މި އަހަރު ގައުމީ އިނާމު ދިނުމަށް ބޭއްވި ޖަލްސާގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ސަލާމްކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް
27 އޮކްޓޯބަރ 2022 - 10:17
ރާއްޖެ އާއި މޮރިޝަސްއާ ދެމެދު އުފެދިފައިވާ އިމުގެ މައްސަލާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހައްދަވަނީ ތެދު ކަމަށް ހެކިވެވަޑައިގަންނަވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ޖަލްސާގައި، އިމުގެ މައްސަލަައާ ބެހޭ ގޮތުން ރައީސް ވިދާޅުވީ، އެ މައްސަލައިގައި ރާއްޖޭގެ ސިޔާދަތަށް ގެއްލުންވާނެ އެއްވެސް ކަމެއް ސަރުކާރުން ނިންމާފައި ނުވާނެ ކަމަށެވެ.
ރައީސްގެ ވާހަކަފުޅާ ގުޅުވައި މިއަދު ހެނދުނު ކުރެއްވި ޓްވީޓެއްގައި އިމްރާން ވިދާޅުވީ، ބަޔަކު ކިތަންމެ ނުރުހުނަސް ރައީސް ސޯލިހު ދެއްކެވީ ތެދު ބަސްފުޅެއް ކަމަށް އޭނާ ހެކިވެ ވަޑައިގަންނަވާނެ ކަމަށެވެ.
ތަފްސީލަށް ވަޑައިނުގެން އިމްރާން ވިދާޅުވީ، މޮރިޝަސް އާއި ރާއްޖޭގެ އިމުގެ މައްސަލަ "ހިނގަމުންދާ ގޮތް އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް އެނގޭ" ކަމަށެވެ.
އިމުގެ މައްސަލައިގައި ރާއްޖޭގެ ސިޔާދަތަށް ގެއްލުންވާނެ އެއްވެސް ނިންމުމެއް ނިންމާފައި ނުވާ ކަމަށް ރައީސް ވިދާޅުވި އިރު، ރޭ އެމަނިކުފާނު ވިދާޅުވީ، އެ މައްސަލައިގައި ސަރުކާރުން މިހާރު ވެސް ދަމަހައްޓަމުން އަންނަނީ އެ ކަމުގައި އެންމެ ކުރިން ފެށިގެން ވެސް ދިވެހި ދައުލަތުން ދަމަހައްޓަމުން އައި ދިވެހިރާއްޖޭގެ އެންމެ މަތީ މަސްލަހަތު ދިފާއުކުރުމުގެ ސިޔާސަތު ކަމަށެވެ.
ނަމަވެސް އެކަމުގައި ވެސް ވަކި ބައެއްގެ އަމިއްލަ ބޭނުމަށް އަދި ސިޔާސީ މަގުސަދެެއް ހާސިލުކުރުމަށް ހަގީގަތް އެނގި ތިބެ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ފަތުރަމުންދާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެ ވާހަކައާ ގުޅުވައި ރައީސް ވަނީ ދެ މޫނުގެ ވެރިންނަށް ނުވުމަށާއި ތެދުބަހުން ވާހަކަ ދެއްކުމަށް އެދިވަޑައިގެންފަ އެވެ.
އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ވަނީ އިނގިރޭސި ވިލާތުން ޗާގޮސް ހިފައިގެން ތިބުން ބައިނަލްއަގުވާމީ ގާނޫނާ ހިލާފު ކަމަށް ބުނެފަ މޮރިޝަސްއާ ރަށްތައް ހަވާލުކުރުމަށް އެޑްވައިޒަރީއެއް ނެރެފަ އެވެ. އަދި މޮރިޝަސްއިން ވަނީ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ރާއްޖެ އާއި އެ ޗާގޯސްއާ ދެމެދު ފުށުއަރާ ސަރަހައްދު ބެހުމަށް މައްސަލައެއް ހުށަހަޅައިފަ އެވެ.
