ރިޕޯޓް / އީޕީއޭ

ސަރުކާރުން ސަރުކާރު ޖޫރިމަނާ ކުރުން: ހަމަޖެހޭ ކަމެއްތަ؟

ސ. މަރަދޫފޭދުގެ ބަނދަރުގެ މަތިން ނަގާފައިވާ ފޮޓޯއެއް: އެ ބަނދަރު ހެދުމުގައި ހުއްދައާ ހިލާފަށް މަސައްކަތް ކުރި ކަމަށް ބުނެ އީޕީއޭއިން ވަނީ ޕްލޭނިނިް މިނިސްޓްރީ ޖޫރިމަނާކޮށްފަިއ -- ފޮޓޯ: އައްޑޫ ލައިވް

އައްޑޫ ސިޓީ މަރަދޫ-ފޭދޫ ބަނދަރު ހެދުމުގެ މަޝްރޫއަށް ދޫކޮށްފައިވާ "ތިމާވެށީގެ ގޮތުން ނިންމާ ލިޔުން"އާ ހިލާފަށް މަސައްކަތްތަކެއް ކުރި ކަމަށް ބުނެ އީޕީއޭއިން ވަނީ މިދިޔަ ހޯމަ ދުވަހު ޕްލޭނިން މިނިސްޓްރީ 120،000ރ.އިން ޖޫރިމަނާ ކޮށްފަ އެވެ. އީޕީއޭއިން ނެރުނު ބަޔާނުން އެނގޭ ގޮތުގައި މިއީ މިނިސްޓްރީން އީއައިއޭ ގަވައިދާ ހިލާފަށް އަމަލު ކުރި ތިން ވަނަ ފަހަރެވެ.

އީޕީއޭއިން ޕްލޭނިން މިނިސްޓްރީ ޖޫރިމަނާ ކުރުމަކީ ބައެއް އާންމުންގެ މެދުގައި ސުވާލު އުފެދުނު ކަމެކެވެ. އީޕީއޭއަކީ ސަރުކާރުގެ މިނިސްޓްރީއެއްގެ ދަށުން އޮންނަ އެޖެންސީއަކަށް ވާއިރު، އެ އެޖެންސީން، ސަރުކާރުގެ ހަމަ އެހެން މިނިސްޓްރީއެއް ޖޫރިމަނާ ކުރުމުން ޖެހެނީ ކޮންތާކުތޯ އެ މީހުން ސުވާލު އުދެއްދި އެވެ.

އީޕީއޭއަކީ އެއްވެސް މިނިސްޓްރީއެއްގެ ދަށުގައި ނެތް، މިނިވަން މުއައްސަސާއެއް ނަމަ އީޕީއޭ އިން ސަރުކާރުގެ ފަރާތެއް ޖޫރިމަނާ ކުރުން ވާނީ މުޅިން އެހެން ކަމަކަށެވެ. އެކަމަކު، ބައެއް މީހުން ސިފަ ކުރާ ގޮތުގައި އީޕީއޭއިން ސަރުކާރުގެ މިނިސްޓްރީއެއް ޖޫރިމަނާ ކުރުމުން އެއީ ސަރުކާރުން ސަރުކާރު ޖޫރިމަނާ ކުރުމެވެ. އެއީ އެއްވެސް ނަތީޖާއެއް ނެތް ބޭކާރު ފިޔަވަޅެއް ކަމަށް އެ މީހުން ދެކެ އެވެ.

މިނިސްޓްރީއެއް ޖޫރިމަނާ ކުރެވިދާނެތަ؟

އީޕީއޭއިން ޕްލޭނިން މިނިސްޓްރީ ޖޫރިމަނާ ކުރުމުގައި ހުރި ހަމަނުޖެހޭ ކަންތައްތައް ގާނޫނީ ވަކީލު ހަމްޒާ ލަތީފު ކިޔައިދެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުގެ މިނިސްޓްރީތަކަކީ ދައުވާ ކުރުމާއި ދައުވާ ލިބުމާއި، ކޮންޓްރެކްޓު އުފެއްދުން ފަދަ ކަންކަން ކުރެވޭނެ ގާނޫނީ ވަކި ޝަހުސުތަކެއް ނޫނެވެ. އޭނާ ވިދާޅުވި ގޮތުގައި މިނިސްޓްރީތަކަކީ ރައީސުލްޖުމްހޫރިއްޔާ އުފައްދަވާ ވަކި ހާއްސަ މެންޑޭޓުތަކެކެވެ.

