ޚަބަރު / އެޓާނީ ޖެނެރަލް

މަސްދަރު ހާމަކުރަން މަޖުބޫރުވާ ހެއްކާ ބެހޭ ގާނޫނަށް ހުށަހަޅާ އިސްލާހު ފޮނުވައިފި

ހެއްކާ ބެހޭ ބިލް ފާސްކުރުމާ ދެކޮޅަށް ނޫސްވެރިން މަޖިލިސް އިދާރާ ކައިރީގައި ހިމޭން މުޒާހަރާއެއްގައި: މި ކަންބޮޑުވުންފާޅުކުރަނިކޮށް ފާސްކޮށް، ތަސްދީގުކުރެއްވި ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުން ވަނީ ނިންމާފައި. -- ފޮޓޯ: ނިޝާން އަލީ | މިހާރު

02 އޮކްޓޯބަރ 2022 - 12:41

މަސްދަރު ހާމަނުކުރަން ނޫސްވެރިންނަށް މަޖުބޫރުވާ ގޮތަށް ފާސްކުރި ހެއްކާ ބެހޭ ގާނޫނަށް ހުށަހަޅާ އިސްލާހު އެޓާނީ ޖެނެރަލްގެ އޮފީހުން ރައީސް އޮފީހަށް މިދިޔަ ބުރާސްފަތިދުވަހު ފޮނުވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ރައީސް ތަސްދީގުކުރެއްވި ގާނޫނު އޮތީ ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މީހުން ފަސްޖެހި ނޫސްވެރިންނަށް ބޮޑެތި އަދަބުތަކާ ކުރިމަތިލާން ޖެހުމުގެ ފުރުސަތު އޮންނަ ގޮތަށެވެ.

މިއީ ނޫސްވެރިކަމާއި ނޫސްވެރިންނަށް ކުރިމަތިކުރުވި ބޮޑު ގޮންޖެހުމެއް ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލާއި އެމްޖޭއޭ އާއި އެޑިޓާސް ގިލްޑުން ކަންބޮޑުވުން ފާޅުކުރުމުން ސަރުކާރުން ނިންމީ އެ ގާނޫނަށް އިސްލާހެއް ގެނައުމަށެވެ.

އޭޖީ އޮފީހުން ބުނީ ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް ހެއްކާބެހޭ ގާނޫނުގައި ހިމެނޭ މަސްދަރު ހާމަކުރުމަށް ލާޒިމުކުރާ މާއްދާ އިސްާހުކުރަން ފޮނުވާފައިވާ ކަމަށެވެ. ސަރުކާރުގެ ފަރާތުން އެ ބިލު ހުށަހެޅުމުގެ ބޭނުމަކީ ނޫސްވެރިންނަށް މައުލޫމާތު ދޭ މަސްދަރު ހާމަކުރުމަށް ލާޒިމުކުރާ ހާލަތްތައް މިހާރު އެ ގާނޫނުގައި އޮތްގޮތުން، ނޫސްވެރިންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކަށް ހައްލެއް ހޯދުން ކަމަށް އެ އޮފީހުން ބުންޏެވެ.

ގާނޫނަށް ހުށަހެޅި އިސްލާހު

- ގާނޫނުގެ 136 ވަނަ މާއްދާގައި ނޫސްވެރިންނަށް މައުލޫމާތު ދޭ މަސްދަރު ހާމަކުރުމަށް ލާޒިމުކުރާ ހާލަތްތައް ކަމުގައި ބަޔާންކޮށްފައިވާ ގައުމީ ސަލާމަތާ ގުޅުންހުރި ކުށްތަކާއި ޓެރަރިޒަމްގެ ކުށްތައް އިތުރަށް ސާފުވާނެ ފަދައިން ގާނޫނުގައި މާނަކޮށްދިނުން.

- ނޫސްވެރިންނަށް މައުލޫމާތު ދޭ މަސްދަރު ހާމަކުރަން ލާޒިމުކުރެވޭނީ، ޕްރޮސިކިއުޓަ ޖެނެރަލް ހުށަހަޅާ ހުށަހެޅުމެއްގެ މައްޗަށް، ހައިކޯޓުން ކުރާ އަމުރަކުން ކަމުގައި ކަނޑައެޅުން.

އެފަދަ އަމުރެއް ނެރުމުގައި ކޯޓުން ރިއާޔަތްކުރަންޖެހޭ ކަންކަން ގާނޫނުގައި ކަނޑައެޅުމަށް ހުށަހަޅާ އިސްލާހްތައް ހިމެނޭ ކަމަށް ވެސް އޭޖީ އޮފީހުން ބުންޏެވެ.

ނޫސްވެރިން އެދުނު ބައެއް އިސްލާހުތައް ގާނޫނަށް ގެންނަން ސަރުކާރުން އެއްބަސްވެފައި ވިޔަސް ގައުމީ ސަލާމަތުގެ ލަފްޒު ހިމަނައިގެން ހެއްކާ ބެހޭ ގާނޫނު އިސްލާހު ކުރަން ނޫސްވެރިންގެ ޖަމިއްޔާ، އެމްޖޭއޭ އިން ވަނީ ދެކޮޅު ހަދައިފަ އެވެ.

އެމްޖޭއޭ އިން ބުނީ ގައުމީ ސަލާމަތުގެ ކުށް މާނަކުރާ ގާނޫނެއް މިވަގުތު ރާއްޖޭގައި ނެތުމުން، ގައުމީ ސަލާމަތް ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ފުރުސަތު އޮތް ކަމަށެވެ. އެހެންކަމުން ގައުމީ ސަލާމަތް ހިމަނައިގެން ގާނޫނު އިސްލާހު ކުރަން އެ ޖަމިއްޔާ އިން ދެކޮޅު ކަމަށް އޭޖީ އޮފީހުގައި ބުނެފައިވެ އެވެ.

މައްސަލަ ކޯޓަށް ހުށަހެޅުމުގެ ކުރިން ވެސް ނޫސްވެރިޔާއަށް މަސްދަރު ހާމަކުރަން އިދާރާތަކަށް މަޖުބޫރު ކުރުވޭ ފަދަ މާއްދާއެއް ހިމަނާފައި ވާތީ އެ މާއްދާ އިސްލާހުކޮށްދިނުމަށް ވެސް އެމްޖޭއޭ އިން އެދިފައިވެ އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454