ލައިޓް ސިގްނަލް ގޭގެ ކޮޓަރިއެއްގެ ތެރޭގައި މަރުވެފައި ތިއްބާ ފެނުނު ދެމަފިރިންގެ ތެރެއިން އެކެއްގެ ހަށިގަނޑު ގެންދަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
08 ޖެނުއަރީ 2017 - 13:14
ތ. ވިލުފުށީ ދެމަފިރިއަކު މާލޭގެ ގެއެއްގެ ކޮޓަރިއެއް ތެރޭގައި މަރުވެފައި ތިއްބާ މިއަދު މެންދުރު ފެނިއްޖެ އެވެ.
ކޯރުކެނޑި މަގުގައި ހުންނަ މ. ލައިޓް ސިގްނަލް ގޭގެ ފަސް ވަނަ ބުރީގައި، ތިން ދަރިންނާ އެކު، ދިރިއުޅެމުން އައި އުމުރުން 50 އަހަރުގެ ގާސިމް ޝާހިދު އާއި 40 އަހަރުގެ ރަޒީނާ އިބްރާހިމް ރޭ ނިދަން ވަން ގޮތަށް ޚަބަރެއް ނުވުމުން ފުލުހުންނަށް އެންގީ މިއަދު މެންދުރު 12:45 ހާއިރު އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި ދެ މީހުންގެ ހަށިގަނޑުގެ ބޭރުން އެއްވެސް ޒަޚަމެއް ފެންނާކަށް ނެތެވެ. އެކަމަކު މަރުވީ ކޮން ސަބަބަކާ ހުރެކަން އެނގޭ ވަރެއް އަދި ނުވެ އެވެ.
ޝާހިދާއި ރަޒީނާގެ ތިބީ ފިރިހެން ދެ ކުދިންނާއި އަންހެން ކުއްޖެކެވެ. އޭގެ ތެރެއިން އެންމެ ދޮށީ ފިރިހެން ކުއްޖާ ވަޒީފާ އަދާކުރަނީ އައިލެންޑް އޭވިއޭޝަންގަ އެވެ. އަނެއް ދެ ކުދިންގެ އުމުރުން އަދި 18 އަހަރު ވެސް ނުވެ އެވެ.
މަރުވެފައި ތިއްބާ ފެނުނު ދެމަފިރިންގެ އާއިލާގެ ބަޔަކު ލައިޓް ސިގްނަލް ގެއިން ނުކުންނަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
މާލެ އަށް ދިރިއުޅުން ބަދަލުކުރީއްސުރެ ޝާހިދުގެ އާއިލާ ދިރިއުޅެމުން އަންނަނީ ލައިޓް ސިގްނަލްގައި ކަމަށްވެ އެވެ.
ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ ރޭ ނިދަން ވަން ގޮތަށް ޚަބަރެއް ނުވުމުން އާއިލާގެ މީހުން އެ ކޮޓަރީގެ ދޮރު ހުޅުވާފައި ބެލިކަމަށެވެ. ފުލުހުންނަށް ރިޕޯޓްކުރީ އެއަށް ފަހު ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ރާއްޖޭގައި މި ގޮތަށް ދެމަފިރިއަކު އެއް ފަހަރާ މަރުވުމުގެ ހާދިސާއެއް މީގެ ކުރިން ހިނގި ކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެ އެވެ.
މަރުވެފައި ތިބީ ދެމަފިރިން އެކުގައި ކަން، އެ ހިސާބަށް އެއްވި މީހުންނަށް އެނގުމާ އެކު ބަސް ހުއްޓުނެވެ. ވިލިފުއްޓަށް އުފަން އަދި ޝާހިދުގެ އާއިލާ ދަންނަ ބައެއް މީހުން ވާހަކަ ދައްކަމުން ދިޔައީ ވަރަށް ފުން އަސަރަކާ އެކުގަ އެވެ.
ޝާހިދު އާއި ރަޒީނާގެ އެއްވެސް ބައްޔެއް ހުންނަކަން އެއިން އެއްވެސް މީހަކަށް އެނގިފައެއް ނުވެ އެވެ. އަދި އާއިލާގެ ތެރޭގައި މައްސަލައެއް ޖެހިގެން އުޅޭކަމުގެ އެއްވެސް ޚަބަރެއް ވެސް އެއިިން މީހަކަށް ލިބިފައެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބޫ
09 January 2017
އިންނާލިއްލހި ވައިންނާއިލައިހި ރާޖިއޫން މި ކަމުގެ ހަގީގަތް ހޯދުްނ މުހިންމު، ރަނގަޅު ފޮރެންސިކު ތަހުގީގެއް ކުރުްނ މުހިންމު،
ޖާބު
09 January 2017
މި ދެމަފިރިންގެ ފާފަފުއްސަވާ، ސުވަރުގޭގެ ދާއިމީ ނިޢުމަތް ލައްވާންދޭ.