ޗާގޮސްގެ މައްސަލާގައި ސަރުކާރަށް މިހާރު ފާޑު ކިޔަމުން ދަނީ މޮރިޝަސް އާއި ރާއްޖޭގެ އިމުން ފުށުއަރާ ސަރަހައްދު ބެހުމުގެ މައްސަލާގައި މިދިޔަ ހަފްތާގައި ރާއްޖޭން ހާމަ ކުރި ކަންކަމާ ގުޅިގެންނެވެ. މީގެ ކުރިން އދ.ގައި ޗާގޯސް މޮރިޝަސްއަށް ދިނުމާ ދެކޮޅަށް ރާއްޖޭން ވޯޓު ދިން ނަމަވެސް މީގެ ފަހުން އެފަދަ ވޯޓެއްގައި މޮރިޝަސްއަށް ތާއީދުކުރާނެކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މޮރިޝަސް އަށް އަންގާފައިވާ ކަމަށް އިޓްލޮސްގައި ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު އިޓްލޮސްގައި ވިދާޅުވެފައިވެ އެވެ.
ނަމަވެސް އިން ކަނޑައަޅާ އިރު 200 ކިލޯމީޓަރު ގުނަން ފަށާ ހިސާބާ މެދު ދެބަސްވުން އުފެދި އިޓްލޮސްއަށް ހުށަހަޅާފައިވާ މައްސަލައިގައި ރާއްޖޭން އެދެނީ މޮރިޝަސް އިން ކުރާ ދައުވާ އަނބުރާ ގެންދިއުމަށް ކަމަށް ރިފްއަތު ވިދާޅުވެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކަތިބުރުމާ
29 October 2022
ފާޑު ފާޑުގެ އަގަނުތަޅާ މަޑުން ހުރިއްޔާ ވާނީ ކިޔެއްބާ؟
ދޮގުހެކި ޤަބޫލެއް ނުކުރަން
29 October 2022
މީނަގެ މިބަހަކީ ކޮޕީ ލަފުޒެއް. "އެހެން ބުނެފިތަ؟ އެވާނީ ތެދަކަށް". އެކަމަކު އެއްވެސް ހެއްކެއްގެ މައްޗަށް ބުރެވެގެން އިމްރާނު ހެކި ދިން ހެއްކެއްނޫންކަން ކުރީގެ ރައީސުން ދެއްވާފައިހުރި މަޢުލޫމާތުގެ ލިއުންތަކުން އެހެރީ އެނގެން. މަޤާމެއް ދީފައިހުރީތީ "ބޮނޑިބަތްދިނީމާ ހުރިހާކަމަކަށް ހެކި" ވެދެނީ. މީގެ މީހަކު އަހަރެން މިނޫނަސް ދުށީން.
އޮނަރަބްލް އަފީފު ދީދީ
28 October 2022
ދީނީކަމެއްގައި ތިގޮތަށްތިވާހަކަދެއްކިކަމުގައިވިޔަސް ދެޤައުމެއްގެމެދުގައިއޮތް އިމުގެމައްސަލައިގަ ޝޭޙުއަށް ރައީސް ނިންމެވީރަނގަޅަށް ކަމަކަށްބުނުމުގެ ޤާނޫނީ ޝަރުއީ އެއްވެސްހަމައެއްނެތް. # މިކަމުގައި ޤާނޫނީގޮތުން ބަސްބުނުމުގެޖާގައޮތް (ކަމާއި ގުޅުންހުރި ތައުލީމް އެންމެމަތީ ފެންވަރަކަށް ލިބިވަޓައިގެން ހުންނެވި) ކުރީގެ ބަންޑާރަނައިބް މަޝްހޫރު ޤާނޫނީ އިލްމުވެރިޔާ ޑރ މުޙައްމަދު މުނައްވަރު އެއޮތީ ވިދާޅުވެފަ. ތިއީ އޭގެ މައްޗަށް ބަސްބުނެވޭވަރު މީހެއްނޫން.
