ޚަބަރު / ރާއްޖޭގެ ގައުމީ ދުވަސް

ޖަޒީރާ ދިރިއުޅުމުގެ މިސްރާބަކީ ގައުމިއްޔަތު އަލުން ދިރުވުން: ރައީސް

"ގައުމަކަށް ދެވޭނެ އެންމެ އަގު ބޮޑު ހަދިޔާ ދީފައި ވަނީ އުތީމު ފަސްގަނޑުން. އަދިވެސް ގައުމަށްޓަކައި ދިވެހި ރައްޔިތުންނަށް ކުރެވޭނެ އެންމެ ހެޔޮކަމަކީ ރަނގަޅު ދަރިއެއް ތަރުބިއްޔަތު ކުރުން،"

ގައުމީ ދުވަހުގެ ޖަލްސާގައި ރައީސް ހއ. އުތީމުގައި ވާހަކަފުޅު ދައްކަވަނީ: ގައުމިއްޔަތު ކުރިން އޮތް ގޮތަށް ޖޯޝާއި ރޫހުގައި ދިރުވައި އާލާކުރަން ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި. -- ފޮޓޯ: ރައީސް އޮފީސް

27 ސެޕްޓެމްބަރ 2022 - 10:36

22 comments

ރާއްޖޭގެ ހުރިހާ ރަށަކަށް އެއް ހަމައެއްގައި ޖަޒީރާ ފަސޭހަ ދިރިއުޅުން ކަށަވަރުކޮށްދިނުމަކީ ދިވެހި ގައުމިއްޔަތު އަލުން އަނބުރާ ދިރުވުން ކަމަށާއި އެކަން ނުކޮށް ދޫކޮށްލުމަކީ ސަރުކާރަށް އޮތް އިހްތިޔާރެއް ނޫން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

ހއ. އުތީމުގައި ބޭއްވި މި އަހަރުގެ ގައުމީ ދުވަހުގެ ޖަލްސާގައި ރައީސް ވިދާޅުވީ ގައުމިއްޔަތަކީ ތަފާތެއް ނެތި ޖަޒީރާ ކުދި ރަށްތަކާ އެކު ދިރިއުޅެވޭނެ ގޮތެއް ރައްޔިތުންނަށް ހޯދައިދިނުން ކަމަށެވެ. އެ އަމާޒަށް ވާސިލްވެވޭނީ ސިއްހަތާއި ތައުލީމާއި އާމްދަނީގެ އަވަސް އަދި ފަސޭހަ މަގުތައް ކޮށައިގެން ކަމަށާއި ސަރުކާރުން އެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ.

"މިކަމުގައި ރާއްޖޭގެ ލޮބުވެތި ހުރިހާ ރައްޔިތުންގެ ތާއީދާ އެއްބާރު ލެއްވުން އަޅުގަނޑު ބޭނުން،" ރައީސް ވިދާޅުވި އެވެ.

"މި ދަތުރުގައި އަޅުގަނޑު މިއައީ ފިނެއަށް ގޮސްފައި. އަޅުގަނޑުމެން އަލުން އަނބުރާ އިއާދަކުރަން މަސައްކަތް މިކުރާ ދިވެހި ގައުމިއްޔަތުގެ ހަމަތައްގަނޑަށް ފިނޭ އެ އަންނަނީ ފެތެމުން،" ރައީސް ވިދާޅުވި އެވެ.

ގައުމީ ދުވަހުގެ ޖަލްސާގައު ރައީސްގެ ދެކަނބަލުންނާއި ވަޒީރުން ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ: ރައީސް އޮފީސް