ކުށެއް ކުރެވޭނީ ނުވަތަ ގޯހެއް ހެދޭނީ ވެސް ވަކި ގާނޫނީ ޝަހުސަކަށެވެ. އެއީ އަމިއްލަ ފަރުދަކަށް ވިޔަސް ނުވަތަ ކުންފުންޏަކަށް ވިޔަސް އެވެ. ހަމްޒާ ވިދާޅުވި ގޮތުގައި، ގާނޫނީ ޝަހުސަކަށް ނުވާ ފަރާތެއް ކުށެއް ކޮށްގެން ކަމަށް ބުނެ ޖޫރިމަނާ ކުރުމަކީ ގާނޫނީ ގޮތުން ދެކޮޅު ޖެހޭ ކަމެއް ނޫނެވެ.

އައްޑޫ މަރަދޫ-ފޭދޫ ބަނދަރު ހަދައި ނިމުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން އާއި އައްޑޫގެ މޭޔަރު އަލީ ނިޒާރު

"ގާނޫނީ ޝަހުސިއްޔަތެއް ނެތް ފަރާތަކަށް އަދަބެއް ވެސް ނުދެވޭނެ. ގާނޫނީ ޝަހުސިއްޔަތެއް ނެތް ފަރާތަކީ އެއްވެސް އަމަލެއް ކުރެވޭނެ ފަރާތެއް ނޫންތާ. އެހެންވީމަ ލީގަލީ ސްޕީކިން އެފަދަ ފަރާތެއް ޖޫރިމަނާ ކުރެވޭނެ ކަމަށް ބުނުމަކީ ދެކޮޅު ޖެހޭ ލޮޖިކަލް ވާހަކައެއް ނޫން." ހަމްޒާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ބޭރު އެހެން ގައުމުތަކުގައި ގާނޫނީ ބޭނުމަށް ސަރުކާރަށް ވެސް އޮންނަނީ ގާނޫނީ ޝަހުސިއްޔަތު ގާނޫނުން ދީފަ އެވެ. އެހެންނަމަވެސް، ރާއްޖޭގައި މިއަދާ ހަމައަށް އެހެން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

ވަކީލު ހަމްޒާ ކުރެއްވި ޓްވީޓެއް

ގާނޫނު އަސާސީގައި ދިވެހި ދައުލަތް ތަމްސީލު ކުރުމުގެ ބާރު ހަވާލުކޮށްފައި އޮންނަނީ އެޓާނީ ޖެނެރަލްގެ އޮފީހާ އެވެ. އެޓާނީ ޖެނެރަލްގެ އޮފީހުން މިނިސްޓްރީތައް ތަމްސީލު ކުރާއިރު، އެފަދަ މައްސަލަތަކުގައި ވެސް ދައުވާ ލިބެނީ "ދިވެހި ދައުލަތުގެ" މައްޗަށްކަން އޭނާ ފާހަގަ ކުރެއްވި އެވެ.

ކުރިން ސްޕެޝަލް އިކޮނޮމިކް ޒޯންގެ ލީީގަލް ޑިރެކްޓަރަކަށް ހުންނެވި ހަމްޒާ ވިދާޅުވީ ގޮތުގައި، މިއީ އިންވެސްޓަރުން ހޯދުމުގައި ވެސް ރާއްޖެއަށް އުނދަގޫވާ ކަމެކެވެ. ކޮންޓްރެކްޓުތަކަށް ވަންނަ އިރު "ގަވަމެންޓް އޮފް މޯލްޑިވްސް"ގެ ނަމުގައި އެއްބަސްވުން ހަދާތީ އެކަމާ ބެހޭގޮތުން އިންވެސްޓަރުން ސުވާލު އުފައްދާ ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ އެއްބަސްވުމާ މެދު ހިލާފު އުފެދި ޒިންމާ ނަގަން ޖެހިއްޖެ ހާލަތެއްގައި އެފަދަ ކަންކަން މުހިންމުވާނެތީ އެވެ.