އަމްޖޭ
09 January 2017
އެ ދެމަފިރިންގެ ފާފަ ފުއްސަވައި ސުވަރުގޭގެ ނިޢުމަތް މިންވަރުކުރައްވައި ޢާއިލާއަށް ކެތްތެރިކަމާއި ހެއުގޮތް މިންވަރުކުރައްވާށި. އާމީން
ހާމިދު
08 January 2017
މިދެމަފިރިންނަށް ސުވަރުގޭގެ ދާއިމީ ނިއުމަް މިންވަރު ކުރައްވާށިއެވެ. ޝާހިދާއި ރަޒީނާ މީގެ 15 ވަރަކަށް އަހަރު ކުރިން ހެންވޭރު ކޮޅު ގެއެއްގައި ދިރިއުޅުނެވެ. އޭރުވެސް އެ ދެމަފިރިން އުޅުނީ ވަރަށް ރަނގަޅަށްކަން ފާހަގަ ކުރެވެއެވެ. އަދި ފެށުނީންސުރެއް ޝާހިދު ދިޔައީ ލޯންޗް ކެޕްޓަންކަން ކުރަމުންނެވެ. ގެއަށް ދޭތެރެ ދޭތެރެއިން ދަތުރުވަރީގައި އިސްވެސް މީހުންނަށް ވަރަށް ހެޔޮްވާނެއެވެ. އަދި ހަދިޔާ ބަދިޔާވެސް ގެނެސްދީ އުޅޭނެއެވެ. އެކަމަކު ފާއިތުވި 15 ވަރަކަށް އަހަރުތެރޭގައި އޭނާއާ ދިމާވެފައިވަނީ ވަރަށް މަދުންނެވެ. ދިމާވާ ފަހަރެއްގައިވެސް، މަންމަމެން، އަދި ކުދިންގެ ވާހަކަ އަހާނެއެވެ. މީގެ 2 ހަފްތާއެއްހާ ދުވަސް ކުރިން އޭނާ މަސްވެރިންގެ ޕާކާ ދިމާލުގައި ހުންނަ މިސްކިތަށް އަރާ ނަމާދުކުރަން ހުއްޓާ ދުށީމެވެ. އެއީ އޭނާ ހަމަލޮލުން ފެނުނު އެންމެ ފަހުފަހަރެވެ. އެކަމަކު ކަންދިމާކުރި ގޮތުން އެދުވަހު ބައްދަލުވެވޭގޮތެއް ނުވިއެވެ. މިދެމަފިރިންގެ މަރު ރަނގަޅަށް ތަހުގީގުކޮށް ފޯލްޕްލޭއެއް އުޅޭނަމަ އެކަމަށް ޒިންމާވާ ބަޔަކާމެދު ފިޔަވަޅު އެޅި އިންސާލު ހޯދާދޭނެކަމަށް އުންމީދު ކުރަމެވެ. ޝާހިދުގެ އާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ.
މުސްތާގު
08 January 2017
ފަހަރުގަ އެއަރކޯން އިންގޭސް ލީކްވެގެން މިފަދަކަމެއް ހިގައިފާނެ.
ވިސްނާ
08 January 2017
ތިކަން ތިހެން ދިމާވީ ވައިބަންދުވެފްލައި ހުރުމުން ކަމަށްވެދާނެ. ޢަދި ކައިރީގައި ހުރި ގަރާޖުގެ ސްޕްރޭގެ ސަބަބުން ހާސްވީ ކަމަށް ވެދާނެ
އަލިފުބާގަ
08 January 2017
އެ ދެމަފިރިންގެ ފާފަ ފުއްސަވައި ސުވަރުގޭގެ ނިޢުމަތް މިންވަރުކުރައްވައި ޢާއިލާއަށް ކެތްތެރިކަމާއި ހެއުގޮތް މިންވަރުކުރައްވާށި.
މަރުވާނެ
08 January 2017
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعون
އަލީ
08 January 2017
ޕޯސްމޯޓަމް ހަދާ މިކަމުގެ ސަބަބު ދެނެގަންނަންޖެހޭ. ގުދުރަތީ ގޮތުން މީހުން މަރުވާން ދިމާވަނީ ކޮންމެވެސް ސިއްހީ މައްސަލައެއްގައި. ނަމަވެސް ދެމީހެއްގެ ކިބައިގައި އެފަދަ ސަބަބެއް އެއްވަގުތެއް އެއްގޮތަކަށް އެއްވަރަކަށް އެއް ނަތީޖާއެއް ނުކުނަފަދަ ގޮތަކަށް ދިމާވެދާނެ ފަދަ ކަންކަމަކީ އާންމުކޮށް ފެންނަ ކަންކަމެއް ނޫން. ވީމާ ޓޮކްސިކޮލޮޖީވެސް ހަދަންޖެހޭ. ލޭގައި ވިހައެއް ހުރިތޯވެސް ބަލަންޖެހޭ.
ވެދާނެގޮތެއް
08 January 2017
ތިގޭ ކައިރީގައި ހުންނަ ވެހިކަލް ގަރާޖުން ވެހިކަލްއަށް ސްޕްރޭ ކުރާއިރު ތިތާކައިރީ ނުތިބެވޭނެ... ތިތާކައިރީ ގެއެއްގެ 3 ވަނަ ފްލޯގައި އުޅުނުއިރު ބެލްކަންޏަށް ނުނުކުމެވޭ ކެމިކަލްވަސްގަޑު ދުވާތީ...