އެ ރަށުގައި އަސާސީ މުހިއްމު ހިދުމަތްތަކުގެ ތެރޭގައި ހިމެނޭ ފެނާއި ނަރުދަމާ ފުރިހަމަވެ ކަރަންޓް ޔަގީންވެފައިވާ ކަން ރައީސް ފާހަގަކުރެއްވި އެވެ. ދަތުރުފަތުރުގެ ފަސޭހަކަން ވެސް އުނދަގުލެއް ނެތި ފިނޭގެ ރައްޔިތުން ހިމެނޭހެން އެ ސަރަހައްދަށް ގާއިމްކޮށްދެވިފައިވާ ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ގައުމީ ދުވަހު އުތީމަށް ވަޑައިގެން މި ރަށުގައި އެ ހަފުލާ ފާހަގަކުރުމުން ލިބިވަޑައިގަންނަވަނީ ތަފާތު އުފަލެއް ކަމަށެވެ. ގައުމުގެ މި އުފާވެރި މުނާސަބަތާ ގުޅިފައި ވަނީ އުތީމުގެ އަގުހުރި ދަރިއެއްގެ ޖިހާދުކަން ރައީސް ފާހަގަކުރެއްވި އެވެ.

ބޭނުންވާ އެއްޗެއް، ބޭރުން އެތެރެ ކުރެވިދާނެ. އެހެން ނަމަވެސް ގައުމިއްޔަތަކީ އިމްޕޯޓް ކުރެވޭ އެއްޗެއް ނޫން: ރައީސް

އެ މަނިކުފާނު ވިދާޅުވި ގޮތުގައި ގައުމަކަށް ދެވޭނެ އެންމެ އަގު ބޮޑު ހަދިޔާ ދީފައި ވަނީ އުތީމު ފަސްގަނޑުންނެވެ.

ގައުމީ ދުވަސް އުތީމުގައި ކުލަގަދަކޮށް ފާހަގަކުރުމާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އުތީމުން ހަނދާނީ ފިލައެއް ކައުންސިލްގެ ރައީސް ހަދިޔާކުރައްވަނީ. -- ފޮޓޯ: ރައީސް އޮފީސް

ދުނިޔޭގެ ގަދަފަދަ ބާރަކުން މުޅި ސަރަހައްދު އިސްތިއުމާރުކޮށްފައި އޮއްވައި ޕޯޗުގީރުންނާ ދެކޮޅަށް ކާމިޔާބު ހޯއްދެވި ބޮޑުތަކުރުފާނަކީ ޒުވާން ބޭފުޅެއް ކަމަށާއި އެ ހިތްވަރާއި ޖޯޝު ހަށިކޮޅުގައި ހިނގުމުގައި ސިއްރެއް ވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"ކަނޑުގެ ބާރަކީ ދިވެހިންކަން ބޮޑުތަކުރުފާނު ދެނެވަޑައިގަތް. ވަކަރުގެ އާރު ވަތަށްވާ ގޮތަށް ދިވެހިން ކުރި ކިއްސަރު ވަޑާމުގެ ދިމާ އިދިކޮޅަށް ކަޅުއޮއްފުންމި ބަނދެ ނިންމީ ވަކަރުފުށް ބޭރަށް. ބޭނުމަކީ ދުވެލިބާރު ކުރުން. އެއީ އާދައިގެ ވިސްނުމެއް ނޫން ހަގީގަތުގައި ވަތަށް އޮންނަން ޖެހޭ ވަކަރުފުށް ބޭރަށް ޖެހި ކަޅުއޮއްފުންމީގެ ފުރަތަމަ މަޑުލާ އެކު ޕޯޗްގީޒުން ވަތަކުތޯ ޖެހިއްޖެ. ކަނޑުގެ ބާޒު ބަލި ކުރެވޭނީ ކަނޑުގެ ދަރިންނަށް އެކަން ކުރީ ދިވެހިން،" ރައީސް ވިދާޅުވި އެވެ.

ގައުމީ ދުވަހުގެ ޖަލްސާ: އުތީމުގައި މި ޖަލްސާ ބޭއްވުމަކީ ހާއްސަ އުފަލެއް ލިބިވަޑައިގެންނެވި ކަމެއް ކަމަށް ރައީސް ވިދާޅުވި. -- ފޮޓޯ: ރައީސް އޮފީސް

ރައީސް ވިދާޅުވި ގޮތުގައި ދިރިއުޅޭ އިންސާނުން ނެތި ފަޅަށް ކިތަންމެ ބޮޑު ސަރަހައްދެއް އޮތަސް އެއީ ގައުމެއް ނޫނެވެ. ގައުމެއް ނެތް ނަމަ ގައުމިއްޔަތެއް ނޯންނާނެ ކަމަށް ވިދާޅުވި އެވެ.