އެއްވެސް ބޭނުމެއް ހިފޭތަ؟

ސަރުކާރުގެ އެއް އޮފީހުން އަނެއް އޮފީސް ޖޫރިމަނާ ކުރުމުން އެކަމުގެ ބުރަ ވެސް އުފުލަން ޖެހެނީ ދިވެހި ރައްޔިތުންނެވެ. މިނިސްޓްރީއެއް ޖޫރިމަނާ ކުރުމުން އެ ޖޫރިމަނާ ދައްކަން ޖެހެނީ ދިވެހި ރައްޔިތުންގެ ޓެކްސް ފައިސާއިންނެވެ. ބަޔަކު ކުރަން ޖެހޭ މަސައްކަތް އުސޫލާ ހިލާފުވުމުން ގޯސްކޮށް ކުރި އަމަލެއްގެ ޒިންމާ ރައްޔިތުން އުފުލަން ޖެހުމަކީ ރަނގަޅު ގޮތެއް ހެއްޔެވެ؟

ކަމެއް ގޯސްކޮށް ހިނގުމުން ފިޔަވަޅެއް އަޅަނީ ވެސް ވަކި ބޭނުމެއްގަ އެވެ. ގޯސްކޮށް ކުރެވުނު ކަމަކަށް އަދަބެއް ދިނުމަކީ އެއް ސަބަބެވެ. ބޭނުމަކީ އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމެވެ. އުސޫލުތަކާ އެއްގޮތަށް އަމަލު ކުރުމަށް ބާރު އެޅުމެވެ.

ހުއްދައާ ހިލާފަށް މަސައްކަތް ކުރުމުން ސީދާ މިނިސްޓްރީ އަށް ފިޔަވަޅު އެޅުމުން އޫސޫލާ ހިޔާފަށް މަސައްކަތް ކުރި މީހުން ޒިންމާދާރު ނުކުރެވޭކަން ހަމްޒާ ވެސް ފާހަގަކުރެއްވި އެވެ. އަދި އޭގެ ބަދަލުގައި ފިޔަވަޅު އެޅިގެންދަނީ ޓެކްސް ޕޭޔަރުންނަށް ކަމަށާއި އެއީ ޓެކްސް ޕޭޔަރުން އުފުލަން ޖެހޭ ބުރައެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"މާދަމާ ވެސް ކޮންޓްރެކްޓަރެއް ވަކި މަސައްކަތެއް ކުރަން ހަޔާކޮށްފައި އެ ކޮންޓްރެކްޓަރުގެ ފަރާތުން ކުރާ ކަމަކުން ނުވަތަ ކޮންޓްރެކްޓަރު އިރުޝާދު ދިން ބަޔަކު ކުރި ކަމެއްގެ ސަބަބުން، ހަމައެކަނި އޭގެ ނަތީޖާއަކީ މިނިސްޓްރީގެ އެކައުންޓުން އީޕީއޭގެ އެކައުންޓަށް ލާރިކޮޅެއް ޓްރާންސްފާ ކުރުން ކަމަށްވަންޏާ މިއީ އެއްވެސް ގޮތަކަށް ފަރުވާތެރިވެގެން އެޅޭ ފިޔަވަޅެއް ނޫން." ހަމްޒާ ވިދާޅުވި އެވެ.

ސ. މަރަދޫފޭދުގެ ބަނދަރުގެ މަތިން ނަގާފައިވާ ފޮޓޯއެއް: އެ ބަނދަރު ހެދުމުގައި ހުއްދައާ ހިލާފަށް މަސައްކަތް ކުރި ކަމަށް ބުނެ އީޕީއޭއިން ވަނީ ޕްލޭނިނިް މިނިސްޓްރީ ޖޫރިމަނާކޮށްފައި

ހަމްޒާ ފާހަގަކުރެއްވި ގޮތުގައި، މިއީ އެއްވެސް ނަތީޖާއެއް ނުކުންނަ ކަމެއް ނޫނެވެ. މިއީ ހަމައެކަނި ފިނޭންސް މިނިސްޓްރީިން އެއް އެކައުންޓުން އަނެއް އެކައުންޓަށް ފައިސާކޮޅެއް ޖަމާކޮށްލުމެވެ.