ޢަދުލުއިންސާފު ނެތި ގޮެއްސި
28 October 2022
ބަނޑުހަނޑުލާ މަހު އެތިކޮޅާ ޖީބުޚަރަދު ނަގާ މުސާރަނަގާ މަގާމްގަ ހުރެވޭތީ ގޮވާ ގޮވުންތަކަށް ބަރޯސާ ވުމެއްނެތް
ސުމަން މިއާ
27 October 2022
ކަލޭ ތިހެން ބުނީމަ އަހރުމެންވީ ގަބޫލު ކުރަން..މަގާމުގެ ދަހިވެތިކަމުގަ ކަލޭ ކޮންމެ އެއްޗެއްވެސް ބުނެފާނެ.
ވަހީދު
27 October 2022
މިވީ ހިސާބަށް އައްޝައިޚް އިމްރާން އަބްދުﷲ ދޮގެއް ހަދާފައިނެތް. އެހެންވެ އޭނާ ބުނެފިއްޔާ ލޮލުން ބޮލުން އެވާހަކައެއް ޤަބޫލުކުރުން ނޫން ގޮތެއްނެތް..ވ
އިމުރާނު
27 October 2022
މިކަލޭގެ އަމިއްލަ އެދުމަށް ކޮންމެ ފަދަ ވާހަކައެއްވެސް ދައްކަ ފާނެ.
ޑަވިޔަނި
27 October 2022
ރާއްޖެ ހާދަ ފިނޑިއޭ! ވ ކަޑަ! މޮރިޝަސް އެ އުޅެނީ އަދިވެސް ބިންވެރި ވެވޭތޯ! ޗާގޯސް އަކީ މޮރިޝަސް އާ ވާ ތަނެއް ވެސް ނުން! ޗާގޮސް އަކީ 500 ކިލޯމީޓަރ ނުވަތަ 310 ނޯޓިކަލް މޭލު ރާއްޖެއާ ކައިރިން ރާއްޖޭގެ ފުލުގަ އެއް ސަތަހައިގަ އޮތް ތަނެއް! މޮރިޝަސް އާ ޗާގޯސް އާ ދެމެދު 2000 ކިލޯމީތަރަށް ވުރެ ވެސް ދުރު! ރާއްޖެ އަށް ލިބެންޖެހޭ ތަނެއް ދޫކޮށްލުން ވ ކަޑަ! ނިކަން ދަނޑުވެރި ކުރަން ތާވަށް ކާށި ހޯދަން ތި ތަން ހޯދަބަލަ! ހަސަން ރަސްގެފާނުގެ ފަތްކޮޅު ބަލާ
ހށނ
27 October 2022
ނާޒިމް އޮތީ ވައުދުވެފަ، ވެރިކަން ލިބިއްޖެނަމަ ޗާގޯސް ދިވެހިންނަށް ހޯދަދޭން ކުރަންޖެހޭ ހުރިހާކަމެއް އޭނަގެ ސަރުކާރުގަ ކުރާނެކަމަށް. ވައުދަކީ ހޯދުމެއްނޫން، އެކަމަށް މަސައްކަތް ކުރުން. ލިބުމާ ނުލިބުން އެހެންކަމެއް. އެއީ ގައުމީ ވިންދަކީ. ދެން ބަހުސު ކުރުން ހުއްޓާލާފަ ޗާގޯސް ހޯދަން އެދޭ މީހުން ނާޒިމުގެ ފަހަތަށް އަރަންވީ.
ރާއްޕެ
27 October 2022
އިމްރާން ވާހަކަ ނުދެއްކިއްޔާ ރަގަޅީ. ދިވެހި ރައްޔިތުން އެބަ ދަންނަންޖެހޭ މަޤާމުގެ ދިފާޢުގައި ކޮންމެފަދަ އިލްޒާމެއް އެހެންމީހުންގެ ބޮލުގައި އަޅުވަފާނެކަން، އަޅެ މީނާ ހެއްދެވި ފަރާތަށް ބިރެއްވެސް ނުގަނޭތޯ ރާއްޖޭގެ ރަސްމީ ލިޔެކިޔުންތަކުން ފެންނަންހުރިއިރު ހަގީގަތާއި ޚިލާފަށް ސަރުކާރުން މިފަދަ ދޮގުވާހަކަތައް ދެއްކީމާ އެކަން ދިފާޢުކުރަން މިކަހަލަ ދޮގުތައް ހަދާއިރު، ހެޔޮނުވާނެ.