ގައުމާއި ގައުމިއްޔަތަކީ ކާބަފައިން ހަވާލުކުރި ޒިންމާއެއް ކަމަށް ރައީސް ވިދާޅުވި އެވެ.

"ބޭނުންވާ އެއްޗެއް، ބޭރުން އެތެރެ ކުރެވިދާނެ. އެހެން ނަމަވެސް ގައުމިއްޔަތަކީ އިމްޕޯޓް ކުރެވޭ އެއްޗެއް ނޫން،" އެމަނިކުފާނު ވިދާޅުވި އެވެ.

"ދިވެހިންނަކީ އަސްލާ ނަސްލުން އެއްބައެއް. އިސްލާމްދީނުގެ ހިދާޔަތުގައި އެންމެން ފިދާވާ ގައުމެއް. އާދަކާދައާ ބަހުރުވަ އެކައްޗެއް. އެކަކަށް ޖެހޭ ބޮޑު ކަމެއްގާ އަނެކުން ހިއްސާވި ގައުމެއް. އެއް ބަދިގޭގެ ތެލީގެ ފުލުގާ އުނދުޅިން ޖެހޭ އަޑު އިވިއްޖެ ނަމަ އަނެއް ބަދިގެއިން ކާތަކެތި ގެނެސްދޭ ބައެއް."

ގައުމީ ދުވަހުގެ ޖަލްސާގައި އުތީމު ރައްޔިތުން ބައިވެރިވަނީ: ގައުމީ ދުވަހުގެ ޖަލްސާއަށް މި ރަށް އޮތީ ވަރަށް ބޮޑަށް ތައްޔާރުވެފައި. -- ފޮޓޯ: ރައީސް އޮފީސް

އެމަނިކުފާނު ވިދާޅުވި ގޮތުގައި ދިވެހި ގައުމިއްޔަތު ޒީނަތްވެދާ އެފަދަ އަގުބޮޑު ގަހަނާ ގެންގުޅުނު އެހެން ބަޔަކު މި ދުނިޔޭގާ މަދުވާނެ އެވެ.

ރައީސް ވިދާޅުވީ ޓޫރިސްޓުން ރާއްޖެ އަންނަން ފެށިތާ މި އަހަރު 50 އަހަރު ފުރޭއިރު މެހެމާންދާރީއާ އޯގާތެރި ކަމާ ހިތްހެޔޮކަން ނުވި ނަމަ ދުނިޔޭގެ އެންމެ މަގަބޫލު ޓޫރިސްޓް މަންޒިލްކަމުގައި ރާއްޖެ ނުވީސް ކަމަށެވެ.

"ބޮޑު ތަކުރުފާނު ކުރައްސަވައި ދެއްވި ގައުމިއްޔަތުގެ ޗާޓުން ދައްކަނީ މެހެމާނުންނަށް ކަމޭ ހިތާ އިހްތިރާމްކޮށް އޯގާތެރިވުން. ރާއްޖެއަށް ލާބަ ހުރި ކޮންމެ ކަމެއްގައި އެތަކުރުފާނު އިސްކުރެއްވި ހާރިޖީ ސިޔާސަތަކީ ގައުމިއްޔަތުގެ ބައެއް. މިދެންނެވި ގައުމިއްޔަތުގެ ސިފަތަށް ދެމެހެއްޓުމަކީ މިނިވަންކަން ދެމެހެއްޓުމުގެ އެއް އަސާސް،" ރައީސް ވިދާޅުވި އެވެ.