ފިޔަވަޅު އަޅަންވީ އިސްވެރިންނަށް

މަޝްރޫއެއް ހިންގާ މިނިސްޓްރީއަކުން އެ އެ މަޝްރޫއެއް ހަވާލު ކުރަނީ ކޮންމެވެސް ކޮންޓްރެކްޓަރަކާ އެވެ. ޕްލޭނިން މިނިސްޓްރީން މަސައްކަތެއް ކޮންޓްރެކްޓަރާ ހަވާލު ކުރުމުން، އީޕީއޭގެ އެންގުމާ ހިލާފަށް ނުވަތަ އެއްގޮތަށް ވެސް އެ މަސައްކަތެއް ކުރަން ހުންނާނީ އެ ކޮންޓްރެކްޓަރެވެ. އައްޑޫ މަަރަދޫ-ފޭދޫ ބަނދަރު ހެދުމުގެ މަޝްރޫއުގެ ކޮންޓްރެކްޓަރަކީ ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏެކެވެ.

ހަމްޒާ ދެކެވަޑައިގަންނަވާ ގޮތުގައި މިފަދަ މައްސަލަތަކުގައި ފިޔަވަޅު އަޅަން ޖެހެނީ އެ މަސައްކަތެއް ގޯސްކޮށް ކުރި ކޮންޓްރެކްޓަރަށެވެ. ވަކިން ހާއްސަކޮށް، އީޕީއޭގެ ޝަރުތުތަކާ ހިލާފަށް މަސައްކަތް ކުރިއަށްގެންދިޔަ، ޒިންމާދާރު މަގާމުތަކުގައި ތިބި މީހުންނެވެ.

މުވައްޒަފުން ކުރާ ކަންތައްތަކަށް ވެރިން ޒިންމާ ނަގަން ޖެހޭ "ވައިކޭރިއަސް ލައިބިލިޓީ"ގެ އުސޫލުން މިފަދަ ކަންކަމުގައި ޒިންމާ އުފުލަން ޖެހޭނީ މަސައްކަތާ ހަވާލުވެގެން ތިބި އިސްވެރިން ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ. އަދި މިއީ ޓެކްސް ޕޭޔަރުން އެކަމުގެ ޒިންމާ އުފުލަން ޖެހޭ ގޮތަށް އޮންނަން ޖެހޭ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.

"އެ މަސައްކަތް ކުރި ފަރާތްތަކުން އީޕީއޭއިން ކަނޑައަޅައިވާ މިންގަނޑަކާ އެއްގޮތަށް އަމަުލުނުކޮށްފި ނަމަ އެ ޒިންމާ ނަގަން ޖެހޭނީ އެ މަސައްކަތް ކުރި ފަރާތުން. ނޫނީ އެ މަސައްކަތް ކުރި ފަރާތްތަކަށް އިރުޝާދު އިހުމާލެއް ވާނަމަ އެ ފަރާތްތަކުން." ހަމްޒާ ވިދާޅުވި އެވެ.

އީޕީއޭިއިން ޕްލޭނިން މިނިސްޓްރީ ޖޫރިމަނާ ކުރުމާ ގުޅިގެން އާންމު މީހަކު ކުރި ޓްވީޓެއް

"ހަމަ ގައިމުވެސް ޓެކްސް ޕޭޔާ ލައިބިލިޓީ އުފުލަންޖެހޭ ބާވަތުގެ ބްރީޗަކަށް ވެގެން ނުވާނެ."

