ފެށިގެން 24 އަހަރުގެ ނިޔަލަށް.
ކުކުރިކޮޅު
26 September 2022
ޒުވާންކަމަކީ ވަކި އުމުރަކާ ގުޅުވޭކަމެއްނޫން. އެނާހޯދޭތޯ ބަލާ. ރަށުތެރެ އަމާންކުރޭ.
އުދުހޭ
25 September 2022
އެހާ ދަންވަރު ހޭލައިގެން ތަންތަނަށް ދިޔައީ ކޮން ބޭނުމަކުބާ؟!
ޑިސުންޑިސުން
26 September 2022
މިފަދަ ސިކުނޑިއުނި ފަރާތްތަކުގެ ކޮމެންޓު މިކަހަލަ ސެންސިޓިވްކޭސް ތަކުގައި ޕަބްލިކުނުކޮށް ފުލުންނާ ހަވާލުކުރަންޖެހޭ. ޖަޖްނުކޮށް އޭނާހޯދަން މަސައްކަތްކުރޭ. ދަންވަރަކަސް ފަތިހަކަށް އަމާންކަންމަތީ އުޅެވެންޖެހޭނެ.
ޢެޑްމުންޑޯ
26 September 2022
އުދުހޭ އެފާހަގަކުރީ ބައެއް ޒުވާނުން މަސްތުވާތަކެތީ ފަދަ ވިޔަނުދާ ކަންތަކުގައި އުޅޭ އުޅުމަށް އިޝާރަތް ކޮއްފައިހެން ހީވަނީ ، ވީމާ އެކޮމެންޓް ގޯހެއްނުން ، އަދި ޑިސުން ޑިސުން ފާހަގަ ކުރިގޮތަށް ކޮންމެ މީހަކަށްވެސް ރައްކާތެރިކަމާއި ، މިނިވަންކަނާއި އެކު އުޅުމުގެ ފުރުސަތު އޮންނަންވާނެ ! މިރާއްޖެ މިދަނީ ވަރަށް ނުރައްކާތެރި މިސްރާބަކަށް ، މުޅިގައުމުގައި ގޭންގް ތަކުގެ ބާރު ފެތުރެމުން މިދަނީ
ހިގާ
26 September 2022
އަޅުގަނޑުވެސް ދަންވަރު 4:50 ހާއިރު މިސްކިތައްދާން ހޭލަން، ގަޑީގެ މައްސަލަ ނެގުމުން އިގޭ ތީ ކޮންކަހަލަ މީހެއްކަން
ވިންސްމޯކް ސާންޖީ
26 September 2022
@ހިގާ މިސްކިތައް ދާ ވާހަކަ ގޮވުމާއި އެހެން މީހުން ޖަޖުކުރުމުން އެނގޭނެ އެއީ ވެސް ކޮންކަހަލަ މީހެއް ކަން.