ގައުމީ ދުވަހުގެ ޖަލްސާގައި ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ: ރައީސް އޮފީސް

އެމަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖޭގެ ތާރީހާއި ސަގާފަތް ދިރުވައި އާލާކޮށް ދެމެެހެއްޓުމަކީ ރިޔާސީ ވައުދެކެވެ. ވަކި ސިޔާސަތެއްގެ ދަށުން އެކަން ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ބަވަނަ ވަމުން އަންނަ ދުނިޔޭގައި ގައުމުތަކާ އޮންނަ ގުޅުން ބަދަހިކޮށް ބައިނަލްއަގުވާމީ ދުނިޔެއާ އެއްސަފެއްގައި ރާއްޖެ ފައި ހަމަކުރަން ޖެހޭ ކަމަށެވެ.

ގައުމީ ދުވަހުގެ ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ. -- ފޮޓޯ: ރައީސް އޮފީސް

ގައުމަށްޓަކައި ރައްޔިތަކަށް ކުރެވޭނެ އެންމެ ހެޔޮކަމަކީ ރައީސް ވިދާޅުވި ގޮތުގައި ރަނގަޅު ދަރިއެއް ތަރުބިއްޔަތު ކުރުން ކަމަށް ރައީސް ވިދާޅުވި އެވެ.

"މާތްވެގެންވާ އިސްލާމް ދީނުގެ މަތިވެރި އަގީދާގެ ނަމޫނާ އެ ކުދިންނާ ގާތުން ފެނުން. މިންތީގެ ހަމަހަމަކަމާ ގެވެށި އިންސާފު އެ ކުދިންނަށް ދަސްވުން. މޫސުމާ، ތިމާވެއްޓަށް އަންނަ ބަދަލާ ގޮންޖެހުން ތަކުން އަރައިގަނެވޭނެ ގޮތްތަކާ މެދު ވިސްނާ އެގޮތަށް އަމަލު ކުރުން،" ރައީސް ވިދާޅުވި އެވެ.

22 ކޮމެންޓް, 11 ރިއެކްޝަންސް

icon happy icon happy 9%
icon sad icon sad 0%
icon angry icon angry 82%
icon wow icon wow 0%
icon inlove icon inlove 9%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ﷲ×ީނާ

28 September 2022

ޖަޒީރާ ރައްތަކަށް ޤައުމިއްތެއް ނުގެނެވޭނެ. އިންޑިޔާ މީހުންނަށް ބޮޑު ތިލަދުންމަތީގެ ބާރުތައް ދިނީމަކާ. ތިޔަ ވާގޮތަކީ ކުރާކަމަކީ ބޮޑުތިލަދުންމަތީން ތަކުރުފާނުގެ އަކުރުތައް ފޮހެލުާން ކުރާކަންކަން.

The name is already taken The name is available. Register?

1828

27 September 2022

ޖަޒީރާ ކުރަން ދެއްތޯ ތިލަމާލެ އިންޑިއާ ދާލަން އަޅަން ނިންމީވެސް؟ އަޅަން މަސައްކަތް ކުރަނީވެސް؟ އެއީ ހަމަ ރާއްޖެތެރޭ މީހުން މާލެއަށް ޖަމާކުރުމަށްޓަކައި ކުރާ މަސައްކަތް. ރާއްޖެ ތެރެއިން ރަށަކަށް އެއްފަސްކުރުމުގެ ސިޔާސަތު ނުގެންގުޅެންވެގެން ޖަހާމަޅިއެއް. އަނގައިން ޖަޒީރާ، އަމަލުން ދިމާ އިދިކޮޅު.

The name is already taken The name is available. Register?

ވާންޗޯސް

27 September 2022

ރާއްޖެތެރޭ މީހުން މާލޭ މިނިވަންކުރި ދުވަސް.

The name is already taken The name is available. Register?

ބޮޑުމީހާ

27 September 2022

ޖަޒީރާ ދިރިއުޅުމޭ ކިޔާފަ މި އެންމެން ތިބެނީ ގެ ކުއްޔށް ދީފަ ލަންޑަނު، މެލޭޝިއާ ސިންގަޕޫރުގަ. 2000 މީހުން ހަމަނުވާ ރަށެެއްގައި ޓާޝިއަރީ ހޮސްޕިޓަލް ނުހިގާނެކަން ރައްޔިތުންވެސް ގަބޫލުކުރަންޖެހޭ.