އީޕީއޭއިން ތަހުގީގުކޮށް ބަލަން ޖެހެނީ އީޕީއޭއިން ދޫކުރި ތިމާވެށީގެ ގޮތުން ނިންމި ގޮތުގެ ލިޔުމާ ހިލާފަށް ކުރީ ކޮން ކަމެއްތޯ އާއި އެކަމެއް ކުރަން އިރުޝާދު ދިނީ ކޮން ބައެއްތޯ އެވެ. އެ ގޯހެއް ހެދުމުގައި ޝާމިލުވި ބަޔަކަށް ފިޔަވަޅު ނާޅާނަމަ އެ މީހުންނަށް އަަދަބެއް ލިބިނު ކަމުގެ އިހުސާސް ކުރެވޭ ހެއްޔެވެ؟ ކަމެއް ގޯސްކޮށް ކުރި ކަމުގެ އިހުސާސް ކުރެވި ހަގީގަތުގައި އެފަދަ ކަންކަން ނުކުރުމަށް ބާރު އެޅޭ ހެއްޔެވެ؟

22 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 75%
icon sad icon sad 25%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ލޯޔަރުކޯޔަރ

29 March 2023

ވެރީ ސްޓްޕިޑް އާގިއުމަންޓް

The name is already taken The name is available. Register?

އަހުމަދު ޢަލީ

23 October 2022

ސަކުރާރެއް ބަދަލުވެގެން މުއައްޒަފަކު ވަޒީފާއިން ވަކިކުރީމާ އެމައްސަލަ ޓްރެބިއުނަލަށް މައްސަޖައްސާލީމާ ޖެހިގެން އަންނަ ދައުރުގައި އެމުއައްޒަފު ތާއީދުކުރާ ބަޔަކު ވެރިކަމަށް އަތުވެއްޖެނަމައެމީހާގެ ވަޒީފާ އިޢާދަކޮށް ފާއިތުވެދިޔަ މުއްދަތުގައި އެމީހާ އައް ލިބެންވާ މުސާރައާއި އިނާޔަތްތަކަށް ވާ ފައިސާ ދިވެހި ރައްޔިތުންގެ ފައިސާއިން ބޮޑު ޢަދަދެއް ފިނިން މިވެސް ޒިންމާ ނަގާނެފަރާތެއް ނެތްގޮތުގައި ހޭދަވެގެންދާ ފައިސާތަކެއް

The name is already taken The name is available. Register?

ބޮޑުމީހާ

20 October 2022

މީ އަޖައިބެއްކަހަލަ ގައުމެއް! މުއައްސަސާއަކުން ކިތަންމެ ބޮޑު ޖަރީމާއެއް ހިންގިޔަސް ފަރުދީގޮތުން ޒިންމާވާނެ މީހަކު ނުވާނެ. 1400 އެތައް ކާރެއް އެއް ގަރާޖަކަށްކޮށްގެންވެސް ޒިންމާ ނަގަންޖެހެނީ ޓްރާންސްޕޯޓު މިނިސްޓްރީ، ވައްކަންކުރިޔަސް ޒިންމާ ނަގަނީ މުއައްސަސާއިން، އިހުމާލެއް ވިޔަސް ޒިންމާ ނަގާނީ މުއައްސަސާއިން، ދުވަހަކުވެސް އެކަމަކާއި ހަވާލުވެ ހުންނަ މީހަކު ޒިންމާކުރެވޭ ތަނެއް ނާދޭ

The name is already taken The name is available. Register?

ޖަލުއަލީ

20 October 2022

ހަމަޖެހޭ ކަމެއް މި ގައުމުގައި ކުރޭތަ؟ ތިކަން އެކަނިތަ ފެނުނީ

The name is already taken The name is available. Register?

ގަބުޅި ކަތީބު

20 October 2022

ތިކަމުގަ ބުނެވެން އޮތީ މިޒަމާނުގެ މޮޑަން ދިވެހިންނަކީ ރަނގަޅު ގޮތެއްވެެސް ގޯސް ގޮތެއްވެސް ދަންނަ ބައެއްނޫނޭ. ތިމައްސަލައިގަ އީޕީއޭ އިން ޕްލޭނިން މިނިސްޓްރީ ޖުރިމަނާ ނުކުރިނަމަ ގޯސްވާނީ އީޕީއޭއާ ސަރުކާރު. ގާނޫނުން އީޕީއޭގެ މައްޗަށް ލާޒިމްކުރަނީ ވަކި މީހަކަށް ނުވަތަ ވަކިތަނަކަށް ބެލުމެއްނެތި ތިމާވެށި ރައްކާތެރި ކުރުމަށްޓަކައި ތިމާވެއްޓާބެހޭ ގާނޫނާއި ގަވާއިދު ތަންފީޒުކުރަން. މިއުސޫލުން ޖުރިމަނާ ކުރާކަށް ސަރުކާރެއް ނުވަަތަ އަމިއްލަ ފަރާތެއް ނޯންނާނެ.