The name is already taken The name is available. Register?

ސީޒަން ޖެކުހަން

27 September 2022

ކަށްޗަށްއެޅި ބިންގާ ކެއްޗާހަމައަށް ނެގިއަސް އޮންނާނީ ކައްޗަަށެވެ.

The name is already taken The name is available. Register?

ވާރުގެ 8% ދޭން ރައްޔިތުން ތައްޔަރުވޭ

27 September 2022

ޖަޒީރާ ވަންތައޭ ކިޔާފަ ނަގަނީ ބުރި ބުރިއަށް މަތިމައްޗަށް އެއީ އެސިފަ ގެއްލޭކަމެއްކަން ނޭނގެނީބާ؟ކޮންކަހަލަ ޖަޒީރާ ވަންތަ ކަމެއްތޯ 2 ކިލޯ މީޓަރު މާލޭގެ ފެން ހިންދައިނުލެވުނު 15 އަހަރުހުރިހާ ބާރަކާއެކު ހިތަކަށް ވެރިކަން ކުރަން ދިނީމަ އައިމީހުންނަށް ރަށެއްގަ ނަރުދަމާ އެޅިޔަސްފެނެއްނުހިންދޭ އަނެއްކާ ވަކި މަޝްރޫޢުއެއް އެކަމަށް މީނޫންތޯ ކަންކުރާ ގޮތަކީ މަދިރި މަދުކުރަން ކުރެވޭ ކަމެއްނެތް ނަތީޖާއަކީ މަދިރިގިނަވެ ހުމާ ރޯގާމަތިވެ ބާސަންދައަށް ބަރުބޮޑުވުން

The name is already taken The name is available. Register?

ގަޓުބެ

27 September 2022

ގައުމީ ދުވަސް ވީމާ ރައްޔިތުން ނަށް ކަމެއް ކޮއްދިނުމައް ކަނޑަ އަޅާ މި ރާއްޖޭގަ މި އުޅޭ ގޭންގު ތައް ނައްތާލަދީ. އެއީ ތެދުވެރި ވެރިކަމެއް ކުރަން ބޭ ނުމިއްޔާ ކުރާ ފުރަތަމަ ކަމަކައް ހަދާ.

The name is already taken The name is available. Register?

މުސަޅު

27 September 2022

ޖަޒީރާ ދިރިއުޅުން ހޯދަން ފެނާ، ކަރަންޓާ ނަރުދަމާ ކަންޑާލާ. އެއާރޕޯޓާ ހޮސްޕިޓަލް އެޅުން ހުއްޓާލާ.

The name is already taken The name is available. Register?

އުދުހޭ ގެ ޅިޔަނު

27 September 2022

އެވެސް އަނެއްކާ، ދަރަންޏަށް ނަގައިގެން! އޭގެ އަނެއް ދަރަނީގެ ބޮޅު، ހަނިމާދޫ އެއަރޕޯޓް! އަޅެ ވެއްޖެނުން، ތިމާ މީހާގެ ހުރީ އެކަނި އޯ ލެވަލްކަން އަމިއްލަށް އިހުސާސްކުރެވި، ބޮޑުގައުމެއްގެ އެންމެ މަތީ ވެރިކަން ނުކުރެވޭނެ ކަން ގަބޫލުކޮށް، މި ޓާމް ނިމުނީމާ ދުރަށް ޖެހިލަން!

The name is already taken The name is available. Register?

ޑިސްއޮނަރަބަލް ޑީޑީ

27 September 2022

"ޖަޒީރާ"އާ "އެޖެންޑާ-19" އަކީ ސީދާ އަނދުނެއް. އެއީ ރައްޔިތުންގެ އިޙްސާސްތަކާ ކުޅޭން އެމްޑީޕީން ބޭނުންކުރި ހަތިޔާރެއް. ވެރިކަމަށް އައުމަށް ޖެހި ދަންތުރައެއް. ރައްޔިތުން ވަރަށް ރަނގަޅަށްވެސް އެދަންތުރައިގާ ޖެހުނު.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454