The name is already taken The name is available. Register?

އޯގާވެރިކަން

20 October 2022

މިހާރު މިއޮތީ ކަންކަން ނުބައިކޮށް ކުރާ މުވައްޒަފަކަށް ފިޔަވަޅެއް އަޅަން ކެރޭފަދަ ސަރުކާރެއް ނޫން. ކަމެއް ގޯސްކޮށް ކުރީމަ އެމީހަކަށް ހަމަ މުސާރަ ދީފަ އެބަ ބަހައްޓާ ސަސްޕެންޑްކޮށްފަ އެތައް މަހެއްވަންދެން ނޫނީ އެތައް އަހަރެއްވަންދެން. އެހާވެސް އޯގާތެރި. ގޯހެއް ހެދީމަ ހަމަ ފިރުމާލުން މިހާރު އޮންނާނީ. ކަމެއް ރަގަޅުކުރަން ހަރުކަށިވާން ކެރޭ ކަހަލަ ބަޔަކު ނެތް ވޯޓް ގެއްލިދާނެތީ. ކޮވިޑްގަ އެސްއޯޕީ ހެދިގޮތުން މީހުން މަރުވިއަސް އެކަމުގެ ޒިންމާ ނެގުމެއްނެތް

The name is already taken The name is available. Register?

އެޑްމުންޑޯ

20 October 2022

އެއްކޮތަޅުން އަނެއްކޮތަޅަށް އެއްޗެހި ބަދަލުކުރުން ކަހަލަ ކަމެއް ، މިއީ ކަންދަންކަން ކުރާކަމެއް ، ޖުރުމާނާ ކުރަންޖެހޭ އެފްކޮމް ކަހަލަ ކުންފުނިތައް ޖުރުމަނާ ކުރެވޭނެބާ ؟؟؟؟

The name is already taken The name is available. Register?

ޖަލުގޮލިން

20 October 2022

ތިކަމެއް ނުވާނެ

The name is already taken The name is available. Register?

ދުމްމ

20 October 2022

ނަމެއްގަ ކުރާކަމެއް. ޕްލޭނިންގ މިނިސްޓަރީގެ ބަޖެޓުން 120000 ކަނޑާފަ ފިނޭންސްގަ އޮންނަ ބަޖެޓުގެ ތެރެއަށް ލިޔުމުން ބަދަލުކޮށްލީމަ އެކަން އެއޮތީ ނިމިފަ.. ދެން އަނެއްކާވެސް ޕްލޭނިންގ މިނިސްޓަރީގެ ބަޖެޓު މަދުވީމަ އިތުރު 1 މިލިއަން ދިނީމަ ހުންނާނީ ރަނގަޅަށް..

The name is already taken The name is available. Register?

ދަރީ

20 October 2022

ދާއިރާގެ މެންބަރު ޖޫރިމަނާކުރުން ކިހިނެއްވާނެ؟

The name is already taken The name is available. Register?

މީވާ މަޖާ ބައެއް

20 October 2022

ތި ޖޫރިމަނާ ވެސް ދައްކަން ޖައްސުވާނީ އެ ދާއިރާއެއްގެ ރައްޔިތުންނަށް. ޤަވާއިދަށް އިތުރު އަކުރެއް އިތުރުކޮއްލާފަ.. ހެހެހެ..

The name is already taken The name is available. Register?

ގުލާމު

20 October 2022

މައްސަލައެއް ނޫން. މަށަށް ޖެހޭ މަގޭ އަންހެނުންނަށް މުސާރަ ދޭނެވެސް. ):

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454